ކުޑަކުދިންގެ ހިޔާގެ ބެލުމުގެދަށުގައި ހުރި އުމުރުން 14 އަހަރުގެ، ދަފްތަރު ނަމްބަރު 2997، ޝައިމް ޢަބްދުﷲ ގެއްލުނު މައްސަލައިގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ޙިއްޞާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވަނީ ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ހުއްޓާ، މި މަހުގެ 18 ވަނަ ދުވަހު ގެއްލުނު ޝައިމް ޢަބްދުﷲ އާއި ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް އަރުވާފައެވެ.