ވިލިމާލެ ސާފުކުރުމުގެ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ. މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ މިއަދު ހެދުނު ވިލިމާލެ ޕޮލިސް ސްޓޭޝަން ސަރަހައްދުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މިއަދު ކުރިއަށްދިޔަ ސާފުކުރުމުގެ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.