بســم اللّـه الرّحمـن الرّحيــم


ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލު ކުރަމުން.
 

އާދެ، މިރޭ އަޅުގަނޑަށް ލިބޭ ޚާއްޞަ އުފަލެއް ކަމުގައި އަޅުގަނޑު ދެކެނީ، އަޅުގަނޑު ވަރަށް އުންމީދުކުރާ ކަމެއް ފުދިގެންދާތީ، އަދި އެކަމުގައި ބައިވެރިވެ، އެކަން މުޅިން ނިމުމަކަށް ގެނެސް، ކުދިންގެ މުސްތަޤްބަލް އުޖާލާ ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރި ކުދިންތަކެއްގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވޭ ޖަލްސާއަށް އަޅުގަނޑަށް ދަޢުވަތު ދެއްވީމަ. އެކަން ފުރިހަމަކޮށްދިނުމަށް އަދި ތިޔަކުދިންނާ ބައިވެރިވުމަށް ލިބޭ ފުރުޞަތު.


އާދެ، ވަރަށް ކުރިއްސުރެ އަޅުގަނޑު ދައްކާ ވާހަކައެއް، ޢާންމު ތަންތަނުގައި ވާހަކަ ދައްކަމުން. އެއީ ހަމަ ޒުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަ ދައްކަމުން. ވަޒީފާއަކީ ވަކި ބައެއްގެ ޙައްޤެއް ނޫނޭ. އަމުދުން ރާއްޖޭގެ ވަޒީފާއަކީ މަސައްކަތްކުރާނެ ދިވެހިން ނުލިބިގެން، ބިދޭސީން އަދާކުރަންޖެހޭ، ނޫނީ އަޅުގަނޑުމެންގެ އިޤްތިޞާދުގެ ރައުސްމާލުން ބައިއެޅިގެން ދާންޖެހޭ ކަމަކަށް އަމުދުން ވެގެންނުވާނެއޭ.


އެއާއެކީ ދެވަނައަށް ބުނާ ވާހަކައަކީ، އަޅުގަނޑުމެންނަކީ ހަމައެކަނި މަސައްކަތުގައި ފިރިހެނުން ޝާމިލުވެ އުޅެންޖެހޭ މުޖުތަމަޢަކަށް ވެގެންނުވާނެ. އަޅުގަނޑުމެންގެ އާބާދީގައިވެސް ދެބައިކުޅަ އެއްބަޔަށްވުރެ މިހާރު އިތުރުވަނީ އަންހެނުން. އެހެންވީމާ، އަންހެނުންނަކީ އެއްގޮތަކަށްވެސް ސްޓީރިއޯޓައިޕްވެގެން، ވަކިކަހަލަ މަސައްކަތެއް ކުރުމަށް، ވަކިކަހަލަ މަސައްކަތެއް ނުކުރުމަށް ތިބެންޖެހޭ ބައެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެހެންވީމާ، ވަޒީފާއަށް ޒުވާން ކުދިން ޝައުޤުވެރި ކުރުވުމުގެ ގޮތުން ދައްކާ ވާހަކައިގެ ތެރޭގައި އަޅުގަނޑު ބުނަން، އަޅުގަނޑު ހަމަ ވަރަށް ދެކޭހިތްވެއޭ ޒުވާން އަންހެން ކުދިންނަކީވެސް ޕްލަމްބިންގ، އިލެކްޓްރިކަލް ވަޔަރިންގ އަދި މިނޫންވެސް މާބޮޑަށް ހަޑިނުވާޒާތުގެ މަސައްކަތްކުރާ ކުދިންނަށް އަދި މަސައްކަތްކުރާ ތަން ފެންނަ ދުވަހަކަށް އަޅުގަނޑު އިންތިޒާރުކުރާ ވާހަކަ. އަޅުގަނޑު އެއްގޮތަކަށްވެސް ގަބޫލެއްނުކުރަން، ވަކިކަހަލަ ސިފަތަކެއް، ވަކިކަހަލަ މަސައްކަތްތަކެއް، ވަކިގޮތަކަށް ޕެކޭޖް ކުރެވިގެން، ސްޓީރިއޯޓައިޕް ކުރެވިގެން ދާންވާނެ ކަމަކަށް. އަޅުގަނޑު އެއްގޮތަކަށްވެސް މި ވާހަކަ ދައްކަނީކީ، ދީނުގައި ވަކިގޮތަކަށް މިކަން އޮވެގެން، އެކަހަލަ ޚިޔާލެއްގައެއްނޫން. އަޅުގަނޑު މި ދައްކާ ވާހަކައަކީ، އަޅުގަނޑުމެންގެ ދައުލަތް ބިނާކުރުމުގައި، އަދި އަޅުގަނޑުމެންގެ ވެށި ރަނގަޅު ވެށްޓަކަށް ހެދުމުގައި، އަދި ދިވެހިރާއްޖެއަކީ ދިވެހިންގެ އުފެއްދުންތެރިކަމާއެކީ، މުއްސަނދިކަން ދިވެހިންގެ މެދުގައި ޙިއްޞާކުރެވޭ، އަދި މިއަދުގެ އާބާދީ ކޮންމެ 10 ން 7 މިއީ ޒުވާން ކުއްޖަކަށް ވެގެންދާއިރު، މުސްތަޤްބަލާ ދޭތެރޭގައި ކޮންމެ ޒުވާން ކުއްޖެއްގެ އުންމީދު ފުރިހަމަވެގެންދާއިރު، އެކުދިން ކުރަންޖެހޭނީ ކޮންކަހަލަ ކަންތައްތަކެއްތޯ؟
މި އުފައްދާ ސުވާލު.


އަޅުގަނޑުމެން މިއަދު މި ފާހަގަކުރަނީ މަސައްކަތުގެ ދާއިރާގައި، ފޮޓޮގްރަފީގެ 1000 ދަރިވަރުން ތަމްރީނު ކުރަން، ނޫނީ 1000 މީހުން އުފައްދަން ކުރާ މަސައްކަތުގެ ތެރެއިން މިހާރުވެސް ގާތްގަނޑަކަށް 700އާ ކައިރި އަދަދެއް މި ދިޔައީ. މިރޭ އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ، ދެންމެ އިޢުލާނު ކުރެވިގެން އެ ދިޔައީ، މިނިސްޓަރ ޢާއިޝަތު ޝިހާމްގެ ވާހަކަފުޅުގައި 414 ކުދިން. އަދި މީގެކުރީގައި 200 ކޮންމެވެސްވަރެއް ވެއްޖެ. އަދި އޭގެތެރެއިން އެއްބަޔަކު އެ އުޅެނީ މަސައްކަތުގައި. އާދެ، އިރާދަކުރެއްވިއްޔާ ދާދި އަވަހަށް 1000 ފޮޓޮގްރާފަރުން ހަމަވެގެންދާނެ.


އާދެ، 1000 ފޮޓޮގްރާފަރުން ހަމަވެގެންދާއިރު، އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމަކީ، ޒުވާން ކުދިން މިއަދު މި ނުކުންނަނީ މަސައްކަތަށް. މިތާ މި ތިއްބެވީ އެކިދުވަސްވަރު މަދަރުސާތަކުގައި ކިޔަވަން އުޅުނު ކުދިން. އަދި މަދަރުސާތަކުގައި ކިޔަވައިދެއްވަން އުޅުއްވި މުދައްރިސުން، އަދި ޕްރިންސިޕަލުން، އަދި މިހާރު މިނިސްޓަރުން، އަދި ދައުލަތް ހިންގުމުގެ އެންމެ އިސް ސަފުގައި ތިއްބެވި ބޭފުޅުން. އާދެ، މި ލެޑަރގައި ޖެނެރޭޝަން ގެޕްތަކެއް މި ފެނިގެން ދިޔައީ. މި ލެޑަރގައި އަޅުގަނޑަށް ފެނިގެން މިދަނީ އެންމެ ތުއްތު ކުދިން ފެށިގެން މުޖުތަމަޢުގެ އެންމެމަތީ ހަރުފަތާ ހަމައަށް ގޮސްފައި ތިބި ބޭފުޅުން މިތާ ތަމްސީލުވެފައި އެބަތިބި. އެހެންވީމާ، މި ހޯލުން އަންނަ ވައިބްސްއަކީ ވަރަށް ވަރުގަދަ ވައިބްސް ކަމަށް ވާންޖެހޭނެ. އަޅުގަނޑުމެން މިކަހަލަ އެހެން ޖަލްސާތަކަށް ގޮސް، ޚާއްޞަކޮށް، އެޑިޔުކޭޝަން މިނިސްޓްރީން ބާއްވާ ޖަލްސާތަކަށް ގޮސް އަބަދުވެސް ދައްކާ ވާހަކައަކީ، ކޮންމެ ބޭފުޅަކު ޖަލްސާ ޝަރަފުވެރިކޮށްދެއްވިޔަސް ދައްކަވާ ވާހަކައަކީ، ތިޔަ ކުދިންނަކީ މާދަމާގެ އުންމީދޭ. ތިޔަ ކުދިންނަކީ މާދަމާގެ މުސްތަޤްބަލޭ. ތިޔަކުދިން ދެން ނުކުންނަންވީ ޢަމަލީ މަސައްކަތަށޭ.


މިއަދު އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ، މި ތިބީ ޢަމަލީ މަސައްކަތަށް ނުކުމެފައި ތިބި ބައެކޭ. އެކަމަކު އަޅުގަނޑުމެން އަނެއްކާވެސް މިހާރު ގަބޫލުކުރަންވީ ކުރިއާ ޚިލާފަށް، ކުރީގައި ދަސްވެފައި ހުރި ބައެއް ކަންތައްތައް އަލުން ލަރން ކުރަން. ނޫނީ ދަސްވެފައި ހުރި ބައެއް ގޯސް ހެބިޓްތައް އަންލަރން ކުރުން. މިއީ، އެޑިޔުކޭޝަން ޕްރޮސެސްގައި އަޅުގަނޑުމެން ވަރަށް ޝައުޤުވެރިކަމާއެކީ ދައްކާ ވާހަކައެއް. އަބަދުވެސް އެކި ކަންތައްތައް ބަދަލުވެގެން އަންނައިރު، ދަސްވެފައި ހުރި އެއްޗެހި އަލުން ދަސްކުރަން އެބަޖެހޭ. ދަސްވެފައި ހުރި އެއްޗެހި އާގޮތަކަށް ދަސްކުރަންޖެހޭ. އަދި ދަސްވެފައި ހުރި ބައެއް އެއްޗެހި އަންލަރންވެސް އެބަ ކުރަންޖެހޭ. އަންލަރންވެސް ކުރަންޖެހޭ. އެއީ ތަރައްޤީ.


އެހެންވީމާ، ތަޢުލީމީ ޕްރޮސެސްގައި މިދާއިރު އަޅުގަނޑުމެން މިރޭ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އެބަ ދަސްކުރަންޖެހޭ، މަސައްކަތް ކުރަމުން ކިޔަވަން. ކިޔަވައި ނިންމާފައެއް ނޫން މަސައްކަތް ކުރާނީ. އަޅުގަނޑުމެންގެ ކުރީގެ ވިސްނުމަކީ ކޮބައިތޯ؟ ކިޔަވާނެވަރަކަށް ކިޔަވައި ނިންމާށޭ. އޭގެފަހުން މަސައްކަތް ކުރަން. މަންމައަކާއި ބައްޕައެއްގެ އުންމީދަކަށް، ޝަރަފަކަށްވާނީ ރަނގަޅު ދިރިއުޅުމެއް ބިނާކުރެވޭވަރުގެ ޤާބިލު ދަރިޔަކު ދުނިޔެއަށް ގެނައުން. އަދި އެކުއްޖާ ބަލައި ބޮޑުކޮށް، އެކުއްޖާގެ ފަރާތުން މި ދެންނެވި ލޯތްބާއި އިޙްތިރާމް، މުޅި މުޖުތަމަޢުގެ ފަރާތުން މަންމައަށާއި ބައްޕައަށް ލިބިގެންދިޔުން. އެހެންވީމާ، އަޅުގަނޑުމެން ކޮންމެ ބައްޕަޔަކު، މަންމަޔަކު މި އެދެނީ ކޮންމެ ދަރިޔަކީ ރަނގަޅު ޒިންމާދާރު، ޤައުމު ބިނާކުރުމުގައި، ނޭޝަން ބިލްޑިންގ ޕްރޮސެސްގައި ކޮންމެވެސް ހިސާބެއްގައި، ކޮންމެވެސް ލިންކޭޖެއްގެ ތެރޭގައި އުޅޭނެ ކުއްޖަކަށް ވެގެންދިޔުން. މި ލިންކޭޖުން ބޭރުވެގެން ނުދާނެ. އަދި މި ސެކިއުރިޓީ ނެޓްގެ ތެރެއިންވެސް ބޭރުވެގެން ނުދާ ކުއްޖަކަށްވުން. ކޮންމެ ކުއްޖެއްގެ ޙިއްޞާއެއް އޮންނަންޖެހޭ.


އެހެންވީމާ، އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހެނީ، ހުރިހާ ކުދިންނަކީ އެއްގޮތަކަށްވެސް ކިޔެވެލި ނިންމާފައި، ޢަމަލީ މަސައްކަތަށް ނުކުންނަންޖެހޭ ކުދިންނެއް ނޫން. އަޅުގަނޑުމެންގެ ރާއްޖެ މިއަދު މި ކުރިއަރާވަރަށް ބަލާއިރު، އަދި ރާއްޖޭގައި އޮތް ޒުވާން އާބާދީއަށް ބަލާއިރު އެއީ އަޅުގަނޑުމެންނަކަށް އެފޯޑް ކުރެވޭނެ ކަމެއްނޫން. އަޅުގަނޑަކަށް ބަލަހައްޓައިގެން ނުހުރެވޭނެ، އަޅުގަނޑުމެންގެ ކިޔަވާ އެތައްހާސް ކުދިންނެއް ފަސްޓް ޑިގްރީ ހަދައި ނިންމައިގެން 4 އަހަރު، އޭގެފަހުން ގްރެޖްއޭޓް ޕްރޮގްރާމެއް ހަދައިގެން ދޮޅުއަހަރު، 2 އަހަރު، 6 އަހަރު. 6 އަހަރު ނިންމާފައި އައިސް މަސައްކަތް ކުރަންދެން މިތަނުގެ ހުރިހާ ވަޒީފާތަކުގައި ބިދޭސީން އުޅޭތަން ބެލުމަކީ އެއްގޮތަކަށްވެސް ކޮމްފަޓިންގ ވިސްނުމެއް ނޫން. ކޮމްފަޓިންގ ތޯޓެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން އެބަ ދަސްކުރަންޖެހޭ. އަޅުގަނޑުމެން ކިޔަވާ ހުރިހާ ކުދިންނަކީ ރާއްޖެއިން ބޭރަށް ދިޔުމުގެ ފުރްޞަތުވެސް ލިބޭ ކުދިންނެއް ނޫން. ރާއްޖޭގެ ޔުނިވަރސިޓީތަކުގައި، ރާއްޖޭގެ ހައި އެޑިޔުކޭޝަން އިންސްޓިޓިއުޓްސްގައި ކިޔަވަން ތިބޭ ކުދިން. އެހެންވީމާ، އަޅުގަނޑުމެން މިއަދު ދަސްކުރަންޖެހޭ އެއްޗަކީ، ކުރީގައި އަޅުގަނޑުމެން ވިސްނާގޮތާ ޚިލާފަށް، ކުރީގައި އަޅުގަނޑުމެން އެގޮތަށް ވިސްނައި އުޅެނީ، މިސާލަކަށް، އެތައް އަހަރެއް ކުރިން އަޅުގަނޑު ޖީ.ސީ.އީ އޯ ލެވެލް ހަދަމުން ދިޔައިރު އިނގޭތޯ، ގަބޫލުކުރައްވާ! ގަބޫލުކުރައްވާ! އަޅުގަނޑުމެންގެ ގްރޭޑްގައި، މަޖީދިއްޔާގައި، ގްރޭޑްގައި އެންމެ ކްލާހެއް. ކުދިންގެ އަދަދު 9. އަމީނިއްޔާގައި އަޅުގަނޑުމެންގެ ގްރޭޑްގައި، 10 ގައި ކުދިންގެ އަދަދު 17. އެހެންނަމަވެސް، އެ އަދަދަށް ކުދިން ނުކުމެގެން ކިޔަވަންދާއިރު، ކޮންމެ ކުއްޖެއްގެ ޚިޔާލުގައިވެސް ހުންނާނީ ހަމަ އެންމެމަތީ އެންމެ ޝަރަފުވެރި އޮކިއުޕޭޝަނަކަށް ދާން.


މިއަދު އަޅުގަނޑުމެންނަށް އެ ފުރްޞަތު އެބައޮތްތޯ؟ މިއަދު އަޅުގަނޑުމެންނަށް ވަކި ކޯހެއް ނުލިބިގެން، ވަކި ތަމްރީނެއް ހަދަން ބޭނުންވެގެން ނުލިބިގެން، އެ ތަމްރީނު ލިބޭތޯ އަޅުގަނޑުމެންނަށް 4 އަހަރު، 5 އަހަރު ނަގައިލުމުގެ ފުރްޞަތު އެބައޮތްތޯ؟ އެއްވެސް ކުއްޖަކަށް ނެތް. އަޅުގަނޑުމެންނަކަށް ކިޔެވުން ފަށްޓާފައި، ކިޔަވައި ނިންމައިގެން ފަސްޓް ޑިގްރީ، ގްރެޖްއޭޓް ޕްރޮގްރާމެއް، އަދި އިތުރަށް ކިޔަވަން ބޭނުންވާ ކުދިން ޑޮކްޓަރަލް ޕްރޮގްރާމެއް ހަދައިގެން އައިސްފައި، ދެން ޤައުމަށް ޚިދުމަތްކުރާ ކަމަށްވަންޏާ، ދެން މޮޅު މީހުންނަށްވާނެ. އެކަމަކު ޤައުމު އޮންނާނީ އެތައް ތަނެއް ކުރީގައި. އެބަދޭ ވަރަށްބޮޑު ގެޕެއް. އެހެންވީމާ، އަޅުގަނޑުމެން ދަސްކުރަން މި ޖެހެނީ، އަޅުގަނޑުމެންގެ އެތައްހާސް ކުދިންނަކީ މިއަދު، އަދި ދިވެހިރާއްޖޭގައި މިހާރު ސަރުކާރުގެ ފަރާތުން ޕާރޝަލް ސްކޮލަރޝިޕްސް، ނޫނީ ފުލް ސްކޮލަރޝިޕްސް ރާއްޖޭގައި ކިޔަވަން މިދޭ ކުދިންނަށް، އަޅުގަނޑުމެން ބޭނުންވާ، ޤައުމު ބިނާކުރަން ބޭނުންވާ ފަންނުތަކުން ދެމުންދާއިރު، އަޅުގަނޑުމެން ބޭނުންވަނީ ކުދިންނަކީ ކިޔަވަމުން، މަސައްކަތް ކުރަމުން، ކޮންމެވެސް ވަޒީފާއެއް އަދާކުރަމުން، އެ ވަޒީފާތަކުގެ ތެރޭގައި މިދެންނެވި ކަހަލަ މަސައްކަތްތައްވެސް ހިމެނޭގޮތަށް، އަދި މަސައްކަތް ކުރަމުންވެސް ކިޔަވާ މީހުންނަށްވާން އެބަޖެހޭ. އެ ކުރާ މަސައްކަތެއް އިތުރަށް މުރާޖަޢާ ކުރަންޖެހޭ. ރިފްރެޝް ކުރަންޖެހޭ. އަދި ނޫނީވިއްޔާ އެހެން ދާއިރާއެއް ކިޔަވާ ކަމަށްވަންޏާ، އެއީ ތިމާގެ ދާއިރާއެއް، ނޫނީވިއްޔާ ގުޅުންހުރި ދާއިރާއެއް ކިޔަވާ ކަމަށްވަންޏާ، އެއީވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.


އެހެންވީމާ، އަޅުގަނޑުމެން މިހާރު ދަސްކުރަން އެބަޖެހޭ، އަނެއްކާވެސް ކޮންމެ ކުއްޖަކީވެސް ކިޔެވެލި ނިންމާފައި، ހުރިހާ ކިޔެވުމެއް ނިންމާފައި ޢަމަލީ މަސައްކަތަށް އަންނަ ކުދިންނަށްވާން ޖެހިގެނެއް ނުވާނެ. މި ވިސްނުމުގައި އަދި އެއްވެސް ކުއްޖަކު، އެއްވެސް ކުއްޖަކު ބާކީނުކުރުމުގެ ބޭނުމުގައި، އަޅުގަނޑުމެން ރަސްމީ މުޤައްރަރުގެ ތެރެއަށް ލައިގެން މިހާރު މި ޢަމަލުކުރަމުން މިގެންދަނީ. ބީޓެކް ޕްރޮގްރާމެއް އެބަ ހިންގޭ. ދަސްވާރު ޕްރޮގްރާމެއް ހިންގޭ. ދެންމެ އެޑިޔުކޭޝަން މިނިސްޓަރ ޢާއިޝަތުގެ ވާހަކަފުޅުގައި އަޅުގަނޑުމެންނަށް އޭގެ ތަފާސްތަކެއް އެ ވިދާޅުވެދެއްވީ. އެއް ޕްރޮގްރާމެއްގައި 88 ޕަސެންޓް ކުދިންނަކީ، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ ބީޓެކް ނޫނީ ދަސްވާރު، 2 ޕްރޮގްރާމް ދޮގެއްތޯ. އަނެއް ޕްރޮގްރާމެއްގައި މަތީ ޕަސެންޓެއް. ކޮންމެ 10 ކުއްޖެއްގެ ތެރެއިން 8 ކުއްޖަކު މިއުޅެނީ ވަޒީފާއެއްގައި. ނޫނީވިއްޔާ އެ ދާއިރާއަކުން އިތުރަށް ކުރިއަށްދަނީ. އެހެންވީމާ، ވަރަށް ކާމިޔާބު ޕްރޮގްރާމަކަށް ވެގެން މިދަނީ. އަނެއްކާ މިހާރު މި އިޢުލާނު ކުރެވޭ، އެކިކަންކަމަށް ކުރިމަތިލުމަށް އިޢުލާނު ކުރެވޭ އެކިކަހަލަ ވޮކޭޝަނަލް ކޯސްތަކަށް، ނޫނީވިއްޔާ މަސައްކަތްތަކަށް، ވަރަށްގިނަ އަދަދަކަށް ކުދިން އެބަ ކުރިމަތިލާ.


ދެން މިއީ ދިވެހިރާއްޖެއަށް ޚާއްޞަ ކަމެއްތޯ؟ ދިވެހިރާއްޖެއަށް އެބަ ޚާއްޞަވޭ މިކަން. ދިވެހިރާއްޖެއަށް މިކަން ޚާއްޞަ މިވަނީ ސަރުކާރުން ކުރާ ކަންތައްތަކުގެ ތެރެއިން، ސަރުކާރުގެ ވިސްނުން އަބަދުވެސް މި ހުންނަނީ ވަށާޖެހޭގޮތަކަށް ކަންކަން ގެންދަން. އެކަމަކު މިއީކީ އެއްގޮތަކުން ބަލާއިރު، އެއް ނަޒަރިއްޔާއިން ބަލާކަމަށްވަންޏާ، ތާރީޚަށް ބަލާކަމަށްވަންޏާ، ނޫނީ ކޮންޓެމްޕްރަރީ ތާރީޚަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖެ އަލަށް ފަށައިގެން އުޅޭ ކަމެއްނޫން. ދެވަނަ ބޮޑުހަނގުރާމައާއި، ހިރޮޝިމާގެ އެޓޮމިކް ބޮމާއެކީ ޖަޕާން ފުނޑިގެން ހަލާކުވެގެން ދިޔައީ. ޖަޕާނުގެ މުޅި އިޤްތިޞާދު، އަދި ދެން އެހެން ކަންތައްތައްވެސް. އެމީހުންގެ މުޅި ސައިކީވެސް އަލުން ބިނާކުރަންޖެހުނު. އިޤްތިޞާދު ބިނާކުރުމުގައި އެންމެ އިސްކަމެއް ދިނީކީ މަތީ ތަޢުލީމު ހާސިލުކުރާކަށެއް ނޫން. އެންމެ އިސްކަމެއް ދިނީކީ އެއްގޮތަކަށްވެސް މަތީ ތަޢުލީމަކަށް ނޫން. އެންމެ އިސްކަމެއްދިނީ ޓެކްނިކަލް އެޑިޔުކޭޝަނަށް، އެޕްލައިޑް ޓެކްނޮލޮޖީއަށް، މަސައްކަތް ދަސްކުރަން.


އެހެންވީމާ، ގާތްގަނޑަކަށް ޖަޕާނުގެ ރަސްމީ މުޤައްރަރުގެ ތެރޭގައި ވިއްސަކަށް އަހަރު އެދިޔައީ މަސައްކަތް ދަސްކުރުމުގެ ޕްރޮގްރާމްތަކެއް. މަސައްކަތްތަކެއް ދަސްކޮށްގެން ޞިނާޢީ އަނެއްކާވެސް ވަރުގަދަ ޤައުމަކަށް ޖަޕާނުވީ. މިހެން ދެންނެވިޔަސް، މިއީ ރަސްމީ މުޤައްރަރުގައި މިކަން އޮތްގޮތް. މިހެން ދެންނެވިޔަސް، އޭގެ މާނައަކީ ޑޮކްޓަރުންނާއި، ސައިންޓިސްޓުންނާއި، ފިޒިޝަނުންނާއި، އެހެން ބަޔަކު ނުއުފައްދާ ވާހަކައެއް ނޫން. އެކަމަކު ރަސްމީ ޕްރޮގްރާމްގެ އެންމެބޮޑު އިސްކަމެއްދިނީ ޙަޤީޤަތުގައިވެސް ޓެކްނިކަލް އެޑިޔުކޭޝަނަށް. އެއީ ޖަޕާން، މިއަދުގެ ޖަޕާނަކަށްވެފައި އޮތްގޮތަކީ.


އެހެންވީމާ، އެ ކާމިޔާބު އިވެލުއޭޓް ކުރަން ބޭނުންކަމަށްވަންޏާ، މިއީކީ އެއްގޮތަކަށްވެސް ދެރަކަމެއްނޫން. އަޅުގަނޑުމެން ގަބޫލުކުރަންވާނެ، ކޮންމެ ކުއްޖަކީ ޑޮކްޓަރަކަށްވެސް ނުވާނެ. މިދެންނެވީ އެމް.ބީ.ބީ.އެސް ޑޮކްޓަރަކަށްވެސް ނުވާނެ. ހުރިހާ އެންމެންނަކީ ޑޮކްޓަރުންނަށް ވެއްޖިއްޔާ ބަލިމީހުންވެސް އަޅުގަނޑުމެން ހޯދަންވެސްޖެހޭނެ ދޮގެއްތޯ. އެހެންވީމާ، ހުރިހާ އެންމެންނަކީ ޑޮކްޓަރުންނަކަށްވެސް ނުވާނެ. އަދި ހުރިހާ ކުދިންނަކީ ޑޮކްޓޯރަލް ޑިސަޓޭޝަނާ ހަމަޔަށް ދަތުރުކުރާ ކުދިން ކަމަށްވެސް ނުވާނެ. ކުދިންގެ އެޓިޓިޓިއުޑްވެސް ނެތި ހިނގައިދާނެ. އަދި ކުދިންގެ އިންކްލިނޭޝަން، ނޫނީވިއްޔާ ކުދިންގެ އެފެކްޝަންވެސް ނެތި ހިނގައިދާނެ. އެއީކީ ގޯހެއްވެސް ނޫން. އެކަމަކު ކޮންމެ ކުއްޖަކަށްވެސް، އެ ކުއްޖަކު ހިތްހަމަޖެހޭ، އަދި އެ ކުއްޖާގެ ފަރާތުން މުޖުތަމަޢަށް ފައިދާއެއްހުރި އަދި ޒުވާން ކުއްޖަކަށްވާއިރު، ޒުވާން ކުއްޖެއްގެ މަސްއޫލިއްޔަތުތަކެއް ފަށާ ހިސާބު އެކުއްޖަކަށް ވިސްނެންވާނެ. އެއްގޮތަކަށްވެސް ހަމައެކަނި ފިރިމީހާ ގެޔަށް ގެންނަ ލާރިކޮޅުން ދިރިއުޅެން އަންހެން ކުދިން ވިސްނައިގެން ނުވާނެ. ކޮންމެ އަންހެން ކުއްޖަކީ އަމިއްލަ ފައިމަތީގައި ހުރެވޭވަރުގެ އެމްޕަވަރޑް ޤާބިލުކަންހުރި، މާލީގޮތުން ޤާބިލުކަން ހުރި ކުއްޖަކަށްވާންޖެހޭނެ. އެކަމަކު އެއްގޮތަކަށްވެސް މި ދެންނެވީކީ ޑިޕެންޑް ނުކުރާށެކޭ ނޫން. އެކަމަކު އެ ކެޕޭސިޓީ ހުންނަންވާނެ. އެ ކެޕޭސިޓީ ހުންނަންވާނެ. އަޅުގަނޑުމެންގެ ރާއްޖޭގައި ކައިވެނިތައް ރޫޅެނީ އެހެން ތަންތަނަށްވުރެ މާ އަވަސްމިނުގައި.


އެހެންވީމާ، އެއްގޮތަކަށްވެސް އަޅުގަނޑަކަށް ފަސޭހައެއް ނޫން ގަބޫލުކުރާކަށް، އަޅުގަނޑުމެންގެ ތެރެއިން ނިކަމެތިވެގެންމިދާ އަންހެން ކުދިން އެއީ ކަމެއް ނެތިފައި، ކުރެވޭނެ ކަމެއް ނެތިފައި ތިބެންޖެހޭ ބަޔަކަށްވެގެންނުވާނެ. އެހެންވީމާ، މިއަދުގެ ޒުވާން ކުދިން ކިޔަވާއިރު ތަފާތު ވެލިއު ސިސްޓަމަކާއެކީ އެކުދިން އެބަ ވިސްނަންޖެހޭ. އެހެންވީމާ، ކީއްވެގެންތޯ އިލެކްޓްރިޝަނުން އަޅުގަނޑުމެންގެ ތެރޭގައި، އަންހެން ކުދިންގެ ތެރޭގައި ނުއުފެދެންވީ؟ ކީއްވެތޯ ފޮޓޮގްރާފަރުން ނުއުފެދެންވީ؟ ނޫނީ ކީއްވެގެންތޯ ޕްލަމްބަރސް ނުއުފެދެންވީ؟ ހަމައެކަނި އަންހެންކުދިން ކުރަންޖެހޭ ކަމަކީ ޑޮކްޓަރސް، ނަރސިންގ، ފާރމަސީ މިކަހަލަ ކަންތައްތައް އެކަންޏެއް ނޫން. ހަމަ ޓެކްނިކަލް ޢަމަލީ ޕްރެކްޓިކަލް މަސައްކަތުގައި އަންހެން ކުދިންނަށް އުޅެވެންޖެހޭނެ.


ދެން މީގައި ސްކޯޕަށް ބަލައިލަމާ ހިންގަވާ! ސަރުކާރުން މިއަދު މި ކުރަންޖެހޭ ކަންތައްތަކަށް ބަލާއިރު، މިއީ އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތީ ހަމަ ވަރަށް އެކްސްޕްލޯޑިންގ ޔޫތު ޕޮޕިއުލޭޝަނެއް. ވަރަށް ބޮޑަށް އިތުރުވަމުންދާ ޔޫތު ޕޮޕިއުލޭޝަނެއް. އަޅުގަނޑަށް ބަލައިލަން ލިބުނު. އަދި އަޅުގަނޑުމެން ސަރުކާރުން އެއްވެސްކަހަލަ އުނި އިތުރެއް ގެންނަން، ބަދަލުކުރަން ސްޓެޓިސްޓިކްސް، ނޫނީވިއްޔާ ސްޓެޓިސްޓިކްސްއަށް ބޭސްކޮށްފައި ނެރެފައި ހުރި އިންފަރެންޝަލް ޖަޖްމަންޓްތަކަށް ބަލައިލުމަށް އަޅުގަނޑަށް ލިބުނު ހަމަ ވަރަށް ވަރުގަދަ ޔުނިވަރސިޓީއެއްގެ ޕްރޮފެސަރަކު، ނޫނީ ރިސަރޗް ސްޓޫޑެންޓެއް ލިޔަމުންދާ ރިސަރޗް ޕޭޕަރެއް ދިވެހިރާއްޖޭގެ މިދިޔަ ގާތްގަނޑަކަށް 40 އަހަރުގެ އިޤްތިޞާދުގެ ތާރީޚާ ބެހޭގޮތުން. ސައިކްލްތަކެއް އަންނާނެ. ބިޒްނަސް ސައިކްލްތަކެއް އަންނާނެ. އިކޮނޮމިކް ސައިކްލްތަކެއް އަންނާނެ. ދެން އެ ރިސަރޗްގައިވެސް އިނގޭތޯ. އަޅުގަނޑު ބަލައިލާއިރު ހަމަ ވަރަށް އެމޭޒިންގ ކަންތައްތައް، ވަރަށް ޙައިރާން ކުރަނިވި ކަންތައްތައް އެބަހުރި. އޭގެތެރޭގައި ނިންމައިލަމުން މި ދައްކާ ވާހަކަޔަކީ ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ޒުވާން އާބާދީ ބޮޑުވެގެންދިޔައިމަ، އޭގެ ހަމަ ނެގެޓިވްސް ޕްރޯޒް އެންޑް ކޯންސް އެބަހުއްޓޭ. ޕްރޯޒްއަކީ އިންޖީނުގެ ހަކަތައަކީ ޒުވާނުންގެ ހަކަތަ. ނޫނީ ޒުވާނުންގެ ވިސްނުމާއި ޒުވާނުންގެ ކެރުން. މީގެ ނެގެޓިވްސްއަކީ، މީގެ ނެގެޓިވްސްއަކަށްވަނީ، ނޫނީވިއްޔާ މީގެ ފްލިޕް ސައިޑްގައި ޑައުން ސައިޑްވެގެންދާއިރު، މީގެ އުނދަގޫ ކަންތައްތަކުގެ ތެރޭގައި، ސަރުކާރެއް ހިންގަން ތިބި ބަޔަކަށް، ސަރުކާރު ހިންގަން ތިބި ބައެއްގެ ތެރޭގައި، އަޅުގަނޑު މި ދަންނަވަނީ ހަމަ ދައުލަތް ހިންގާ މީހުން. ކޯޕަރޭޓް ސެކްޓަރވެސް ހިމެނޭގޮތަށް. ޕްރައިވެޓް އިންޑަސްޓްރީވެސް ހިމެނޭގޮތަށް. ޕްރައިވެޓް އިންޑަސްޓްރީއަށް ލިބޭ ދިރުމަކީވެސް ސަރުކާރުން ޕްރައިވެޓް އިންޑަސްޓްރީއާ ދޭތެރޭގައި ކަންކުރާގޮތް. ޕްރައިވެޓް އިންޑަސްޓްރީއާއި ސަރުކާރާ ގުޅިގެން ވަޒީފާތައް މި އުފައްދަނީ. ކޮންމެ މީހަކު ކިޔަވަނީވެސް އަދި ކޮންމެ މީހަކު ނުކުންނަނީވެސް ކޮންމެވެސް ވަޒީފާއެއްގެ އުންމީދުގައި. އެންމެ އޮނަރަބްލް ކަމަކީ، އެންމެ އޮނަރަބްލް ކަމަކީ ކޮންމެ ކުއްޖަކީވެސް ޝަރަފުވެރި ދިރިއުޅުމެއް އެހެން މީހަކަށް ޑިޕެންޑް ނުކޮށް، އެ ދިރިއުޅުމުގެ ކަންތައްތައް ފުއްދުމަށްޓަކައި އެހެން މީހަކަށް ޑިޕެންޑް ނުކޮށް އުޅެވޭވަރުގެ އާމްދަނީ ލިބޭ ކުއްޖަކަށްވެގެންދިޔުން.


ދެން މިހެން ދަންނަވާއިރުވެސް އަޅުގަނޑުމެންނަށް މިއަދު ގެދޮރުގެ ދަތިކަމާއި އަދި އެހެންވެސް ބައެއް ދަތި ކަންތައްތައް ހުރީމަ އަޅުގަނޑުމެންނަށް އެނގޭ، މި ދެއްކެނީކީ މާ ކައިރިން އަޅުގަނޑުމެންނަށް އަތްފޯރާ ހިސާބުގައި ހުރި ކަންކަމެއް ނޫންކަމަށް ބައެއް ކުދިންނަށް ޚިޔާލަށް އަންނާނެ. އެކަމަކު އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ އުންމީދު ހުރެއްޖެ ކަމަށްވަންޏާ، އެހެން ވިސްނާކަށް ނުވެސްޖެހޭ. މިއަދު ސަރުކާރުން މިކުރާ މަސައްކަތުގެ ތެރޭގައި ލޯނު ހޯދައިގެން، ފައިސާ ހޯދައިގެން އެއީ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުން ގުނޭ ކަންކަމަށްވާތީ، އެތައް ކަމެއް އެއްފަހަރާ ކުރަމުންދާތީ، ފަހަރުގައި އަޅުގަނޑުމެން ބޭނުންވާ ބާރުމިނުގައި ފްލެޓްތައް ނޭޅި ހިނގައިދާނެ. އެކަމަކު މިއަހަރު ހުސްވުމުގެ ކުރިން އިރާދަކުރެއްވިއްޔާ ޢަމަލީ މަސައްކަތް ފެށިގެން އެދަނީ 7000 ފްލެޓްގެ. އަނެއްކާ މި އަންނަ އަހަރުވެސް ފެށިގެން ދާނެ އަނެއްކާ އިތުރު 8000. އަޅުގަނޑުމެން މިއުޅެނީ އަޅުގަނޑުމެންގެ ރިޔާސީ ދައުރުގެ ތެރޭގައި އެންމެ މަދުވެގެންވެސް 15000 ހައުސިންގ ޔުނިޓްސް ހެދޭތޯ. އެކަމަކު މިއީކީއެއް ސަރުކާރުގެ ބަޖެޓަކުން ކުރާ ކަންކަމެއް ނޫން.


ދެން އަޅުގަނޑުގެ ކްރިޓިކުން. އެކިކަންކަމާ ކުރިމަތިލާފައި، ކަންކަން ހަވާލުވީމަ އެއްވެސް ކަމެއް ނުކުރެވި ދުރުގައި ގޮސް ކުޅިބަލަން ތިބޭ މީހުން އަޅުގަނޑުގެ ކްރިޓިކުންނަކީ. އަޅުގަނޑުގެ ކްރިޓިކުން މިއަދު ބުނާނެ، ތިޔަ ހުރިހާ ވާހަކައަކީ، ކީއްވެގެންހެއްޔޭ ގެދޮރުވެރިނުކުރެވެނީ؟ ހުރިހާ ކަމެއް ހުއްޓާލާފައި ގެދޮރުވެރިކުރާށޭ. ހުރިހާ ކަމެއް ހުއްޓާލައިފި ކަމަށްވަންޏާ، ގެދޮރުވެރިކުރާ ތަންތަނުގައި ހަމަގައިމުވެސް ހިލެއެއްނުވާނެ. އާމްދަނީ ހޯދާނެ މަސައްކަތެއް އޮންނަންވާނެ. އާމްދަނީ ހޯދުމަށްޓަކައި ކޮންމެވެސް މަސައްކަތެއް ދަސްކޮށްދޭންޖެހޭނެ. ބީޓެކް ޕްރޮގްރާމެއްގައި ކުއްޖަކު ބައިވެރިވާންޖެހޭނެ. ދަސްވާރު ޕްރޮގްރާމެއްގައި ކުއްޖަކު ބައިވެރިވާންޖެހޭނެ. ފޮޓޮގްރަފީ ކޯހުގައި ކުއްޖަކު ބައިވެރިވާންޖެހޭނެ. އެހެންނޫނީ އަދި މިހިރީ ގެދޮރޭ، މިތަނަށް ކޮންމެ މަހަކު 7000 ރުފިޔާ ދައްކާށޭ ބުންޏަސް، އެކުއްޖާއަށް 7000 ރުފިޔާ ދެއްކޭނެގޮތެއް ނޯންނާނެ. އެއީ، ޑިމާންޑް ކޭޓަރ ކުރުމަކީ. ޑިމާންޑެއް އުފެދޭނެ. ޑިމާންޑަކީ ހަމައެކަނި ކަމަކަށް ބޭނުންވުމެއްނޫން. އިކޮނޮމިކްސްގައި ޑިމާންޑަކީ ކަމަކަށް ބޭނުންވެފައި، އެކަން ފުއްދޭވަރަށް، ނޫނީ އެކަން ގަނެވޭވަރުގެ ރައުސްމާލެއް، ލާރި އަތުގައި ހުރުން.


އެހެންވީމާ، ޑިޒަރޔަރ އާއި، ޑިޒަރޔަރ އަކީ އެމީހަކު ބޭނުންވާ ކަންކަން. ޑިމާންޑަކީ އެމީހަކު ބޭނުންވާ ކަމެއް، އޭނައަށް ހާސިލުކުރުމަށް ކެޕޭސިޓީ އޮތުން. މިއީ ވަރަށް ތަފާތު ދެ އެއްޗެއް. އަޅުގަނޑު ބޭނުންވާނެ. އަޅުގަނޑު ޑިޒަރޔަރ ކުރާނަން، ހަމަ ހަނދަށް ދާންވެސް. އެއީ ޑިޒަރޔަރ. އެކަމަކު އަޅުގަނޑަކަށް ޑިމާންޑެއް ނުކުރެވޭނެ އެކަމަކަށް. ހަމަ އެންމެ އާދައިގެ، އެންމެ ފުރަތަމަ އިކޮނޮމިކްސް ފިލާވަޅުގައި ކިޔަވައިދޭ އެއްޗެއް. އެހެންވީމާ، މިއީ ވަރަށް ތަފާތު ދެ އެއްޗެއް. ކުއްޖަކަށް ޑިމާންޑް ކުރެވިދާނެ ކޮންމެ ކަމެއްވެސް. ކުއްޖަކަށް އެދެވިދާނެ. ޑިޒަރޔަރވެސް ވެވިދާނެ. ބޭނުންވެދާނެ. އެހެންނަމަވެސް، އެއީކީއެއް ކުއްޖަކަށް ފުދިގެންދާނެ ކަމެއްނޫން.


އެހެންވީމާ، ފްލެޓް އުފައްދާ ކަމަށްވަންޏާ، ހަމަ ކްރިޓިކުންނަށް ދަންނަވާލަން އޮތީ، އާނ! ހުރިހާ ކަމެއް ހުއްޓާފައި މިކަން ކުރާކަމަށްވަންޏާ، އަޅުގަނޑު ހުއްޓާލަން އެބަޖެހޭ ޞިއްޙީ ފަރުވާދިނުމުގެ ކަންކަންވެސް. އަޅުގަނޑު ހުއްޓާލަންޖެހޭ ސްކޫލަށް ކުދިން ގެންދިޔުމުގައި ސްކޫލްތަކުގައި ތަމްރީނު ކުރުމުގެ މަސައްކަތްތައްވެސް. އަޅުގަނޑު ހުއްޓާލަން އެބަޖެހޭ މިހާރު އަލަށް ފަށައިގެން އަޅުގަނޑުމެންގެ ސަރުކާރުގެ 5 އަހަރުވާއިރު އަޅުގަނޑު މި ބަލަނީ، ރާއްޖޭގައި ހުރިހާ ދިމާއެއްގައި ތިބީ ދިވެހި ޓީޗަރުން ހަމަގައިމުވެސް. މި ޑިގްރީ ފެންވަރުގެ ޓީޗަރުންނަށް ހެދުމަށް.


މީގެކުރީގައި ކިހިނެއްތޯ؟ އަޅުގަނޑުމެން ހިންގަވާ ވިސްނާލަން. މިތާ ތިބި ކިޔަވާކުދިން. އަދި ޚާއްޞަކޮށް، ރާއްޖެތެރޭގެ ރަށްރަށުގައި ކިޔަވަން އުޅެފައި އައި ކުދިން ކަމަށްވަންޏާ، އަޅުގަނޑު މިބުނާ އެއްޗެއް ހަނދާނަށް ގެނެވޭނެ. އަޅުގަނޑު ހަމަގައިމުވެސް، އަނެއްކާވެސް މިއީވެސް ޤަރުނެއްގެ ކުރީގެ ވާހަކަ ކަންނޭނގެ މި ދެކެވެނީ. އަޅުގަނޑު އެންމެ ފުރަތަމަ ސިޔާސީ ޙަޔާތަށް ނުކުމެ ޕަބްލިކް ލައިފް، ނޫނީވިއްޔާ ރައްޔިތުންގެ މަޖިލިސް ކެމްޕެއިނަށް ނުކުމެ، 1993 ވަނަ އަހަރު ނިމެން އުޅެނިކޮށް އަޅުގަނޑު މި މަސައްކަތަށް ނުކުތީ. އަޅުގަނޑު ހަމަގައިމު ދަތުރުކުރި އަތޮޅުގައި އެތަކެއް ރަށެއްގައި އޭރުގެ މަދަރުސާގައި 8 ވަނަ ކްލާހުން ނިންމާފައި ތިބި ކުދިން އެބަތިބޭ ވަގުތީ ނާޒިރުންގެ ގޮތުގައި. ނޫނީ ސްކޫލްގެ އެންމެ އިސްމީހާގެ ގޮތުގައި. އަދި އެގޮތަށް، މިތާ އެބަ ތިއްބެވި އެޑިޔުކޭޝަން ދާއިރާގައި ވަރަށް ޒަމާނުގައި ޚިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުން. އެގޮތަށް އެމީހުން އެބަތިބޭ ދިހަ ބާރަ އަހަރު ވަންދެން ވަގުތީ ދާއިމީ ވަޒީފާގައި. މިއީ އަޅުގަނޑުމެން ޖަހާ ހަމަ ޖޯކެއް. ވަގުތީ ދާއިމީ ވަޒީފާގައި އެބަތިބޭ. އެ ތިބެނީ 8 ވަނަ ކްލާސް، 9 ވަނަ ކްލާސް، 10 ވަނަ ކްލާސް ފެންވަރުގެ އެ ތިބެނީ ބޮޑެތި މަދަރުސާތަކާ ހަވާލުވެގެން. އެކަމަކު މިއަދު ދޮގެއްތޯ މި މަސައްކަތްތަކެއް މި ކުރެވެނީ، ޙަޤީޤަތުގައި މި ހުރިހާ އެންމެންނަކީ ޑިގްރީ ފެންވަރުގެ މީހުންނަށް ހަދަން. އަދި ހުރިހާ ޓީޗަރުންނަކީ ޑިގްރީ ފެންވަރުގެ ޓީޗަރުންނަށް ހަދަން. މިހާރު އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ، ޑިޕްލޮމާ އިން ނެޝަނަލް، ނޫނީ ފޮރިން ޑިޕްލޮމާއެއް އޮންނަންވާނެއޭ. އިރާދަކުރެއްވިއްޔާ އެކަން މި ހާސިލުވީ. ދެން އަޅުގަނޑުމެން މި ބަލަނީ ޑިގްރީއެއް އޮތުން. ދެން ކޮބައިހެއްޔޭ މީގެ ބޭނުމަކީ. ކުރިންވެސް ކިޔެވީއޭ. މިހާރުވެސް ކިޔެވީއޭ. ކުރިންވެސް ދިވެހި ކުދިންނޭ. މިހާރުވެސް ދިވެހި ކުދިންނޭ. ނޫން. ތަފާތެއް އެބައޮތް. ހަމަގައިމުވެސް މިހާރުގެ ދިވެހި ކުދިންނަށް ލިބެން ބޭނުންވާ ޢިލްމާއި، އަދި ކުދިންގެ ފަރާތުން ލިބެން ބޭނުންވާ އައުޓްޕުޓް މިހާރު ހުރި ރައީސް ހަމަގައިމުވެސް މާ ޑިމާންޑް ބޮޑު. ކުރީގައި އެ ކުއްޖަކަށް ކިޔެވުނު މިންވަރަކަށް ކިޔެވުނު އެއްޗެއް ކިޔެވީމަ ފުދޭ ދުވަހެއް ނޫން މިއަދު މިއީކީ. މިއަދު ކޮންމެ ދިވެހި ކުއްޖަކީ، ކޮންމެ ދިވެހި ކުއްޖަކީ އިޤްތިޞާދީ އެސެޓެއް ގޮތަށް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. ކޮންމެ ކުއްޖަކަށް ހުރިހާ ފުރްޞަތެއް އެބަ ތަނަވަސްކޮށްދޭންޖެހޭ. ފުރްޞަތު ތަނަވަސްކޮށްދޭ ކަމަށްވަންޏާ ހަމައެކަނި އެކުއްޖާ ކިޔަވާނީކީއެއް ލެޕްޓޮޕެއް ހިފައިގެން ރިސަރޗް އެކަންޏެއް ނޫން. އެކުއްޖާއަށް ރިސަރޗް ކުރާނެ މެތަޑޮލޮޖީވެސް އެންމެ ކުޑަމިނުން ދަސްކޮށްދޭންޖެހޭ. އެންމެ ބޭސިކްސް ދަސްކޮށްދޭ ކަމަށްވަންޏާ، ގްރޭޑް 8 ގައި، 9 ގައި އުޅެފައި މަދަރުސާއިން ވަކިވެފައި ހުރި ކުއްޖަކު ދެން ފަހުން ޓީޗަރަކަށްވެގެން ކިޔަވައިދޭ ކިޔަވައިދިނުމާއި، ޑިޕްލޮމާއެއް، ހަޔަރ ޑިޕްލޮމާއެއް، ނޫނީ ޑިގްރީއެއް ހަދާފައި ހުންނަ ކުއްޖަކު ކިޔަވައިދިނުމާ، ހަމަ އެ މާއްދާ، ހަމަ އެ ސިލަބަސް ކިޔަވައިދިނުމާ ހަމަ އުޑާއި ބިމާހާ ތަފާތުވާނެ. އެހެންވެގެން ޓީޗަރުންވެސް ފަންނުވެރި ބަޔަކަށް މި ހަދަން މިޖެހެނީ. އެހެން ނޫންތޯ؟


އެހެންވީމާ، އެތައް ބައިވަރު އިތުރު މަސައްކަތްތަކެއް ކުރަމުން މިދަނީ. އެތައް ބައިވަރު އިތުރު މަސައްކަތް ކުރަމުންދާ ކަމަށްވަންޏާ، ހަމައެކަނި ސަރުކާރުގެ ހަމައެކަނި އެޖެންޑާއަކީ، ފްލެޓް އެޅުން ކަމަކަށްނުވާނެ. އެއްވެސް ސަރުކާރަކުން ކުރި ކަމެއްނޫން. ހުރިހާ ސަރުކާރަކުން މީގެކުރިން ހަމައެކަނި ފްލެޓް އެޅިނަމަ މިއަދު އަޅަންޖެހޭ ފްލެޓެއް ނުހުންނާނެ. އެހެންވީމާ، އަޅުގަނޑުގެ ކްރިޓިކުންނަށްވެސް ދަންނަވަން ބޭނުންވަނީ، އަޅުގަނޑުމެން ވިސްނާގޮތް މިހާރު މި ބަދަލުކުރީ އެއީ، ދިވެހި ޒުވާނުންނަކީ ޤާބިލު ބަޔަކަށް ހެދުމަށް ވަޒީފާގެ ފުރްޞަތު ހޯދައިދިނުމަށްޓަކައި ކުރާ މަސައްކަތް.


އެހެންވީމާ، އަޅުގަނޑު ދެކެން ބޭނުންވަނީ، އަޅުގަނޑުމެންގެ ތެރޭގައި ވަށާޖެހޭ ނިޒާމެއް. ވަށާޖެހޭ ނިޒާމެއް އަޅުގަނޑުމެން އުފައްދައިގެން މިކުރާ މަސައްކަތަކީ ހަމަ ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު އިތުރުކޮށްދިނުން. މި ދެންނެވި ރިސަރޗް ކަރުދާހުގައި، ދެން އެ ދާދި އަވަހަށް ޕަބްލިޝްވެގެން ނުކުންނާނެކަންނޭނގެ. މި އަންނަ އިޤްތިޞާދީ އިކޮނޮމީ ސައިކްލްސްގެ ތެރޭގައި. 4 ސައިކްލްއެއް ބަޔާންކޮށްދީފައި އޮތީ. އެއީ 1970ގެ ކުރީކޮޅުން ފެށިގެން ގާތްގަނޑަކަށް 2 ސައިކްލް މި އޮންނަނީ. ރައީސް މައުމޫންގެ ޓަރމް ނިމެންދެން. ފުރަތަމަ ސައިކްލްގެ ތެރޭގައި އައީ ހަމަ ވަރަށްގިނަ މަސައްކަތްތަކެއް ކުރެވެމުން. އިޤްތިޞާދީ ގޮތުން ހަމަ އޭރު ދިވެހިރާއްޖެ އޮތް ފެންވަރުން އެތައް ތަނެއް މައްޗަށް ދިޔައީ. ރައީސް މައުމޫން ވާހަކަފުޅު ދައްކަވާއިރުވެސް ވިދާޅުވާނެ، ޤައުމީ އުފެއްދުންތެރިކަން ބޮލަކަށްޖެހޭވަރު 190 ނޫނީ 170 މިކަހަލަ ކޮންމެވެސް ޑޮލަރެއްގައި އޮވެފައި، އެ އުފުލިގެންދިޔަ 1500 އިން ނޫނީ 2000، 3000 ކޮންމެވެސްވަރަކަށް އުފުލިގެންދިޔަ. ދެން 2 ވަނަ ސައިކްލްވެސް އައީ އެ ޕީރިއަޑްގެ ތެރޭގައި.


ރައީސް މައުމޫންގެ ސަރުކާރު ނިމި، 2008 ވަނަ އަހަރަށް އަލިވިލިގެން ދިޔައިރު، ނޫނީ 2009 ވަނަ އަހަރަށް އަލިވިލިގެންދިޔައިރު، ދެން އައީ ހަމަ އިޤްތިޞާދީ ބޮޑު ޑައުންޓައުނެއް. ޑައުންޓައުން ހަމަ ދަށަށް ވެއްޓިގެންދިޔަ ބޮޑުސިންގާ ކަންތައްގަނޑެއް އައިސްގެން މި ދިޔައީ. ބަޖެޓް ޑެފިސިޓްވި. ހަމަ އެތައް ތަނެއް ބޮޑުވެގެންދިޔައީ. ބޮޑުވެގެންދިޔުމާއެކީ ހަމަ ނެގެޓިވް ގްރޯތް 1 އަހަރު، 2 އަހަރު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، 2009، 2010، 2011 ގައިވެސް. ހަމަ ނެގެޓިވް ގްރޯތް ފެނިގެންދިޔައީ. ހަމަ ވަރަށް ބޮޑަށް އިޤްތިޞާދު މިއޮތީ ހަމަ ބޯކޮޅު ވަތަށްޖަހާފައި. ނެގެޓިވް ގްރޯތް. ދެން ހަމައެއާއެކީ އެ ސަރުކާރު ނިމި، ދެން އައި ސަރުކާރުވެސް މާގިނަ މަސައްކަތްތަކެއް ކުރާނެ ފުރްޞަތެއް ނުލިބުނު. އިޤްތިޞާދު އޮތީ އޮން ދަ ބްރިންކް އޮފް ކޮލެޕްސް. ހަމަ މިއީ ބޭނުންކޮށްފައި އޮތް ލަފްޒަކީ. [އޮން ދަ ބްރިންކް އޮފް ކޮލެޕްސް].


އެ ހިސާބުން މި ފެށެނީ 4 ވަނަ ސައިކްލް. މިހާރުގެ އާ އުންމީދުތަކާއެކީ. މިހާރުގެ ޓްރާންސްފޮމޭޝަނަލް ވިސްނުންތަކާއެކީ އާ ސައިކްލް ފެށެނީ. ފަށާއިރު، ފަށައިގެން މިދާއިރު، އަޅުގަނޑުމެންގެ ހަމަ ރަނގަޅު ނަތީޖާތަކެއް ފާހަގަކޮށްފައި ހުރީ. އެކަމަކު ނިންމާލަމުން އަޅުގަނޑުމެންނަށް ކޯޝަންކޮށްފައި އޮންނަ ކަމަކީ މި ދަންނަވާ ކަންތައް. ޒުވާން އާބާދީއެއް. އެކްސްޕްލޯޑިންގ އާބާދީއެއް. ޕްރޯޒް އެންޑް ކޯންސް އެބަހުރި. ޕްރޯޒްއަކީ މަސައްކަތަށް ނުކުންނާނެ ޢިލްމީ ނޫނީ މަސައްކަތް ދަންނަ، މަސައްކަތުގެ ވައްޓަފާޅި ދަންނަ ކުދިންތަކެއް އުފެއްދިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ އިޤްތިޞާދު ހަމަ މިދާގޮތަށް ކުރިއަށް ގެންދެވޭނެ. އެކަމަކު މިހުރިހާ ކުދިންނަށް އެކަށީގެންވާ ވަޒީފާތަކެއް ހޯދައިނުދެވިއްޖެ ކަމަށްވަންޏާ ފްރަސްޓްރޭޝަން. ދެން ހަމައެއާއެކީ މާޔޫސްކަން. މާޔޫސްކަމާއެކީ ސޯޝަލް ކެއޯސް، ސޯޝަލް ކޮހީޝަން ގެއްލިގެންދަނީ. ހުރިހާ އެންމެންނަށް އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާން މިޖެހެނީ.


އެހެންވީމާ، މި ސަރުކާރު، ނޫނީވިއްޔާ ދެން އަންނަން އޮތް ސަރުކާރުތަކުންވެސް މިކަމުގައި ކުރަންއޮތީ ކޮންކަމެއްތޯ؟ މި ސަރުކާރުން މިކުރާ މަސައްކަތުގެ ތެރޭގައި އަޅުގަނޑުމެން އަބަދުވެސް އިސްކަން މިދެނީ ޒުވާނުން އުފައްދަން. ޒުވާނުންނަށް ވަޒީފާދޭން. ވަޒީފާދޭ ކަމަށްވަންޏާ، މި ރިސަރޗް ޕޭޕަރުގައިވެސް މި ދައްކާ ވާހަކައަކީ މިއީ. އެއަރޕޯޓް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަމާ ހިންގަވާ. އެއަރޕޯޓްގެ ޚިޔާލު އަޅުގަނޑުމެން ކުރާއިރު، އަޅުގަނޑުމެންނަށް އެބަ އެނގިގެންދޭ، މި 5 އަހަރު ނިމިގެންދާއިރު، 50,000 އިތުރު އާ އެނދު އުފެދިގެންދާންޖެހޭ. މިއަހަރުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ 30 ރިޒޯޓް ހުޅުވިގެންދާނެ. މި އަންނަ އަހަރާއެކީ އަޅުގަނޑުމެން އުންމީދު މި ކުރަނީ 50,000 އާ އެނދު އުފެދިގެން ދާންވާނެކަމަށް. މިއީ އެތައް ބައިވަރު ވަޒީފާއެއް ދޮގެއްތޯ؟ މި ވަޒީފާގެ ލިންކޭޖް ހުރިގޮތް، ދެންމެ މިނިސްޓަރ ސަޢީދުގެ ވާހަކަފުޅުގައި ވިދާޅުވެދެއްވައިފި. ހަމަގައިމު ލޯންޗް ސަރވިސްއެއް ފެށިދާނެ. މި މީހުންނަށް ކާންދޭނެ މަސް އުފައްދަން އެބަޖެހޭ. މަސްހިފަންޖެހޭ. މަސް ފަރމްކުރަންޖެހޭ. ކަލްޓިވޭޓް ކުރަންޖެހޭ. މިކަހަލަ އެތައް ކަމެއް އެބަހުރި. އަދި ތަރުކާރީއާއި މޭވާއަށް ބެލިޔަސް. ނޫނީ އެހެން މަސައްކަތްތަކަށް ބެލިޔަސް. ކީއްތޯވާނީ ރޫމްބޯއީޒްއާ ހަމައިން ވިސްނިއްޔާ. ހަމަގައިމު ކޮންމެ ރިޒޯޓެއްގެ ކޮންމެ ކޮޓަރިއެއްގެ އެނދު ތަންމަތިއަޅަންވެސްޖެހޭނެ ދޮގެއްތޯ؟ އެހެން ނޫންތޯ. މި އުފެދެނީ ލައްކަ ގިނަ ވަޒީފާ ދޮގެއްތޯ. ދެން އެއަށްވުރެ ޝަރަފުވެރި ވަޒީފާތަކާ ހަމައަށްދާކަމަށްވަންޏާ، ކޮންމެ ރިޒޯޓެއްގައި އެންމެ މަދުމިނުން އެކަކު، ދެމީހަކު، ތިންމީހަކު އެކައުންޓެންޓުން، ނޫނީ ފައިނޭންޝަލް ކްލާކުންގެ ގޮތުގައިވެސް އުޅޭނެ. އިދާރީ އެތައް މުވައްޒަފުންނެއް ތިބޭނެ. ޕީ.އާރު މަސައްކަތް ކުރާނެ އެތައް ބަޔަކު ތިބޭނެ. މިހިރީ ހައްތަހާވެސް ހުރި ބައިވަރު މަސައްކަތްތައް ދޮގެއްތޯ. މިއާއެކީ ރިޒޯޓްތަކުގައި އުފެދިގެންދާ އެތައް ބައިވަރު ތަފާތު މަސައްކަތްތަކެއް. އެންމެ ސްމާޓް ކުދިންނަށް، އެންމެ ބްރައިޓް ކުދިންނަށް ރިޒޯޓްތަކުގައި ބުކިންގއަށް، ނޫނީ ރިޒޯޓްތަކުގައި އެހެން ކަންތައްތައް ކުރުމަށް، އެކިކަހަލަ ސޮފްޓްވެއަރ އުފެއްދުން، ސޮފްޓްވެއަރ އަޕްޑޭޓް ކުރުން، މިކަހަލަ އެތައް މަސައްކަތެއް ދޮގެއްތޯ. އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން ނޭނގޭކަހަލަ މަސައްކަތް. އެކަމަކު އެންމެ އުފާވެރި މަސައްކަތަކަށް ވެގެންދާނީ މިހުރިހާ ކަމެއް ނިމިގެންދާއިރުވެސް އުފާވެރި ރީތި މަންޒަރުތަކެއް ލިބިގެންދިޔައިމަ، އެ މަންޒަރުތައް އަންނަން އޮތް ޖީލުތަކަށް ގެނެސްދެވޭނެ ގޮތެއް. ވާހަކަ ކިއިދާނެ. އިބުނި ބަޠޫތާވެސް އެބަހުރި ވާހަކަ ކިޔައިދީފައި. އެކަމަކު އިބުނި ބަޠޫތާގެ ވާހަކައިގައި އަޅުގަނޑުމެންނަކަށް ނުލިބޭ ރީތި ފޮޓޯތަކެއް.


އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތަކީ، މިދެންނެވި ކަހަލަ ރީތި ތަޞައްވުރު، އަޅުގަނޑުމެން ދެން އަންނަން އޮތް ޖީލަށް، ތަޞައްވުރުތައް ތަޞްވީރުގެ ސިފައިގައި ގެނެސްދޭން ކުރާ މަސައްކަތް. ހަމައެކަނި ރީތިވެގެންދަނީ ލޭންޑްސްކޭޕެއް ނޫން. ރީތިވެގެން ދާންޖެހޭނީ ތަޅާފޮޅާ ޒުވާނުން ދޫކޮށްލާފައި، ހިތްހަމަޖެހުމާއި އުފަލާއި، ބޮޑުޢީދުގެ އުފަލުގައި އުޅޭކަހަލަ ޒުވާން ކުދިންތަކެއް އަޅުގަނޑުމެންގެ މުޅި މުޖުތަމަޢުގައި ޢާންމު ފީޗަރއަކަށް ވެގެންދާތަން. އެ ފެންނަ އުފަލަކީ، ނޫނީވިއްޔާ ތުއްތުކުދިން ސްކޫލަށްދާއިރު، ނޫނީވިއްޔާ ތުއްތުކުދިން ހިތްހަމަޖައްސާލަން މައިންބަފައިންނާއެކީ މާލެ ކަހަލަ ޖާގަ ފުރިފައި އޮތް ތަނެއްގައި ނުކުންނާނެ އެކި ކަހަލަ ގާޑްންތަކާއި ބަގީޗާތައް އޮތީމަ، އެ ތަންތަނުން އެ ފެންނަ ރީތި މޫނުތައް، އެ ފޮޓޯތައް އަ ޕިކްޗަރ ޓެލްސް ތައުޒަންޑް ވަރޑްސް ދޮގެއްތޯ. އަޅުގަނޑުމެންގެ މި އިންތިޒާރު އެއީ. އެ ފޮޓޯތައް އަޅުގަނޑުމެން ކިހިނެއްތޯ އަންނަން އޮތް ޖީލަށް ގެނެސްދޭނީ މިކަހަލަ ފޮޓޮގްރާފަރުންގެ ބޭނުން ނުހިފޭ ކަމަށްވަންޏާ. އެހެންވީމާ، އެއީ ދޮގެއްތޯ އަޅުގަނޑުމެންގެ ޘަޤާފަތް. ނޫނީވިއްޔާ އަޅުގަނޑުމެންގެ ތާރީޚު، އަންނަން އޮތް ޖީލުތަކަށް ޕާސް ޑައުން ކުރާނެ ގޮތަކީވެސް. އެހެންވީމާ، އަޅުގަނޑުމެން ދެކެން ބޭނުންވާނީ، މި ދެންނެވި ހުރިހާ މަސައްކަތެއްގެ ނަތީޖާއަކަށް ވެގެންދާނީ، މި ދެންނެވި ކަހަލަ ރީތި، ރިވެތި ސިފަތަކެއް ދެން އަންނަން ތިބި ބަޔަކަށް ކިޔައިދޭނެ، ވާހަކަ ކިޔައިދޭނެ ގޮތަށް ކިޔައިދޭނެ ވާހަކަ ދޮގެއްތޯ. އެ ފެންނަން މި އަންނަނީ ފޮޓޯތަކެއްގެ ސިފައިން.


އެހެންވީމާ، މި އުފެދޭ އިންޓަރނޭޝަނަލް އެއަރޕޯޓުން އެތައްހާސް ވަޒީފާއެއް އުފެދިގެންދަނީ. އެއާއެކީ މި އިންޓަރނޭޝަނަލް އެއަރޕޯޓް ވައިބަލް ކުރުމަށްޓަކައި އުފައްދަމުން މިގެންދާ އިޤްތިޞާދީ އެންމެބޮޑު މަސައްކަތަކީ ޓޫރިޒަމްގެ މަސައްކަތް. ހަމަ ދިހަހާހުން، ދިހަހާހުން ގުނާކަހަލަ އެތައްހާސް ވަޒީފާއެއް އުފެދިގެންދަނީ. މިހުރިހާ އެއްޗަކީ ލިންކޭޖްވެގެން މިދަނީ ހުޅުމާލެ ޔޫތުސިޓީ. ހުޅުމާލޭ ޔޫތުސިޓީއަކީ ހަމައެކަނި އެތާ ޒުވާނުންނަށް، އަދި އެތަނުން ގެދޮރު ނެތް މީހުންނަކަށް ފްލެޓް ދިނުމެއް ނޫން. އެއާއެކީ އެ އަންނަނީ އަޅުގަނޑުމެންގެ ވިސްނުމުގައި އެކަންކަން ކާމިޔާބުވެގެންދާ ކަމަށްވަންޏާ، އެތައް ބައިވަރު ބޭރުގެ އިންވެސްޓްމަންޓްތަކާއި ދިވެހިރާއްޖޭގެ އަމިއްލަ ވިޔަފާރި. މި އަންނަ ކަމަށްވަންޏާ، އެ މަސައްކަތްކުރާ ޒުވާނުންނަށް އެ ވަޒީފާތަކަކީ އަޅުގަނޑުމެން ގަބޫލުކުރަންވާނެ، އެއީ އަޅުގަނޑުމެންގެ ތަނަވަސްކަން ކަން. އެ ވަޒީފާތަކަށް އަޅުގަނޑުމެންގެ ދަރިން ނުލިބިގެން އަޅުގަނޑަކަށް ހިއެއްނުވޭ އަވަށްޓެރި ޤައުމުތަކުން އަޅުގަނޑުމެން ސަލާން ޖަހައިގެން މީހުން ގެންނަން ޖެހޭނެހެނެއް. މި ވިސްނުމުގައި ކުރާ މަސައްކަތެއް.


އެހެންވީމާ، މިއީ ދެކޮޅުޖެހޭ، ވަށާޖެހޭ ނިޒާމެއްގެ ވާހަކަ މި ދެއްކެނީ. މި ދެންނެވި ރިސަރޗް ޕޭޕަރުގައިވެސް ކޯޝަނެއްގެ ގޮތުގައި ފްލޭގްކޮށްފައި އޮތް މައްސަލައަކީ މިއީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުމުގައި މިއީ އޯލްރެޑީ އަޅުގަނޑުމެންގެ ވިސްނުމުގެ ތެރޭގައި އަދި އަޅުގަނޑުމެންގެ ކޮމްޕިއުޓިންގގެ ތެރޭގައި އަޅުގަނޑުމެން އެތެރެކޮށްފައި އޮތް އިމްޕުޓެއް. މިކަން ކުރުމަށްޓަކައި އެތައްހާސް ވަޒީފާއެއް އުފެއްދޭތޯ މަސައްކަތް ކުރަނީ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތް އަޅުގަނޑުމެން މި އެދޭގޮތަށް ﷲގެ ރަޙްމަތާއެކީ ކުރިއަށްދާ ކަމަށްވަންޏާ، މި ދެންނެވި ކަހަލަ ކެއޮޓިކް ސިޓުއޭޝަނަކަށް، ދިވެހިރާއްޖެ ޓަރބިއުލަންޓް ސިޓުއޭޝަނަކަށް ގޮސްގެން ނުވާނެ. އެކަމަކު ޓަރބިއުލަންސަށް ދިޔުމާއި ނުދިޔުމަކީވެސް އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެއް. އަޅުގަނޑުމެންގެ އަތްމަތީގައި އޮތީ އަޅުގަނޑުމެންގެ އިޤްތިޞާދު ހަލާކުކޮށްލުން. އަޅުގަނޑުމެންގެ އަތްމަތީގައި އޮތީ އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް. އެއްޗެއް އުފެއްދުމަކީ އެތައް ވަގުތެއް ނަގާ ކަމެއް. އެތައް މެއިން އަވަރޒް ނަގާ ކަމެއް. އެއްޗެއް ހަލާކުކޮށްލުމަކީ ހަމަ ލޯ މަރާލާފައި، ލޯ ހުޅުވައިލުންކަހަލަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއްޗެއް ޑިމޮލިޝް ކޮށްލުމަކީ ފަސޭހަކަމާއެކީ ކުރެވިދާނެ ކަމެއް.


އެހެންވީމާ، ކަލްޗަރއެއް އުފެއްދޭ. އިކޮނޮމިކް ކަލްޗަރއެއް އެބަ އުފެއްދޭ. މޮޑަނައިޒޭޝަން މަސައްކަތްތައް އެބަ ކުރެވޭ. ޒުވާނުންނަށް ވަޒީފާތަކެއް އުފައްދައި އެބަދެވޭ. ޒުވާނުންތަކެއް، ހުނަރުވެރި، ކޮންފިޑެންޓް ބަޔަކަށް ހެދުމުގެ މަސައްކަތްތަކެއް އެބަ ކުރެވޭ. އަދި ކޮންމެ ޗީފްގެސްޓަކު ވަޑައިގެން ސްކޫލް ކުދިންނަށް ކިޔަވައިދެއްވާ ފިލާވަޅުތަކުގެ ތެރޭގައި، ހަމަގައިމުވެސް އަޅުގަނޑު ކިޔަވައިދޭ ފިލާވަޅުތައް އަޅުގަނޑު ގުނަން. ފޮތްތަކުން ވަރަށްގިނަ ކަންތައްތައް އެނގޭނެ. އެކަމަކު އެންމެ ވަރުގަދަ އެއްޗަކީ އެ ކުއްޖާއަށް ލިބެންޖެހޭ ސެލްފް ކޮންފިޑެންސް. އެ ކުއްޖާއަށް އެނގެންޖެހޭނެ، އެ ކުއްޖާގެ އިނަރ ފީލިންގްސްގައި ކޮންކަމެއްތޯ ކުރަން ބޭނުންވަނީ؟ އަދި އެ ކޮންފިޑެންސް ހުރެގެން ނޫނިއްޔާ އެއްވެސް ކަމަކާ ކުއްޖަކު ކުރިމައްޗެއްނުލާނެ.


އެހެންވީމާ، ޓީޗަރުންނަށްވެސް ކޮށްދެވޭ ވަރަށްބޮޑު މަސައްކަތުގެ ތެރޭގައި ކޮންފިޑެންސް އިންސްޓިލް ކުރުމަށްޓަކައި ކުރާ މަސައްކަތް ކުރައްވާ. އެހެންނަމަވެސް، އެއީ އެ ކުއްޖާ އަމިއްލައަށްވެސް، އެ ކުއްޖާގެ ބެލެނިވެރިންނާއި އަނެއްކާ ދެންމެ އަޅުގަނޑުމެންނަށް ވީޑިއޯގައި އެ ފެނުނު އަންހެން ކުއްޖާގެ އެ ގާތް ދެ ރަޙްމަތްތެރިން ކަހަލަ ގޮތަށް ނެވަރ އެބެންޑަން، ކަމެއް ކުރަން ފަށައިފި ކަމަށްވަންޏާ، އެކަމަކީ ޝައުޤުވެރި މަސައްކަތެއް ކަމަށްވަންޏާ، އެ މަސައްކަތް އެބެންޑަން ކޮށްލުމަކީ ލޫޒަރުން ކުރާ ކަމެއް. އެގޮތަށް މަސައްކަތް ކޮށްގެނެއް ދުވަހަކުވެސް ކާމިޔާބީއާ ހަމައަކަށް ނުދެވޭނެ. އެހެންވީމާ، ކޮންފިޑެންސް އަންނާނީ މި ދެންނެވި ކަހަލަ އެތައް ކަމެއް ކުރެވިގެން.


އެހެންވީމާ، މިހުރިހާ ކަމެއް އެމްބޮޑީވެގެން އަންނަ ކޮންސެޕްޓްތަކެއް މިހާރު މި އަންނަނީ. މަސައްކަތަށް ކުދިން ތަމްރީނު ކުރުން. މަސައްކަތަށް ކުދިން ނެރުން. އަދި އެ މަސައްކަތުގައި ކުދިން ދެމިތިބުމުގެ ޝައުޤުވެރިކަން. ދެމިތިބުމުގެ ޝައުޤުވެރިކަން އަންނާނެ ހަމަ ޝައްކެއްވެސްނެތްގޮތުގައި އެއްކަމަކަށްވާނެ، މަސައްކަތުގެ ދާއިރާގައި ފުރައްސާރަ ނުކުރުން އެއީ ހަމަ ބޮޑު އެއްކަމަކަށްވާނެ. ޚާއްޞަކޮށް އަންހެން ކުދިންނަށް. ދެން ހުރިހާ ކުދިންނަށް. އަންހެން ކުދިންނަށްވެސް، ފިރިހެން ކުދިންނަށްވެސް އެންމެބޮޑު އިންސެންޓިވްއަކަށްވާނެ، އެންމެބޮޑު މޯޓިވޭޝަނަކަށްވާނެ، އެންމެބޮޑު ޑްރައިވަކަށްވާނެ، ޙަޤީޤަތުގައިވެސް އެ ކުއްޖާއަށް އެ ލިބޭ އާމްދަނީއަކީ އެ ކުއްޖާގެ ބޭނުންތައް ދެކޮޅުޖެއްސޭވަރުގެ އާމްދަނީއަކަށް ވެގެންދިޔުން.


ދެން މިއަދު އަޅުގަނޑުމެންގެ އިޤްތިޞާދުގައިވެސް އަޅުގަނޑުމެން ފެށިއިރުވެސް އަޅުގަނޑުމެން ގަބޫލުކުރަނީ މިހާރު އަންނަ ޒުވާން ކައިވެނިތަކަކީ ފިރިމީހާވެސް، އަނބިމީހާވެސް ދެމަފިރިން މަސައްކަތްކުރާ ކައިވެނިތަކަކަށް ވެގެންދާނެ ކަމަށް. އެއީ މޮޑަން އިކޮނޮމީއަކީ. އެހެންދާއިރު ކޮންމެ އަންހެން ކުއްޖަކީ އިޤްތިޞާދީ ގޮތުން އެމްޕަވަރޑް، އަމިއްލަ ފައިމަތީގައި އެކުއްޖާއަށް ހުރެވޭވަރުގެ އަދި ކައިވެންޏަށް ދެރަގޮތެއް ދިމާވި ކަމުގައިވިނަމަވެސް، ހުރިހާ ރަޙްމަތަކުން މަޙްރޫމްވީ ކަމަށް ނުވިސްނާ ކުއްޖަކަށް ވެގެންދިޔުން އެއީ އަޅުގަނޑުމެން ކުރާ އުންމީދު. އެކަމަށް ކުދިން ތައްޔާރުކޮށްދިނުމަށް ހިންގޭ މަޝްރޫޢުތަކެއް މިއީ.


މި ކަހަލަ މަޝްރޫޢުތައް ބައިވަރު ދޮގެއްތޯ. ޞިއްޙީ ދާއިރާއަށް އެކަނި ބަލައިލި ކަމުގައިވީނަމަވެސް ވިސްނާވަޑައިގަންނަވާ! ގިނަ ދުވަސްތަކެއް ނަގާނެ ޑޮކްޓަރުން، ނަރުހުން ތަމްރީނު ކުރަން. އެކަމަކު ނަރުހުންތަކެއް އުފެދެން އެބަޖެހޭ. ފާރމަސިސްޓުންތަކެއް އެބަ އުފެދެންޖެހޭ. މިއިން ކޮންމެ ކަމަކީ އެންމެމަތީ ތަޢުލީމާއެކީ، ތަޢުލީމު ނިންމާފައި މިކަން ކުރާ ކަމަށްވަންޏާ ކުރެވޭނެ ކަމެއްނޫން. އެކަމަކު އެޑިޔުކޭޝަން މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީއާ، މި މިނިސްޓްރީތައް ގުޅިގެން އެބަ ހިންގައިދޭ އޮންލައިން ޕްރޮގްރާމްތަކާއެކީ ޕްރެކްޓިކަލް ޕްރޮގްރާމްތަކެއް. މި ޕްރޮގްރާމްތަކުގެ ތެރޭގައި އަޅުގަނޑުމެން ކުރިން ކިޔަވައިދިންގޮތް ދޫކޮށްލާފައި، އާ ގޮތްތަކެއް އީޖާދުކުރީމަ، މިއަދު އިރާދަކުރެއްވިއްޔާ ދާދި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ތަމްރީނުވެގެން އެބަދޭ.


އެހެންވީމާ، އެޑިޔުކޭޝަނަކީވެސް ހަމަ ދަސްކުރުމާއި، ދަސްކޮށްފައި ހުރި އެއްޗެއް ދޫކޮށްލާފައި، އާ ކަންތައްތައް ދަސްކުރުމާ، މިކަހަލަ ކަންކަމުގެ މައްޗަށް ބިނާވެފައި އޮންނަ ނިޒާމެއް ދޮގެއްތޯ. އެހެންވީމާ، މި ނިޒާމުގެ ބޭނުން ހިފަންޖެހޭ ބަޔަކަށްވާނީ ޒުވާނުން. އެހެންވީމާ، އަޅުގަނޑުމެން ހިންގަވާ ޖަޕާނުގައިވެސް މިކުރި ކަންތައް ދިވެހިރާއްޖޭގައިވެސް ކުރެވޭތޯ ބަލަން. ހަމަގައިމުވެސް މަސައްކަތުގެ ފުރްޞަތަށް ބަލާކަމަށްވަންޏާ، އެތައްހާސް ފުރްޞަތެއް ހުޅުވިގެން މިދަނީ. މިހާރު އެކަނިވެސް އަޅުގަނޑަކަށް ނޭނގެ، އެކި ހިސާބުތަކުގައި އެކިގޮތަށް ހުންނަނީ. އެކަމަކު އަޅުގަނޑު ހަމަ ގަބޫލުކުރާގޮތުން ވެއްޖިއްޔާ، ފަސްދޮޅަސް އެތައްހާސް ވަޒީފާއެއްގެ އާ ފުރްޞަތު އަޅުގަނޑުމެންނަށް ހުޅުވައިދެވިއްޖެ.


އެހެންވީމާ، ދެން މި ދެންނެވި ވަޒީފާދޭނެ ބޮޑެތި ފުރްޞަތުތައް ހުޅުވިގެން، ނިމިގެން އެ މަސައްކަތްތައްދާއިރު، އެ އަދަދު ދެގުނަ، ތިންގުނަވެގެން ދިޔުމަކީ އެއީ، އަޅުގަނޑުމެންގެ އުންމީދު. އަޅުގަނޑުމެންގެ ނަޞީބު. އެ ވަޒީފާތަކަކީ ހަމަގައިމުވެސް ދަ ގްރޭޓް މެޖޯރިޓީ އޮފް އިޓް ޝުޑް ބިލޯންގް ޓު ދިވެހި ކުދިންނަށް ދޮގެއްތޯ. އިޓް ޝުޑް ބިލޯންގ ޓު މޯލްޑިވިއަންސް. އެހެންވީމާ، އެ މަސައްކަތް ކުރަން ދިވެހި ޒުވާނުންގެ ހިތްވަރު ހުންނަންވާނެ. ދިވެހި ޒުވާނުންގެ ކެރުމާއި ހަކަތަ ހުންނަންވާނެ.


އަޅުގަނޑުމެން އެންމެން މަސައްކަތް ކުރާނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ދަރުމައާއި ތައުފީޤު މިންވަރު ކުރައްވާށި!