ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަރިއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށާއި އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގުމާ ބެހޭގޮތުން މެދުއުތުރު ސަރަޙައްދަށް ޚާއްޞަ ކުރައްވައިގެން އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ބާއްވަވާ މަސައްކަތު ބައްދަލުވުން އިފްތިތާޙު ކޮށްދެއްވާނެއެވެ. މިކަން އޮންނާނީ މާދަމާ ހެނދުނު، މަހިބަދޫގައެވެ.