ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް ފުވައްމުލަކު ސިޓީ މާދަޑު. ނަޒާ، ޝާފިޢު ޢަލީ ޢައްޔަނު ކުރައްވައިފިއެވެ.

ޝާފިޢު ޢަލީ އަކީ މީގެ ކުރިން ތައުލީމީ ދާއިރާގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ޓީޗަރެއްގެ ގޮތުގައި ޝާފިޢު ޢަލީ މަސައްކަތް ކުރައްވާފައިވެއެވެ. އަދި އެ މަރުކަޒުގެ ލީޑިންގ ޓީޗަރެއްގެ ގޮތުގައިވެސް ޝާފިޢު ޢަލީ ވަނީ މަސައްކަތް ކުރައްވައިފައެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީ، އައިޑިއަލް ސްކޫލްގެ ޕްރިންސިޕަލް ކަންވެސް ޝާފިޢު ޢަލީ ކުރައްވާފައިވެއެވެ.

ޝާފިޢު ޢަލީ ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއިން "ބެޗެލަރ އޮފް ޓީޗިންގ – ސެކަންޑަރީ" ހާސިލު ކުރައްވާފައެވެ.