ތުރުކީގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސަލް ޖެނެރަލް، މިސްޓަރ ނިހަތު ބޮއިޓުޒުން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށް، ރައީސް ނަޝީދާއި މިސްޓަރ ބޮއިޓުޒުން ވާހަކަފުޅު ދެއްކެވިއެވެ.

މިސްޓަރ ބޮއިޓުޒުން ދެއްކެވި ވާހަކަފުޅުގައި، ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގެންކަމީ އެބޭފުޅާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއްކަމަށާއި، ކުރިއަށްއޮތްތާނގައިވެސް ރާއްޖެއަށް ޚިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެކަމުގައި ރައީސް އަރިހުގައި ދެންނެވިއެވެ.