ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމަށް މ. ކޮޅުފުށީ މަލްހާރު، އައްޝައިޚް ޢިމްރާން ޢަބްދުﷲ މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އައްޝައިޚް ޢިމްރާން ޢަބްދުﷲ ވަޒީރުކަމުގެ ހުވައިކުރެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައެވެ. ހުވައިކުރެއްވުމަށްފަހު، އައްޝައިޚް ޢިމްރާން ޢަބްދުﷲ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.