2018 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ގޮތުގައި ކަނޑައެޅިފައިވާ ކަންކަމާއި، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ބިލުތަކުގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޙިއްޞާކުރައްވައިފިއެވެ.