ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އަމީނިއްޔާ ސްކޫލްގެ އަލިމަސް ޔޫބީލް ފާހަގަ ކުރުމަށްޓަކައި ބޭއްވި ފުޓުބޯޅަ މެޗު ބައްލަވައިލައްވައިފިއެވެ. މި މެޗު އޮތީ ގަލޮޅު ރަސްމީ ދަނޑުގައެވެ.

މިރޭގެ ހަރަކާތުގައި، ފުޓުބޯޅަ މެޗުގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މެޑަލް ހަވާލު ކޮށްދެއްވިއެވެ.