ސްރީލަންކާގައި ހިނގަމުންދިޔަ ޒަމާންވީ ދާޚިލީ ހަނގުރާމާ ނިމުމާ ގުޅިގެން، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު، ސްރީލަންކާގެ ރައީސް މިސްޓަރ މަހިންދަ ރާޖަޕަކްސައަށް މަރްޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ނައިބު ރައީސްުގެ މެސެޖުގައި، ޓެރަރިޒަމާއި ހަމަނުޖެހުމުން ސަލާމަތްވެ މުޅިން އާ މުސްތަޤްބަލަކަށް ސްރީލަންކާގެ ސަރުކާރާއި ރައްޔިތުން ކުރިމަތިލާ މިދަނޑިވަޅުގައި، ސްރީލަންކާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް ހޫނު މަރްޙަބާއާއި ހެޔޮއެދުންތައް ފޮނުއްވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި މިދިގު ހަނގުރާމަ ނިމުމުން، ސްރީލަންކާ ރައްޔިތުންނަށް އިތުރު ހަމަހަމަކަމާއި، އިންޞާފާއި ކުރިއެރުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.