2019 ވަނަ އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ސަރުކާރުގެ ގިނަ މުވައްޒަފުންނާއި ސްކޫލުތަކުގެ ދަރިވަރުން ބައިވެރިވާތީ، 2019 ޖުލައި 28 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ދަންނަވަމެވެ. އަޟްޙާ ޢީދާ ގުޅިގެން ޗުއްޓީގައްޔާއި، އެނޫން އެހެނިހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިކަމެއް ކުރިމަތިވެދާނެތީ، އެ ކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވުމަށްޓަކައި،  2019 އޮގަސްޓު 15 ވާ ބުރާސްފަތި ދުވަހަކީ ވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.