بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެވެރި اللّـه سبحانه وتعالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، އެކަލޭގެފާނުގެ އާލުންނާއި، މިތުރު ޞަޙާބީން ޝާމިލުކުރަމުން.

މި ޙަފުލާގައި ބައިވެރިވެވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން، ކުޅިވަރު ކުޅޭ ހުރިހާ އެތްލީޓުން، ކުޅިވަރުގެ ޢާއިލާތައް؛

السّلام عليــكم ورحـمــة اللّـه وبـركاتـه.

އާދެ، މިރޭ މިއީ، ކުޅިވަރުގެ ތާރީޚުގައި އަޅުގަނޑުމެން ފާހަގަކުރަން، އުފަލާއެކީ ފާހަގަކުރާ އުފާވެރި ރެއެއް. އުފާވެރި މުނާސަބަތެއް. އަޅުގަނޑުމެން ފާހަގަކުރަމުން މިގެންދަނީ، ކުޅިވަރު އިންފްރާސްޓްރަކްޗަރެއް، މި ސަރުކާރުން ހޭދަކުރަމުންގޮސް، ކުޅިވަރު އިންފްރާސްޓްރަކްޗަރ ވަރަށް ކާމިޔާބުކަމާއެކީ، މަރުޙަލާއެއް ކުރިއަށް ޖެހިލާފައި އޮތް އޮތުން. ރަސްމީކޮށް ނިމި، އެހެންނަމަވެސް، ހުޅުވައިދިނުމުގެ ފުރުޞަތު ނުލިބި އޮތް ފަންސާހަކަށް ފުޓްސަލް ދަނޑު، އިރާދަކުރެއްވިއްޔާ މިރޭ ހުޅުވިގެން މިދަނީ. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި ވެއްޖިއްޔާ، ފުޓްސަލަކީ ވަރަށް ޕޮޕިއުލަރ ކުޅިވަރެއް. ރާއްޖޭގެ ހުރިހާ ދިމާއެއްގައި، އަންހެނުން، ފިރިހެނުން، ޒުވާން އަންހެނުން، ޒުވާން ފިރިހެނުން ކުޅޭ ކުޅިވަރެއް. އެހެންވީމާ، މި އުފަލުގައި ޒުވާނުންނާއެކީ، ބައިވެރިވުމަށް އަޅުގަނޑަށް ލިބޭ ފުރުޞަތަކީ، ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑު ދޫކޮށްލާނެ ފުރުޞަތެއް ނޫން. ތިޔަބޭފުޅުންނާއެކީ، ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވުމަކީ އަޅުގަނޑަށްވެސް ލިބޭ އުފަލެއް.

ހަމައެއާއެކީ، މިއަދު އަޅުގަނޑު ދަންނަވާނަން. އަޅުގަނޑު މިހުރީ އުފާވެރިކަމުގެ ފިޔަވަޅެއްގައި، އަދި ފިޔަވަޅުމަތީގައި. އަދި ހަމައެހެންމެ ޝުކުރުވެރިކަމުގެ ފިޔަވަޅުގެމަތީގައި. ދެންމެ އަޅުގަނޑުމެންނަށް އެ އިވިގެންދިޔަ ރިޕޯޓުންނާއި، އަދި މިނިސްޓަރުގެ ބްރީފުން އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ، މި ފުޓްސަލް ދަނޑުތައް ޤާއިމުކުރާށާއި، ސްޕޯޓްސް އިންފްރާސްޓްރަކްޗަރތައް ޤާއިމުކުރުމުގެ މަސައްކަތުގައި މިނިސްޓްރީން އުފުލަންޖެހުނު އެކިކަހަލަ ދަތި މަރުޙަލާތައް.

އާދެ، ޝައްކެއްވެސްނެތްގޮތުގައި، މިއީ، އަޅުގަނޑުމެންގެ އަތޮޅުތެރޭގައި މިހާރު، ގަވަރނަންސް ނިޒާމު އޮތްގޮތުން، އަޅުގަނޑުމެން ކުރިމަތިލާންޖެހޭ ކަމެއް. މިއީ، އޭގެ ޑައުންސައިޑް. ލޯކަލް ގަވަރނަންސް މިގޮތަށް ދިޔައިމާ، ޝައްކެއްވެސްނެތްގޮތުގައި، ސަރުކާރުން ކުރާ މިކަހަލަ ކަންތައްތަކުގެ ދަތިތަކެއްވާކަން މިނިސްޓަރުގެ ތަފްޞީލުތަކުގައި، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ފާހަގަކުރެއްވީ. ޝައްކެއްވެސްނެތްގޮތުގައި، ވަރަށްގިނަ ވަގުތުތަކެއް މިކަމުގައި ހޭދަވެގެން މި ދިޔައީ. އެހެންނަމަވެސް، މިނިސްޓަރުގެ ޓީމުން، މިނިސްޓަރ އިސްކޮށް ހުންނަވައިގެން ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރައްވައި، މި މަސައްކަތްތައް ކާމިޔާބުވެގެން، ނިމިގެން ގޮސްފައި މިވަނީ.

އެކަމަކު އެއާއެކީވެސް އަޅުގަނޑު ދަންނަވާލަން. ޒުވާނުންނަކީ އިމްޕޭޝަންޓް ބައެއް. ރެސްޓްލެސް ބައެއް. އަޅުގަނޑު ރިޔާސީ އިންތިޚާބަށް މީގެ ފަސް އަހަރު ކުރިން ކުރިމަތިލީއިރު، ޒުވާނުންނާ ބައްދަލުކޮށް ހަމަ މިކަހަލަ އިވެންޓެއްގައި، އަޅުގަނޑު ޒުވާނުންނަށް ދެންނެވިން، ޒުވާނުންނަކީ، ހަކަތަ ހުންނަ ބަޔެކޭ. ޒުވާނުން އަޅުގަނޑާ ޗެލެންޖް ކުރައްވާށޭ. އަޅުގަނޑު ވަރަށް ގިނަ ކަންތައްތަކުގެ ވާހަކައޭ މި ދައްކަނީ. ޒުވާނުންގެ ހަކަތަ، އެއާއެކީ އަޅުގަނޑާ ޗެލެންޖް ކުރައްވާށޭ. އަދި އަޅުގަނޑަށް ޒުވާނުންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ދެއްވާފައި، ދެން ބައްލަވާށޭ އަޅުގަނޑުގެ ބުންވަރު ހުރިވަރު.

މިރޭވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަދިވެސް ކުރިއަށް މިއޮތީ މިކަހަލަ މޫސުމެކޭ، ޒުވާނުންގެ ހަކަތަ ހުރިވަރު، އަޅުގަނޑަށް ގަބޫލުކުރެވޭ. ދެންވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ބުންވަރު، ތިޔަބޭފުޅުން އަންޑަރ އެސްޓިމޭޓް ނުކުރައްވައްޗޭ. އަޅުގަނޑުމެންނަށް ކުޅިވަރުގެ ދާއިރާގައި އިންފްރާސްޓްރަކްޗަރތައް ތަރައްޤީ ކުރުމަށްޓަކައި، މިކުރެވުނު މަސައްކަތުން އެކަނި، އަޅުގަނޑުމެންނަށް އެބަ މިރޭވެސް އެނގިގެންދޭ. ޒުވާނުން ކުޅިވަރު ބޭނުންވެފައިހުރި މިންވަރު. އަދި އަޅުގަނޑުމެންނަށް ކުޅިވަރުގެ ފުރުޞަތުތައް، ނޫނީ އިންފްރާސްޓްރަކްޗަރގެ ފުރުޞަތުތައް ލައިނުދެވި ހުރި ރަށްރަށް އަދިވެސް މިހުރީ އިތުރަށް. އަދި ކުރީގައި ކޮށްފައިހުރި މަސައްކަތްތައް ޓައިލްސް ހުރިހާ ދަނޑުތަކެއް ބަދަލުކުރަނީ ޓަރފް ދަނޑަށް. މިކަހަލަ އެތައް މަސައްކަތެއް މިދަނީ. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވި، އޭ، ބީ، ސީ، ތިން ކެޓަގަރީގެ ފުޓްސަލް ދަނޑުތައް ހަދާ ވާހަކަ. އެއާއެކީ އަދިވެސް އޮތް ޗެލެންޖަކީ ރެގިއުލަރ ފުޓްބޯލް. މިރޭވެސް އަޅުގަނޑުމެން ފާހަގަކުރަންވާނެ ފުޓްސަލްއަކީ، ރެގިއުލަރ ފުޓްބޯލް ރިޕްލޭސް ކުރާ އެއްޗެއް ނޫން. އަޅުގަނޑުމެން މިދަނީ ރެގިއުލަރ ފުޓްބޯޅައިގައި. ރެގިއުލަރ ފުޓްބޯލް ޕިޗްތައް، ރާއްޖޭގެ އެކި ހިސާބުގައި ހުންނަން ޖެހޭނެ. މިރޭ އަޅުގަނޑުމެން މި އިޙްތިފާލު ކުރަނީ، ފުޓްސަލް ދަނޑުތަކެއްގެ ވާހަކަ. އަޅުގަނޑުމެންގެ ކުޅިވަރުގެ އިންޤިލާބަށް، ވައްޓަފާޅިއަށް މިހުރީ ބަދަލުތަކެއް އައިސްފައި. އެހެންނަމަވެސް، އަޅުގަނޑުމެން ނެޝަނަލް ސްކޮޑްތައް އިންޓަރނޭޝަނަލީ، ރީޖަނަލީ، މި ކޮމްޕީޓް ކުރަނީ ރެގިއުލަރ ފުޓްބޯލް.

އެހެންވީމާ، ރެގިއުލަރ ފުޓްބޯލް ޕިޗްތައް، ރާއްޖޭގެ އެކި ހިސާބުގައި ހުންނަން އެބަޖެހޭ. އަޅުގަނޑަށް ލިބިފައި ހުރި ތަފާސް، އަޅުގަނޑު ދަންނަވާލާ ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނަން. ރެގިއުލަރ ފުޓްބޯޅަ ދަނޑުތައް އަޕްގްރޭޑް ކުރުމަށް، އާ ދަނޑު އެސްޓެބްލިޝްކޮށް، ނޫނީ، އާ ދަނޑު އުފެއްދުމުގައި، މި ދިޔަ ފަސް އަހަރު، ނޫނީ މިހިނގާ ފަސް އަހަރުގެ ތެރޭގައި 49 ރެގިއުލަރ ފުޓްބޯޅަ ދަނޑުވެސް، އަޅުގަނޑުމެން މިދެންނެވި ގޮތަށް އަޕްގްރޭޑް ކޮށްފިން. ނޫނީވިއްޔާ އަލުން ބަލުން ހުޅުވައިފީމު. ފުޓްސަލް ދަނޑުގެ ތަފާސް އަޅުގަނޑުމެންނަށް ލިބިގެން ދިޔައީ. އަދި ހަމައެއާއެކީ، އޭގެ އިތުރުން، ބަށި ކޯޓް، ވޮލީ، މިކަހަލަ ވަރަށްގިނަ ތަފުޞީލުތައް ލިބިގެންދިޔައީ. އެއް އަދަދެއް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަ ކަމަށްވަންޏާ، ގާތްގަނޑަކަށް ފައްސަތޭކަ މިލިއަނެއްހާ ރުފިޔާ މިހާރު އެހެރީ، މި އިންވެސްޓްމަންޓަށް ހޭދަވެފައި. 434 ކޮންމެވެސް މިލިއަނެއް. އެއީ، އަދި މިހާތަނަށް ކުރެވިފައިހުރި މަސައްކަތް. އަދިވެސް، ޕައިޕް ލައިންގައި ހުރި އެތައް މަޝްރޫޢުތަކެއްގެ ވާހަކަ. ފުޓްސަލް ދަނޑު ނިމިފައި އޮތީ، 86 ދަނޑު ކަމަށްވަންޏާ، އަދިވެސް، އޮންގޮއިންގ ނުވަދިހަ އެތައް ދަނޑެއް. ވޮލީ ކޯޓުވެސް ނިމިފައި ހުރީ ވަކިވަރެއް ކަމަށްވަންޏާ، އޭގެ ދެގުނަ އަދިވެސް އޮންގޮއިންގ.

މި ޒުވާނުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރަކީ، ހަމަ ޙަޤީޤަތުގައިވެސް ދަންނަވާނީ، ހަމަ ނިމުމެއް އޮތް ކަމަކަށް ނުވާނޭ. ދެން އަޅުގަނޑުމެން ޒުވާނުން މިކަންކަން، ކުޅިވަރުގައި އުޅޭ ޒުވާނުންގެ ޚިޔާލަށް ގެންނަވާ، މިކަހަލަ މަސައްކަތްތައް ކުރާއިރު، ފަސޭހަކަމެއްނޫން، ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަކީ. އަޅުގަނޑު އެހެން މިދަންނަވަނީ، ހަމަ ޗެލެންޖްކޮށްފައި. ފަސޭހަކަމެއް ނޫނޭ މި ދެންނެވީ، މިހާތަނަށް ކުޅިވަރުގެ އިންފްރާސްޓްރަކްޗަރަށް އެކަނި އަޅުގަނޑުމެން މި ހޭދަކުރީ 434 މިލިއަން. މީގެ ކުރީގައި ރިޔާސީ އިންތިޚާބަކާ، މީގެ ފަސް އަހަރު ކުރިން ކުރިމަތިލައިގެން އުޅުނުއިރު، އޭރު ހުންނެވި ސްޕޯޓްސް މިނިސްޓަރު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) އޭރު ވިދާޅުވާނެ، ޒުވާނުންގެ މިނިސްޓްރީއަށް މުޅި ހުރިހާ ކަމަކަށް ލިބޭ ބަޖެޓަކީ، ގާތްގަނޑަކަށް ހަތާވީސް، ނޫނީ ތިރީސް މިލިއަން ރުފިޔާއޭ. އޭގެތެރެއިން އިންފްރާސްޓްރަކްޗަރ މެނޭޖް ކުރުމާއި، އެޑްމިނިސްޓްރޭޝަންގައި ތިބޭ މީހުންނަށް މުސާރަ ދިނުމާއި، ޒުވާނުންގެ މަރުކަޒުތައް ހިންގުމާ، މިކަހަލަ ހުރިހާ ކަމެއް އޭގެތެރޭގައި ހިމެނިގެންދަނީ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ، މިއަދު މި އަޅުގަނޑު މި ފާހަގަކުރާ އަދަދަކަށް ފުޓްސަލް ދަނޑު އުފެދިގެނެއްނުދޭ. އަދި އޭގެ ނަތީޖާއަކަށް ވެގެންމިދަނީ، ދަނޑުތަކުގެ މެއިންޓެނަންސް އަދި އަމުދުންނެތީ.

އެހެންވީމާ، މިއަދު ޗެލެންޖް ކޮށްފައި، އަޅުގަނޑު ހަމަ ޒުވާނުންގެ އަރިހުގައި ދަންނަވަން ބޭނުންވާ ވާހަކައަކީ ފަސޭހަކަމެއްނޫނޭ، އުނދަގޫ ކަމެކޭ، މި އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަކީ. ގައިމު އުނދަގޫކަމަކަށްވާތީ ދޮގެއްތޯ، އެތައް އަހަރުތަކެއް، އަޅުގަނޑުމެންނަކީ ކުޅިވަރަށް ޝައުޤުވެރިކަން ނެތް ބަޔެއްނޫން. މީގެކުރިންވެސް ކުޅިވަރު މުބާރާތްތަކުގައި ރީޖަންގައި، ރީޖަނުން ބޭރުގައި، އަޅުގަނޑުމެން ބައިވެރިވެފައި ހުންނާނެ. އެހެންވީމާ، ކުޅިވަރަށް ޝައުޤުވެރިކަން ހުންނަ ބަޔެއް. އޭރުވެސް، މީގެ ކުރީގައިވެސް ފަސޭހަކަމަކަށް ނުވާތީ ދޮގެއްތޯ، މިދެންނެވި ތަފާސްތައް އެގޮތަށް ހުރީ. އަދި މިހުރިހާ ދަނޑުތަކަކަށް ކުޅިވަރު ކުޅޭ އެތުލީޓުން، ފެންބޮވައިގެންފައި މިތިބި މިންވަރު، އަޅުގަނޑުމެންނަށް އެނގިގެންދަނީ، އޭގެކުރީގައި މިކަންކަން ނުވެހުރީމާ.

އެހެންވީމާ އެބަ އެނގޭ، ބައި ކޮމްޕެރިޒަން މިއީ ފަސޭހަކަމެއް ނޫންކަން. ހޭދަކުރަންޖެހޭ ފައިސާގެ އަދަދަށް ބަލާކަމަށްވަންޏާ، މުޅި އަހަރު، 27 މިލިއަން ލިބޭ ބަޔަކު، ހަމައެކަނި އިންފްރާސްޓްރަކްޗަރަށް މި ދައްކަނީ 434 މިލިއަން. އަދި އޭގެއިތުރަށް މިހާރު އޮންގޮއިންގ ހުރިހާ މަސައްކަތެއް ނިންމައިފި ކަމަށްވަންޏާ، އަދި އޮންގޮއިންގ މަސައްކަތުގެ ތެރޭގައި އަޅުގަނޑު ހިމަނަން، މިރޭ ހަމަ އުފަލާއެކީގައި ދަންނަވާލާނަން. ފީފާ އެޕްރޫވްޑް، ފީފާ ސްޓޭންޑަރޑްގެ ފުޓްބޯލް ޓްރޭނިންގ ސްކޫލެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތް އެފް.އޭ.އެމް.އިން އެބަ ކުރޭ ސަރުކާރާ ގުޅިގެން. މަސައްކަތް ފެށިފައި އޮތީ. ހަމައެހެންމެ އިންޓަރނޭޝަނަލް ސްޓޭޑިއަމެއް، އެއީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ، މުބާރާތްތައް ކުޅެވޭވަރުގެ ސްޓޭޑިއަމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް. އެއީވެސް ސަރުކާރުގެ މަޝްރޫޢެއް. އަޅުގަނޑުމެން ޤަޠަރަށް އެޕްލައިކޮށްގެން، އަދި އެހެން ތަންތަނުންވެސް އެހީ ހޯދައިގެން އެންމެފަހުން އެކަން ކުރުމުގައި ހަމަ ސަރުކާރުންވެސް އޭގައި ބައިވެރިވަނީ.

މިހުރިހާ އިންފްރާސްޓްރަކްޗަރތައް ނިމިގެންދާއިރު، އަޅުގަނޑަށް ލަފާކުރެވެނީ، އެއްހާސް މިލިއަން ރުފިޔާއަށްވުރެ މި ޢަދަދު ބޮޑުވެގެންދާނޭ. އެއީ، އިންފްރާސްޓްރަކްޗަރ ޕްރޮވައިޑް ކުރުން ދޮގެއްތޯ. އިންފްރާސްޓްރަކްޗަރ ޕްރޮވައިޑް ކުރުން. ހަވީރު ކުޅެ ނިންމާލާފައި ދާ ކުދިން، ރޭގަނޑުގެ ދަންފަޅިއަށް އަންނަ ކުދިންނާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންވާނެ. ވަރަށްގިނަފަހަރު މި ލައިދޭ އިންފްރާސްޓްރަކްޗަރގައި، ރޭގަނޑު ނުކުޅެވި މިހިރީ، ލައިޓް ހަލާކުވެފައި ހުރީމާ. ކުޅިވަރު ދަނޑުތަކުގައި ހުންނަ ފިކްސްޗަރސް، ނޫނީވިއްޔާ ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަ ފިކްސްޗަރސް ހަލާކުވެފައި ހުރީމާ.

އެހެންވީމާ، އެއްކަމަކީ، މި ޕްރޮވިޝަން އޮފް އިންފްރާސްޓްރަކްޗަރ. އެއަށްވުރެ ބޮޑު ކަމަކީ މެއިންޓެނަންސް. އެއަށްވުރެ ބޮޑުކަމަކީ، ޙަޤީޤަތުގައިވެސް މެއިންޓެނަންސް. އަދި މެއިންޓެއިން ކުރުމަށް ހިނގާ ޚަރަދު އަޅުގަނޑުމެންނަށް އެނގިގެން މިދަނީ. އާބާތުރަ ފިލުވުމާއި އަދި އަލަށް އެސްޓެބްލިޝް ކުރި ޒުވާނުންގެ މަރުކަޒުތައް މިހާރު ރީހެބިލިޓޭޓް ކުރަންދިޔަ ވަގުތާއި، ދިޔަ ޚަރަދަށް ބެލީމާ އަޅުގަނޑުމެންނަށް އެބަ އެނގޭ މެއިންޓެއިން ކުރުމަކީ ފަސޭހަކަމަކަށްނުވޭ. އަދި މިހުރިހާ ކަމެއް މި ކުރަންޖެހެނީ ދައުލަތުގެ ބަޖެޓުން. ދައުލަތުގެ ބަޖެޓުން މިކަންކަން ކުރާއިރު، ޒުވާން އެތުލީޓުންގެ ތެރޭގައި ތަޢުލީމީ ކުދިން ތިބޭނެ. ތަޢުލީމު ހާސިލު ކުރަމުން، އެކި ކެމްޕަސްތަކުގައި ކޯސް ހަދަމުންދާ ކުދިން މިހާރުވެސް މިތާ ތިބޭނެ. ހަމަ އެކުދިން މިރޭ ޚިޔާލަށް ގެންނަން މިޖެހެނީ، އެ ކުދިންނަށް ޓިއުޝަން ފީއަށް އޮތް ރުފިޔާއެއް، ހަމަ މިދަނީ ބަޖެޓުން، ޒުވާނުންގެ ކުޅިވަރަށް ހޭދަކުރަންވެސް. އެ ރުފިޔާ ބައިބަޔަށް ބެހިގެން މިދަނީ. އެހެންވީމާ، ދައުލަތަށް ލިބޭ ޖުމުލަ އާމްދަނީ ބަހާލާއިރު، ޒުވާނުންނަށް ބޭނުންވާ ކަންތައްތަކުގެ ތެރެއިން، މިއަންނަނީ، ހަމައެކަނި ހަށިގަނޑުގެ ތަރުބިއްޔަތަށް ބޭނުންވާ. ނޫނީ ސްކިލް ޑިވެލޮޕް ކުރަން މި ބޭނުންވާ ކުޅިވަރު އިންފްރާސްޓްރަކްޗަރ އެކަންޏެއްނޫން.

ދަންނަވަން މިއުޅެނީ، އަޅުގަނޑުމެންގެ ރިސޯސް، ދައުލަތުގެ ރިސޯސް މި ބެހިގެން މިދަނީ، އެތައް ބޮޑު ކޮމްޕެޓިޝަނެއްގެ ތެރެއިން. އެއީ، ހެލްތުން މިނިސްޓަރ އަދި ޞިއްޙީ ދާއިރާގެ ބޭފުޅުން ޓަކިޖަހާނެ. ދަރުމަވަންތަ ހޮސްޕިޓަލް އެ ފެންވަރަށް ދާކަމަށްވަންޏާ، އެތަނުގައި ހޭދަކުރަންޖެހޭ އިންވެސްޓްމަންޓް، ނޫނީ އެތަނުން ޚަރަދުކުރަންޖެހޭ ކަންކަމަށް ބަލާއިރު، އެއީ ހަމަ މިދެންނެވި އެއްރުފިޔާގެ ތެރެއިން ނަގާނެ އެއްޗެއް. އަޅުގަނޑު މި މިސާލުތައް ދެންނެވުމުގެ ބޭނުމަކަށްވަނީ، ހަމަ ތިޔަބޭފުޅުންގެ ޚިޔާލަށް ވާހަކައެއް ދޫކޮށްލަންވެގެން. އަޅުގަނޑުމެންނަށް ވަރަށް ގިނަފަހަރު ވާގޮތަކީ، ކަމެއް ލިބުނީމާ، އަޅުގަނޑުމެން ގަބޫލުކުރަނީ، އެއީ ގިވަންއޭ. އެއީ، ގިވަން އެއްޗެއް ނޫން. ކަމެއް ލިބެނީ އެކަންކުރަން ހުންނަ މީހާ، އެކަމަށް ޝައުޤުވެރިކަން ހުރެގެން، އަދި އެކަން ކޮށްދޭން ޝައުޤުވެރިކަންހުރެގެން، އޭގެއިތުރަށް އެކަންކޮށްދިނުމުގެ ވަސީލަތް ހޯދައިގެން.

އެހެންނޫނީވިއްޔަކާ އެއީ އެކަން ކުރެވޭނެ ގޮތެއްނޫން. އަޅުގަނޑު ހަމަ ދެންމެ މިދެންނެވީ މިސާލު. ދެންމެ މިދެންނެވި މިސާލަކީ، މީގެކުރީގައި އަހަރުތަކެއް ހިނގައްޖެއޭ. ހަމަ ކުޅިވަރަށް ޚިދުމަތްކުރިއޭ، ހުރިހާ ސަރުކާރުތަކުން. އެކަމަކު އެންމެބޮޑަށް ޚިދުމަތް ކުރިއިރުވެސް، 27 މިލިއަން ރުފިޔާ ލިބިގެންދާއިރު، މިއަދު އަޅުގަނޑު ބުނަން ހަމަ ފަޚުރުވެރިކަމާއެކީ، ޒުވާނުންގެ މިނިސްޓްރީއަށް އެކަނި އަޅުގަނޑު ބުނަން. އޭރު އިންތިޚާބުގެ ތެރޭގައި އަޅުގަނޑު ބުނިން، 300 މިލިއަން އަޅުގަނޑުމެން ހޭދަކޮށްދޭނަމޭ. އަދި މިއަދު މި ފެނިގެންމިދިޔަ، އިންފްރާސްޓްރަކްޗަރ ދެބައިކުޅަ އެއްބައިވެސް ނުނިމިގެން މިއުޅެނީ، އިންފްރާސްޓްރަކްޗަރަށް މިހާތަނަށް ހޭދަކުރެވިއްޖެ 434 މިލިއަން ރުފިޔާ. މިއީ، ގިވަންއެއް ކަމަށް ގަބޫލުނުކުރާ ވާހަކަ އަޅުގަނޑު މިދެންނެވީ. މިއީ، ގިވަންއެއް ކަމަށް ގަބޫލުކުރާ ކުދިން މަދެއްނުވާނެ. އެއީ، އެ ކުދިން ހިތަށްއަރާނެ، ކޮންމެ ސަރުކާރެއް އޮތަސް، ދަތިވާ ރަށެއްގައި ވެއްޖިއްޔާ ބަނދަރު ހަދާނޭ. ކޮންމެ ސަރުކާރެއް އޮތަސް، ދަތިވާ ރަށެއް އޮތިއްޔާ ޞިއްޙީ މަރުކަޒެއް ހުންނާނޭ. ނޫން! ނުހުންނާނެ. އެއީ، ޕްރައިވަޓައިޒް ކުރާ ކަމެއް. ޕްރައިވަޓައިޒް ކުރަނީ، ދެންމެ މިދެންނެވިގޮތަށް، ރުފިޔާއާ ބައި އެޅިގެން މިދަނީ، ހަމަ ސްޕޯޓިންގ އިންފްރާސްޓްރަކްޗަރަށް އެއިން ބައެއް ބޭނުންވާގޮތަށް، ކުޑަކުދިންނާއި ޒުވާނުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް ޖެންޑަރ މިނިސްޓަރވެސް ބޭނުންވާނެ، އެ ރުފިޔާއިން ބައެއް. އެއަށްވުރެ ބޮޑަށް، އެ ރުފިޔާއަށް ޓެކްސްކުރާ ބަޔަކީ، ޙަޤީޤަތުގައި އިޖުތިމާޢީ، އެންމެބޮޑު ދެ ދާއިރާ. ތަޢުލީމީ ދާއިރާއާއި ޞިއްޙަތުގެ ދާއިރާ. ސަރުކާރަކުން، ސަރުކާރަކުން އިސްކަންދޭ ތަރުތީބަށް ބަލާކަމަށްވަންޏާ، އެޖެންޑާގެ އެންމެ މަތީގައި އުޅޭނީ، މިދެންނެވި ދެ ދާއިރާ. ދެން އެއާއެކީ، އުޅޭނީ ޤައުމީ ސަލާމަތު. ދިފާޢީ ބާރުތަކަށް އަޅުގަނޑުމެން ހޭދަކުރާނެ، ހަމަ މި އެއްރުފިޔާގެ ތެރެއިން. އެހެންވީމާ، ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، ދެން ސަލާމަތީ ބާރުތަކަށް ބޭނުންވާ ކަންކަން. މިކަހަލަ އެތައް ކަމެއް ކުރުމާއެކީ، އެ ރުފިޔާއިން ބާކީވާ އެއްޗަކުން ސްޕޯޓްސް ދާއިރާއަށް މިކުރާ ހޭދަ އަޅުގަނޑުމެން މިކުރަނީ.

އެހެންވީމާ، ކޯއްޗެއްތޯ ގިވަން އީ؟ Nothing is given. Nothing comes free in life. މި އަޅުގަނޑުމެން ޚިޔާލަށް އަންނަންވާނެ. މިހާރު މި ސަރުކާރުން ޒުވާނުންނާއި ކުޅިވަރަށްދޭ އިސްކަމެއްގެ ސަބަބުން، ޕްރައިވަޓައިޒް ކުރާއިރު، އަޅުގަނޑުގެ ޓީމުގެ އެޖެންޑާގެ ކުރިއަށް ޒުވާނުންނާއި ކުޅިވަރާ އަންނާތީ، ޒުވާނުންނަށް މި ހޭދަ މިކުރެވެނީ. މީގެކުރީގައި އެގޮތަށް އައިސްފައި ނެތީމާ، މުޅި ޒުވާނުންގެ ހުރިހާ ކަމަކަށް 27 މިލިއަން، ނޫނީ އޭރު ހިނގާ ހޭދައެއް އެ ދަނީ. އެހެންވީމާ، ދައުލަތުގެ ބަޖެޓް ބެހިގެންދާއިރު، ދައުލަތުގެ ބަޖެޓް ބެހިގެންދާއިރު، އެބަޔަކަށް ލިބޭ ބައެއް އެ ލިބެނީ، އެ ދައުލަތުގެ ބަޖެޓް ބަހަން ތިބޭ އެންމެ އިސް މީހުންގެ ޝައުޤުވެރިކަން ހުންނަ، އަދި އެމީހުންގެ ވިސްނުމުގައި، ތަރުބިއްޔަތު ކުރަންވީ، ނޫނީވިއްޔާ ހޭދަކުރަންވީ ޒުވާނުންނަށްތޯ، ނޫނީ އެހެން ކޮންމެވެސް ކަމަކަށްތޯ ވިސްނާ ވިސްނުން. މިއީ ތަފާތަކީ. އެހެންވީމާ، މި ވިސްނުމުގެ މައްޗަށް ބިނާކޮށް، މި ހޭދަކުރާ ހޭދަކުރުމެއް ކުރެވެނީ.

ދެންމެ މިނިސްޓަރުގެ ރިޕޯޓްގައި އެ ފާހަގަކުރެއްވީ. އަދި އަޅުގަނޑުމެންނަށް ޕޮލިސް ރިޕޯޓްތަކުން ފާހަގަ  އެބަކުރެވޭ. މި އުސޫލުތައް ނޫނީ، މި ސިޔާސަތު ތަންފީޒުކޮށްގެން މިއަދާ ހަމައަށް އާދެވުނީމާ، އަޅުގަނޑުމެން އުފަލާއެކީ، އަދި ޝުކުރުވެރިކަމާއެކީ، ﷲ އަށް ޙަމްދުކުރަމުން، އަޅުގަނޑުމެން މި ފިޔަވަޅުމަތީގައި ތިބެގެން ފާހަގަކުރަންޖެހެނީ، އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ސަޤާފަތުގައި، އަޅުގަނޑުމެންގެ ތާރީޚު ދައްކައިދޭ ގޮތުގައި، އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢަކީ، ކުށްކުރާ ބަޔެއްނޫން. އަދި އަމުދުން ބޮޑެތި ޙައްޤުތަކަށް އަރައިގަންނަ ބަޔެއްނޫން. އެހެންނަމަވެސް، ފަހުގެ ތާރީޚަށް އަޅުގަނޑުމެން ފުރޮޅިގެންދިޔައިރު، އަޅުގަނޑުމެންގެ ތެރޭގައި ކުށްކުރުމާއި އަދި އެންމެ ބޮޑެތި، ޖިނާޢީ ބޮޑެތި ކަންކަން ކުރުމަކީ، އަޅުގަނޑުމެންގެ ތެރޭގައި މީހުން ޖެހިލުންނުވާ ކަންކަން ކަން، އަޅުގަނޑުމެންނަށް އޭގެ ހައެއްކަ އަހަރު ކުރީއާ ހަމައަށް ސާބިތުކޮށްދީފައި މިހުރީ. އެކަމަކު ޒުވާނުންގެ ތަރުބިއްޔަތަށާއި، ޒުވާނުންނަށް ސަމާލުކަންދީގެން، ޒުވާނުން ބޭނުންވާ ކަންތައްތައް، އެއީ ތަޢުލީމީ ދާއިރާ، ޞިއްޙީ ދާއިރާ، ކުޅިވަރު މިކަހަލަ ކަންކަމަށް ބަލަނީ. ޚާއްޞަކޮށް ކުޅިވަރުގެ ވާހަކަ އަޅުގަނޑު މިރޭ، މިދަންނަވަނީ. މިކަންކަމަށް ބަލައިގެން މި އިންވެސްޓްމަންޓް ހެދުނީމާ އަޅުގަނޑުމެން ގަބޫލުކުރަނީ، މީގެ ކުރީގެ އަހަރުތަކާ ބަލާއިރު، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ ސަތޭކައަކުން ތިރީސް ފަހެއް ކުށް މަދުވެފައި މިހާރު މިވަނީ.

އެއީ، އަސްލުގައި މި ސިޔާސަތުތައް ތަންފީޒު ކުރުމުން، އަޅުގަނޑުމެން އެދުނު ނަތީޖާ އަޅުގަނޑުމެން ޑިޒަޔަރ ކުރި ނަތީޖާ، އިރާދަކުރެއްވިއްޔާ، ﷲ އަޅުނގަނޑުމެންނަށް މިންވަރު މިކުރައްވަނީ. އެހެންވީމާ، މިގޮތުގެމަތީގައި އަޅުގަނޑުމެން ތިބެންވާނީ. ކުޅިވަރު ކުޅޭ މީހުން ތިބެންވާނީ. އެއީ ޒުވާނުން. ޒުވާނުން ތިބޭނީ ކުށްނުކޮށް. ޒުވާނުން ތިބޭނީ ޕްރޮޑަކްޓިވް ބަޔެއްގެ ގޮތުގައި. ޕްރޮޑަކްޓިވް ބައެއްގެ ގޮތުގައި ތިބެގެން ކުރާ މަސައްކަތަކީ، ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރުން. ޞިއްޙީ ދާއިރާއަށް ޚިދުމަތް ކުރުން. އެއާއެކީ، ހަމަ އިންޓަރނޭޝަނަލް މުބާރާތްތަކުގައާއި، ރީޖަނަލް މުބާރާތްތަކުގައި ކޮމްޕީޓް ކުރަން ޖާގަހޯދުން. ވަގުތު ހޯދުން.

 އަޅުގަނޑުމެން އިންޓަރނޭޝަނަލް ޓީމުތަކަށް ބައްލަވާ! އިންޓަރނޭޝަނަލް ޓީމުތަކުގައި، މީގެކުރީގައި ފުޓްބޯޅަ ކުޅެފައިހުރި މަޝްހޫރު ޓީމުތަކުގެ ތެރޭގައި ތިބޭނެ. މިފަހަރު އައިސްލޭންޑް ޓީމުގައިވެސް، ޑޮކްޓަރުންވެސް ތިބިކަންނޭނގެ. އެހެންވީމާ، އެއީ، ވަކި ފަންނަކަށްވާތީ، ޓީމުގައި ނުހިމެނެނީކީ ނޫން. އަޅުގަނޑު އައިސްލޭންޑްގެ މިސާލު މި ނަގަނީ، ހަމަ ދިވެހިރާއްޖޭގައި މި މިސާލު އެޕްލައިވާލެއް ބޮޑުކަމުން. އައިސްލޭންޑް، ޕޮޕިއުލޭޝަން ހަތަރު ލައްކަ. ދިވެހިރާއްޖެ، ޕޮޕިއުލޭޝަން Almost around the same. ދެން މި ވާރލްޑް ކަޕްގައި އެންމެ ކުރިއަށްދިޔަ އަނެއް ޤައުމު. އަޅުގަނޑުމެން ސިއްސުވާލި ނަތީޖާތައް ހޯދި، ހުރިހާ ފުޓްބޯލިންގ ޖަޔަންޓްސް ބަލިކޮށްފައި ކުރިއަށްދިޔަ ބަޔަކީ ކްރޮއޭޝިއާ. ހަމަ ކުޑަކުޑަ އާބާދީއެއް. ސްކިލް ލެވެލް، އިންވެސްޓްމަންޓް ލެވެލް، ކިހިނެއްތޯ ކޮމްޕެއަރ ކުރާނީ ބްރެޒީލާ. ކިހިނެއްތޯ ކޮމްޕެއަރ ކުރާނީ ޔޫރަޕްގެ ބޮޑެތި ޤައުމުތަކާ. ޔޫރަޕްގައި ދޮގެއްތޯ ލީގްތައްވެސް މި އޮންނަނީ. ޔޫރަޕްގައި ހުރިހާ ލީގްތައްވެސް މި އޮންނަނީ. މި ކުދިކުދި ޤައުމުތައް، އައިސްލޭންޑް، ކްރޮއޭޝިއާ، މި ތަންތަނަކީ ލީގްތައްވެސް ގެންގުޅޭ ބައެއްނޫން. އެމީހުންގެ ކުޅުންތެރިން އެ ފޮނުވަނީ ޔޫރަޕްގެ ލީގްތަކަށް.

އެހެންވީމާ، އަޅުގަނޑުމެން ޢަޒުމު ކަނޑައަޅައިފި ކަމަށްވަންޏާ، ކޮމްޕެރިޒަންއަށް ބައްލަވާ! ކޮމްޕެރިޒަންއަށް ބައްލަވާފައި އަބަދުވެސް އަޅުގަނޑު ބުނާ ވާހަކަ ޚިޔާލަށް ގެންނަވާ! While there is hope, there is life. އަޅުގަނޑުމެން ކަމެއް އުންމީދުކުރާ ކަމަށްވަންޏާ އަޅުގަނޑުމެންގެ ދިރުމެއް ހުންނަންވާނެ އެ ޢަޒުމާ ހަމައަށް. އެހިސާބަށް ވާޞިލުވުމުގެ ބާރު އަޅުގަނޑުމެންގެ ހުންނަންވާނެ. އެހެންވީމާ، އަޅުގަނޑުމެންނާ ޕޮޕިއުލޭޝަންގެ ގޮތުން ދާދި އެއްވަރު ޤައުމުތައް މިއުޅެނީ. އަޅުގަނޑުމެން ފަހަރެއްގައިވެސް މިބުނަނީ، ޝޯރޓް ޓާރމްގެ ތެރޭގައި، އިންޓަރމީޑިއޭޓް ޓާރމްގެ ތެރޭގައި، ފަސް އަހަރު، ދިހަ އަހަރުގެ ތެރޭގައި، މިހިސާބަށް އަންނާނެއެކޭ ނޫން. އެކަމަކު ކީއްވެގެންތޯ އެ އުންމީދު ނުކުރަންވީ؟ ކީއްވެގެންތޯ އެ އުންމީދު ނުކުރަންވީ؟ މިދެންނެވި އާބާދީތަކަށް ބަލާކަމަށްވަންޏާ މާބޮޑެތި ވަސީލަތުގެގޮތުން، އަޅުގަނޑުމެންގެ ނޭޝަނަލް ޓީމްތަކަށް، ނޭޝަނަލް ސްކޮޑްތަކަށް މިހާރު މުސާރަ އެސްޓޭބްލިޝް ކޮށްދީގެން، ނޫނީ މުސާރަ ހަމަޖައްސައިދީގެން ހިނގާތާ ދުވަސްކޮޅެއްމިވީ. ސްޕޯރޓްސް ޤާނޫނެއް އެބައޮތް. ކުޅުންތެރިން ޤައުމީ ޕްރެކްޓިސްއަށް ދާއިރު، ވީއްލާ ވީއްލުންވެސް އެބައޮތް. އެހެންވީމާ، ކުޅުންތެރިންނަށް ފަސޭހަ ކިތަންމެ ކަންތައްތަކެއް މިދަނީ. އަދި ފުޓްބޯޅައަކީ، އަޅުގަނޑުމެން މިރާއްޖޭގައި އެންމެ ޕޮޕިއުލަރ ކުޅިވަރު ކަމަށްވާތީ، ހަމަ ފީފާ އެޕްރޫވް އިންޓަރނޭޝަނަލް ޓްރޭނިންގ ސްކޫލެއް އަޅުގަނޑުމެން މިތާ މި ހަދަނީ. އެހެންވީމާ، އަޅުގަނޑުމެންނަށް ކީއްވެހޭ އެހިސާބަށް ނުދެވެންވީ؟

އަޅުގަނޑުމެން މިހާރުވެސް ކުޅިވަރު ކުޅޭ ކުޅުންތެރިން، އަޅުގަނޑަށް އެނގޭ މިތާ ތިބޭނެ ނޭޝަނަލް ސްކޮޑުގެ ކުދިން. އަޅުގަނޑުމެންގެ މި ހާޒިރުގައި ތިބޭނެ. އަޅުގަނޑުމެން ޚިޔާލުކުރަންވާނީ ކޮންމެވެސް ހިސާބަކުން ދިވެހި ޓީމް ޖެހޭނެ އެހިސާބަށް ދާން. މީގެ ކުރީގައި، ކުޅިވަރުގައި ކިހިނެއްތޯވަނީ؟ މީގެ ކުރީގައި މި ފަސް އަހަރާ ހަމައަށް ކުޅިވަރު ދިޔައިރު، އަޅުގަނޑު ހުރި ޖަލްސާއެއްގައި، ހަމަ ބޭފުޅަކު ވިދާޅުވި، އަޅުގަނޑުމެން ބޭނުންވަނީ ރީތި ކުޅުމެއް ދައްކާށޭ. އަޅުގަނޑުގެ ވިސްނުމުގައި، އަޅުގަނޑުމެން ދަނީކީ ރީތި ކުޅިވަރެއް ދައްކާކަށް ނޫން. އަޅުގަނޑު ޓީމް މި ފޮނުވަނީ ރީތި ކުޅުން ދައްކާކަށް ނޫން. އަޅުގަނޑު ޓީމް މި ފޮނުވަނީ، ކަމެއް ހާސިލުކޮށްގެން އަންނަން. އަޅުގަނޑު ބުނިން، އަޅުގަނޑަކަށް ބްރައުންޒް އެއީ މެޑެލްއެއް ނޫނޭ. އަޅުގަނޑުގެ ޓީމް، އެންމެ ދަށްވެގެންވެސް އަޅުގަނޑު ބޭނުންވާނެއޭ ސިލްވަރއެއް ހޯދަން.

އެހެންވީމާ، މީގެ ކުރީގައި، އަޅުގަނޑުމެން ބައިވެރިވަނީ ކީއްކުރަންތޯ؟ މީގެ ކުރީގައި، އަޅުގަނޑުމެން ބައިވެރިވަނީ އެކްސްޕޯޝަރ ހޯދަން. މީގެ ކުރީގައި އަޅުގަނޑުމެންގެ ޓީމްތައް ރީޖަނަލް މުބާރާތްތަކުގައި، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި، މި ބައިވެރިވަނީ ކީއްކުރަންތޯ؟ ތަޖުރިބާ ހޯދަން. އެކަމަކު މިއަދު މި ބައިވެރިވަނީ ކީއްކުރަންތޯ؟ މިދިޔަ ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑުގެ ތަފާސް ރަނގަޅު ކަމަށްވަންޏާ، 37 މެޑެލް ހޯދާފައި އެއޮތީ. އޭގެ ތެރޭގައި ދިހަ ގޯލްޑް އެބަ ހިމެނޭ. އޭގެ ކުރީގައި އަޅުގަނޑުމެން ދަނީ ތަޖުރިބާ ހޯދަން. ތަޖުރިބާ ހޯދަންދާއިރު، އަޅުގަނޑުމެން ކޮޅަށް އެބަހުރޭ 17 ލަނޑު، 18 ލަނޑު ޖަހާލާފައި. އެހެންނޫންތޯ؟ އެކަމަކު މިއަދު މި ދެންނެވީ، މިއަދު އަޅުގަނޑުމެން ތަޖުރިބާ ހޯދާކަށް ނުދޭ. މިއަދު މިދަނީ، ޓަފް ކޮމްޕެޓިޝަނަށް. މިއަދު މިދަނީ، ހަމަ އަޅުގަނޑުމެންނާ ވާދަކުރާ ކޮންމެ ބަޔަކަށް، ޓަފް ފައިޓެއް ދޭން. އެއީ، ކޮންމެ ދާއިރާއެއް ކަމަށްވިޔަސް. ފުޓްބޯޅަ ކަމަށްވިޔަސް، ވޮލީ ކަމަށްވިޔަސް. ބާސްކެޓްކަމަށްވިޔަސް. ދެން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ފެންވަރު ހުރިވަރުން އަޅުގަނޑުމެން ބައިވެރިވާ މުބާރާތްތަކުގައި ބައިވެރިވާނީ.

އެކަމަކު، މިރޭ ހަމަ އަޅުގަނޑު ދަންނަވާލާނަން. މިރޭވެސް އަޅުގަނޑު އުންމީދުކުރަނީ، މިތާ އެބަތިބި، ސާފް ގޭމްސްގައި ބައިވެރިވާ އަޅުގަނޑުމެންގެ ނޭޝަނަލް ސްކޮޑުގެ ކުދިން. ދާދި އަވަހަށް، އަޅުގަނޑަށް ހީވަނީ، އަންނަ ހަފްތާގެ ތެރޭގައި، އަޅުގަނޑުމެން ބަނގްލަދޭޝްއަށް ދަތުރުކުރާނެ. ބަނގްލަދޭޝްއަށް ދަތުރުކުރާއިރު އަޅުގަނޑު ބޭނުންވަނީ، މި ވީޑިޔޯއިން ފެނުނު ދޮގެއްތޯ އަޅުގަނޑު ޓްރޮފީއެއް އުފުލާތަން. ފެނުނު ނޫންތޯ؟ އަޅުގަނޑު ހީކުރަނީ، އަޅުގަނޑު މި އުފުލަނީ މިއަހަރުގެ ސާފް ގޭމްސްގެ ޓްރޮފީ ކަމަށް. އެކަން ކާމިޔާބު ކޮށްދެއްވާ!

އަޅުގަނޑުމެން ނޭޝަނަލް ސްކޮޑަށް ބޭނުންވާ ހުރިހާކަމެއް އަޅުގަނޑުމެން ކޮށްދޭނަން. އެހެންވީމާ، ނޭޝަނަލް ސްކޮޑްން ކޮށްދޭންޖެހޭ ކަމަކީ، އެ ޓްރޮފީއަކީ، ރައީސް ކައިރީ އައިސް ބުނަންވާނެ މިއީ، މީގެކުރިން ރައީސް ކްލިޕުން އެދެއްކި، ޓްރޮފީ  ތިމަންނާމެން ރައީސަށް ގެނެސްދިނީއޭ. އެ ޢަޒުމާއެކީ އަޅުގަނޑުމެން މަސައްކަތް ކުރަންވާނީ. އަޅުގަނޑުމެންނަށް މީގެތެރޭގައި ނުކުރެވޭނެ ކަމެއް އޮވެގެންނުވާނެ. އެހެންވީމާ، ކުޅިވަރުގެ ދާއިރާގައި އަޅުގަނޑު ހަމަ މިދަންނަވަނީ، ލައިފްގައި ކުރާ ކޮންމެ ކަމެއްގައި، ކުޅިވަރުން ފިލާވަޅުތަކެއް ނަގައިދޭ. އެންމެ ޓަފް ފިލާވަޅަކީ، އެންމެ އެޕްލައި، ނޫނީ އެންމެ އެޕްލިކަބްލް ފިލާވަޅަކީ، އެންމެ އެޕްލިކޭޝަން ރަނގަޅު ފިލާވަޅަކީ، ކޮމްޕެޓިޝަން. އެއްގޮތަކަށްވެސް އަޅުގަނޑުމެން ކަމެއްގައި ބައިވެރިވަނީ، ހަމަ ބައިވެރިވާކަށެއް ނޫން. ތަޖުރިބާ ހޯދާކަށް ނޫން. އަޅުގަނޑުމެން ބައިވެރިވަނީ ކުރިބޯށްޓާ ހަމައަށް ދާން. ކުރިބޯށްޓާ ހަމައަށް ދާން ބައިވެރިވަނީ. އެހެންކަމަށްވަންޏާ، އަޅުގަނޑުމެން ޓްރޮފީ ހޯދަން އަޅުގަނޑުމެން މަސައްކަތް ކުރަންވާނީ. ކުޅިވަރު ކުޅުންތެރިން، އެތްލީޓުންގެ އުއްމީދު އޮންނަންވާނީ، ހަމަ ގޯލްޑަށް ދިޔުން.

އެނޫން ލެވެލެއްގައި ކޮމްޕީޓް ކުރާކަށް އަޅުގަނޑުމެންގެ ވިސްނުން ހުރެގެން ނުވާނެ. އެހިސާބުން ކައްސާލައިފިއްޔާ، ދެން ސިލްވަރއަކާ ހަމައަށް އަންނާނީ. އެއަށްވުރެ ކައްސާލައިފިއްޔާ، ބްރައުންޒެއް. ނޫން، ގަޓަޔަރ. އެހެންނޫންތޯ؟ އަޅުގަނޑުމެންގެ ވިސްނުން ހުންނަންވާނީ އެގޮތަށް. ބްރައުންޒަކާ ހަމައަކަށް ނޫން ދެން ދާންވާނީ. ދެން ދާންވާނީ ގަޓަޔަރ. އެއީ އަޅުގަނޑުމެން ފިޓެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ވާދަކުރަންޖެހޭނީ، މި ދެންނެވި ތަރުބިއްޔަތު ލިބިގެން، މި ދެންނެވި ޓްރޭނިންގ ލިބިގެން، ސްކިލްފުލް މީހުންތަކެއް އުފައްދަން.

އެހެންވީމާ، ފުޓްސަލްއާއެކީ، އަޅުގަނޑުމެން ހަމަ އެބަ އުއްމީދު ކުރަން، އަންނަ އަހަރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި، ފީފާއިން އެބަ އެސްޓެބްލިޝް ކުރޭ، ރެގިއުލަރ ފުޓްބޯޅަ ޕިޗްތަކެއް. ހަމައެއާއެކީ ދައުލަތުންވެސް، ސަރުކާރުންވެސް އެސްޓެބްލިޝް ކުރާނެ، ރާއްޖޭގެ އެކިހިސާބުގައި. ޚާއްޞަގޮތެއްގައި، ފުޓްބޯޅަ ފީވަރ އެންމެ ވަރުގަދައަށް ހުރި ދިމަދިމާގައި، އަޅުގަނޑުމެން އެސްޓެބްލިޝް ކުރާނަން ފުޓްބޯޅަ ދަނޑުތަކެއް. ރެގިއުލަރ ފުޓްބޯޅަ ދަނޑުތަކެއް. މީގެ ރިވޯޑް އަޅުގަނޑަށް އެބަ ފެނިގެންދޭ. އަޅުގަނޑު ދެންނެވި ގޮތަށް، މީގެކުރީގައި އަޅުގަނޑުމެން ބައިވެރިވަނީ އެކްސްޕޯޝަރއަށް. ތަޖުރިބާ ހޯދަން. ރަނގަޅު ކުޅުމެއް ދެއްކީމޭ. ދިވެހި ޓީމް ވަރަށް ބަލިވެގެން އަންނާނީ. އެކަމަކު އަޅުގަނޑުމެންގެ މަސްއޫލުވެރިން، ޓީމާ ހަވާލުވެގެންދާ ބޭފުޅުން ވިދާޅުވާނެ، މުބާރާތް ނިންމާފައި އަންނަމުން، ދިވެހި ޓީމް ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައޭ އައީ. ރަނގަޅު ކުޅުން ދައްކާފައި އަންނައިރު، ބައިވެރިވާނީ 16 މީހުން. އަޅުގަނޑުމެން ތިބޭނީ 16 ވަނައިގައި. އެހެންވީމާ، އެއެއްނޫން އަޅުގަނޑުމެން ދައްކަން ބޭނުންވާ ކުޅުމަކީ. އަޅުގަނޑުމެން ދައްކަން ބޭނުންވާ ކުޅުމަކީ، އަޅުގަނޑުމެންނަކީ ސީރިއަސް ކޮންޓެންޓަރުން ކަމާއި، އެހެންވީމާ، ކޮންމެ ބަޔަކުވެސް އަޅުގަނޑުމެންނަށް ފައިޓެއް ދޭންޖެހޭނެކަން. އަޅުގަނޑުމެންގެ އެ ފައިޓް، އެހެން ކޮންމެ ޓީމަކަށް ދޭނެކަން އަޅުގަނޑުމެން ދައްކަންޖެހޭނެ.

މި ނިމިގެންދިޔައީ ވާރލްޑް ކަޕް. ވާރލްޑް ކަޕް ޔޫފޯރިއާ، އަދި އަޅުގަނޑުމެންގެ ހަނދާނުގައި ހުންނާނެ. ޚިޔާލުގައި ހުންނާނެ. އައިސްލޭންޑް ދުރަށް ދަތުރުކުރި. ކްރޮއޭޝިއާ އެއަށްވުރެ މާދުރަށް ދަތުރުކުރި. އެހެންވީމާ، އެ ދެ ރަށުގެ އެގްޒާމްޕަލް އަޅުގަނޑު މިރޭ މި ނަގަނީ، އަޅުގަނޑުމެންގެ ޕޮޕިއުލޭޝަނާ ދާދި އެއްވަރު ދެ ރަށަށްވާތީ. ރިސޯސްގެ ގޮތުންވެސް އަޅުގަނޑުމެންނާ އެއްވަރު. އަޅުގަނޑުމެންނަށް ހަމައެކަނި ނުކުރެވޭ ކަމަކީ، އަދި އަޅުގަނޑުމެންގެ ކުޅުންތެރިންނެއް ލީގްތަކަށް ނުއެއްފޮނުވޭ. އެޓީމުތަކުގެ ކާމިޔާބުގެ ސިއްރަކީ، އެޓީމުގެ ކުޅުންތެރިން ޔޫރަޕިއަން ލީގްތަކުގައި، އެހެން ލީގްތަކުގައި ބައިވެރިކޮށްގެން، އެ ތަޖުރިބާއާއި، އެ އެކްސްޕޯޝަރ ހޯދީ. އެކަމަކު ހޯދުމަށްފަހު، ކޮބައިތޯ އެމީހުންގެ ސްކިލް ލެވެލް؟ ޒަމާނުއްސުރެ ކުޅެމުން އަންނަ ސްޕެއިންއަށްވުރެ މާމޮޅު. ބްރެޒިލްއަށްވުރެ މާމޮޅު. އަދި އެހެން ހުރިހާ ޤައުމުތަކަށްވުރެ މޮޅު. އެކަން ދައްކައިފި ދޮގެއްތޯ؟

އެހެންވީމާ، ފުޓްބޯޅައަކީ ވަކި ބައެއްގެ މޮނޮޕޮލީއެއް ނޫން. ކުޅިވަރަކީ ވަކި ބައެއްގެ މޮނޮޕޮލީއެއް ނޫން. ދެން މޮޅުވާ ޓީމުތަކުގެ، އެންމެ މޮޅުވާ ޓީމުތަކުގެ ކޮމްޕޮޒިޝަނަށް ބަލައިލަމާ ހިންގަވާ! އެންމެ މޮޅުވާ ޓީމުގެ ކޮމްޕޮޒިޝަނަށް ބަލާއިރު، އަސްލު އެ ޤައުމަށް އުފަން ކިތައް މީހުންތޯ، އެ ޓީމުގައި ތިބީ؟ އެހެންވީމާ، މިހުރިހާ އެއްޗެއްސަކީ އަޅުގަނޑުމެން ފިލާވަޅު ނަގަންހުރި ކަންތައް. އެހެންވީމާ، ދިވެހިރާއްޖެ، އަޅުގަނޑުމެން އެހިސާބަށް ދާން، މަސައްކަތް ކުރަންނުޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތް.

މި ފުޓްބޯޅައިގެ ޔޫފޯރިއާ އާއި، ވޯރލްޑް ކަޕްގެ ޔޫފޯރިއާ، އަޅުގަނޑުމެންގެ ޚިޔާލުގެތެރޭގައި ހުންނައިރު، އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ހަމަ މި ސްޕްރިޓްގައޭ އަޅުގަނޑުގެ ޓީމް، ސާފް ގޭމްސްއަށް ދާންވާނީ. ހަމަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ސާފް ގޭމްސް އެ ފަށަނީ. ހަމަ އަޅުގަނޑަކަށް އެކްސްޕެކްޓެއް ނުކުރެވޭނެ، Anything less than championship. އެހެންވީމާ، އަޅުގަނޑު އެ އުފުލި ޓްރޮފީއަކީ، އަޅުގަނޑުގެ ނޭޝަނަލް ޓީމުގެ ކެޕްޓަން މިރަށަށް އައިސް އަޅުގަނޑަށް ދޭންޖެހޭ ޓްރޮފީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

އެހެންވީމާ މި ސްޕްރިޓްގައި، އަޅުގަނޑުމެން ކޮންމެ ކަމެއްގައިވެސް ވާދަކުރާނީ. ފުޓްބޯޅައިން، ކުޅިވަރުން، ނަގައިދޭ އެންމެ ވަރުގަދަ ފިލާވަޅަކީ، ކުރާ ކޮންމެ ކަމެއްގައި ކުރިއަށްދާން. އެންމެމަތި ހާސިލުކުރަން ކުރާ ކަންތައް. އެންމެމަތި ހާސިލުކުރަން އަޅުގަނޑުމެން ކޮންމެ ދާއިރާއެއްގައި، ކޮންމެ ކަމެއް ކުރާކަމަށްވަންޏާ، މުޅި ޤައުމު އޭޒް އަ ހޯލް އުޅޭނީ ހަމަ ވަރަށް މަތީގައި. އެހެންވީމާ އަޅުގަނޑުމެންނަކަށް މެޑިއޯކްރިޓީއަކީ އެކްސްޕެކްޓް ކުރާނެ އެއްޗެއް ނޫން.

ކުޅިވަރުން މި ނަގައިދޭ ފިލާވަޅަކީ ކޮމްޕެޓިޝަން. ކުޅިވަރުން ނަގައިދޭ ފިލާވަޅަކީ، ޓަފް ފައިޓެއް ދިނުން. ކުޅިވަރުން ނަގައިދޭ ފިލާވަޅަކީ، އަޅުގަނޑުމެންގެ ވާދަވެރިން ގަބޫލުކުރަންޖެހޭނެ، އަޅުގަނޑުމެންނަކީ ސީރިއަސް ކޮންޓެންޓަރުންކަން. އެހާ ފަސޭހައިން ބަލިނުކުރެވޭނެކަން. އެހެންވީމާ، އެފިލާވަޅުގައި ދިވެހި އެތުލީޓުން ތިބެން އަޅުގަނޑު ހަމަ ދަންނަވާލަން.

ދެން ހަމައެއާއެކީ އަޅުގަނޑު ދަންނަވާލާނަން، އަޅުގަނޑުމެންގެ އެޖެންޑާގައި، އަބަދުވެސް އެންމެ އިސްކަމެއް މިދެނީ ޒުވާނުންނަށް. ދެން އޭގެ ރީޒަންތައް އަޅުގަނޑު ކިޔާކަށްނެތިން. އަޅުގަނޑު އޭގެ ރީޒަންސް، ސަބަބުތައް، އެތައް ޖަލްސާއެއްގައި އެތައްފަހަރަކު ދައްކައިފިން. އެކަމަކު ލިބޭ ނަތީޖާތަކާއި، ހޭދަކުރާ ހޭދަކުރުމާއި، އަދި ޒުވާނުންގެ އެކްސްޕެކްޓޭޝަން، އެންޓިސިޕޭޝަން އިތުރުވެގެންދާވަރުން، އަޅުގަނޑުމެންގެ މި އެޖެންޑާ، ނޫނީ އަޅުގަނޑުގެ މެނިފެސްޓޯ ޒުވާނުން ގަބޫލުކުރާކަން އަޅުގަނޑަށް އިޙުސާސް ކުރެވޭ. އެހެންނޫނިއްޔަކާއެއް ފުޓްސަލް ދަނޑުތަކަށް ފެންބޮވާފައި ތިބި ޒުވާނުން އެހާ ގިނައެއްނުވާނެ. ރެގިއުލަރ ފުޓްބޯޅަ، މޮޅުވާން ބޭނުންވާ އެހާ ބައިވަރު ޒުވާނުންތަކެއް ނޫޅޭނެ. އަދި މި ހުރިހާ ކޮމްޕެޓިޝަނެއްގައި ވާދަކުރަން ބޭނުންވާ ޒުވާނުންތަކެއް ނޫޅޭނެ. އެހެންވީމާ، ކުޅިވަރު އެބަނަގާ އެތުލީޓުން ވަރަށް ސީރިއަސްކޮށް. އެތުލީޓުން ކުޅިވަރު ސީރިއަސްކޮށް ނަގާތީ، މި ދެންނެވި ގޮތަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި 37 މެޑެލް، އޭގެ ތެރޭގައި ދިހަ ގޯލްޑް ހޯދާފައި މިއޮތީ. އެހެންވީމާ، ދެންވެސް ކުޅިވަރު ސީރިއަސްކޮށް ނަގާނެ. ކުޅިވަރު ސީރިއަސްކޮށް އެ ނަގަނީ، މުޅި ދައުލަތުން، މުޅި ސަރުކާރުން، ކުޅިވަރު ސީރިއަސްކޮށް ނަގާތީ. އެއީ ޔޫތު އެޖެންޑާއަށް އަޅުގަނޑުމެންގެ ކޮމްޕްލައިންސް އޮތްވަރު، ޔޫތު އެބަ ގަބޫލުކުރާކަން އަޅުގަނޑަށް އެބަ އިޙްސާސް ކުރެވޭ.

އެހެންވީމާ، އެ ޢަޒުމުގައި އަޅުގަނޑުމެން މަސައްކަތްކުރާ ކަމަށްވަންޏާ، ދެން އަޅުގަނޑުމެން ވިސްނަންޖެހޭނީ، އަޅުގަނޑުމެން މި އިންފްރާސްޓްރަކްޗަރ އަދި އެބަޖެހޭ ކޮމްޕްލީޓް ކުރަން. އިންފްރާސްޓްރަކްޗަރ މެއިންޓެއިން އެބަކުރަންޖެހޭ. ނެތް އިންފްރާސްޓްރަކްޗަރ އިންސްޓޯލް އެބަކުރަންޖެހޭ. އަދި ހުރި އިންފްރާސްޓްރަކްޗަރ، މުޅިން އޯވަރހޯލް ކުރަންޖެހޭ، ބައެއް ކަންތައްތަކުގެ ވާހަކަ، ދެންމެ މިނިސްޓަރ އިރުތިޝާމްގެ ވާހަކައިގައި އެ ވިދާޅުވީ. ޓައިލް ހުރިހާ ދަނޑުތަކެއް ނަގާ އެބަޖެހޭ ޓާރފް ދަނޑަށް ބަދަލުކުރަން. އެހެންވީމާ، މިކަންކަން ކުރާއިރު، އެކަންކަމާއެކީ، އެކަންކަމަށް ޝައުޤުވެރިވާ މީހުންނަށް އެ ޖާގަ ލިބިގެން، އަޅުގަނޑުމެން މި ބޭނުންވާ ހިސާބަށް، ނޫނީވިއްޔާ މިހިސާބުގައި އަޅުގަނޑުމެންނަށް ތިބެވޭނީ.

 އެހެންވީމާ، އެއީ އަޅުގަނޑުމެންގެ ޒުވާނުން ވިސްނަންޖެހޭ ކަމެއް. ގަބޫލުނުކުރާތި، ދަތިވާ ރަށަކަށް ބަނދަރެއް ލިބޭ އުސޫލުން ކުޅިވަރަކަށް ހަމަ އެ އެއް ރުފިޔާއިން ލިބޭ ޕޯޝަން އެއްވަރަށް އޮންނާނެކަމަށް. އެއީ ކުޅިވަރަށް ޕެޝިނޭޓްލީ ގަބޫލުކުރާ ބަޔަކު، އެކަންކުރަން ބޭނުންވާތީ، ކުޅިވަރު މިހާ ހިސާބަށް މިދަނީ.

ދެން ހަމަ ޒުވާނުންނަށް ދަންނަވާލަން އޮތް މެސެޖަކީ، ޒުވާނުންނާއި ކުޅިވަރާއެކީ، އަޅުގަނޑުމެން މިކުރާ ކަންތައްތަކުގެ ތެރޭގައި، ހަމަ ވަރަށްގިނަ ދާއިރާތަކުގެ އެހެން ބައިވަރު ކަންތައްތައް އެބަކުރެވޭ. ފަހަރުގައި ޒުވާނުން ހީކޮށްފާނެކަންނޭނގެ، ދަރުމަވަންތަ ހޮސްޕިޓަލަށް އެއްވެސް އެތުލީޓަކު ވަންނާކަށް ނުޖެހޭނެއޭ. އެއީ ހަމަ ނޫކަށި ފުރައިގެ މިއުޅޭ ޒުވާނުން ގަބޫލެއްނުކުރާނެ، އެއްވެސްގޮތަކަށް އިމްޕޭޝަންޓަކަށް އޭނާވެގެން ހަތް ދުވަހުވެސް ހޮސްޕިޓަލުގައި އޮވެލަން ޖެހިދާނެކަމަކަށް. އެކަމަކު ދެން ﷲ މިންވަރު ނުކުރައްވާށި. ބުރިޖް ހަދައި، ބޮޑެތި ހައިވޭތައް ހެދުނީމާ، އަޅުގަނޑުމެންނަށް އެއަށްވުރެ މާބޮޑެތި ސީރިއަސް ކަންތައް އެބަފެނޭ. އިމްޕޭޝަންޓަކު އޮންނާނީ ހަތްދުވަހަކު ނޫން. އިމްޕޭޝަންޓަކު އޮންނާނީ އެތަނުން ބޮޑީ ބޭގް ގެންދަންދެން.

އެހެންވީމާ، ކޮންމެ ޒުވާނަކުވެސް ފަރުވާއާއި ތެރަޕީއާ ބޭނުންވާނެ. ޚާއްޞަކޮށް، ކުޅިވަރުގައި ރީހެބިލިޓޭޓިވް ތެރަޕީ ބޭނުންވާން. އަޅުގަނޑު އިޢުލާނުކޮށްފައި އޮންނާނެ، ރާއްޖޭގެ ބޮޑެތި ހުރިހާ ސަރަހައްދުތަކެއްގައި އިރާދަކުރެއްވިއްޔާ، ހަމަ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރެވޭ، ރިހިބިލިޓޭޓިވް ތެރަޕީ ޚާއްޞަކޮށް ކުޅިވަރު ކުޅޭ މީހުންނަށް، އަޅުގަނޑު އިންސްޓޯލް ކޮށްދޭނަމޭ، ޤާއިމު ކޮށްދޭނަމޭ. އެހެންވީމާ، ޒުވާނުންނަށް މި ކުރެވޭ މަސައްކަތަކީ، ހަމައެކަނި އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމެއްނޫން. ޒުވާނުންނަށް ކުރެވޭ މަސައްކަތުގެ ތެރޭގައި، ޒުވާނުން ދައުލަތް ހިންގުމުގައި ބައިވެރިވުމަށް، ނޫނީ ދައުލަތް ކުރިއަށް ގެންދިޔުމުގެ ބޭނުމުގައި، އަޅުގަނޑުމެން އެތައްހާސް ވަޒީފާތަކެއް އުފައްދައިގެން މިއުޅެނީ. ދެން ވަޒީފާގެ އަދަދުވެސް، އެކި ކައުންޓް މިއުޅެނީ. އަޅުގަނޑަށް ލިބިފައި އޮތް ޞައްޙަ ކައުންޓްގެ ތެރޭގައި 76000 ވަޒީފާ މިހާރުވަނީ އެކި ދާއިރާތަކުގައި އުފެދިފައި. އަދި މިހުރިހާ އިންފްރާސްޓްރަކްޗަރތައް ޤާއިމުކޮށް ނިމި، ހުރިހާ ޒުވާނުންގެ މަރުކަޒުތައް އާބާތުރަ ފިލުވައިގެން، ރީހިބިލިޓޭޓްކޮށް ނިމުނީމާ، އެއަށްވުރެ ބޮޑަށް ހަމައެކަނި ޒުވާނުންގެ ދާއިރާއިންވެސް ބޭނުންވާނެ. ދެން ޚިޔާލަށް ގެންނަވާ! އަޅުގަނޑު ހަމަ މިދަނީ، އަޅުގަނޑުގެ މެނިފެސްޓޯގެ ޞަފްޙާތައް ނިއުޅަމުން، ކިޔަމުން މިގެންދަނީ. އަޅުގަނޑު ވަރަށް އަވަހަށް އިޢުލާނު ކުރާނަން، އަޅުގަނޑު މި ވިސްނާ ހިސާބަށް އިޤްތިޞާދު ގެންދެވުނީމާ، އެއީ އެއަރޕޯޓުގެ މިހާރު ހެދެމުންދާ ޓަރމިނަލް ހަދާ ނިމިގެން އިރާދަކުރެއްވިއްޔާ، 2019 ވަނަ އަހަރުގެ، މިއަންނަ އަހަރުގެ ފަހުކޮޅު، ނޫނީވިއްޔާ 2020 ވަނަ އަހަރުގެ އެންމެ ކުރީކޮޅު، ފުލީ ފަންކްޝަނަލް އެއަރޕޯޓަކަށްވާނެ. ހެންޑްލިންގ ކެޕޭސިޓީ ގާތްގަނޑަކަށް 7.5 މިލިއަން، އަށް މިލިއަން މީހުންނާ ހަމައަށް ދާނެ.

މިއަދު އަޅުގަނޑުމެންގެ ވިސްނުން ހުންނަންވީ، އަޅުގަނޑުމެން މިއަދު މި ކޭޓަރ ކުރަނީ ގާތްގަނޑަކަށް 1.4 މިލިއަން މީހުންނަށް. 1.4 މިލިއަން މީހުންނަށް ކޭޓަރ ކުރާއިރު، ޚިޔާލަށް ގެންނަވާ ރިޒޯޓްތަކަށް ފަރުމަސް ގެންދާ މީހުން، ނަގައިގެން ގެންދާ މީހުން. އެމީހުން ކުރަންޖެހޭ މަސައްކަތް، އަށް މިލިއަނާ ހަމައަށް ފަތުރުވެރިންގެ އަދަދު ދިޔައިމާ، ފަތުރުވެރިންގެ އަދަދު، އަށް މިލިއަނާ ހަމައަށް ދާނީކީ، އެއްގޮތަކަށްވެސް ނުދަންނަވަން، މިއަންނަ ފަސް އަހަރުގެ ތެރޭގައޭ. އެކަމަކު އެއީ އަޅުގަނޑުމެންގެ އުއްމީދު. އަޅުގަނޑުމެން ބަލަންޖެހޭނެ، މިވަރުގެ އެއަރޕޯޓެއް ހަދައިފި ކަމަށްވަންޏާ، ދާދި އަވަހަށް އަށް މިލިއަނާ ހަމައަށް ގެންދެވޭތޯ. އެ ސަބަބަށްޓަކައި، ރާއްޖޭގެ އެކި ހިސާބުގައި ރިޒޯޓުތައް ހެދުމަށްޓަކައި، ރާއްޖޭގެ އެކި ހިސާބުގައި، އެއަރޕޯޓުތައްވެސް މިހެދެނީ.

އެހެންވީމާ، ހަމަ އެންމެ ދާއިރާއަކަށް ވިސްނައިފި ކަމަށްވަންޏާ، ފަރުމަސް ނަގާ މީހެއް. މިއަދުވެސް މިނިސްޓަރ ޝައިނީ އަޅުގަނޑު ކައިރީގައި ވިދާޅުވާނެ، މިހާރުވެސް އޯވަރއެކްސްޕްލޮއިޓް  ވެއްޖެއޭ. އެހެންވީމާ، އެބަޖެހޭ ފިޝް ފަރމިންގ، ފިޝް ކަލްޗަރ، މިކަހަލަ ހުރިހާ ކަމަކަށްދާން. އެއީ 1.4 މިލިއަން މީހުންނަށް ކޭޓަރ ކުރާއިރު، އެންމެ ދާއިރާއެއް މި ދެންނެވީ.

އެހެންވީމާ، އެ ދާއިރާ ކޮމްޕައުންޑްވެގެން އެދަނީ، ނޫނީވިއްޔާ މަލްޓިޕްލައިވެގެން އެދަނީ، ގާތްގަނޑަކަށް އަށް މިލިއަނުން. ސްޓެގަރިން، އެ އަދަދަށް ބަލައިފި ކަމަށްވަންޏާ، އެ ކްރިއޭޓްވާ ޑިމާންޑަކީ ސްޓެގަރިން އެއްޗެއް. ހަމަ އެކަން ބޭނުންވާނެ ދޮގެއްތޯ، ކާޑު އެތެރެކުރާ މީހުން. ހަމަގައިމު މިހާރު، މި ރިޒޯޓުތަކަށް ބޭނުންވާ ހަނޑޫ އެތެރެކުރާ މަދުބަޔަކު އުޅޭކަމަށްވަންޏާ، 1.4 މިލިއަން މީހުންނަށް ކާޑު އެތެރެކުރާ މީހާ، އޭނާގެ ވިޔަފާރީގެ ކެޕޭސިޓީ އިންކްރީޒް ކުރަންވީ ދޮގެއްތޯ، އޭގެ ފަސް ގުނަ. ނޫންކަމަށްވަންޏާ އެކަހަލަ ފަސް ކުންފުނި އެބަ އުފެދެންޖެހޭ. މި އަދަދުތައް ޚިޔާލަށް ގެންނަވާ! މި އަދަދުތައް ޚިޔާލަށް ގެނައިމާ އަޅުގަނޑުމެންނަށް އެނގެނީ، ޙަޤީޤަތުގައި އިޤްތިޞާދު މިދަނީ ކިހާހިސާބަކަށްތޯ. އިޤްތިޞާދު މިހާހިސާބަށް ދާކަމަށްވަންޏާ، އެކި ދާއިރާތަކަށް ގޮސްފައި، އަޅުގަނޑުމެން އެބަ ބުނަން، މިސާލަކަށް، އުތުރުގައި، ކުޅުދުއްފުށީގައި، އެ ސަރަޙައްދުގައި އަޅުގަނޑުމެން އެބަ ބުނަން، އަޅުގަނޑުމެން އުފައްދަން ބޭނުމޭ 3000 އެނދު. 3000 އެނދު އުފައްދާ ކަމަށްވަންޏާ، އީޒިލީ، އެމްޕްލޮއިމަންޓަށް ބަލައިފި ކަމަށްވަންޏާ، އެމްޕްލޮއިމަންޓަކީ އިން އެކްސެސް އޮފް ފައިވް. 5000 އެއަށްވުރެ ގިނަވާނެ އެމްޕްލޮއިމަންޓް. އެއީ ހަމަ ސީދާ ރިޒޯޓުތަކުގައި މަސައްކަތްކުރާ މީހުން. އެއީ އެނދަކަށް ގާތްގަނޑަކަށް 1.5ގެ ރޭޓުން ބަލާކަމަށްވަންޏާ. އެހެންވީމާ، އެކަހަލަ މަސައްކަތްތަކެއް އަޅުގަނޑުމެން ހުރިހާ ތަނެއްގައި ކުރަން މިއޮތީ. އަށް މިލިއަން ފަސިންޖަރުން މިތަނަށް އަންނަކަމަށްވަންޏާ، އަށް މިލިއަން ފަސިންޖަރުންނަށް މިހާރު ހުރި ރިޒޯޓްގެ ބެޑް ކެޕޭސިޓީގައި ނުފުއްދޭނެ. އެހެންވީމާ، އެބަޖެހޭ ރިޒޯޓުތައް އިތުރުވެގެންދާން.

އަޅުގަނޑު މި އަންނަނީ ދިވެހިންގެ ވަޒީފާއަށް. މިހާރު އަޅުގަނޑު ދެންނެވިން، މިހާރު މިއޮތް ހިސާބުން، އަޅުގަނޑުމެންނަށް މިހާތަނަށް މި އުފެއްދުނީ، އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، ގާތްގަނޑަކަށް ތިރީހަކަށް ރިޒޯޓު ދޮގެއްތޯ؟ ގާތްގަނޑަކަށް ތިރީހަކަށް ރިޒޯޓް. ތިރީހަކަށް ރިޒޯޓް އުފައްދައި އަދި އުފެއްދި އެހެން އިޤްތިޞާދީ މަސައްކަތުގެ ނަތީޖާއަކަށް ވެގެންމިދިޔައީ، ގާތްގަނޑަކަށް ސަރުކާރުގެ ކުންފުނިތަކެއް އައީ. ގާތްގަނޑަކަށް 76000 ވަޒީފާ އުފެދިގެން ދިޔައްޔޭ. އެކަމަކު، އަޅުގަނޑުމެންގެ އިޤްތިޞާދު މިދެންނެވި ހިސާބަށް ޕިކް ކުރީމާ، ދެން ހިތަށް ގެންނަވާ، އުފެދިގެންދާނެ ވަޒީފާތައް. އެ ވަޒީފާތަކުގައި އުޅެން ތިބީ ކޮންބައެއްތޯ؟ އަޅުގަނޑު އެވަޒީފާތައް އުފައްދަނީ، ނޫނީ އަޅުގަނޑާއެކީ، ދެން އަޅުގަނޑާއެކީ މަސައްކަތްކުރާ ޓީމެއް، ނޫނީ އޭގެފަހުން އަންނަ ސަރުކާރެއްވެސް އެވަޒީފާތައް އުފައްދަނީ ކޮންބަޔަކަށްތޯ؟ ހަމަ ދިވެހި ޒުވާނުންނަށް ދޮގެއްތޯ؟ ދިވެހި ޒުވާނުންގެ ތެރޭގައި އެތުލީޓުންނަކީ، އެތުލީޓުންގެ ގޮތުގައި، އެނޫން އެހެންކަމެއް ނުކޮށްތިބޭނެ ބައެއް ނޫން. އެތުލީޓުންނަކީ ކިޔަވާކުދިން. އެތުލީޓުންނަކީ ވަޒީފާވެސް އަދާކުރާ ކުދިން. އެއީ އެހެންވީމާ، ތިޔަ ޒުވާނުންގެ ވަޒީފާ ދޮގެއްތޯ އެ އުފެދެނީ. އެހެންވީމާ، އެ ވަޒީފާތައް އެބަ އުފައްދަންޖެހޭ. އެ ވަޒީފާތައް އުފައްދަން އެބަޖެހޭ. އެ ވަޒީފާތަކަކީ، އަޅުގަނޑުމެންގެ ވަޒީފާތަކަކަށް ވާންޖެހޭ.

ހަމައެކަނި ޓޫރިޒަމް އިންޑަސްޓްރީ ޚިޔާލަށް ގެންނަވާ. ޝައްކެއްވެސްނެތް، އެންމެ ބޮޑު އިންޑަސްޓްރީ. ދެން އަޅުގަނޑުމެންގެ ތެރޭގައި އޮތް އިންޑަސްޓްރީއަކީ މަސްވެރިކަމުގެ އިންޑަސްޓްރީ. މަސްވެރިކަމުގައިވެސް އާ މަސައްކަތްތަކެއް ކުރެވެމުން އެދަނީ. އާ މޮޑެލެއް ތަޢާރުފުކުރަން. އާ ޖީލެއްގެ އުޅަނދު ތަޢާރުފުކުރަން. އެއީ، ޒުވާނުން މަސްވެރިކަމަށް ނުކުންނަން ޝައުޤުވެރިކުރުވުމަށްޓަކައި، ފަސޭހަތަކާއެކީ. ޓޫރިޒަމްގެ ދާއިރާއަށް އެކަނި ބަލައިފި ކަމަށްވަންޏާ، މިއަދު މި ދެންނެވި ކެޕޭސިޓީ، މިހާރު ހުރި ކެޕޭސިޓީއަށް ބަލައިފި ކަމަށްވަންޏާ، ޓޫރިޒަމް ދާއިރާގައި އެބަ މަސައްކަތްކުރޭ އަށާރަހާސް ދިވެހި ޒުވާނުން. އަށާރަހާސް ދިވެހި ޒުވާނުން މަސައްކަތް ކުރޭ. އެކަމަކު، އެއީ އަދި އެ ތަންތަނުގެ އެމްޕްލޯއިމަންޓްގެ ބައިކުޅަ ބައެއް. އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، އަޅުގަނޑުގެ ތަފާސް މުޅިން ރަނގަޅުނުވެ ހިނގައިދާނެ. އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، އެއީ އަޅުގަނޑުވެސް އެ ދާއިރާގައި ކުޑަކޮށް މަސައްކަތް ކުރީމާ. އެވްރެޖްކޮށް މި އިންޑަސްޓްރީގައި، އެވްރެޖްކޮށް އަޅުގަނޑުމެންގެ ޕްރޮޕޯޝަން  އެތަނުގެ ލޭބަރފޯސް 55 ޕަސެންޓަށްވުރެ މައްޗަކަށް ނުދާނެ. ޒަމީރު! ރަނގަޅުތޯ؟ އާދެ، ޓޫރިޒަމް މިނިސްޓަރު ކޮންކަރސް. އެހެންވީމާ، 55 ޕަސެންޓްގައި އުޅޭއިރު އަޅުގަނޑުމެން މިހާރުވެސް މި ގެންގުޅެނީ އަށާރަހާސް ކުދިން. އެހެންވީމާ، އޭގެ މާނައަކީ މިހާރުވެސް ކެޕޭސިޓީ އެތާނގައި އެބައޮތޭ. ސްލެކް އެބައޮތޭ، އިތުރު  ފޯޓީ ފައިވް ޕަސެންޓް، ނޫނީ އަށާރަހާސް ކުދިންނަށް. އެހެންވީމާ، ޓޫރިޒަމް އިންޑަސްޓްރީގައި މިއަދު، ޓޯޓަލީ ދިވެހި ވެއްޖެ ކަމަށްވަންޏާ، އެތަނުގައި އުޅެންވާނެ ތިރީސް ހަހާސް ކުދިން. އެހެންވީމާ، ކޮން ބައެއްތޯ އެ ވަޒީފާތައް އަދާކުރަނީ. އަޅުގަނޑުމެން މިތިބީ އެގޮތް ހަމަ އެންމެ ރަނގަޅުކަމަށް ގަބޫލުކޮށްލައިގެން ނޫންތޯ. އެހެން ކަމަކުނުދާނެ.

އެއަރޕޯޓް، މިހާބޮޑު އެއަރޕޯޓެއް ހަދައި، މިހުރިހާ ބޮޑެތި މަސައްކަތްތައްކޮށް، އިޤްތިޞާދު ޓްރާންސްފޯމްވެ، ދެން އިކޮނޮމިކްސްގައި ބުނާކަމަށްވަންޏާ، އެގްރިގޭޓް ޑިމާންޑް އެހާބޮޑަށް އިތުރުވެގެންދާއިރު، މިކަންކަމަށް އަންނަ މީހުންނަކީ އަޅުގަނޑުމެން ދިވެހި ޒުވާނުންނަށް ވާންޖެހޭނެ. އެހެންވީމާ މި ޒުވާނުންނަށް އުފެއްދޭ ކަންތައް، ޓޫރިޒަމްގެ އިންޑަސްޓްރީއަށް ބަލާކަމަށްވަންޏާ، މިއަދު މަސައްކަތްކުރާ، އިންޑަސްޓްރީގައި އެބައުޅޭ، އަށާރަހާސް ޒުވާނުން. އެކަމަކު، އެއީކީނޫން އެ އިންޑަސްޓްރީގައި އުޅެންޖެހޭވަރަކީ. ހަމަ ސީދާ، ރިޒޯޓުތަކުގައި އުޅެންޖެހޭ ޢަދަދަކީ އެއީކީނޫން. އޭގެ ގާތްގަނޑަކަށް ދެގުނަ އުޅެންވާނެ. އަޅުގަނޑުމެންނަށް އެވަރަށް މަސައްކަތް ކުރެވެންޏާ، އަޅުގަނޑުމެންގެ ދިވެހި ޒުވާނުންގެ އެ ހަކަތައާއި، އެ ވިލިންގނަސް ހުރިކަމަށްވަންޏާ، އެ ހުރިހާ ވަޒީފާއަކީ އަޅުގަނޑުމެންގެ ވަޒީފާ. ސަރުކާރުން އެއަށް ފަހިކޮށްދޭން ބޭނުންވޭ. ރިޒޯޓް އޯނަރސް ބޭނުންވޭ، ރިޒޯޓުތަކުގައި ދިވެހި ޒުވާނުން މަސައްކަތް ކުރަން. އެހެންވީމާ، މިހާރުވެސް ދިވެހި ޒުވާނުންނަކީ ރިޒޯޓުތަކުގައި އެހާގިނަ ބަޔަކަށްވެފައި، އަދި ކުރިއަށްއޮތް ތަނުގައި އަޅުގަނޑުމެންގެ މުޅި އިޤްތިޞާދު ޕްރޮޕައިލް  ކުރާ އިންޑަސްޓްރީއަކަށް މިހަދަނީ، ޓޫރިޒަމް. އެހެންވެގެން، އެއަރޕޯޓު އެހާބޮޑު އެއަރޕޯޓަކަށް ވެގެން މިދިޔައީ.

8.5 ނޫނީވިއްޔާ ގާތްގަނޑަކަށް އަށެއްކަ މިލިއަން ދަތުރު ފަތުރު، ފަސިންޖަރުންނަށް ކޭޓަރ ކުރާވަރުގެ އެއަރޕޯޓަކަށް ހަދަމުން މިދިޔައީ. އެހެންވީމާ، މި ހިސާބަށް އަޅުގަނޑުމެން ދާއިރު، އަޅުގަނޑުމެންގެ ރިޒޯޓުތަކުގައި މަސައްކަތް ކުރަންޖެހޭނެ މީހުންގެ ޢަދަދު، މި ދެންނެވީ ދާދި އަވަހަށް އަޅުގަނޑުމެން ކުރާ އެސްޓިމޭޓް އަޅުގަނޑުމެން އިޢުލާނު ކުރާނަން. މިހާރު އެ މަސައްކަތް ކުރާ މީހުންގެ ގާތްގަނޑަކަށް ފަސް ހަގުނައަށްވުރެ އިތުރުވެގެންދާނެ. އެވަރަށް ދިވެހިރާއްޖޭގެ ޒުވާނުން ތިބިތޯވެސް އަޅުގަނޑުމެން ސުވާލުކުރަންޖެހޭނެ. އެކަމަކު، އަޅުގަނޑުމެންގެ ކަމެއް، އަޅުގަނޑުމެންގެ ހުރިހާ މުއައްސަސާތައް ބަލަހައްޓާ ބައެއް، ތަމްރީނު ދޭ ހުރިހާ އެންމެންގެ ބައެއް، މި ޢަދަދަށް ތިބި ޒުވާނުން ތަމްރީނު ކުރުމާއި، އެ ދާއިރާއަށް ޝައުޤުވެރި ކުރުވުން. އެހެންވީމާ ހަމަގައިމުވެސް، އަޅުގަނޑުމެން ބެކް ސްލައިޑް ކޮށްފައި މިހާރު 55 ޕަސެންޓް އޮތް އެއްޗެއް، އަޅުގަނޑުމެން ކެޕޭސިޓީއާ ހަމައަށް ދިޔައީމާ، 55 ޕަސެންޓުން 45 ޕަސެންޓާ ހަމައަށް އައިސްފި ކަމަށްވަންޏާ، އަޅުގަނޑުމެން އެ ދާއިރާގައި ބީޓްވީ. އަޅުގަނޑުމެންނަށް އެ ދާއިރާ ކާމިޔާބެއް ނުކުރެވޭ. އެހެންވެގެން، އަޅުގަނޑު ބޭނުންވޭ ދިވެހި ޒުވާނުންނަށް، ޓޫރިޒަމް އިންޑަސްޓްރީގައި ޚާއްޞަކޮށް މަސައްކަތްކުރާ ޒުވާނުންނަށް އަޅުގަނޑު ބޭނުންވޭ ހިތްވަރުދޭން. އެއީ، މިހާ ބޮޑު މަސައްކަތެއް ކުރިމަތީގައި އޮތީ. އެ ދާއިރާއަށް ދެން މުޅިންވެސް އަހުލުވެރި ވާންޖެހޭނީ ދިވެހި ޒުވާނުން. ތަމްރީނުގެ ފުރުޞަތުތައް ހުޅުވިގެންދާނެ. އެއާއެކީ، މި ހުރިހާ ތަނެއް މެއިންކުރާ، ކޮންމެ ރަށެއް މެއިންކުރާ މެޖޯރިޓީއަކީ، ދިވެހިންނަށްވާން އެބަޖެހޭ. އެހެންވީމާ، ކޮންމެ ގޮތަކުންވެސް، މިހާރު ވަޒީފާގައި ތިބި މީހުން ވަޒީފާގައި ބައިތިއްބަން އެބަޖެހޭ. އަދި އެއާއެކީ އިތުރަށް އުފެދިގެންމިދާ ރިޒޯޓުތަކަށް އިތުރު ދިވެހިން ޝައުޤުވެރި ކުރުވުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ މަސައްކަތްތަކެއް ކުރަން.

އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މި ވިސްނުންތަކެއް އަޅުގަނޑުމެން ވިސްނައިފިން. ވިސްނާފައި، އަޅުގަނޑުގެ ޚިޔާލަށް މި އަންނަނީ، މި ފެންވަރަށް އަޅުގަނޑުމެންގެ އިޤްތިޞާދު އަޕްލިފްޓް ކުރަން ކުރާ މަސައްކަތުގެ ތެރޭގައި މިހާރުން މިހާރަށް އެންމެ ފުރަތަމަވެސް ކުރަންޖެހޭ އެއްކަމަކަށް އެބަވޭ، ޓޫރިޒަމް އިންޑަސްޓްރީގައި މި މަސައްކަތްކުރާ ދިވެހިންނަށް ރިވޯޑެއް ދޭން. އެއީ، އެ ދާއިރާގައި އެމީހުން ހަރުލެއްވުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭ. އަދި ހަރުލައްވަންޖެހޭ ސަބަބު އަޅުގަނޑު މި ދަންނަވާލީ. އަދި އެމީހުން ހަމައެކަނި ހަރުލުމެއްނޫން. އެ ދާއިރާއަށް އިތުރު ދިވެހިން އަންނަން މިޖެހެނީ. މިހާރު އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރިވަރުންވެސް އިތުރަށް އަންނަން އެބަޖެހޭ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި ވާހަކަދައްކާފައި، އަޅުގަނޑުމެންގެ ސަރުކާރުން އަޅުގަނޑުމެން މިއަދު ފައިނަލައިޒްކޮށްފިން އެއީ، ހަމަ ހިސާބުތަކެއް ހެދެންދެން، އަޅުގަނޑުމެން ލަސްކުރީ. މިވެސް މެނިފެސްޓޯގެ ސަފްޙާއެއްގައި ކޮންމެވެސް ހިސާބެއްގައި އޮންނާނެ ވާހަކައެއް މިއީ. އަޅުގަނޑުމެން މި ޚިޔާލުކުރަނީ، ޓޫރިޒަމް އިންޑަސްޓްރީއަށް ޚާއްޞަ ކުރަން. ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންނަށް ޚާއްޞަކުރަން. އެމްޕްލޯއިމަންޓް ބެނިފިޓް ސްކީމެއް ތަޢާރަފުކުރަން. އެމްޕްލޯއިމަންޓް ބެނިފިޓް ސްކީމުގެ ބޭނުމަކަށްވާނެ، ޙަޤީޤަތުގައިވެސް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަކީ، ދިވެހިސަރުކާރު، ދިވެހިދައުލަތް ބަލައިގަންނަ، އަދި އިޤްތިޞާދު ބަލައިގަންނަ ބަޔަކަށްވާކަން އެމީހުންނަށް އެނގުން. އަޅުގަނޑުމެން ޒުވާނުންނަށް މިކުރާ ކަމަކީ، އެކި ދާއިރާތަކުން އެމީހުން ޓްރެއިން ކުރުމާއި، އެމީހުންނަށް ބޭނުންވާ ކަންތައްތައް ފަހިކޮށްދިނުން. ބޭނުމަކަށްވަނީ، އެ މީހުން އެމްޕަވަރ ކުރުން. ފައިނޭންޝިއަލީ މިހާރުވެސް ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްކުރާ ޒުވާނުން އެމްޕަވަރ އެބަވޭ. ދެން އެމީހުންނަށް ދިމާވާ މައްސަލަތައް އެބަހުރޭ، ފައިނޭންޝިއަލީ އެމްޕަވަރ ވުމަކުންނެއް އެމީހުންނަށް ބޭނުންވާ ހުރިހާކަމެއް ނުއެއް ފުއްދޭ. އެހެންވީމާ، އެމީހުން އެ ބޭނުންވާ ކަންތައްތައް ފުއްދައިދިނުމަށްޓަކައި މި ދެންނެވިކަހަލަ އެމްޕްލޯއިމަންޓް ބެނިފިޓް ސްކީމެއް ތަޢާރަފުކުރަން އަޅުގަނޑު ހަމަ ޚިޔާލުކުރަނީ. އޭގައި ހިމެނޭނީ، މިހާރުން މިހާރަށް، ހަމަ މިހާރުން މިހާރަށް ސަރުކާރުން އެމްޕްލޯއިމަންޓް ބެނިފިޓް ސްކީމްގެ ސީޑް މަނީއާއި ފަށަން އުފައްދާ ރައުސްމާލަކަށް އަޅުގަނޑުމެން ލާނަން 100 މިލިއަން ރުފިޔާ. އެއީ، ކުޑަ ޢަދަދެއް ނޫން. އެއީ، ވަރަށް ބޮޑު ޢަދަދެއް. އަދި އެ ޢަދަދަށް އެކަށީގެންވާ ތަރުހީބެއް ރިޒޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންގެ ފަރާތުން ލިބޭކަމަށްވަންޏާ، އަޅުގަނޑުމެން ޕްރިޕެއަރޑް، އަޅުގަނޑުމެން ރެޑީ، އެ ޢަދަދު އިރާދަކުރެއްވިއްޔާ، ބައި ބިލިއަނާ ހަމައަށް، 500 މިލިއަނާ ހަމައަށް އަޅުގަނޑުމެން އެ ޢަދަދު ގެންދާނަން. މިއީ ހަމަ ޓޯޓަލީ ވޮލަންޓަރީ، އިޚްތިޔާރުގައި އޮތް ސްކީމެއް މިއީ. އެކަމަކު، ރިޒޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުން މި ސްކީމުގައި ބައިވެރިވުމުގެ ބޭނުމަކަށްވާނީ، އޭގެ ބެނިފިޓް އެމީހުން ހޯދުން. ކޮންމެ ސްކީމެއްގައިވެސް ބައިވެރިވެގެން އޭގެ ބެނިފިޓް ލިބޭނީ. މިއީކީ މަޖުބޫރު ސްކީމެއް ނޫން. އެއްވެސް މީހަކު މީގައި ބައިވެރިވާކަށް ލާޒިމެއް ނޫން. އެކަމަކު، ސަރުކާރުން ޕޭޝަންޓްކަމާއެކީ، މި ސްކީމް ތަޢާރަފުކޮށްފައި އަޅުގަނޑުމެން ސީޑް ކެޕިޓަލްއެއް ގޮތަށްލާނަން، 100 މިލިއަން ރުފިޔާ. ދެން އަޅުގަނޑުމެން ބޭނުންވާނީ، ކޮންމެ ރިޒޯޓެއްގައި މަސައްކަތްކުރާ ޒުވާނެއްގެ މުސާރައިން، އެއްވެސް ގޮތަކަށް އޭނާ ތަކުލީފު އުފުލަންޖެހޭވަރުގެ ޢަދަދެއް ލާކަށް އަޅުގަނޑުމެން ނުބުނާނަން. ހަމަ ކުޑަކުޑަ ނިސްބަތެއް މިއަށް ލާންޖެހެނީ. އޭގެ ބޭނުމަކަށްވަނީ، އޭނާއަކީ މީގައި މަންފާ ލިބޭ، އޭގެ މަންފާ ބޭނުންވާ ހިއްސާދާރެއްކަން އަޅުގަނޑުމެނަށް އޭނާ ދަލީލުކޮށްދިނުން. އެހެންވީމާ، މުސާރައިން ކޮންމެވެސް އެއްޗެއް  އޭނާ ލާނެ. ލުމާއެކީ އަޅުގަނޑުމެން ވާހަކަ ދައްކާނަން އިންޑަސްޓްރީއާ، ހަމަ އެވަރުގެ ޢަދަދެއް މެޗްކޮށްދޭން އޭނާގެ އެމްޕްލޯޔަރ. އޭނާގެ އެމްޕްލޯޔަރުންނަކީ ޙަޤީޤަތުގައި ދިވެހިރާއްޖެއަށް މި މަންފާ ހޯދައިދޭން ބޭނުންވާ ބައެއް. ކޮންމެ އެމްޕްލޯޔަރަކީ އޭނާގެ ދަށުގައި މަސައްކަތްކުރާ މީހުންނަކީ، އިންޑިޖިނަސް ވަރކް ފޯސްއަކަށް ހަދަން ބޭނުންވާނެ ބައެއް.

އެހެންވީމާ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން ވިއްޔާ، މި މެޗް ކުރާނެ. މެޗްކޮށްގެން މި ދެންނެވީ އެކަށީގެންވާވަރަށް މިމީހުންގެ ޝައުޤުވެރިކަން އޮތްތޯ، ނެތްތޯ އަޅުގަނޑުމެނަށް އެނގޭނެ. ޝައުޤުވެރިކަން އޮތްކަމަށްވަންޏާ، އަޅުގަނޑުމެންގެ ސަރުކާރުން އިރާދަކުރެއްވިއްޔާ، މި ޢަދަދު ގެންގޮސްދޭނަން 500 މިލިއަނާ ހަމައަށް. މިއީ ބޮޑު ޢަދަދެއްގެ ފައިސާ. މި ޢަދަދުގެ ފައިސާ މި ދެންނެވިގޮތަށް، މުވައްޒަފުންގެ މުސާރައިން ކޮންމެވެސް އެއްޗެއް ލައިގެން މިކަން ކުރުމުގެ ބޭނުމަކަށްވާނީ. އެމީހުން ވިސްނަންޖެހޭ ބައެއް ކަންތައްތައް މީގައި އެބަހުރި. މިސާލަކަށް، މިއިން ޑްރޯވޑައުން ކުރެވޭނެ ކަންތައްތައްވެސް އަޅުގަނޑު ދަންނަވާލާނަން. އެއީވެސް އަޅުގަނޑުމެންގެ ތެރޭގައި ވާހަކަދައްކާ ކަމެއް. މިއަދު ދިވެހި ޒުވާނުންނަށް އެންމެ ބޮޑަށް ބޭނުންވެފައި މިއޮތީ، ހަމަ ޙަޤީޤަތުގައިވެސް އެއްކަމަކީ ވަޒީފާ. އެކަމަކު ވަޒީފާ އުފެއްދުމުގައި މި ސަރުކާރާ، ކައިރިއަށްވެސް އަންނާނެ ބަޔަކުނެތް. އަދިވެސް މި ދެންނެވި އިޤްތިޞާދީ މަސައްކަތްތަކުގެ، ފަންކްޝަންތަކުގެ ނަތީޖާއަކަށްވާނީ، އިތުރު އެތަކެއް ހާސް ވަޒީފާ އުފެދިގެން ދިއުން. އެހެންވީމާ، ވަޒީފާއަކީ ޝައްކެއްވެސްނެތްގޮތުގައި، މިމީހުން އެމްޕަވަރ ކުރަން އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައް.

މިހާރު މިދައްކަނީ، އަށާރަހާސް މީހުންނަކީ، ވަޒީފާގައި ތިބި ބައެއް. އާމްދަނީ ލިބޭ ބައެއް. އެމީހުން ހޭދަކުރަން ބޭނުންވާ ފައިސާ އެމީހުންގެ އަތުގައި ހުރި ބައެއް. އެކަމަކު އެ ހުރި ފައިސާއަކީ، ހޭދަކުރަން ބޭނުންވާ ހުރިހާ ކަމަކަށް އެޑިކުއޭޓް ފައިސާއަށް ނުވާތީ، އެ މީހުންނަށް މި ސްކީމް ތަޢާރަފުކޮށްދޭން ޖެހެނީ. މި ސްކީމުގެ އެންމެ ބޮޑު ބޭނުމަކަށްވާނީ، ޙަޤީޤަތުގައި އެމީހުން ބޭނުންވެފައި މިހުރި ބޮޑެތި ކަންކަމަށް މި ފައިސާއިން ޑްރޯވޑައުން ކުރުން. މީގެ ބޮޑު ބައި މިލަނީ ސަރުކާރުން. އެއީ، ސަރުކާރުން މި މީހުންގެ ކޮންޓްރިބިއުޝަން ގަބޫލުކޮށްފައި އަދި ކުރިއަށް އޮތް ތަނުގައިވެސް ދައުލަތް މިގޮތަށް އިޤްތިޞާދީ ގޮތުން ކުރިއަށްދާ ކަމަށްވަންޏާ، ޒުވާނުންގެ ކޮންޓްރިބިއުޝަން ބޭނުންވާތީއާއެކީ، އަދި އަޅުގަނޑުމެންގެ މަސައްކަތުގައި ބޮޑު ޕޮޕިއުލޭޝަނަކީ، އަޅުގަނޑުމެންގެ ޒުވާނުންނަށް ހެދުމަށްޓަކައި އަޅުގަނޑުމެން ދޭން ބޭނުންވާ އިންސެންޓިވެއް އެއީ.

އެހެންވީމާ، މިއިން ޑްރޯވޑައުން ކުރާ ކަންތައްތަކުގެ ތެރޭގައި ހިމެނޭނީ، އެންމެ ޒުވާނުންނަށް ބޭނުންވާ ކަމެއްގެގޮތުގައި މިހާރު މިއޮތީ، ވަޒީފާ ނަގާފައި، ދެން މިއޮތީ ހައުސިންގ. ހައުސިންގއަށް އެ މީހުންގެ ރަށްރަށުގައި ނޫނީވިއްޔާ، މާލޭ ކައިރީގައި އަޅުގަނޑުމެން މި ހަދާ ހިޔާ ޕްރޮޖެކްޓްގެ ދަށުން ބޭނުންވާ ފްލެޓަށް ބޭނުންވާ ސީޑް މަނީ، ބަހައްޓަން ބޭނުންވާ ޑިޕޮޒިޓް ފައިސާ އަޅުގަނޑުމެން މީގެތެރެއިން ޑްރޯވޑައުން ކުރަން ހުއްދަ ދޭނަން. އެ ފައިސާ މީގެތެރެއިން ގިނަ ބަޔަކު އެ ފައިސާ ޑިޕޮޒިޓް ފައިސާގެ ގޮތުގައި ފްލެޓް ހޯދަން ބަހައްޓާ ކަމަށްވަންޏާ، އެ އިންޑިކޭޝަން އަޅުގަނޑުމެންނަށް ލިބިއްޖެ ކަމަށްވަންޏާ، އަދި އެ ފައިސާ އެގޮތަށް އެއްފަރާތް ކުރާ ކަމަށްވަންޏާ، އަޅުގަނޑުމެން ނިންމައިފީމު، އަޅުގަނޑުމެން މި ހަދާ މަޝްރޫޢުތަކުގެ ތެރެއިން ވަކި ޗަންކެއް ހަމަ ރިޒޯޓުތަކުގައި މަސައްކަތްކުރާ ދިވެހި ޒުވާނުންނަށް ޚާއްޞަ ކުރަންވެސް.

އެހެންވީމާ، މީގެ ބެނެފިޓަކީ، އެ މީހުންނަށް ލިބިގެންދާނެ، މިތަނުން ފްލެޓް ގަތުމަށް ބޭނުންވާނެ ސީޑް މަނީ. އިންޓްރަސްޓް ހުރެއްޖެ ކަމަށްވަންޏާ، މުސާރައިން ކޮންމެވެސް ބައެއް ލާންވީ. ލާކަމަށްވަންޏާ، ކޮންމެ މީހަކު ފްލެޓެއް ހޯދުމުގެ ޖާގަ އެ ލިބުނީ މާލޭގެ ސަރަޙައްދުން. ދެން ހަމަ އެއާއެކީ، މިއިން އެ މީހުން ބޭނުން ކަމަށްވަންޏާ، އެ މީހުންގެ ރަށްރަށުގައި ހައުސިންގގެ މަސައްކަތްތަކަށް ބޭނުންވަނީ، މުޅި ހައުސް، މުޅި ގެ ހަދަން ބޭނުންވެއްޖިއްޔާ މުޅި ގެ ހަދަން. ފާޚާނާއެއް، ނޫނީވިއްޔާ ކޮޓަރިއެއް ހަދަން ބޭނުންވެއްޖެ ކަމަށްވަންޏާ، އެއަށް ޑްރޯވޑައުން ކުރެވޭނެ.

ދެވަނަ ކަމަކަށް މިއިން ޑްރޯވޑައުން ކުރެވޭނީ، އެމީހުންގެ ޢާއިލާއަށް ބޭނުންވާ ކަންތައްތައް ކުރަން. ދަރިންނަށް ތަޢުލީމު ދޭން. ނޫނީވިއްޔާ، ބޭސް ފަރުވާއަށް ދާން ބޭނުން ކަމަށްވަންޏާ، އާސަންދައިން ދޭ އެއްޗެއް ކޮމްޕްލިމެންޓް ކުރުމަށްޓަކައި އެމީހުން ކުރާ ހޭދައެއް ކުރެވޭނެ.

ތިންވަނައަށް ބޭނުން ކުރާ ކަންތައްތަކުގެ ތެރޭގައި އަޅުގަނޑުމެން އަނެއްކާވެސް މި ހިމަނާލަނީ، ވަރަށް ޚާއްޞަ ކަމެއް. އެއީ، އިންވެސްޓްމަންޓް އޮޕޮޗުނިޓީއެއް. އެމީހުންނަށް ލިބޭ ފައިސާ، އިތުރު ފައިސާއަށް ހެދުމަށް އަޅުގަނޑުމެން ހޯދައިދޭ ފުރުޞަތެއް. އެމީހުންގެ އިޚްތިޔާރުގައި އޮތްކަމެއް، މީގެ ތެރެއިން، ފައިސާ ނަގައި ރާއްޖޭގައި ވިޔަފާރިކުރާ ކުންފުނިތަކުގައި އިންވެސްޓްކުރުން. މިސާލަކަށް ދިރާގު. ޕަބްލިކްލީ ފްލޯޓަޑް ކުންފުންޏެއް. ޢާންމުންނަށް ހިއްސާ ގަނެވޭ. އެސް.ޓީ.އޯ. ޕަބްލިކްލީ ފްލޯޓަޑް ކުންފުންޏެއް. ޢާންމުންނަށް ހިއްސާ ގަނެވޭ. މި ހިއްސާ ގެންފިކަމަށްވަންޏާ، ހަމަ އެކަށީގެންވާ ރެމިއުނެރޭޝަނެއް ރިޓަރނެއް އެބަލިބޭ. އެމީހުން ބޭނުން ކަމަށްވަންޏާ، މި ކުންފުނިތަކުގެ ހިއްސާ ގަންނަން. އެމީހުން ބޭނުން ކަމަށްވަންޏާ، މި ޕޯޓް ފޯލިއޯ އިންވެސްޓް ކޮށްދޭން އަޅުގަނޑު މީގެތެރެއިން ފައިސާ ދޫކުރާނަން.

ހަމައެގޮތަށް، އެ މީހުން ބޭނުންވަނީ ޕްރައިވެޓް ސެކްޓަރގައި އެ ކުންފުނިތަކުން އެ ފައިސާ އިންވެސްޓް ކުރަން ކަމަށްވަންޏާ، ހަމަ ޕްރައިވެޓް ސެކްޓަރގައި އެ މީހުން ޚިޔާލުކުރާ ކުންފުނިތަކުގައި ޕޯޓް ފޯލިއޯގައި އިންވެސްޓްކުރަން އަޅުގަނޑުމެން މި ފައިސާއިން ދޫކުރާނަން.

އެއާއެކީ، އެންމެ ޚާއްޞަ ކަމަކަށް މީގައިވާނީ، އަޅުގަނޑުމެން މިހާރު ތަޢާރުފުކޮށްގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެ. އެކަށީގެންވާވަރަށް ވައިގައި ނުހިފާ، އެހެންނަމަވެސް، މަޝްރޫޢެއް އެބަ ހިނގާ. އިންޓަރގްރޭޓަޑް ޓޫރިޒަމް، ރާއްޖޭގެ އެކި ހިސާބުގައި. އިންޓަރގްރޭޓަޑް ޓޫރިޒަމަކީ، މެދު ފަންތީގެ ވިޔަފާރިވެރިންނަށް، އެއްމެދު މުދާގެ އުސޫލުން، ހަތަރު، ފަސް މީހުން ބޭނުންވެގެން އައިސް އެކަން ކުރަން ބޭނުން ކަމަށްވަންޏާ، އެކި މީހުން އެކި މަސައްކަތްކުރާނެ، އެހެންވެގެން، އިންޓަރގްރޭޓް މިވަނީ. އެކަކު، ރެސްޓޯރަންޓާއި، ބީޗް އޭރިޔާ މިސާލަކަށް ބަލަހައްޓާނީ. އަނެކަކު، ކޮޓަރިތަކުން ވަކި ބައެއް ބަލަހައްޓާނީ. މޫދު ކޮޓަރިތައް، އަނެކަކު އެއްގަމު ކޮޓަރިތައް. މިކަހަލަ ކޮންސެޕްޓެއް މިއީ. މި އިންޓެގްރޭޓަޑް ޓޫރިޒަމްގެ ތެރޭގައި ސަރުކާރުން ކޮންމެވެސްވަރެއްގެ ހިއްސާއެއް ނަގާނަން. ސަރުކާރުން ހިއްސާ ނެގުމުގެ ބޭނުމަކީ، އިންޓެގްރޭޓަޑް ޓޫރިޒަމް އިންވެސްޓް ކުރާ މީހުންނަށް ކޮންފިޑަންސް ދިނުން. އެއީ އެމީހުން މަސައްކަތް ކުރުމަށްފަހު، އެ ޕްރޮޖެކްޓް ފެއިލް ނުވާނެކަމުގެ ކަށަވަރުކަން ދިނުން. އެ އިންޝުއަރެންސް އަޅުގަނޑުމެން އިންޑެމްނިފައި ކޮށްދެނީ.

އެހެންވީމާ، ސަރުކާރުން ނަގާނަން ހިއްސާ. އެއީ ބޮޑު ހިއްސާއަކަށް ނުވާނެ. ސަރުކާރުން އެ ކުންފުނީގެ މެނޭޖްމަންޓަކުން އެއްވެސް ބަހެއް ނުކިޔާނެ. ހަމަ ޕެސިވް އިންޑަސްޓްރީއެއްގެ ގޮތުގައި ތިބޭނީ. އެހެންނަމަވެސް، އެ އިންވެސްޓްމަންޓް ނެގުމުގެ ބޭނުމަކަށްވަނީ، މިސާލަކަށް، 15 ޕަސެންޓު ނެގުމުގެ ބޭނުމަކަށްވަނީ، އެއް ބޭނުމަކީ، އެ އިންވެސްޓްކޮށްގެން އުޅޭ މީހުންނަށް ގެރެންޓީއެއް ދިނުން. ސަރުކާރުން އެ އިންވެސްޓްމަންޓް ފެއިލްވިޔަ ނުދޭނެކަމުގެ ކަށަވަރުކަން ދިނުން. އަނެއް ބޭނުމަކީ، ދެންމެ މި ދެންނެވިގޮތަށް، ޓޫރިޒަމް ދާއިރާގައި، އެ އިންޓެގްރޭޓަޑް ރިޒޯޓުތަކުގައި މަސައްކަތްކުރާ ކުދިންނަށް އެ ފުރުޞަތު އޮންނާނީ. އެ ރިޒޯޓުތަކުގައި މަސައްކަތް ކުރާ ކުދިންނަށް އަނެއްކާވެސް މި ފަންޑުން އަޅުގަނޑުމެން ލާރި ދޫކުރާނަން. އެ އިންޓެގްރޭޓަޑް ޓޫރިޒަމް މަސައްކަތް ކުރާ ރަށެއްގައި ތިބި ކުދިންނަށް، އެ ކުދިންނަށް އެ ރިޒޯޓުގެ ހިއްސާ ގަތުމުގެ ފުރުޞަތު. އެހެންވީމާ، ސަރުކާރުން 15 ޕަސެންޓް ނަގާކަމަށްވަންޏާ، ސަރުކާރަކީ، ޖެނެރަސް ސަރުކާރެއް. ސަރުކާރުން އެނީ ވެއަރ ބިޓްވީން ފައިވް ޓު ޓެން ޕަސެންޓް. އެއީ އެ ކުދިން ކުރިއަށް މުސްތަޤުބަލަށް އިންވެސްޓް ކުރަން ލިބޭ ރަނުގެ ފުރުޞަތެއް.

އެހެންވީމާ، މިހާރު ލިބޭ ފައިސާ، އަޅުގަނޑުމެން ހަމަ ހޭދަކޮށް މި ނިންމަނީ. ވަރަށް ކޮންސިއުމަރިސްޓް ބަޔެއް އަޅުގަނޑުމެން ދިވެހިންނަކީ. އެއީ، އެހެންވަނީވެސް، އަޅުގަނޑުމެން އިންވެސްޓްކުރާނެ ފުރުޞަތުތައް ނެތީމާ. އެހެންވީމާ، މިދެންނެވި ކަހަލަ ރަނގަޅު ބޭނުންތަކަށް އިންވެސްޓްކުރުމަށް، މިދެންނެވި އެމްޕްލޮއިމަންޓް ބެނިފިޓް ސްކީމް އަޅުގަނޑުމެން ތަޢާރުފު ކުރަނީ. ތަޢާރުފުކުރާއިރުވެސް، އެންމެ ފުރަތަމައިނުންވެސް ރިޒޯޓުތަކުގައި މި ބުނަނީ، ރިޒޯޓުތަކުގެ ކުދިން ފައިސާ ލާކަށްނޫން. ސަރުކާރުގައި މީގެ ކޮމިޓްމަންޓް އޮތްގޮތް ދެއްކުމަށްޓަކައި އަޅުގަނޑުމެން މިއުޅެނީ. މި ތަޢާރުފުކުރުމާއެކީ، ފުރަތަމަ ލާ ސީޑް ކެޕިޓަލް ޓްރާންޗެއްގެ ގޮތަށް ސަރުކާރުންލާނެ 100 މިލިއަން ރުފިޔާ. އަޅުގަނޑަށް ޔަޤީން ކަށަވަރު، އަޅުގަނޑަށް ޔަޤީން ކަށަވަރު، އަޅުގަނޑުމެން މި ޒުވާން ކުދިންގެ މުސާރައިން، ވަރަށް ކުޑަކުޑަ އެއްޗެއް މިނަގަނީ. އެ ހުރިހާ ޒުވާން ކުދިންގެ މުސާރައަށް އަޅުގަނޑު މިލާވަރު ލިޔަސް، މި މެޗް ނުކުރާނެ. އެމީހުންނަކަށް ރެއިޒެއް ނުކުރެވޭނެ 100 މިލިއަނެއް. އެހެންވީމާ، އެކަން އެނގިހުރެގެން ސަރުކާރުން ހަމަ ވަރަށް ޖެނެރަސްކަމާއެކީ، 100 މިލިއަނުގެ ސީޑް ކެޕިޓަލް މިލަނީ.

އަނެއްކާ މިއަށް ވޮލަންޓްރީކޮށް ގިނަ ކުދިން ކޮންޓްރިބިއުޓްކުރާ ކަމަށްވަންޏާ، އަޅުގަނޑުގެ އެޕިޓައިޓް އެބަހުރި، އަޅުގަނޑުމެންގެ އިންޓްރަސްޓް އެބަހުރި، ޝައުޤުވެރިކަން އެބަހުރި. މި އަދަދު 500 މިލިއަން ރުފިޔާއާ ހަމައަށް ގެންދަން. އެއީ، އެކުދިންގެ ކޮންޓްރިބިއުޝަން މީގައި އޮތްކަން އަޅުގަނޑަށް އެނގޭ މިންވަރުން. ދެން އެއާއެކީ، ޑްރޯވޑައުން ކުރާ ކަންތައްތައް މިބުނަނީ. އެހެންވީމާ، ޓޫރިޒަމް އިންޑަސްޓްރީގައި މިހާރު ތިބި ޒުވާން ކުދިންނަށް ކަށަވަރުވާ ދެތިން ކަމެއް އެބައޮތް. އެއްކަމަކީ، ސަރުކާރުން ޖެނެރަސްކޮށް އެމީހުންގެ ބެނިފިޓުގައި އެމީހުންނަށް ވެލްފެއަރ ސްކީމެއް އުފައްދައިދިނުން. އެއްގޮތަކަށްވެސް މިއީކީ، އެމީހުންގެ ޕެންޝަނާ ގުޅޭކަމެއްނޫން. އެމީހުންގެ ރިޓަޔަރމަންޓާ ގުޅޭކަމެއްނޫން. މިއީ، އެމީހުންނަށް އެންމެބޮޑަށް ބޭނުންވާ ކަންތައްތައް. އެއީ، ހައުސިންގ، ހައުސިންގގެ ކަށަވަރުކަން. އެ ކުއްޖާއަށާއި އެ ކުއްޖާގެ ޢާއިލާއަށް އޮތުން. އެކަމަށް އެންމެ ފުރަތަމަ މިއިން ލާރި ނެގޭނީ، މި ލާރި ނަގަން އެ ކުދިން ބޭނުންވާ ކަމަށްވަންޏާ، އެކަށީގެންވާ އަދަދަކަށް ކުދިންގެ ޑިޕޮޒިޓް މީގެތެރެއިން ނަގާފައި ފްލެޓްތަކުގައި ބަހައްޓަން ބޭނުންކަމަށްވަންޏާ، ސަރުކާރުން އެމީހުންނަށްދޭ ކަށަވަރު ކަމަކީ، މި ޑިޕޮޒިޓް ބަހައްޓާ ކޮންމެ ކުއްޖަކަށް އަޅުގަނޑުމެން މިހާރު މި ހަދާ ހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި މި އުފައްދާ، އެޕާޓްމަންޓްތަކުގެ ތެރެއިން ހަމަ ޗަންކެއް އެ ކުދިންނަށް ރިޒަރވް ކުރާނަމޭ.

އެހެންވީމާ، އެ ކުދިންނަށް ހައުސިންގވެސް ކޮންފަރމްވީ. އަދި ހައުސިންގއަށް ބަހައްޓަންޖެހޭ އިނީޝަލް ޑިޕޮޒިޓުގެ ބޮޑުބައިވެސް އެމީހުންނަށް ކޮންފަރމްވެގެންދިޔައީ. ދެން ބޭނުންވާނީ، ދަރިންގެ ތަޢުލީމާއި، ދަރިންގެ ޞިއްޙަތާއި، ދަރިންނަށް ބޭނުންވާ އެހެން ކަންކަން. އެކަމަށް މިއިން ޑްރޯވޑައުން ކުރެވޭނެ.

ތިންވަނަ ކަމަކަށް ބޭނުންވާނީ، ލިބޭ އާމްދަނީ އިތުރުކުރަމުން ދިޔުން. އިތުރުކުރުމަށް ބޭނުންވާ ފުރުޞަތަކީ، އެމީހުން ބޭނުންވާގޮތަށް މިއިން ޑްރޯވޑައުން ކުރެވޭނެ. އެކިއެކި އިންވެސްޓްމަންޓް ކުންފުނިތަކުގައި ފައިސާ އިންވެސްޓްކުރަން. އެ އަޅުގަނޑަށް މައްސަލައެއްނެތް. އެމީހުންނަށް ލިބޭ ލާރި ޑޮލަރަށް ހަދައިގެން ބޭރު ކުންފުންޏެއްގައި އިންވެސްޓް ކުރިޔަސް، ނޫނީވިއްޔާ ރާއްޖޭގެ ކުންފުނިތަކުގައި އިންވެސްޓް ކުރިޔަސް، ނޫނީ އަޅުގަނޑު އެންމެ އުފާވާނީ، މިދެންނެވި ގޮތަށް އިންޓަރގްރޭޓަޑް ޓޫރިޒަމްގެ ތެރޭގައި އިންވެސްޓް ކޮށްފިކަމަށްވަންޏާ.

އެހެންވީމާ، އަޅައިނުލެވިއޮތް ދާއިރާއެއް، އެއް ދާއިރާއެއް، ވަރަށް ގިނަ ޒުވާނުން ޙަރަކާތްތެރިވާ ދާއިރާއެއް، ޙަޤީޤަތުގައި ޓޫރިޒަމް އިންޑަސްޓްރީއަކީ. އެ ދާއިރާގައި އެމީހުން ބޭތިއްބުމަށާއި އަދި އިތުރު ޒުވާނުން އެ ދާއިރާއަށް ގެނައުމަށްޓަކައި، އަޅުގަނޑުމެންގެ ސަރުކާރުން ވިސްނާފައި މިއީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފަސް އަހަރުގެ ތެރޭގައި ކޮށްދޭނެ ކަމެއްގެ ގޮތުގައި، މިރޭވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ކަށަވަރު މިކޮށްދެނީ.

އެހެންވީމާ، ޒުވާނުންގެ ބެނިފިޓުގައި ވަރަށްގިނަ ކަންތައްތައް އެބަކުރެވޭ. ޒުވާނުން ކުރަންޖެހޭ ކަމަކީ، މި ބެނިފިޓް އެންޖޯއިކޮށްފައި، ހަމަ ސަލާމަތުން ތިބެންވީ. ޕްރޮޑަކްޓިވް ބަޔަކަށްވާންވީ، އެއްގޮތަކަށްވެސް، އެއްގޮތަކަށްވެސް، ހޭވަޔަރވެގެން، ވިޔާނުދާވެގެން، ޒުވާނުން ގެއްލިގެންނުވާނެ. އަޅުގަނޑުގެ ސަރުކާރުގައި ނޫނީ ދިވެހިރާއްޖޭގައި މަސައްކަތްކުރަން ތިބޭ އެންމެ ޕްރޮޑަކްޓިވް އޭޖްގެ މީހުން އަޅުގަނޑު ބޭނުމެއްނޫން، ޕްރޮޑަކްޓިވް ނޫން ބަޔަކަށް ވެގެންދާކަށް. އަޅުގަނޑު ބޭނުމެއްނޫން، އެމީހުން ޙުކުމެއް ތަންފީޒުކުރަންދާ ބަޔަކަށް ވެގެންދިޔުން.

އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީވެސް، ހަމަ އިންޑިއާ ކަނޑުގައި ހިނގާ ހުރިހާ ކަމެއްގައި، އޮޔާ ވަޔާ ލައްވާލާ ބައެއް. ބޭރުގައި ޑްރަގްސް އޮތިއްޔާ، ދިވެހިރާއްޖޭގައި ޑްރަގްސް އޮންނާނެ. އެހެން ކަމެއް އޮތިއްޔާ، ދިވެހިރާއްޖޭގައިވެސް އޮންނާނެ. އެކަމަކު އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ، އަޅުގަނޑުމެންގެ މި ޖީލު ސަލާމަތް ކުރަންޖެހެނީ، އަންނަން އޮތް ޖީލަށްޓަކައި، ކޮންމެ މަންމަޔަކު، ބައްޕަޔަކުވެސް އެކަން ބޭނުންވާނެ. ހަމަގައިމުވެސް، ރައީސް ޔާމީން އެކަން ބޭނުން.

އެހެންވީމާ، އަޅުގަނޑު ބޭނުމެއްނޫން. މި ހުރިހާކަމެއް، ޒުވާނުންނަށް މިކޮށްދެނީ، ހަމަ ޙަޤީޤަތުގައިވެސް ޒުވާނުން މިދެންނެވި ކަހަލަ ކުށްތަކާ ދުރުގައި ބައިތިއްބަން. ޓު ލާޖް ސެޓިސްފެކްޝަން، އިރާދަކުރެއްވިއްޔާ މިކަން ކާމިޔާބުވެއްޖެ. އެއީ، މިދެންނެވި ހަތަރު އަހަރުގެ ތެރޭގައި މީގެކުރިން އެއްވެސް ފޮމިއުލަރއެއް ވަރކް ނުކުރިކަމެއް މިއީ. ކުރީގެ އެއްވެސް ފޮމިއުލަރއެއް ވަރކް ނުކުރިކަމެއް މިއީ. އަޅުގަނޑުމެން މިކުރި މަސައްކަތުގެ ތެރޭގައި މިދެންނެވިގޮތަށް ޒުވާނުންގެ ނޫނީ ޑެލިންކްއެންޓް ކްރައިމްސް، ދަށަށް އެ ދިޔައީ، ގާތްގަނޑަކަށް ސަތޭކައަކުން ތިރީސްފަހެއް. އެއީ، ރިމަރކަބްލް އަދަދެއް. އެއީ، ރިމަރކަބްލް އަދަދެއް. އެހެންވީމާ، މިދެންނެވި ކަންތައްތައް ކުރަން ބޭނުންވެގެން، ހަމަ ޙަޤީޤަތުގައިވެސް، ޒުވާނުންނަކީ، ކުށް ނުކުރާ، ޕްރޮޑަކްޓިވް މަސައްކަތްކޮށްގެން، އަޅުގަނޑުމެން މި ބޭނުންވާ ޓެމްޕޯގައި މި ބޭނުންވާ ފޭސްގައި ތަރައްޤީގެ ބައިވެރިންނަށް ޒުވާނުން އެބަ ވާންޖެހޭ. އެހެން ކަމަށްވެއްޖިއްޔާ، ހަމަގައިމުވެސް، ތަޙުޤީޤުކުރާ މީހުންގެ މަސައްކަތް ފަސޭހަވެގެންދާނެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތް ފަސޭހަވެގެންދާނެ. އަދި މިތާ ކުރީ ސަފުގައި މިއިންނެވީ، ޖެންޑަރ މިނިސްޓަރ، ޖެންޑަރ މިނިސްޓަރުގެ މަސައްކަތް އެތައް ގުނައެއް ފަސޭހަވެގެންދާނެ.

އެހެންވީމާ، މިއީ، އަޅުގަނޑުމެން އޭޒް އަ ނޭޝަން، އަޅުގަނޑުމެން އެސްޕަޔަރ ކުރަންޖެހޭ ކަމެއް. ކުޅިވަރު ކުޅޭ ކުދިން ބޭނުންވާނީ ތަށި. އަޅުގަނޑު ބޭނުންވަނީ، ޒުވާނުންގެ ކޮންޓްރިބިއުޝަން. އެހެންވީމާ، ޒުވާނުންގެ ކޮންޓްރިބިއުޝަން އަޅުގަނޑު ހޯދަން ބޭނުންވަނީ މިދެންނެވި ގޮތަށް. ދައުލަތުގެ ކަންކަން ދައުލަތުގެ މުއައްސަސާތައް ކުރިއަށް ގެންދިޔުމަށް ޒުވާނުންގެ ހަކަތަ ބޭނުންވާތީ.

އެހެންވީމާ، އަނެއްކާ މި ނިންމާލަނީވެސް އަޅުގަނޑު 2013 ވަނަ އަހަރުގައި ދެ ޖުމްލައެއް، ނޫނީ ދެ މަފްހޫމެއް ގެންގުޅުނިން. އެކައްޗަކީ، ޒުވާނުންގެ ހަކަތަ. މިރޭވެސް މި ދަންނަވާލަނީ، ޒުވާނުންގެ ހަކަތަ ހުންނާނޭ. އެހެންވީމާ، ޒުވާނުންގެ ހަކަތަ އެބަ ބޭނުންކުރަންޖެހޭ، ރާއްޖެ ތަރައްޤީކުރަން.

ދެން އަނެއް ކޮންސެޕްޓް ކުރީގައި އަޅުގަނޑު ދަންނަވާލީ. ޒުވާނުންގެ ހަކަތަ، ޒުވާނުންގެ ރެސްޓްލެސްނަސް. ޒުވާނުން ކަންތައްތައް ބޭނުންވާ މިންވަރު. ރައީސް ޔާމީނަށް އެނގިގެންދާނެ. ރައީސް ޔާމީން، މިވެނިކަމެއްކޮށްދީ. ރައީސް ޔާމީން އެވެނިކަމެއް ކޮށްދީ. އެވެނިކަމެއްކޮށްދީ. ހަމަ ޓްރައި މީ އައުޓް. ޓްރައި މީ އައުޓް އަޅުގަނޑުގެ އެ ބުންވަރު ހުރިތޯ، އަދިވެސް ޓެސްޓްކޮށްލައްވާ!

އަޅުގަނޑު އެދެނީ، ހުރިހާ ޒުވާނުންނަށް ފާގަތި ދުވަސްތަކެއް.

والسّلام عليــكم ورحـمــة اللّـه وبـركاتـه.