ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރ ސެންޓަރުން އިންތިޒާމްކޮށްގެން ބޭއްވި އިންޑިއާއާއި ދިވެހިރާއްޖޭގެ އަންހެނުންގެ ސަޤާފަތް ދައްކުވައިދޭ ހަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު އިއްޔެ ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތުގައި ދެ ޤައުމުގައި އަންހެނުންނަށް ޚާއްޞަ ސަޤާފީ އެކިއެކި ހަރަކާތްތައް ވަނީ ދައްކާލާފައެވެ. މީގެތެރޭގައި ދެޤައުމުގައި ސަޤާފީ ކައިވެނީގެ ހަފުލާތައް ހިނގަމުންދާ ގޮތްވެސް ދައްކާލާފައިވެއެވެ.