بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.


އާދެ، މި އުފާވެރި ޙަފްލާގައި، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ޢިއްޒަތްތެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި މި ކުންފުނިތަކުގެ ފަރާތުން އިންތިޒާމު ކުރެވިގެން، މި ފެންވަރުގެ ހޮޓަލެއް ހުޅުވުމުގެ ރަސްމިއްޔާތަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ފުލް މެނޭޖްމަންޓް ޓީމަށް، ޕްރިސްޓީން އިންވެސްޓްމަންޓްސް ލިމިޓެޑް އަދި މުޙަންމަދު ޢަލީ ޖަނާ މެނޭޖްމަންޓްގައި އެކޯ އިންޓަރނޭޝަނަލް ގްރޫޕް އޮފް ކޮމްޕެނީޒް، މިހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.


އާދެ، ޝައްކެއްވެސްނެތްގޮތުގައި، ގއ. އަތޮޅަށް، ޚާއްޞަކޮށް، މި ދާއިރާއަށް މިއަދު މިއީ ވަރަށް އުފާވެރި ދުވަހަކަށް ވެގެން ހިނގައްޖެ. އެއް ދުވަހެއްގައި ވަރަށް މުހިންމު ދެ ފަންކްޝަނެއް މިދިޔައީ ހުޅުވިގެން. އާދެ، ކޫއްޑޫގެ އެއަރޕޯޓް، ދާދި ކުޑައިރުކޮޅެއް ކުރިން، ދެތިން ހަތަރުގަޑިއިރު ކުރިން، ކޫއްޑޫގެ އެއަރޕޯޓް މިވަނީ އެކްސްޓެންޑް ކުރެވި، ބޮޑުކުރެވި، ކޫއްޑޫގެ އެއަރޕޯޓް ހުޅުވިފައި. އަދި އެއާއެކީ ކޫއްޑޫއަކީ މަސްވެރި ރަށަކަށްވާއިރުވެސް ރީތި ބަނދަރެއް ފަތުރުވެރިންނަށް ހަމަޖެހި، އަދި މި ކޫއްޑޫގައި ދުނިޔޭގެ އެންމެ ފުރަތަމަ، ދެންމެ އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔަގޮތުގައި، ދުނިޔޭގެ އެންމެ ފުރަތަމަ އެއަރޕޯޓް ރިޒޯޓް ހޮޓެލް ހުޅުވިގެން މިދަނީ [މަރކިއޯ ކޫއްޑޫ މޯލްޑިވްސް].


އާދެ، ޝައްކެއްވެސްނެތްގޮތުގައި، މީގައި ވަރަށް ބޮޑެތި ޔުނީކް ކަންތައްތަކެއް، އާދަޔާޚިލާފު ކަންތައްތަކެއް އެބަ ހިމެނޭ. ދިވެހިރާއްޖެއިން އެބަ މިސާލު ދައްކައިދޭ މިކަހަލަ ބައެއް ކަންކަމުގައި. މީގެ އެއްކަމަކީ ބިޒީ އެއަރޕޯޓެއް. ހަމަކަށަވަރުންވެސް މިއީކީ ހީތްރޯހާ ބިޒީ އެއަރޕޯޓެއް ނޫން. އެހެންނަމަވެސް، އެއަރޕޯޓެއްގެ ބެކްގްރައުންޑްގައި، ސެޓިންގގައި މިކަހަލަ ރަނގަޅު ފެންވަރުގެ ޓޫރިސްޓް ހޮޓަލެއް ފެނިގެން ދިޔުމަކީ، މަދުން ނޫނީ ނުވާނެ ކަމެއް. ނޫނީވިއްޔާ ހަމައެކަނި ދިވެހިރާއްޖޭގައި އަލަށް ފެނިގެންމިދާ ކަމެއް. އަދި ހަމައެހެންމެ، މި ޓުއަރިޒަމްގެ ޞިނާޢަތުގެ ވާހަކަ ދައްކާއިރު، ޓުއަރިޒަމް ޞިނާޢަތުގައި ހަމައެކަނި ދިވެހިރާއްޖޭގައި މިއޮތީ ފުރިހަމަ އެއް ރިޒޯޓް، މުޅި ރިޒޯޓް ހިންގަނީ އިރުގެ ހަކަތައިން. އާދެ، އޭގެ އެނަރޖީއަށް، ނޫނީވިއްޔާ ދިއްލުމުގެ ހުރިހާ ކަމަކަށާއި، މި ހުރިހާ ކަމަކަށް ބޭނުންކުރަނީ ސޯލަރ ޕަވަރ. މިއީވެސް ދިވެހިރާއްޖޭގައި އޮތް އިއްތިފާޤެއް.


އަދި ހަމައެހެންމެ، ޓުއަރިޒަމްގެ ކަންތައްތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން ތަންކޮޅެއް ދުރަށް ޖެހިލަމާ ހިންގަވާ! އަޅުގަނޑުމެން ޓުއަރިޒަމްގެ ރަން ޔޫބީލް އަހަރާ ހަމައަށް މަރުޙަބާ ކިޔަމުންދާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް މިއަދުވެސް މި އަންނަނީ، މީގެ އެތަކެއް އަހަރު ކުރިން، ފަންސާހަކަށް އަހަރު ކުރިން ރާއްޖޭގައި ފުރަތަމަ ޓުއަރިޒަމްގެ އެއްވެސްކަހަލަ އުންމީދެއް އޮތްތޯ، ސަރުކާރުން ކުރި މަސައްކަތުގައި، ކޮންސަލްޓަންޓުންގެ ޚިޔާލުތަކެއް ހޯދުނު. އެހެންނަމަވެސް، އެއްވެސްކަހަލަ އުންމީދީ ޖަވާބެއް އޭރަކު ސަރުކާރަކަށް ލިބިފައެއްނުވޭ. ރާއްޖޭގައި ޓުއަރިޒަމް މި ފެންވަރަށް ގެންދެވިދާނެ ކަމަކަށް އެ ކޮންސަލްޓަންޓުންނެއް އުންމީދެއް ނުކުރޭ. އެހެންނަމަވެސް، މިއަދު ޚިޔާލަށް މި ގެންނަންޖެހެނީ، ދުނިޔޭގައި ހުރި ރިޒޯޓް ހޮޓާތަކުގެ ތެރޭގައި، އެންމެ ނަން މަޝްހޫރު ހުރިހާ ހޮޓަލެއް އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގައި އެބަ ހިމެނޭ. އަދި މިކަން ނިމުނީކީވެސް ނޫން. ހަމަ އިތުރުވަމުން އިރާދަކުރެއްވިއްޔާ މިދަނީ.


އެހެންވީމާ، އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުން އަޅުގަނޑުމެންނަށް ﷲ މިންވަރުކޮށްދެއްވާ ނިޢުމަތަށް ޝުކުރުވެރިވަމުން، މި ޝުކުރުވެރިވަނީ ކިހާ ފެންވަރެއްގައިތޯ، ކިހާ އިޚްލާޞްތެރިކަމާއެކީތޯ؟ މިއަދު ވިސްނައިލައްވާފައި ރިފްލެކްޓް ކޮށްލައްވަން އަޅުގަނޑު ހަމަ ދިވެހި ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރަން.


އާދެ، ދިވެހިރާއްޖެއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ތަޞައްވުރު ނުބައިކުރަން، އަޅުގަނޑުމެންގެ ތެރެއިންނާއި އަދި ބޭރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރެވޭ. ކޮންމެ ދައުލަތެއްވެސް، ކޮންމެ ޤައުމެއްވެސް ކުރިއަރަމުންދާ ކަމަށްވަންޏާ، ޙަސަދަވެރި ބަޔަކު ތިބޭނެ. މީގެ ދެރަކަމަކީ މިކަމަކީ އަޅުގަނޑުމެންގެ ތެރެއިންވެސް މަރުޙަބާ ކިޔައި އުފެދިގެންދާ ކަމަކަށްވާތީ. މިކަހަލަ މެހްމާންދާރީ ހޮސްޕިޓޭލިޓީ އިންޑަސްޓްރީއަކަށް މަރުޙަބާ ކިޔައި އަދި އަޅުގަނޑުމެންނަށް އެތަކެއްހާސް ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް އިތުރުވެގެންދިޔުމާއި، އަދި އިޤްތިޞާދަށް މި ލިބޭ ރަނގަޅު މަންފާ ލިބިގެންދިޔުމާއި، މުޅި ދިވެހިރާއްޖޭގައި ހުރިހާ ކަމެއް ބިނާވެފައި މި އޮންނަނީ މި ޞިނާޢަތުގެ މައްޗަށް ކަމަށް އަޅުގަނޑުމެން އެންމެން ގަބޫލުކުރާއިރު، އަޅުގަނޑުމެން ނުކުރަންވީ ކަމަކީ އަޅުގަނޑުމެންގެ ޤައުމުގެ ނަން ބަދުނާމުކޮށް، ދިވެހިރާއްޖެއަށް މި އަންނަ ބަދުނާމުތަކުގައި އެއްވެސްކަހަލަ އިންޞާފުވެރިކަމެއްނެތި، އަޅުގަނޑުމެން އިސް ސަފުގައި މަސައްކަތްކުރާ ކުރުން. މިއީކީ އެއްގޮތަކަށްވެސް އިޚްލާޞްތެރި ހިތަކުން ކުރެވޭ ކަމަކަށްނުވާނެ. އިޚްލާޞްތެރި ދުލަކުން ހާމަކޮށްދެވޭ ޝުޢޫރަކަށް ނުވާނެ.


އެހެންވީމާ، އަޅުގަނޑުމެން މިއަދުވެސް ދިވެހިރާއްޖެއިން އެކި ހިސާބު ހިސާބަށް އެކި ކަންކަމުގައި ހައްދުފަހަނައަޅާފައިވާ މީހުން ތަމްރީނުކުރާ ތަނެއް ކަމަށް ދިވެހިރާއްޖެ ސިފަކުރަމުން އެބަދޭ. އޭގެތެރޭގައި އަޅުގަނޑުމެންގެ އަމިއްލަ ރައްޔިތުންވެސް ހަމަ އެގޮތަށް، އެ އަޑު އެއަށްވުރެން ބާރުކޮށް ސިފަކުރަމުން އެބަދޭ. މިހެންދާ ވަގުތެއްގައި އަޅުގަނޑުމެންގެ މެހްމާނުން ދިވެހިރާއްޖެއަށް ދަތުރުކުރުމުގައި ވިސްނާ ކަންތައްތަކެއް ހުންނާނެ. ޚިޔާލަށް އަންނަ ކަންތައްތަކެއް ހުންނާނެ. އެހެންވީމާ، މިއީ އަޅުގަނޑުމެން ހެޔޮއެދިގެން އަޅުގަނޑުމެންގެ ޤައުމަށް ކުރަންޖެހޭ ކަމެއް ނޫން. މިއީ އެއްވެސް ކަހަލަ އިންޞާފުގެ ނަޒަރަކުން ދެކޮޅުޖެއްސޭގޮތަކަށް، ނޫނީވިއްޔާ އިންޞާފުގެ ނަޒަރަކުން ދިވެހިރާއްޖެއަށް ހެޔޮއެދިގެން ދެއްކޭ ވާހަކަ ކަމަކަށް ވަކާލާތު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ.


މިއަދު އަޅުގަނޑުގެ އިލްތިމާސަކީ، މިއަދު އަޅުގަނޑުގެ ނަޞޭޙަތަކީ، ދެންމެ ނޫންތޯ، ދެންމެ ނޫންތޯ މި ސޮއިކުރެވިގެން ދިޔައީ، މި ޕްރޮޕަޓީޒް މެނޭޖް ކުރާ ދެ ކުންފުންޏެއްގެ ފަރާތުން އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ، ހަމައެކަނި [ގއ.] މި އަތޮޅުގެ ޒުވާނުންނަށް 1000 ވަޒީފާގެ ފުރްޞަތު ހުޅުވިގެންދިޔަތަން. އަދި ހަމައެހެންމެ، އެ 1000 ވަޒީފާއަށް ނެރޭ ކުދިންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގައިދިނުމުގެ އެގްރީމަންޓެއްގައި ސަރުކާރާއެކީ ސޮއިކުރެވިގެންދިޔަ. ރަސްމީގޮތުން މިވެސް ވާނީ ހަމަ މިގޮތުން ކުރެވޭ ފުރަތަމަ އެގްރީމަންޓަށް. އެހާބޮޑު އަދަދެއްގެ އިންވެސްޓްމަންޓެއް މި އަތޮޅަށް އައިސްފައި އޮތްއިރު، ދެންމެ ޖަނާގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، ގާތްގަނޑަކަށް ބިލިއަނާ ކައިރިކުރާވަރުގެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް މިއުޅެނީ. 750 މިލިއަން ޑޮލަރުގެ ޕޯޓްފޯލިއޯއެއް. އަދިވެސް މިތަނުގައި މާމުޓާވެސް ނިމެން މިއޮތީ ވަރަށް ކައިރިވެފައި. ނޫނީ ނިމިފައި. އަދިވެސް އިތުރު ކަންތައްތައް ކުރެވޭތޯ، އިތުރު އިންވެސްޓްމަންޓް ގެނެވޭތޯ ޖަނާގެ ވާހަކަފުޅުގައި، އަދި ޖަނާގެ ޕާޓްނަރ ރޮނަލްޑް ލިއޯގެ ވާހަކަފުޅުގައިވެސް އެ ވިދާޅުވީ. ޖަނާ ހަމަ ވަރަށް ބޮޑަށް މަސައްކަތް ކުރައްވައޭ ދިވެހިރާއްޖެއަށް އިންވެސްޓްމަންޓް ހޯދުމަށްޓަކައި.


އެހެންވީމާ، އިރާދަކުރެއްވިއްޔާ މިކަންކަން ކާމިޔާބުވެގެންދާއިރު، 1000 މިލިއަން ޑޮލަރު، ނޫނީ 1 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަގުހުރި އިންވެސްޓްމަންޓް މިތާ ހުންނާނެ. މިހުރިހާ ކަމަކީ ދިވެހިންގެ އުފާ. އަޅުގަނޑުމެންނަށް ލިބިގެންދާ ނިޢުމަތްތައް. ޙަޤީޤީ މާނައެއްގައި މި ނިޢުމަތަށް އަޅުގަނޑުމެން ޝުކުރުވެރިވާ ކަމަށްވަންޏާ، އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރަންޖެހޭނީ ދިވެހިރާއްޖެއަށް މި އަންނަ ބޭއިންޞާފު، ނާއިންޞާފު ބަދުނާމުތަކަކީ، ޙަޤީޤަތުގައިވެސް އަޅުގަނޑުމެން ހުރިހާ އެންމެންނަށް ކެރެންވާނެ، މިއީ ހަމަ ޙަޤީޤަތުގައިވެސް ނާއިންޞާފު ބަދުނާމުތަކެއްކަން ހާމަކޮށްދޭން. އެއީ ހުރިހާ ފެންވަރެއްގައި. އެއީ ހަމައެކަނި މިވަގުތު ޤައުމު ހިންގަން ހުރި ރައީސެއްގެ ހައިސިއްޔަތުން އަޅުގަނޑު ކުރަންޖެހޭ ކަމެއް ނޫން. އަޅުގަނޑުގެ ފިކުރާއި، އަޅުގަނޑުގެ ހިންގުމާއި، އަދި ސަރުކާރާ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންވެސް ދިވެހިރާއްޖެއަށް ހެޔޮއެދިގެން ކޮންމެވެސް ހިސާބަކުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެ ކަމަށް ވިދާޅުވާ ކަމަށްވަންޏާ، އަދި އެ އުންމީދު އެބޭފުޅުންގެ އޮތްކަމަށްވަންޏާ، އެބޭފުޅުން އެންމެ އިސް ސަފުގައި މިއަދު އެ މަސައްކަތް ކުރައްވަންޖެހޭނީ. ސަރުކާރަކުންނެއް ނޫން އެންމެ އިސް ސަފުގައި މަސައްކަތް ކުރަންޖެހޭނީ. ސަރުކާރުން މި މަސައްކަތް ކުރަނީ، މިކަހަލަ އެއްވެސްކަމަކީ ޙަޤީޤަތެއް ނޫންކަން ދައްކަމުން. އަދި ސަރުކާރުގެ ސިޔާސަތުތަކާއި، އުސޫލުތަކުން އިންވެސްޓަރުންނަށް ފަހި، އިންވެސްޓަރުންނަށް ފަސޭހަ، އިންވެސްޓަރުންނަށް ސެކިޔުރިޓީއާއި ގެރެންޓީ ލިބޭކަހަލަ ޤާނޫނު މަޖިލީހަށް ފޮނުވައިގެން ޤާނޫނު ހެދުމާއި، އަދި ޙަޤީޤަތުގައިވެސް ކޯޓުތަކުގެ ތެރެއިން މައްސަލަތައް ނިމިގެންދާއިރު، މައްސަލަތައް އަވަސްކުރަން ސަރުކާރުން ކުރާ މަސައްކަތާއި، އަދި ޝަރުޢީ ދާއިރާއިން މިކަހަލަ ބޮޑެތި މަސައްކަތްތަކަށް ދެއްވާ އަހަންމިއްޔަތާ، މިކަހަލަ އެތައް ކަމެއް. މިއީ ސަރުކާރުން ކޮށްދޭ ކަންތައްތައް.


އަޅުގަނޑުމެންނަށް ތިބެވިދާނެ، އަޅުގަނޑުމެންނަށް ތިބެވިދާނެ މިކަހަލަ އިންވެސްޓްމަންޓް ޕްރޮޕޯޒަލެއް އައިމަ، ދެމަހެއްހާ ދުވަސްވަންދެން އެ ޕްރޮޕޯޒަލް މަތީގައި އިށީނދެލައިގެން. އެއްކަމަކަށްފަހު އަނެއް ކަމެއް ރަނގަޅު ކުރަން ނަޞޭޙަތް ދެމުން. އެއް ކުރެހުމަކަށްފަހު އަނެއް ކުރެހުން ބަދަލުކުރަމުން، މިހެން ތިބެވިދާނެ. އެކަމަކު ދަންނަވަންތޯ. ބަވަނަވެފައި އޮތް ދުނިޔެއެއްގައި، މުޅި ދުނިޔެ ވަށައިގެން ޓްއަރ މިކުރާ އިޤްތިޞާދީ ދުވެލި ހުރި ބަހެއް، އެއްވެސް އެއް ތަނެއްގައި ބަސް ސްޓޮޕެއްގައި ހުއްޓައިގެން ނޯންނާނެ. އެއް ސްޓޮޕުން އަނެއް ސްޓޮޕަށް ދަތުރުކުރާނެ. ފުރްޞަތު ބޭނުމިއްޔާ، އެ ބަހަށް އަރަން ބޭނުންކަމަށްވަންޏާ، ނޫނީ އިޤްތިޞާދީ ދުވެލިން ބާކީވާން ބޭނުންނުވާކަމަށްވަންޏާ، ބުއްދިވެރިވާނީ ބަސް، ބަސް ސްޓޮޕަށް އައުމުގެ ކުރިން، ދަތުރުކުރާ މީހުން ބަސް ސްޓޮޕްގައި ތިބުން. ބަހެއް މިއަދަކު މަޑުކޮށްގެން ނޯންނާނެ. އަޅުގަނޑުމެން ކަހަލަ، ވަސީލަތްތައް މަދުކަމަށް އަޅުގަނޑުމެން އަމިއްލައަށް ގަބޫލުކުރާއިރުވެސް އަޅުގަނޑުމެން މިކަންކަން ޙަޤީޤަތެއް ކަމަކަށް ގަބޫލުކުރާކަށް ބޭނުމެއްނުވޭ. އަޅުގަނޑުމެން ނުކުމެ، އަޅުގަނޑުމެންގެ ރާއްޖޭގެ ފަތިފުށް ކިޔައި، އަދި ނާއިންޞާފު އެތައް ވާހަކަތަކެއް މި ދައްކަނީ.


މިއަދު ފިލާވަޅު ނަގަންވީ މި ހުޅުވުނު ރިޒޯޓާއި، އަދި އެއަރޕޯޓް ރިޒޯޓް ހޮޓަލެއް މިތާ ހުޅުވިގެންދިޔައީ. ދިޔުމާއެކީ އަޅުގަނޑުމެންނަށް މިއަތޮޅަށް އެކަނި ޚާއްޞަކުރެވިގެން 1000 ވަޒީފާގެ ފުރްޞަތު ތަނަވަސްވެގެން މިދަނީ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރެއް، ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، މި 1000 ޢާއިލާއަށް ލިބުނު ކޮންފަދަ ބޮޑު ނިޢުމަތެއްތޯ؟ މި ނިޢުމަތަށް އަޅުގަނޑުމެން ޝުކުރުވެރިވާ ކަމަށްވަންޏާ، މިހުރިހާ ކުދިންގެ ފަރާތުންވެސް ހުރިހާ ސިޔާސީ ބޭފުޅުންނަށް އެބަޖެހޭ ޕެޓިޝަނެއް، އިލްތިމާސެއް ދޭން. އިލްތިމާސެއް އަރުވަން އެބަޖެހޭ. މިހާހިސާބުން ދިވެހިރާއްޖެ ބަދުނާމުކުރުން ތިއިން ކޮންމެ ބޭފުޅަކުވެސް ހުއްޓައިލައްވާށޭ. އަދި ބަދުނާމުކުރާ، އެކުގައި މަސައްކަތް ކުރައްވާ ލީޑަރުން، އެ ލީޑަރުންނަށް އެހެން ލީޑަރުން ނަޞޭޙަތްތެރިވާށޭ އެކަން ހުއްޓާލަން. އެއީކީ ވަކި މި ސަރުކާރަށް ދެވޭ ގެއްލުމެއް ނޫން. އެއީ ދިވެހި ރައްޔިތުންނަށް ދެވޭ ގެއްލުމެއް. އެހެންވީމާ، އެކަން ކުރަން އެބަޖެހޭ. ތި އެމް.އޯ.ޔޫ. އެއް ހަދައިގެން އުޅޭ ބައެއްގެ ތެރޭގައި، ޚާއްޞަކޮށް، އަޅުގަނޑު އިޝާރާތް މި ކުރަނީ، އެއްބަޔަކު އަނެއްބަޔަކު އެބަޖެހޭ އެކުރެވޭ ކަންތައް ކުށްވެރި ކުރަން. އެހެންވީމާ، އެކަން ކޮށްފި ކަމަށްވަންޏާ، އެއީ، ދިވެހިރާއްޖެއަށް އަޅުގަނޑުމެން މި ގެންނަ ކަހަލަ އިންވެސްޓްމަންޓާއި، މި ހުޅުވިގެންދާ ވަޒީފާގެ ދޮރުތަކާއި، ފުރްޞަތުތަކާއި، ތަނަވަސްކަމާއި، އިތުރަށް ހުޅުވިގެންދާ ކަންކަމަށް އެބޭފުޅުންނަށް ކޮންމެވެސްވަރަކަށް މަގުކޮށައިދެއްވެނީ. އެހެންވީމާ، އަޅުގަނޑުމެންނަށް މިއަދު މިހާހިސާބަކުންނެއް ދެން ފަސްއެނބުރި ބަލައި، 10 ފިޔަވަޅު ފަހަތަކަށްދާކަށް ޖާގައެއް ނެތް. މި ބަވަނަވެފައި އޮތް އިޤްތިޞާދުގައި، އެންމެ ވަރުގަދަ ދެކަމެއްގެ ތެރޭގައި މިއުޅެނީ، އެތަނެއްގެ ރައްޔިތުންނަށް ވަޒީފާގެ ފުރްޞަތު ހޯދައިދިނުން.


ޝައްކެއްވެސްނެތް، ޓުއަރިޒަމުން ލިބޭ ތަނަވަސްކަމަކީ، އަޅުގަނޑުމެންގެ ސަރުކާރު ހިންގަންވެސް ބޭނުންވާ ތަނަވަސްކަން. ޓުއަރިޒަމްގެ އާމްދަނީއަކީ އަޅުގަނޑުމެންގެ ސަރުކާރަށް ލިބޭ އެންމެބޮޑު އާމްދަނީ. ޓެކްސް އާއި އަދި އެހެން ގޮތްގޮތުން އަންނަ ފައިސާ. އެކަމަކު މިހުރިހާ ކަމަކަށްވުރެން ހަމަގައިމުވެސް އަޅުގަނޑުމެންގެ ސަރުކާރަށް މުހިންމުވެގެންދަނީ، އަޅުގަނޑުމެންގެ ސަރުކާރަށް މުހިންމުވެގެންދަނީ މި ޞިނާޢަތުން ދިވެހި އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރްޞަތު ތަނަވަސްކޮށްދީގެންދާކަން. މިއީ އަޅުގަނޑުމެންނަށް އެންމެ މުހިންމުވާކަމަކީ.


ދެވަނަ ފިލާވަޅަކީ މި ބަވަނަވެފައި އޮތް އިޤްތިޞާދުގައި އަޅުގަނޑުމެން ހަރަކާތްތެރިވާންޖެހޭ ކަމަށްވަންޏާ، ވާން ބޭނުންކަމަށްވަންޏާ މި ދެންނެވި ގޮތަށް، މި ދަތުރުކުރާ ބަހަށް އެރޭތޯ އަޅުގަނޑުމެން ބަލަންވާނެ. އަޅުގަނޑުމެންނަކަށް މައްސަލަތައް ނިންމައިނުދީ، އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓް ހިފައިގެން އަންނަ މީހުންނާ ދޭތެރޭގައި،
މާ އަޅައިލުންތެރިކަމެއްނެތި، އަޅުގަނޑުމެން ތިބޭ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މި ބަސް މިސްވާނެ. އެހެންވީމާ، ސަރުކާރަކުން އެފިޝަންޓްވާން އެބަޖެހޭ. ސަރުކާރަކުން އިންވެސްޓްމަންޓަށް މަރުޙަބާ ކިޔަންޖެހޭ.


އަޅުގަނޑުމެން ކުރީގައި އަޑުއަހަމު، އިންވެސްޓަރުންނަށް ރަތް ދޫލައިގެ މަރުޙަބާ ކިޔާ ވާހަކަ. އަޅުގަނޑުމެންގެ ޚިޔާލަށް މިއަދުވެސް އަންނަނީ، މި ދައްކަނީ ކޮން ވާހަކައެއްތޯ؟ އިންވެސްޓަރުން އައިސް، ދިވެހިރާއްޖެއިން ހުއްދަދޭނެ ދުވަހަކުން ހުއްދަ ދެންދެން ބަލާކަށް ނުތިބޭނެ. މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މި ސަރަޙައްދުގައި އޮތް، މި ދެންނެވި ކަންކަމަށް ބަލާއިރު، ކޯޕަރޭޓް ގަވަރނަންސަށް، ނޫނީވިއްޔާ ކޯޕަރޭޓް ހަރަކާތަށް ބަލާކަމަށްވަންޏާ، އަދި އެފިޝަންސީއަށް ބަލާކަމަށްވަންޏާ، ހަމަ ނަންކުރާ އަދި ލެކްޗަރ ހޯލްތަކުގައި ފިލާވަޅު ނަގައިދެވޭ ގޮތުގައި ވެއްޖިއްޔާ، މިސާލެއްގެ ގޮތުގައި ދައްކާ މޮޑެލްއަކީ ސިންގަޕޫރު. އަޅުގަނޑުމެންނަށް މި ފެންނަނީ ސިންގަޕޫރުގެ ބޮޑެތި އިންވެސްޓްމަންޓްސް ދިވެހިރާއްޖެއަށް އަންނަތަން. އެއީ، ދިވެހި ގޮނޑުދޮށްތަކުގައި ވަޒީފާގެ ފުރްޞަތު، އާމްދަނީ ހޯދުމުގެ ފުރްޞަތު، އަދި އެމީހުން އިންވެސްޓް ކުރާ ފައިސާގެ ފުރްޞަތު އޮތްކަން އެފަރާތްތަކަށް ޤަބޫލުކުރެވޭތީ. ސިންގަޕޫރުގައި އެބަހުރި މިއަށްވުރެ މާ ވަރުގަދަ ވިޔަފާރީގެ ފުރްޞަތުތައް ހުޅުވިފައި. އެހެންނަމަވެސް، މި ދެންނެވި ކަހަލަ ސިންގަޕޫރުގެ ވަރުގަދަ ކޯޕަރޭޓް ލީޑަރސް ދިވެހިރާއްޖެއަށް އައިސް، މަދެއް ނޫން މިހާރު ދިވެހިރާއްޖޭގައި ސިންގަޕޫރުގެ އެކިއެކި އެންޓަރޕްރައިޒްތަކުން ނަގާފައި ހުރި ޕްރޮޕަޓީޒް. އަޅުގަނޑުމެންގެ ސަރުކާރުން މަރުޙަބާ ކިޔަމުން މި ގެންދަނީ މިކަހަލަ އިތުރު އިންވެސްޓްމަންޓް ރާއްޖެއަށް އިތުރުވޭތޯ.


މިކަން ކުރަމުންދާ ވަގުތެއްގައި އަޅުގަނޑުމެން އަހަން ބޭނުންނުވާ އަޑަކީ، ދިވެހިރާއްޖެއަކީ މިވެނި ކަހަލަ ޤައުމެއް ކަމަށް މި ދައްކާ ބޭއިންޞާފު، ނާއިންޞާފު ވާހަކަތައް. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ރާއްޖޭގައި، މުޅި ރާއްޖެ ސިފަކޮށްދޭކަށް ހައްދުފަހަނަޅާފައި ތިބި ބަޔަކު ތިބި ތަނެއް ނޫން. އަޅުގަނޑުމެންނަކީ ކުޑަކުޑަ މިނިވަން އިސްލާމީ ދައުލަތެއް. އެކަމަކު އަޅުގަނޑުމެންގެ އިސްލާމްދީނަކީ އަޅުގަނޑުމެން ހަމަ މެދުމިންގަނޑެއްގައި، ގަބޫލުކުރެވޭ މިންގަނޑެއްގައި ހަމަ އަޅުގަނޑުމެން މި އޮތްހާ ޒަމާން މި ވޭތުކުރަމުންދިޔައީ. ޚިޔާލުގެ ތަފާތުތައް ހުންނާނެ. އަދި ދީނީ ފިކުރުގައިވެސް މި ދެންނެވި ގޮތަށް، އެކި ކަންކަމުގައި ޝައުޤުވެރިކަން ހުންނަ މީހުންގެ ތަފާތުތަކެއް ހުރެދާނެ. އެހެންނަމަވެސް، މިކަމާހެދި ދިވެހިރާއްޖެއަށް މިހާ ނުބައި ލޭބަލެއް ގެންނަން އަޅުގަނޑުމެން ކުރާ މަސައްކަތަކީ ހިތާމަހުރި ކަމެއް. މިކަން ކުރައްވަނީ ހަމަ އެންމެ ޒިންމާދާރު ބޭފުޅުންގެ ތެރޭގައިވެސް ހިމެނޭ ބޭފުޅުން.


އެހެންވީމާ، މިއަދުވެސް އަޅުގަނޑުމެން ނަގަންވީ ފިލާވަޅަކީ، އަދި އަޅުގަނޑުގެ ނަޞޭޙަތަކީ، އަޅުގަނޑަށް ޔަޤީން ކަށަވަރު، މި ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނާއި، އަދި މި ދާއިރާގެ ވަޒީފާގެ ޝައުޤުވެރިކަން ހުންނަ ހުރިހާ ފަރާތެއްގެވެސް އިލްތިމާސަކަށް، އެދުމަކަށް ވެގެންދާނީ، މިކަހަލަ ބަދުނާމުން ދިވެހިރާއްޖެ ސަލާމަތްކުރުން. އަމުދުން ބަދުނާމު ނުކުރުން.


އެއް އިރެއްގައި އަޅުގަނޑުމެން އަޑުއަހަމުންދިޔައީ، ދިވެހިރާއްޖޭގެ ގޮނޑުދޮށްތައް، އަދި ދިވެހިރާއްޖޭގެ ކަނޑު އުފުލިގެންދިޔަ މިންވަރު ބޮޑުވެގެން ދިޔަދިޔައިނުން ގޮސް ދިވެހިރާއްޖޭގައި މީހުން ނޫޅެވޭ ހިސާބަށް ކަންތައްދިޔަ ވާހަކަ. އަޅުގަނޑުމެންގެ ތެރޭގައި ދަތުރުކުރާ ހިސާބަށްދިޔަ، އުސް ރަށެއްގެ ބިން ގަނެގެން، އަޅުގަނޑުމެން ހުރިހާ އެންމެން ހިޖުރަކުރާ ވާހަކަވެސް. ހަމަ އަޅުގަނޑުމެންނަށް ދެއްކިފައި ހުރި ވާހަކަ. އެކަމަކު އޭގެ އަނެއްކޮޅުން ދިވެހިރާއްޖޭގެ އިޤްތިޞާދު ވަރުގަދަ ކުރަން، ބޭރުގެ މެހްމާނުން، ބޭރުގެ އިންވެސްޓަރުން ގެންނަ ވާހަކަވެސް މި ދައްކަނީ.


ދެން ހަމަ އެއާއެކީ މިހުރިހާ ވާހަކައެއް ދައްކަމުން މިހާރު މި ދެކެވޭ ވާހަކައަކީ، ހަރުކަށި ވިސްނުމާއި، އަދި ހަރުކަށި ވިސްނުމަށް ތާއީދުކުރާ މީހުންތަކެއް ތަމްރީނުކުރާ ތަނަކީ ދިވެހިރާއްޖެ ކަމަށް ވެގެންދާ ދިޔުން. މީގައި އަޅުގަނޑުމެންނަށް އިޙްސާސް ކުރަން ދަތިވިޔަސް، ހާދަ ބޮޑެތި އުނދަގޫ އަޅުގަނޑުމެން ކުރިމަތިލާންޖެހެޔޭ. އެކި ޤައުމުތަކުގެ އެއަރޕޯޓްގައި އަޅުގަނޑުމެންގެ ދަތުރުފަތުރުކުރާ ދިވެހިން ހިފެހެއްޓޭ ހިފެހެއްޓުމާއި، އެމީހުންނާ ދޭތެރޭގައި ބަލަންޖެހޭ ބެލުންތަކާއި، ކުރީގައި އޮތް ފަސޭހަ ކިތައް އިމްތިޔާޒު، ކިތައް ކަންތައް އަޅުގަނޑުމެންގެ އަތުން ބީވެގެން ހިނގައްޖެތޯ؟ އަޅުގަނޑުމެންގެ ޤައުމަށް ރާއްޖެއިން ބޭރުން ފައިސާ އެތެރެކުރާ ކަމަށްވަންޏާ، ކިހާ ހިފެހެއްޓުންތަކެއް އެބަ ހިފަހައްޓާތޯ؟ އެއީ ކީއްވެގެންތޯ؟ އެއީ މި ދެންނެވި ކަހަލަ ވިޔާނުދާ ހަރަކާތް ހިންގާ ބައެއްގެ އަތަށް ފައިސާ އަރައިފާނެތީ؟ އެހެންވީމާ، އަޅުގަނޑުމެންނަކަށް ޚިޔާލަކަށް ނާދޭ އިނގޭތޯ. އަދި އަޅުގަނޑުމެން، އަޅުގަނޑުމެންގެ ދަރިން ބޭރުގައި ކިޔަވަން ތިބޭއިރުގައި ލާރި ފޮނުވަންވިޔަސް، މިކުރާ މަސައްކަތުގެ ތެރޭގައި ހާދަވަރަކަށް ބެލެހެއްޓޭ ކަންތައް، ނޫނީ ހާދަވަރަކަށް ބަލަހައްޓަންޖެހޭ ކަންތައްތަކެއް ހުރެޔޭ. ރާއްޖެއިން ބޭރުން ރާއްޖެއަށް ބޭރު ފައިސާ އެތެރެކުރާ ކަމަށްވަންޏާ، މިއީ ހަމަ ނެކްސްޓް ޓު އިމްޕޮސިބްލް. ހަމަ ނުކުރެވޭވަރުގެ ކަމެއް.


އެހެންވީމާ، މިހިރަ ކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ޚިޔާލުކުރާކަށްނެތީމު. އެކަމަކު އަޅުގަނޑުމެން ކިޔަވާކުދިން މެލޭޝިއާގައި، ސިންގަޕޫރުގައި، އެހެން ތަންތަނުގައި ކުދިން ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑު ދިނީމަ މަސައްކަތް ނުކުރާ ވާހަކަ އަޅުގަނޑުމެން ދައްކައިފީމު. އެކަމަކު އަޅުގަނޑުމެންގެ ޚިޔާލަކަށް ނާދޭ، މިކަހަލަ ވިޔާނުދާ ވާހަކައިން ދިވެހިރާއްޖެ ކެރެކްޓަރައިޒް ކޮށްދިނީމަ، ދިވެހިރާއްޖޭގެ ރައްޔިތުން އުފުލަންޖެހޭ ބުރަ އުނދަގޫ ކަންތައްތަކެއްމި ވާހަކަތައް ދައްކާއިރު. އެހެންވީމާ، މިކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން އެބަޖެހޭ ވިސްނަން. އަދި އަޅުގަނޑުމެންގެ ހުރިހާ ދިވެހިންވެސް މިކަންކަމާ ދޭތެރޭގައި އެބަ ވިސްނަންޖެހޭ.


އާދެ، އަޅުގަނޑު ހަމަ ދިވެހިބަހުން ދައްކާ ވާހަކަކޮޅު ނިންމާލާނަން. ހަމަ ވަރަށް ކުރުކުރު އެއްޗެއް އިނގިރޭސިބަހުން ދަންނަވާލާފައި، އަޅުގަނޑުވެސް އަޅުގަނޑުގެ ވާހަކަތައް ނިންމާލާނަން.


އެއާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިސްވެ ވާހަކަފުޅު ދެއްކެވި ބޭފުޅުން، ހުރިހާ ބޭފުޅުންވެސް ވަރަށް ބައިވަރު ތަޢުރީފުގެ ވާހަކަފުޅުތައް ދެއްކެވި. ޚާއްޞަކޮށް، މޫސާ ޒަމީރު ވަރަށްގިނަ ވާހަކަފުޅު ދެއްކެވި. އިޙްތިރާމް ކުރަން. ޝުކުރު އަދާކުރަން. އެކަމަކު އަޅުގަނޑު ދަންނަވާނީ، އެއްގޮތަކަށްވެސް ހީފުޅުނުކުރައްވާށޭ، މިއީ އެކަކު ކުރާ މަސައްކަތް ކަމަށް. އަޅުގަނޑުމެންގެ ތެރޭގައި މިއޮތީ ވަރަށް ބަދަހި، ވަރަށް ވަރުގަދަ ޓީމެއް. އަޅުގަނޑުމެން ޑްރައިވް ކުރަނީ، އަޅުގަނޑުމެން ކުރިއަށްދާން އަޅުގަނޑުމެންނަށް ލިބޭ ހަކަތައަކީ، ރައްޔިތުން އަޅުގަނޑުމެންނާ ދޭތެރޭގައި ވިސްނާ ވިސްނުން، އޮންނަ އިތުބާރު، ކުރާ ޔަޤީންކަން. އަޅުގަނޑުމެން އެބަޖެހޭ، ކުރިއާއި މިހާރާ ތަފާތެއް ދައްކަން. އެއީ ހަމައެކަނި ރައީސް ޔާމީން މާމޮޅުވެގެން، މާ ބޮޑެތި ކަންތައްތަކެއް ކުރަނީކީނޫން. މިއީ އަޅުގަނޑުމެން ޓީމަކުން ކުރާ ޓީމް ވާރކް. ޓީމުގެ މަސައްކަތް. އެއްވެސް މީހަކަށް އެކަނި މަސައްކަތެއް ނުކުރެވޭނެ.


އައްސަވާ! ޕްރިސްޓީން އިންވެސްޓްމަންޓް މޯލްޑިވްސްގެ ޗެއަރމަން ލިއޮ ވަރަށް ތޫނުފިލި ބޭފުޅަކަށްވެދާނެ. އެކަމަކު އޭނައާއެކީ ވާރކް ކުރާނެ ވަރަށް ޑެޑިކޭޓަޑް، ވަރަށް މެޓިކިއުލަސް ވާރކް ކުރާ ޓީމެއް އޮންނާނެ. މިއީ ޓީމުގެ މަސައްކަތް. މިއަދުގެ ދުނިޔޭގައި، ވިޔަފާރީގައި މި ދައްކަނީ މިއީ ޓީމް ވާރކް. ކޮންމެ ކަމަކީވެސް ޓީމް ވާރކް. ވިސްނުންތަކާއި، ޚިޔާލާއި، ކުންފުނިން ކުރާ ކަންތައް މި އަންނަނީ ޑައުން އަޕް، މަތިން ތިރިއަށް އެކަންޏެއް ނޫން. މުވައްޒަފުންނަށް ޖާގަ އެބަ ލިބޭ، އެންމެ ދަށު ފަންތިން ކުރާ ޚިޔާލު، އެންމެ ޓޮޕް މެނޭޖްމަންޓާ ހަމައަށް ގެންނަން. އެ އަންނަނީ މުއްސަނދިކަން. އެންމެ ޓޮޕް މެނޭޖްމަންޓްގައި ތިބޭ މީހުންނަކީ، ވަރަށްގިނަ ތަޖުރިބާއާއި ތަޢުލީމު ހާސިލުކޮށްފައި ތިބޭ ބައެއް. އެކަމަކު ހަމަ އެއާއެކީ ވިސްނަންވާނެ. އެ ވިސްނުމަށްވެސް ބަދަލުތަކެއް އަންނާނެ. ދުނިޔެ މިދަނީ އެހާ ބޮޑަށް ޒުވާންވަމުން. އަދި އަމުދުން ތަމްރީނުގެ ފުރްޞަތުތައް އިތުރަށް ހުޅުވުނުހެން އަލަށް ވަޒީފާއަށް ވަންނަ މީހުންނަކީ، އެންމެފަހުގެ ނޮލެޖާއި، އެންމެފަހުގެ ރިސަރޗް މަސައްކަތް ކުރުމުގެ ޤާބިލުކަން ހުންނަ މީހުން. އެމީހުންގެ ތޫނުފިލިކަން، އަޅުގަނޑުމެން ޖެހޭނެ ބޭނުންހިފަން.


އެހެންވީމާ، ސަރުކާރެއް ހިންގުމުގައިވެސް މިއީ ހަމައެކަނި ވެރިޔަކަށް ހުންނަ މީހަކު ކުރަންޖެހޭ ކަމެއް ނޫން. ނޫނީވިއްޔާ ހަމައެކަނި ވެރިއަކަށް ހުންނަ މީހަކަށް އެކަނި އެނގެންޖެހޭ ކަންކަމެއް ނޫން. އަޅުގަނޑުމެން އަބަދުވެސް މަރުޙަބާ ކިޔަންވާނެ، އާ ޚިޔާލުތައް، ޒުވާނުންގެ ތެރެއިން، ޅަމީހުންގެ ތެރެއިން އަދި ތަޢުލީމު ހުރި މީހުންގެ ތެރެއިން. ތަޖުރިބާ ނެތް ކަމުގައިވީނަމަވެސް، މި އަންނަ ޚިޔާލުތަކަށް އަޅުގަނޑުމެންނަށް ޖާގަ ދެވެންވާނެ.


އެހެންވީމާ، އެންމެ އެންމެ ޙައްޤު ނޫން ތަޢުރީފުތަކެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންނަމަވެސް، ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއީ އަޅުގަނޑުމެންގެ ކެބިނެޓް ޓީމާއި، އަދި އަޅުގަނޑުމެންނާއެކީ ވަރަށް ބުރަކޮށް އަވަދިނެތި މަސައްކަތް ކުރައްވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދު ވަރުގަދަ ތަނަކަށް ހެދުމަށް. އަދި ކުރެވޭ އިތުރު މަސައްކަތްތައް، ވަރުގަދަ މަސައްކަތްތަކަކަށް ހެދުމަށް. އަޅުގަނޑުމެންގެ ސަރުކާރުގެ ހުރިހާ ކުންފުނިތަކުގެ އެމް.ޑީ. އިންނާއި ބޯޑުތަކުން ވަރަށް ވަރުގަދަ މަސައްކަތްތަކެއް އެބަ ކުރައްވާ. ސަރުކާރުން ބަޖެޓް ހެދުމަށް އެކަންޏެއް ނޫން ދޮގެއްތޯ. މަސައްކަތް ކުރުމުގެ އަވަސްކަމާއި، މަސައްކަތުގެ އެފިޝެންސީއާއި، އަދި އެކަމަށް ޑެޑިކޭޓްކުރާ ކުރުން. ވަގުތު ހުސްކުރުމާއި، ފަރުވާތެރިކަމާއެކީ އެކަން ކުރުން. މިކަންކަން މި އަންނަނީ ކުންފުނީގެ ސީ.އީ.އޯ. އިންނާ ހަމައިން. އަޅުގަނޑުމެންގެ މި ބައްދަލުވުމުގައިވެސް ވަރަށްގިނަ ސީ.އީ.އޯ. އިން އެބަ ތިއްބެވި. އަޅުގަނޑުމެން އެއަރޕޯޓް ކަހަލަ މަލްޓި ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްގެ ވާހަކަ ދައްކާއިރު، ޝައްކެއްވެސްނެތްގޮތުގައި، އެ މަސައްކަތެއް ނުހިނގާނެ، ވަރުގަދަ މެނޭޖްމަންޓް ޓީމަކާ އެކީގައި ނޫނިއްޔާ.


އެހެންވީމާ، މިހުރިހާ ބޭފުޅުން މި ކުރައްވަނީ، ވަރަށް ވަރުގަދަ މަސައްކަތް. އަޅުގަނޑުމެން ޔުނައިޓެޑް އިން ވިޜަން، ޔުނައިޓެޑް އިން ޕަރޕަސް، އަޅުގަނޑުމެންގެ ވިސްނުމަކީ، އަޅުގަނޑުމެން ޑެލިވަރ ކުރަން ބޭނުންވަނީ، އަޅުގަނޑުމެން އޭޒް އަ ޓީމް ތަފާތެއް ދައްކަން ބޭނުމޭ. އަޅުގަނޑުމެން އޭޒް އަ ޓީމް، އިހާ މިހާރާ ތަފާތެއް ދައްކަން ބޭނުމޭ. އެހެންވީމާ، އަޅުގަނޑުމެންގެ ބަޒް ވާރޑްސްގެ ތެރޭގައި، މި ހުންނަނީ އެފިޝަންސީ، އަވަހަށް ކަންކަން ނިންމުން، މުރާލިކަމާއެކީ ނިންމުން. ގޯހެއް ހެދިއްޖެ ކަމަށްވަންޏާ، ސޮރީ ކިޔާފައި، އަނެއްކާވެސް އެހެން މަގަކުން ދާން އަޅުގަނޑުމެން މަސައްކަތް ކުރަންވާނީ. ހުރިހާ އިރެއްގައިވެސް މިސްޓޭކްސް ހެދޭނެ. އެކަމަކު އެ ހެދެނީ ގޯހެއްކަން، އެ ނެގުނީ ނުބައި ޑިސިޝަނެއްކަން ރިއަލައިޒްވާ ހިސާބުން، އެނގޭ ހިސާބުން އަޅުގަނޑުމެންނަށް ކެރެންވާނެ، ތެދުވެފައި އެ ވިސްނުން ބަދަލުކޮށްލާފައި، ރަނގަޅު މިޞްރާބަކަށް ދާން.

Let me again not bore you all with my Dhivehi, all this rhetoric, let me say a few words of appreciation and thank you for Echo Team, to Pristine Investments Maldives Team and all the visitors who have come from overseas from Singapore particularly. It is indeed a rare honour for me to be here with you today to grace this function, opening the expanded airport as well as this beautiful property. Indeed, probably this is a rare concept in the world. Probably this is the first of its kind. And also we have been offering, our tourism industry have been offering several firsts to the world to learn from. Probably as a small island nation where we have gone hitherto unheard of.

What would have you all thought 50 years back? Is tourism really possible in Maldives? Answer has been clearly known. Why? Simply because there was nothing produced in Maldives. Almost every ration to fruits and vegetables to staples have been imported. And therefore what is there for Maldives to offer? Resplendent, pristine waters just like the Pristine Investments, very tranquil environment, hospitable people, and of’ course abundance of hospitality. This is the backbone of our tourism. This is the backbone of our history. But, who would have thought, 50 years ago, as we are bracing our position to celebrate our golden jubilee of tourism industry. Who would have thought that we would have been able to invite Ritz Carlton to the Maldives?

Here, this is an island nation where there has been a desperate consultancy report to say that nothing is possible here in Maldives – particularly in this area. But today some of the best brands, best chain hotels, are here in Maldives. Thanks to Allah, all praise be to Allah. But then again, we have been a dedicated hard working people. Young entrepreneurs who are approaching (don’t mind me Janaah) who are approaching their midlife. They have led the way. Tourism pioneers who worked in the 70s, they are in their limelight, they are in their twilight area but still they are very prominent as tourism leaders. But then, we have opened up in a large way to foreign investors. Who would have thought again? Investors from Singapore, as powerful as the Pristine Group. Investors from world over, Echo Group, as a management team, they have been very strong in this part of the world, Asia Pacific. And also, investors from all over the world. They are here today. And those who have bought properties here in Maldives. Goes from very rich people celebrities to nobility. This is the generosity of them and also what we are able to offer as a tourism destination.

It is not easy with a population of just around four hundred thousand people to be entertaining three times this amount. As we again approach a million, a 1.5, 1.6, and Minister announces almost close to 2 million. We are paying patronage to all of these people. We are paying hosts. We are paying as host to all of these people. So it is crucial that we maintain our reputation as a tranquil, as a peace loving, coexisting people. A lot is talked about Maldives these few years. Largely because of political disturbance in Maldives. But as a growing democracy who has embraced a very libertarian constitution as early or as recently as 2008. We are experiencing pains of growing up. We are not without our problems. But largely, a lot of this is really over rated. It is a very liberal Muslim state. It is by no means a fanatical Muslim state. But unfortunately we have been branded. And several travel advisories have been issued out, wrongly blamed us for several things. But as a small island nation, what we are asking the world, specially the first world is, let us be. We have aspirations. We have force. We have dreams. We have all these hopes. As leaders we have pledges to our people. As leaders we like to live their dreams.

Today we witnessed thousand new jobs only for this atoll, or particularly for this atoll. Thousand training opportunities. If in other parts of the world, young people can cohabit with people from other religions. Why is that Maldives is so particular? What is it we are doing so differently that we deserve a different treatment? It is so grossly unfair! Its’ so grossly unfair! All we are asking is let us be. We can manage ourselves perfectly well. We have a democracy. We have educated people. We have our institutions. But they may not be at the mark of the United States for example or some other leading countries. They have had the chart of democracy or the road of democracy as old as 200 years. Our first constitution may have been in 1932. Very basic. But the more recent one – one that embraced libertarian values, individual freedoms, all of this was in 2008. Not far away. Our tourism industry is far older than our new constitution. And therefore, we should be nurtured. We should get time to nurture ourselves. We should get time to improve our institutions. But clearly, the world has seen that what we offer, the hospitality we offer with these resplendent features, pristine waters, and also clearly the hospitality of people is unparalleled elsewhere. And therefore even if you consider only those as attributes or characteristics of Maldives, there is no reason why we should be unfairly blamed. But on the contrary, we would ask all investors from world over to be with us, to visit our shows, and be partners in development rather than be criticizing what we are doing. Singapore has gone through this journey. Singapore is as old or as young as the Maldives. We both celebrated 50th anniversary last year. Or two years back. Singapore’s road to democracy, Singapore’s road to modernization, and Singapore’s road to economic enrichment is a classic example that are taught at schools and universities. What we are purely trying to emulate is an example similar to Singapore. But first and foremost, we need to have law abiding citizens, we need to have peace and all of us should believe that with this peace is the dividend that we are looking for. With this peace is only what we can attract investments with. And that is what this Government is intent on doing. We can attract all these brand new hotels. We can attract the best hotels in the world. And therefore the patronage should be the best people who come here. And so clearly, as a leader trying to lead this country, I am particularly happy that Mercure is here.

Several of Singapore corporate investors are investing particularly in tourism and also as celebrities, royal families of the Middle East and elsewhere, they have found and they have chosen to invest in Maldives. They have made every effort to be partners in development with Maldives. As a small island nation with really nothing to prosper with, we are trying our best to eke out a living, to engage our resources to the fullest so that we can fulfill the pledges and we can fulfill the dreams that we live for the people. Today we witness a similar incidence like that. Thousand young people are assured of their jobs. And the necessary training has been also signed. What more could you ask? Everywhere in the world people are crying out for jobs – unemployment or voluntarily unemployed. No different is the story here in Maldives. So, it is what as leader we are trying to address.

So we should be very generous with our investors. Its’ not only Government, our corporate leaders, political party leaders, all of us should embrace all the foreign investors who come and try to be partners in development. And this is all we are asking as leaders of this country presently that this is what we should entertain. Imagine the peace and tranquility of this particular resort area. Clearly, this atoll is an unspoiled atoll. And Mercure could have chosen no better location for their hotel property. And similarly we could offer several other properties here in Maldives. We are knocking at the doors of investors. And investors are coming not only from Singapore, investors are coming from first world as well. And therefore it is only fair that as a nation we be branded properly. This is a destination country. This is a destination for people from all over the world, regardless of religion or creed. We can pay best tribute, best patronage to people from all over the world. And this is how we would like as Maldivians to remain. And this is our mainstay of our economy.

As we are closing our 50 years of tourism in Maldives, let us reminisce again, who would have thought that we would come this far. And therefore it is in the best interest of this country that we maintain and preserve and drive forward economy by moving into ventures that will bring more and more revenue from tourism area alone. When we embarked on a billion dollar project developing the new International Airport, a brand new International Airport, in the same lagoon 5 minutes boat ride foreign private enterprise, a billion dollars is there. That is the confidence Government can give to the people. That is the confidence Government can give to entrepreneurs from all over the world.

Just let me fondly recall Ambassador Chua in his delivery, he was encouraging all Singaporean investors to explore Maldives further. Lots of Singaporean investors are here. And we would welcome more and more Singaporean investors. And I was hoping that Ambassador Chua would find time and also resources to invest in Maldives. If that message has been delivered, I would have been a happier President. But then again we are all in this partnership together. World is a global world. And everything we do, every effort we make has a bearing on what is going on elsewhere in the world. So, we will strive, to Janaah and Singaporean partners, our partners in development, let me again, in concluding, welcome you again to the Maldives and be good partners in development. Allah will praise all our works and praise be to Allah.

والســّلام عليــكم ورحـمــة اللّـه وبـركاتـه.