މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ރާއްވަވައިގެން މިރޭ ކުރިޔަށްގެންދިޔަ ދަރުސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް ބައިވެރިވެވަޑައިގެންފިއެވެ.
އިސްލާމީ މަރުކަޒު މައިދާނުގައި ބޭއްވެވި މި ދަރުސް ފޯރަމްގެ މައުޟޫއަކީ ބާއްޖެވެރި ޢާއިލާއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ މި ދަރުސް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވިއެވެ