بسـم اللّه الرّحـمٰـن الرّحـيـم

އާދެ! މިރޭ ”ހަވީރު“ގެ މިއުފާވެރި ހަވީރުގައި ބައިވެރިވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑަށް މިފަދަ އުފަލެއް ޙާޞިލު ކުރުމުގެ ފުރްޞަތު ދެއްވި ކަމަށްޓަކައި، ހަވީރުގެ ޗެއަރމަން ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނަށާއި، ހަވީރުގެ މަސްއޫލުވެރިންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިތަނަށް އައިސް ހުއްޓިފައި އެއްޗެއް ދަންނަވާލުމަކީ، އަޅުގަނޑަށް ލިބޭ އުފަލެއް. އެއީ، ހަވީރުން މި ކުރައްވާ މަސައްކަތާ ބެހޭގޮތުން އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ޝުޢޫރުތައް ފާޅުކޮށްލުމުގެ ފުރްޞަތަކަށް މިކަންވާތީ.

އާދެ! ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ހަވީރަކީ ހަމައެކަނި ނޫސްވެރިކަމުގެ މަސައްކަތްކުރާ ފަރާތެއް ނޫން. އޭގެއިތުރުން، ރާއްޖޭގެ އިޖްތިމާޢީ ކަންތައްތައް ކުރިއަރުވައި ތަރައްޤީ ކުރުމަށްވެސް ހަވީރުގެ ފަރާތުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ. އެގޮތުން، ދިވެހި ޒުވާނުންނާއި، ދިވެހި ކުޅިވަރު ތަރައްޤީ ކުރުމަށް، ހަވީރުން މި ކުރައްވާ މަސައްކަތަކީ، އަޅުގަނޑުމެން އެންމެންގެ ހިފެހެއްޓުމެއް ނެތް ތާރީފާއި ސާބަސް ޙައްޤުވާ މަސައްކަތެއް. އެކަމަށްޓަކައި، ހަވީރުގެ ޗެއަރމަން ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނަށާއި، ހަވީރުގެ ހިންގުންތެރިންނަށާއި، ލިޔުންތެރިންނަށާއި، ހަވީރުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމައެހެންމެ، ޤައުމީ ކަންކަމުގައި، ހަވީރު އަދާކުރައްވާ ދައުރަކީވެސް. ވަރަށް މުހިންމު ދައުރެއް. އެހެން މި ދެންނެވީ، އިއްޔެ އެ ކުޅެވުނު މެޗަކީ، 2004 ވަނަ އަހަރު އަޅުގަނޑުމެންނަށް ކުރިމަތިވި ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީ ހޯއްދެވުމުގެ ގޮތުން ރޭއްވެވި މެޗެއް ކަމަށްވާތީ. އާދެ! އިއްޔެގެ މެޗު، ވަރަށް ކާމިޔާބު މެޗެއްގެ ގޮތުގައި ވެގެންދިޔައީ. އަދި އެ މެޗުން ލިބުނު ފައިސާއާއި އަދި އެ ވިދާޅުވިހެން މަޝްހޫރު ރެފްރީގެ ޖާޒީއާއި ބޫޓު، ހަވީރުން ބައްލަވައިގަތުމުގެ ސަބަބުން، ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް، ފަސްލައްކަ ރުފިޔާގެ އެހީއެއް، ހަވީރުން ވެދެއްވާނެ ކަމަށް ވިދާޅުވި ކަމަށްޓަކައި، އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ހަވީރަށް ޝުކުރު ދަންނަވަން.

އާދެ! މިރޭގެ މި ޙަފްލާގައި، އަޅުގަނޑުމެންގެ ވަރަށް ޢިއްޒަތްތެރި މެހްމާނަކު އެބަ އިންނެވި. ބޭރު ބޭފުޅަކު. އެހެންވީމާ، މުޅިން ދިވެހިބަހުން ވާހަކަ ދެއްކުމުގެ ބަދަލުގައި، އޭނާއަށްވެސް ކޮންމެވެސް އެއްޗެއް އެނގިވަޑައިގަންނަވާނެ ބަހަކުން، އާދެ! އިނގިރޭސިބަހުން ދަންނަވާލުމަކީ، އެންމެ ރަނގަޅު ކަމެއް ކަމަށް ދެކޭތީ، ތިޔަބޭފުޅުންގެ އިޒުނަފުޅާ އެކީގައި، އިނގިރޭސިބަހުން އަޅުގަނޑު ދެތިން ބަހެއް ދަންނަވާލާނަން.

"Our special guest Mr. Collina, welcome to the Maldives.

It's a great pleasure for us to receive you in this country and to have you officiate in one of our matches. You have commanded such a high level of respect from players, from managers, from football fans across the world, that you have become the only celebrity referee in the world. You have not only become the only celebrity referee in the world. But you have proved yesterday that you are the only referee in the world who has the power to make players happy when you give them a Red Card.

I wish you and your family the best of health and a very good time in the Maldives, and I would love to see you again in this country. I am sure that all present here will feel a special appreciation for you for coming to contribute to the relief of the victims of the tsunami of 2004.

Thank you very much Mr. Collina!

Now I have the pleasure of giving to you the Haveeru Golden Pen of Honour."