ވިލިމާލޭގައި ޢިމާރާތްކޮށްފައިވާ "މަސްޖިދުލް ބިއްރި" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް، ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި މިސްކިތް ހުޅުއްވައިދެއްވުން އޮތީ މިއަދު މެންދުރުފަހު ވިލިމާލޭގައި މިކަމަށްޓަކައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުން މިސްކިތް ހުޅުއްވައިދެއްވުމަށް އެދި ދެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީއެވެ. "މަސްޖިދުލް ބިއްރި" އަކީ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ ޖާގައިގެ ގޮތުން 1000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ މިސްކިތެކެވެ.

މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މިސްކިތުގައި ކުރި ޢަޞްރު ނަމާދުގެ ޖަމާޢަތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.