ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށާއި ކޫއްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ކޫއްޑުގައި ބޭއްވި "މަސްދޯނި އެކައުންޓް" އިފްތިތާޙްކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ގއ. އަތޮޅު ކައުންސިލާއި، ވިލިނގިލި ކައުންސިލާއި، ވިލިނގިލީ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވިއެވެ.