ކަލަންޑަރުގައިވާގޮތަށް މި އަހަރުގެ ޙައްޖުމަހުގެ ފުރަތަމަ ދުވަސް އޮގަސްޓު 12 ވާ އާދީއްތަދުވަހަށް ވެއްޖެނަމަ، އޮގަސްޓު 19 ވާ އާދީއްތަދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތަށް މި ހަމަޖެއްސެވީ، އޮގަސްޓު 19 ވަނަ ދުވަހު އޮފީސްތައް ހުޅުވޭގޮތަށް އޮވެއްޖެނަމަ، އަޟްޙާ ޢީދާގުޅިގެން ޗުއްޓީގައްޔާއި އެނޫން އެހެނިހެން ބޭނުންތަކުގައި ރަށުން ބޭރަށްދާން ބޭނުންވާ މުވައްޒަފުންނަށް ދަތިކަމެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، މެދުކެނޑުމެއްނެތި ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވުމުގެ ގޮތުން ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތަށް ހަމަޖެއްސެވުމުން، އަޟްޙާ ޢީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މި އޮގަސްޓުމަހުގެ 26 ވާ އާދީއްތަދުވަހު ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.