بســم اللّـه الرّحمـن الرّحيــم
الحمـدللّـه ربّ العـالمـين، والصّـلاة والسّـلام على سـيّدنا محـمّد، خاتم الأنبياء والمرسـلين، وَعلـى آلـه وصحبـه أجمـعـين. وَمَنْ تَـبِـعَـهُـمْ بِـإِحْـسَـانٍ إلَى يَـوْمِ الـدِّين.


އާދެ، 1927 ވަނަ އަހަރު ޞަލާޙިއްޔާއިން، ސަނިއްޔާއިން، 1947 ވަނަ އަހަރު މަޖީދިއްޔާ އިން ދިވެހިރާއްޖެއަށް މި އަލިކޮށްދެނީ މަޖީދިއްޔާގެ އަލިގަދަ ދަންމަރުގެ އަލިތައް. އާދެ، ޝައްކެއްވެސްނެތްގޮތުގައި، ބައްޕަޔާ ވަކިވެ ދުނިޔެ ދޫކޮށް އެތަކެއް ދަރިން ފާއިތުވެދިޔަޔަސް، ބައްޕަ މުސްކުޅިވަމުން، ބޮލުގައި ނުރަޖަހަމުން މި ދަތުރުކުރަނީ ޤަރުނަކާ ހަމަޔަށް. 4 ޖީލު ކަޑައްތުކޮށްދާއިރު، ޝަރަފުވެރިކަމާއި އަބުރާއި ޢިއްޒަތާއި، ދިވެހިރާއްޖޭގެ ހިތްތަކުން ލޯބި ހޯދައި، މިފަދަ ދެވަނައެއް ނެތްކަން ދައްކައިދެމުން. 90 އަހަރުގެ ދިގު ތާރީޚެއް މި މުއައްސަސާއިން ހޭދަކުރަނީ ފަޚްރާއި ޝަރަފާއެކީ.


މަޖީދިއްޔާއަކީ އޭގެ ދެވަނައެއް ނެތް ޢުލޫމުލްދާރު، ދާރުލްޢުލޫމެއް. އާދެ، މަޖީދިއްޔާއިން އުފައްދަނީ ޤައުމިއްޔަތެއް ބިނާކުރާނެ ދަރިންތަކެއް. މަޖީދިއްޔާއިން އުފައްދަނީ ޓީޗަރުންނާއި ޑޮކްޓަރުން. މަޖީދިއްޔާއިން އުފައްދަނީ ތަމްރީނުދޭ މީހުން. މަޖީދިއްޔާއިން އުފައްދަނީ އެކި ފެންވަރުގައި ޤައުމިއްޔަތެއް ބިނާކުރާނެ ލީޑަރުންތަކެއް. މަޖީދިއްޔާއިން އުފައްދަނީ މުޅި ރާއްޖޭގެ ވަލީއާ ހަވާލުވާނެ ޢިއްޒަތްތެރި ރައްޔިތުންތަކެއް. ފަޚްރުވެރި ދެވަނައެއް ނެތް ތަރުބިއްޔަތުގެ މައި ކިއްލާ. އަދި ތަޢުލީމުގެ މައި މަރުކަޒު.


އާދެ، މަޖީދިއްޔާއޭ ބުނެފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ ޚިޔާލަށް އަންނަނީ، ތަޢުލީމު ދިވެހިރާއްޖެއަށް ފަތުރައިދިން އަދި އެފަދަ ދެވަނައެއް ނެތް މަރުކަޒެއްގެ ގޮތުގައި ސިފަވެގެން މި އަންނަނީ މަޖީދިއްޔާ. އެ މަޖީދިއްޔާގެ ޙަޔާތުގައި އެ 90 އަހަރު ފާއިތުކުރާ ޖަލްސާގައި އަޅުގަނޑުމެން މިތިބީ ތިޔަ ހުރިހާ ޝަރަފުވެރި ވެރިންނާއެކީ، މި އުފަލުގައި ބައިވެރިވާން. މިރޭގެ މި ޖަލްސާއަށް ވަޑައިގެންނެވި އެންމެހައި ޖަލީސުންނަށް މަރުޙަބާ މި ދަންނަވަނީ، ކޮންމެވެސް ގޮތެއްގައި މަޖީދިއްޔާއަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންތަކެއް މި ޖަލްސާގައި ތިއްބެވީމާ.


މަޖީދިއްޔާގެ ފަހުގެ ތާރީޚުގައި، މަޖީދިއްޔާއަށް އެކިއެކި ބޮޑެތި ޚިދުމަތްތައް ކޮށްދެއްވާފައި ތިއްބެވި ޝަރަފުވެރިން، ދެންމެ ސްޓޭޖްމަތިން އިނާމު ލިބިވަޑައިގަންނަވައިގެން އެ ގެންދެވީ. އެހެންނަމަވެސް، މަޖީދިއްޔާއަކީ 90 އަހަރުގެ ދިގު ޙަޔާތެއް އޮތް މުއައްސަސާއަކަށްވާއިރު، މިއީ ފަހުގެ ތާރީޚު. މިއީ މިއަދު. އަޅުގަނޑުމެންގެ ކުރީ ސަފުގައި، އާދެ، ޠާޢަތާއެކީ ތިޔަ ހުރިހާ ބޭފުޅުން އަރިހުގައި ދަންނަވާލަން ބޭނުންވަނީ، މިއަދުގެ ކުރީ ސަފުތަކުން އަޅުގަނޑުމެންނަށް މިރޭ މި ފެންނަނީ ޙަޤީޤަތުގައިވެސް މީގެކުރީގައި މަޖީދިއްޔާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައި ތިއްބެވި ބޭފުޅުން. ފާހަގަކުރަންޖެހޭ. އަޅުގަނޑު އުޅުނިން، މަޖީދިއްޔާގެ ގޯލްޑަން ޖުބްލީ އަހަރުގެ ތެރޭގައި، މަދަރުސާގެ ދަރިވަރެއްގެ ގޮތުގައި. އަދި އަޅުގަނޑުގެ ނަސީބު ރަނގަޅުކަމާއެކީ، މަޖީދިއްޔާއަށް 90 އަހަރު ވެގެންދާއިރު، ތިޔަބޭފުޅުންނާއެކީ މި ޖަލްސާގައި ހޭދަކޮށްލަން ލިބޭ ވަގުތަކީ، އަޅުގަނޑަށް ﷲ ދެއްވި މަތިވެރި ނިޢުމަތެއް. އަދި އަޅުގަނޑު އުންމީދު ކުރަނީ، މި މަޖީދިއްޔާއަށް 100 އަހަރު ވެގެންދާއިރު، ކޮންމެވެސް ސިފައެއްގައި އެ ޖަލްސާގައި ތިޔަބޭފުޅުންނާއެކީ ވަގުތުކޮޅެއް ހޭދަކުރެވޭނެ ކަމަށް.


ފުރަތަމަ ސަފުގައި އަޅުގަނޑުމެންނާއެކީ ތިއްބެވި ޢިއްޒަތްތެރިންގެ ތެރޭގައި، ހަމަގައިމުވެސް އެފަދަ ދެވަނައެއް ނެތް، މަޖީދިއްޔާގެ ޚިދުމަތުގައި އެންމެ ފުންނާބު އުސް ބޭފުޅެއް ކަމަށް އަޅުގަނޑު ގަބޫލުކުރާ ނިޝާން ޢިއްޒުއްދީނުގެ ޙައްޤު ޝަރަފު ލިބިވަޑައިގެންފައިވާ ޢުމަރު ޒާހިރު މި އިންނެވީ. އަޅުގަނޑު އެދެން، ތިޔަ ހުރިހާ ބޭފުޅުން މިރޭގެ މި މުނާސަބަތުގައި ޢުމަރު ޒާހިރަށް ޠާޢަތާއެކީ އަތްތިލަބަޑިއެއް ޖައްސަވައިލަދެއްވުން.


އާދެ، މަޖީދިއްޔާއަކީ ދީބުލްމަޙަލްގެ ޝަރަފު. މަޖީދިއްޔާއަކީ އެފަދަ ދެވަނައެއް ނެތް މުއައްސަސާ. މަޖީދިއްޔާގެ މި އުފާވެރި މުނާސަބަތުގައި އަޅުގަނޑުމެން މި ހޭދަކުރާ ވަގުތުކޮޅު، އަޅުގަނޑުމެންގެ ޚިޔާލަށް، ޓީޗަރުންގެ ޚިޔާލަށް، މަޖީދިއްޔާއިން ނުކުތް، އާދެ، މި ތަނަވަސް ދޮރާށިން ވެދެވަޑައިގެން ނުކުމެވަޑައިގެންނެވި ބޭފުޅުން މި ޖަލްސާގައި މި ތިއްބެވީ. މަޖީދިއްޔާގެ ހިޔާވަހިކަމާއި، މަޖީދިއްޔާއިން ދިން ޢިލްމުގެ އަލީގައި، ނޫނީވިއްޔާ ޢިލްމުގެ ބިންގަލުގެ މަތީގައި، މަތީ ތަޢުލީމު ހާސިލުކުރައްވާފައި ތިއްބެވި ޢިއްޒަތްތެރި ޝަރަފުވެރި ބޭފުޅުންތަކެއް މި ތިއްބެވީ.


އަޅުގަނޑަށް ފެނިގެންދަނީ، ހަމައެކަނި ތަފާތަކީ ޠަބީޢީގޮތުން އައިސްފައި އޮތް ތަފާތޭ. އެއީ ފިޠުރަތުގެ ޤާނޫނު. އެހާރާއި މިހާރުގެ މަޖީދިއްޔާގެ މަޖީދީ މަޖީދީ ފަޚްރުވެރި ނަމުން ޝަރަފު ލިބިވަޑައިގެންފައި، ޒީނަތްތެރިވެވަޑައިގެންފައި ތިއްބެވި ބޭފުޅުން މިތާ ތިއްބެވީ. ތަފާތަކީ އެހާރާއި މިހާރުގެ ޚިދުމަތްތެރިން. އާދެ، އެއާއެކީ ފަހުގެ ސަފުތަކުން އަޅުގަނޑުމެންނަށް މި ފެނިގެންދަނީ މަޖީދިއްޔާގެ ޢިލްމުގެ ދަންމަރު އުފުލައިދޭނެ ޒުވާން ކުދިން. މިއަދުގެ ކިޔަވާކުދިން. ތިޔަކުދިންގެ އަމާޒަކަށްވާންވާނީ ކޮންކަމެއްބާ؟ ކިތަންމެހާވެސް ސާބިތުކަމާއެކީ މަޖީދިއްޔާއިން ތަޢުލީމީ މުއައްސަސާއަކުން، އެ މުއައްސަސާގެ ޒިންމާ އުފުލައިފިކަން، ދިވެހި ޤައުމިއްޔަތަށް މި އައިސްފައި އޮތް ބަދަލާއި، ދިވެހިރާއްޖެ ބައްޓަންވެފައި މިއޮތްގޮތުން އަޅުގަނޑުމެންގެ ޚިޔާލަށް އެކަން ގެންނާކަށް އުނދަގުލެއް ނޫން. ދިވެހިރާއްޖޭގެ ޤައުމިއްޔަތު ބިނާކޮށް ދަމަހައްޓައި ނަގަހައްޓާފައި މިތިބީ މަޖީދިއްޔާއިން އުފެއްދި ދަރިވަރުން. އެއްގޮތަކަށްވެސް މިއީކީ، ހީވާގިކަމާއެކީ ކުރީ ސަފުތަކުގައި މަސައްކަތް ކުރައްވާ އަންހެން ބޭކަނބަލުންނަށް، ނޫނީ ކަނބަލުންނަށް ދަންނަވާ ބަދު ބަހެއްނޫން. އެކަމަކު މި ދިގު 90 އަހަރުގެ ޙަޔާތުގެ ތެރޭގައި، މަޖީދިއްޔާގެ ދަރިވަރުން މި ފެންނަނީ ރާއްޖޭގެ ހުރިހާ ދިމާއެއްގައި، ހުރިހާ ކަންކޮޅެއްގައި. ސަރުކާރުގެ، ދައުލަތުގެ ހުރިހާ މަޤާމުތަކެއްގައި އިސް ސަފުތަކުގައި. އާދެ، މުޅި ދިވެހި ދައުލަތް ބިނާކުރުމުގެ މަތިވެރި މަސްއޫލިއްޔަތު އުފުއްލާފައި މިވަނީ މަޖީދިއްޔާއިން ތަމްރީނުވެ، ތަރުބިއްޔަތުވެގެން ނުކުތް ދަރިވަރުން.


އަޅުގަނޑުމެން މިއަދު މަޖީދިއްޔާގެ މި އަލިގަދަ ދަންމަރު ކުރިއަށް ގެންދަން ތިބި ޒުވާން ކުދިންނަށް، މަޖީދިއްޔާގެ މިއަދުގެ ޖީލުގެ ފަރާތުން އެދެނީ ކޮންކަމެއްބާ؟ މަޖީދިއްޔާގެ ނާޒިރު ޢާއިޝަތު މުޙަންމަދު ޞާލިޙު ވާހަކަފުޅު ދައްކަވަމުން، އެކަމަނާ އެދިވަޑައިގަންނަވާ ކަންތައްތަކެއްގެ ވާހަކަ ވިދާޅުވި. ޝައްކެއްވެސްނެތް. މަޖީދިއްޔާގެ ނާޒިރު އެދިވަޑައިގަންނަވަނީ، މަދަރުސާގެ ކުދިންގެ ފަރާތުން، ބެލެނިވެރިންގެ ފަރާތުން އަދި މުދައްރިސުންގެ ފަރާތުން މަޖީދިއްޔާ މި ހިސާބަށް ހިފަހައްޓާފައި މިއޮތް ކުރިބޯށި، މަޖީދިއްޔާއިން ސްލިޕްވެގެން ނުދިޔުމަށް. ކޮލިޓީ ދަރިންތަކެއް ތަޢުލީމު ހާސިލުކުރާ ތަނެއްގެ ގޮތުގައި މަޖީދިއްޔާ ދެމިއޮތުމަށް. މިއީ އެޑިޔުކޭޝަން މިނިސްޓަރުވެސް އެދިވަޑައިގަންނަވާ ގޮތް. މިއީ އަޅުގަނޑުވެސް އެދޭގޮތް.


އެކަމަކު އެއާއެކީ މި ވާހަކަ މިއަށްވުރެ ތަންކޮޅެއް ތިލަވާން އެބަޖެހޭ. ކީއްކުރަންތޯ އެ ހިސާބަށް އަޅުގަނޑުމެން ދާންޖެހެނީ؟ މިއަދުގެ މަޖީދިއްޔާގެ ދަރިވަރުންނަށް އެބަ އެނގެންޖެހޭ. އަޅުގަނޑާއެކީ ކުރީ ސަފުގައި މި ތިއްބެވީ އަޅުގަނޑުމެންގެ އަޚުން. ފިރިހެން ބޭފުޅުން، ބައެއް ބޭފުޅުން. އަޅުގަނޑުމެންނަށް ކަލްޗަރ ޝޮކެއް ޖެހިގެންދިޔަ. އެއީ އަޅުގަނޑުމެން އުޅުނު ސްކޫލަކީ ފިރިހެން ކުދިންގެ ސްކޫލެއް. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންނަށް މި ފެނިގެންދަނީ އަންހެން ބޭފުޅުންނާއެކީ މި ސްކޫލް ހިނގާތަން. މިއީ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެން މަރުޙަބާކިޔާ އެދެވޭ ބަދަލެއް. އެހެންނަމަވެސް، ޚާއްޞަކޮށް، އަޅުގަނޑުގެ އަޚު ޒަމީރުގެ ހިތްޕުޅަށް ކޮންމެވެސްކަހަލަ އަސަރުތަކެއް ކުރިކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ.


މިއަދުގެ ތަޢުލީމީ ޖީލަށް އަޅުގަނޑުމެން މަޖީދިއްޔާގެ ފަރާތުން، ނޫނީ ތަޢުލީމުގެ ނިޒާމުގެ ފަރާތުން، ތަޢުލީމުގެ ނިޒާމާއި މަޖީދިއްޔާގެ ނަމާ، މިއީ ސިނޯނިމަސް ދެނަން. އެހެން ސްކޫލްތައް އެބަހުރި، މަޖީދިއްޔާއާ ފައިހަމަކުރާ. އެހެންނަމަވެސް، މަޖީދިއްޔާއަކީ ލީޑިންގ ސްކޫލަށްވުމަކީ މަޖީދިއްޔާގެ މޮޓޯ. މަޖީދިއްޔާގެ ދެވަނައެއް ނެތްކަން އަޅުގަނޑުމެން އެބަ ދައްކައިދޭންޖެހޭ. ތަޢުލީމަށް އަންނަ ކުރިއެރުންތައް، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ހާމަކުރެއްވީ. އެންމެފަހުގެ އޯ ލެވެލް އިމްތިޙާނުގެ ނަތީޖާއަށް ބަލާކަމަށްވަންޏާ، މިއީ ފުރަތަމަފަހަރަށް، ދިވެހިރާއްޖެ ކޮންމެ 10 ކުއްޖަކުން 7 ކުއްޖަކު، 5 މާއްދާއަށްވުރެން މަތިން ފާސްވީ އަހަރު. އަޅުގަނޑުމެން މިހާރު އަމާޒު ހިފާފައި މިއޮތީ ތިންހާސް ޓީޗަރުންނަކީ ގްރެޖްއޭޓުންނަށް، ނޫނީ ޑިގްރީ ހޯލްޑަރުންނަށް ހެދުމަށްޓަކައި. މި އަންނަ ބަދަލުތައް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަމާ ހިންގަވާ! މީގެކުރީގައި ސަރުކާރުތަކުން ގަބޫލުކޮށްފައި އެބަހުރި. ވަގުތީ ދާއިމީ ޓީޗަރުން ކިޔާ ބައެއްގެ ވާހަކަ އަޅުގަނޑުމެން އަޑުއަހަން. އަޅުގަނޑުމެން ރާއްޖެތެރޭގައި، ރާއްޖޭގެ އެކި ހިސާބަށް ސިޔާސީ މަސައްކަތްތަކުގައި ދަތުރުކުރިއިރު، ގްރޭޑް 8ން، ގްރޭޑް 7ން އޭރު 10 އަހަރު ކުރިން، 15 އަހަރު ކުރިން ނިންމާފައި ތިބި މީހުން، ސްކޫލްތަކާ ހަވާލުވެ، ސްކޫލްތަކުގެ އިސް އެޑްމިނިސްޓްރޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްފައި އެބަހުރި. ކުދިންގެ ކިބައިން ނުކުންނާނީ، އެކުދިންނަށް ކިޔަވައިދޭ ޢިލްމެއް. އެކުދިންނަށް ކިޔަވައިދޭ އެއްޗެއްގެ ނަތީޖާ އެކުދިންގެ ކިބައިން ނެރެވޭނެ. އެ އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ. އެހެންވީމާ، ކުދިންނަށް ދެވޭ ތަޢުލީމަކީ ވަރުގަދަ، މަތިވެރި، ކޮލިޓީ އެޑިޔުކޭޝަނަކަށް ހަދަން ބޭނުންކަމަށްވަންޏާ، އެކަން އަންނާނީ ޓީޗަރުންނާ ހަމައިން އެކަމަށް ތައްޔާރުވެވިގެން.


އެހެންވީމާ، އަޅުގަނޑުމެން މިހާރުގެ ދަރިވަރުންގެ ކިބައިން އެދޭ ކަންތައްތަކެއް ހުންނާނެ. ކިތަންމެހާވެސް ރަނގަޅަކަށް މަޖީދިއްޔާގެ ޒިންމާ އުފުލައިފި. ނުރަޖަހައި 100 އަހަރާ ހަމައަށް ދަތުރުކުރާއިރުވެސް މަޖީދިއްޔާ މިދަނީ ފަރިވެ ފޮޅެމުން. އެއަކަށް ބަދަލެއް ނާންނާނެ. އެއަކަށް ބަދަލެއް ނާންނާނެ. މަޖީދިއްޔާ ދާނީ ކުރިއަށް. މަޖީދިއްޔާގެ ނިދާ، އާދެ، ރާއްޖޭގެ އެންމެ މަތިވެރި ތަޢުލީމީ ބިނާކަމުގެ ނިދާ އަބަދުވެސް ދިވެހި ޖައްވުގައި ގުގުމާލާފައި ހުންނާނެ. ހަމައެކަނި ފަޚްރުވެރި މަޖީދިއްޔާގެ ނަމުން ތަނަށް އައްޔެއްނޫން ކުރަނީ. އަޅުގަނޑަށް ގަބޫލުކުރެވޭގޮތުން ވެއްޖިއްޔާ މުޅި ތަން ބަބުޅާ. މިއީ، މަޖީދިއްޔާގެ ޝަރަފަކީ. އާދެ، ދީބުލްމަޙަލްގެ ޝަރަފަކީ މަޖީދިއްޔާ. އެހެންވީމާ، މަޖީދިއްޔާގެ ދަރިވަރުންގެ ފަރާތުން އަޅުގަނޑުމެން އެދޭ ކަންތައްތަކެއް ހުންނާނެ.


ކީއްވެގެންތޯ ތަޢުލީމު މުހިންމުވަނީ؟ ތަޢުލީމު މުހިންމުވާ ސަބަބު ހުރިހާ ކުދިންނަށްވެސް އެނގޭނެ. އެކަމަކު މަޖީދިއްޔާއިން މަޖީދިއްޔާގެ ދައުރު އަދާކޮށްފައި އޮތްއިރު، މިއަދު މިއީ އަޅުގަނޑުމެން ކޮންމެ މީހަކު، މަޖީދިއްޔާގެ އިހުގެ ދަރިވަރުންނާއި، މަޖީދިއްޔާގެ މިހާރުގެ ދަރިވަރުންނާއި، މަޖީދިއްޔާއަށް ދެން ވަންނަން އުންމީދުކުރާ ކުދިންގެ ފަރާތުން މަޖީދިއްޔާ އެދޭ ކަންތައްތަކެއް ހުންނާނެ. މިއަދު އަހަންވީ އެ ސުވާލު. އަހަރުމެން ކޮންމެ ކުއްޖަކަށް މަޖީދިއްޔާގެ މި މަތިވެރި ފަޚްރުވެރި ނަން ދެމެހެއްޓުމަށްޓަކައި ކޮށްދެވޭނީ ކީއްތޯ؟ މިކަން އަންނަނީ ކުއްޖާއާ ހަމައިން. ކުއްޖާގެ ފަހަތުގައި ވަނީ ބެލެނިވެރިން. ކުއްޖާގެ އެހީތެރިންނަށް ވަނީ މުދައްރިސުން. މުދައްރިސުންނާއެކީ މުޅި މަދަރުސާގެ މެކެނިޒަމް. އެހެންވީމާ، މިހުރިހާ ފަރާތެއް ގުޅިގެން މަޖީދިއްޔާގެ މި އަލިގަދަ ނަން، އާދެ، ތަޢުލީމީ ދަންމަރު އުފުލައިދިނުމުގެ މަސައްކަތް، މިހާރުގެ ކުދިންގެ ކިބައިން މަޖީދިއްޔާ އެދޭނެ. މަޖީދިއްޔާއަކީ މޮޅު ޑޮކްޓަރުންނާއި، މޮޅު އާކިޓެކްޓުންނާއި، އިންޖިނޭރުންނާއި އަދި ދައުލަތް ހިންގާ އެންމެމަތީ ސަފުގައި ހަރަކާތްތެރިވާ ވެރިން ނެރެފައި އޮތް މުއައްސަސާއަކަށް ވެގެންދާއިރު، މަޖީދިއްޔާ ކީއްވެ ފަހަތަށް ސޮއްސާލަންވީ؟ މަޖީދިއްޔާ ފަހަތަށް ސޮއްސާލާކަށް ޖާގައެއްނުދެވޭނެ. މަޖީދިއްޔާއިން ދެންވެސް އުފައްދަންވާނީ ދިވެހިރާއްޖެ، ދިވެހި ޤައުމިއްޔަތު ބިނާކުރާނެ މިދެންނެވި ކަހަލަ ލީޑަރުންތަކެއް، ޒަޢީމުންތަކެއް. އެއީ މަޖީދިއްޔާ، މަޖީދިއްޔާގެ ކުދިން، ދަރިވަރުންގެ ފަރާތުން އެދޭ ކަންކަން.


އަޅުގަނޑަށް މިއަދު ލިބުނު، އަޅުގަނޑުގެ ރައްޓެއްސަކު ފޮނުވި ލިޔުމެއް، ތަޢުލީމާ ބެހޭގޮތުން. އަދި ތަޢުލީމުގެ ކޮލިޓީއާ ބެހޭގޮތުން. އަދި ކިޔަވާ ކުދިންގެ ތެރޭގައި ކޮންމެވެސްވަރަކަށް ހުންނާނެ ނުސިޔާނު ކަންތައް. އަޅުގަނޑުމެން ހުރިހާ އެންމެންނަކީ ކުޑަކުދިންގެ ޙަޔާތުގެ ދައުރު ކަޑައްތު ކުރަމުން ދިޔައިރު، އަޅުގަނޑުމެން ހުރިހާ ކުދިންވެސް ހުންނާނެ، އެކިއެކި ސަމާސާ ކަންތައް ކޮށްފައި. އެހެންވީމާ، މިހާރުގެ ކުދިންނަށް ހަމަ ދަރުސެއްގެ ގޮތަށް، އަޅުގަނޑު ދެތިން ވާހަކައެއް ހަމަ އިނގިރޭސިބަހުންވެސް ބުނެލާނަން. މިއީ ކުދިންނަށާއި، އެގްޒާމަށް ތައްޔާރުވުމަށް ޗީޓް ނުކުރުމަށް އަދި އެޑިޔުކޭޝަންގެ ކޮލިޓީއާ ބެހޭގޮތުން ލެކްޗަރަރއަކު އޭނާގެ ކުދިންނަށް ދިން ދެތިން މިސާލީ ބަހެއް. އަޅުގަނޑުމެން ހިންގަވާ، މީގައި ހިފަމާ! މިއިން ދައްކައިދޭނެ، ކީއްވެގެންކަން ތަޢުލީމު އެހާ މުހިންމުވެގެން އެދަނީ. އަޅުގަނޑުމެންނަށް ތަޢުލީމު މުހިންމުވަނީ ކީއްވެގެންތޯ މިއަދުވެސް މަދަރުސާ ކުއްޖަކު ކުރެން އަހައިފި ކަމަށްވަންޏާ، އެކި ކުދިން އެކި ޖަވާބުދޭނެ. ވަރަށް އެބްސްޓްރެކްޓް ޖަވާބެއްދޭނެ. ވަރަށް ޕްރެގްމެޓިކް ޖަވާބުވެސް ދެވޭނެ. ވަރަށް ސޫޓަބްލް، ވަރަށްކަމުދާ، އަޅުގަނޑުމެން ގަޔާވާ، ބަރާބަރު ޖަވާބުވެސްދޭނެ.


އެހެންވީމާ، މިއީ ޖަވާބުދޭ ކުއްޖެއްގެ ޚިޔާލުގެ މިޞްރާބު ދަތުރުކުރާނެ މިންވަރަކަށް ދަތުރުކުރަން ދޫކޮށްލައިފި ކަމަށްވަންޏާ، ކުދިން ޚިޔާލުތަކެއް ކުރާނެ. އެކަމަކު މި ދެންނެވި ލެކްޗަރަރ އޭނަގެ ކުދިންނަށް ނަޞޭޙަތުގެ ގޮތުން ދީފައި އޮތް ދެތިންބަހެއް އަޅުގަނޑު ދަންނަވާލަން.

Collapsing a Nation doesn’t require the use of Atomic bombs or the long range missiles. But it requires lowering the quality of Education and allowing cheating in the exam by the students.


މިއީ ޤައުމަކާ ބެހޭގޮތުން، ޤައުމެއްގެ ޙާލަތު ޑިޓީރިއޮރޭޓް ވެގެން، ޙާލަތު ދަށްވެގެންދާނެގޮތާ ބެހޭގޮތުން ދައްކާ ވާހަކައެއް. ޤައުމެއް، ނޫނީވިއްޔާ މަދަނިއްޔަތެއް ހަލާކުކޮށްލަންވެއްޖެ ކަމަށްވަންޏާ، ނިއުކްލިއަރ ބޮމް، ނިއުކްސް މިސްލްސް، މިއެއް ނޫނޭ ބޭނުންވަނީކީ. އެކަމަކު އެ ތަޢުލީމު، ތަޢުލީމީ ނިޒާމަށް އިހުމާލުކޮށްލައި، ތަޢުލީމީ ނިޒާމު ފެއިލްވެގެން ހިނގައްޖެ ކަމަށްވަންޏާ، އެތަނެއް ހަލާކުވާނެއޭ. މިގޮތުން، ބައެއް މިސާލުތައް. ހަމަ އެ ލެކްޗަރަރ ދިން މިސާލުތައް. މިއީ އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ޑޮކްޓަރުންނަށް، އަދި އަޅުގަނޑުމެންގެ ފަންނުވެރިންނަށް އަމާޒުކޮށް އަޅުގަނޑު ދަންނަވާ ވާހަކައެއް ނޫން. މިއީ ބޭރުގެ ލެކްޗަރަރއަކު އޭނާގެ ކިޔަވާ ކުދިންނަށް އޭނާދިން ނަޞޭޙަތެއް. މިސާލީ ބަސްތަކެއް.

A patient dies in the hands of the surgeon who passed his exams through cheating.


ޗީޓްކުރުން މިއީ، ތަޢުލީމީ ދާއިރާއާ އަދި އެހާބޮޑަށް ރެގިއުލޭޓް ނުކުރެވި، ބަލައިނުލެވިދާއިރު ހިނގާ ކަންތައްތައް. އެކިއެކި މަޒުމޫނު ލިޔުން، ތީސިސް ލިޔުން، ޑިސަރޓޭޝަން ދޭއިރު، އަޅުގަނޑުމެން އަބަދުވެސް އަހާ އެއްބަހަކީ ޕްލޭޖަރައިޒް ކުރުން. އޭނަގެ އޮރިޖިނަލިޓީއެއް، އޭނަ އެ ލިޔާ ކަރުދާހަކު ނޯންނާނެ. އެހެން މީހަކު ލިޔެފައި ހުރި ކަރުދާސްތަކަކުން ކަޓް ޕޭސްޓް ކޮށްގެން ހަދަނީ. ޕްލޭޖަރައިޒް ކުރަނީ. ދިސް އިޒް ޗީޓިންގ. މިއީ މަދަރުސާ ކުދިން އެވޮއިޑް ކުރަންޖެހޭ ކަމެއް. މަޖީދިއްޔާގެ ޝަރަފުވެރި، ފަޚްރުވެރި ދަރިވަރުން، މަޖީދިއްޔާގެ މަތިވެރި ނަން ދަމަހައްޓަން ބޭނުންކަމަށްވަންޏާ، ބޭނުންވާންޖެހޭނެ. ބޭނުންކަމަށްވަންޏާ، މި ޚިޔާލު ކުރަންޖެހޭނެ. ޓީޗަރުން މިކަމަށް ސަމާލުވާންޖެހޭނެ. ދިވެހި ޓީޗަރުން އަދި އެހެނިހެން މާއްދާތައް ކިޔަވައިދޭ ޓީޗަރުންވެސް. ކުދިންނަކަށް އެއްގޮތަކަށްވެސް އޮޅުވާލާ އެއްޗެއް ނޫން.

A patient who dies in the hands of a surgeon had passed the exam by cheating.


ކީއް މިކުރެވުނީ؟ ހަމައެގޮތަށް އިމާރާތް ކުރުމާ ބެހޭގޮތުން މިހާރު އައި.ޖީ.އެމް.އެޗް. ހޮސްޕިޓަލް އެ އަރަނީ. 25 ބުރިއަށް އެ އަރަނީ. ރާއްޖޭގައި އެންމެ ފުރަތަމަ މިވަރުގެ އެންމެ އުސް ބިނާއެއް ހެދޭ ފަހަރުކަންނޭނގެ. ސްޓްރަކްޗަރަލް އިންޖިނިއަރިންގއާ ބެހޭގޮތުން ދައްކާ ވާހަކަ.

Building collapse in the hands of engineers who passed his exams through cheating.


މިކަހަލަ މިސާލެއް ދިނީމާ، އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ނެގޭ، ކީއްކަން މިވަނީ. އެކަމަކު އެވްރިޑޭ ރޫޓީންގ ގައި އަޅުގަނޑުމެން މިކަންކަމަކަށް އެއްވެސް ގޮތަކަށް ޚިޔާލެއް ނުހުރޭ. ވިސްނައެއްނުލާ. ކޮންމެ ކުއްޖަކީ، ކޮންމެ ކުއްޖަކީ އެ ކުއްޖެއްގެ ހިޑްން، ލެޓެންޓް ޓެލެންޓްތަކެއް ހުންނަ ކުއްޖެއް. އެ ޓެލެންޓްތައް ޑިވެލޮޕް ކުރަން އެކުއްޖާގެ މުދައްރިސުންނާއި، އެކުއްޖާގެ މައިންބަފައިން ޖެހޭނީ މަސައްކަތްތަކެއް ކުރަން. އެކުއްޖާއަށް އެހީތެރިވާންޖެހޭނީ. ހުރިހާ ކުދިންނަކީ ފޮތުގެ ތަޢުލީމު އެއްވަރަށް ހޯދައި އުނގެނޭނެ ކުދިންކަމަށް ނުވެ ހިނގައިދާނެ. އެކަމަކު ޝައްކެއްވެސްނެތްގޮތުގައި، ﷲގެ ރަޙްމަތުން މަޙްރޫމްވާ ކުދިންނެއް ނުތިބޭނެ. ކޮންމެ ކުއްޖަކީވެސް ހިޑްން ޓެލެންޓްތަކެއް ހުންނަ ކުއްޖެއް. އަދި އެކުއްޖަކީ ނުކުޅެދޭ ކުއްޖެއް ކަމުގައިވިނަމަވެސް، ހިޑްން ޓެލެންޓްތަކެއް ހުންނާނެ. ދުނިޔެ އުފައްދާފައި ހުރި އެންމެ މަޝްހޫރު ދާއިރާތަކުގައި، ފަންނީ މީހުންގެ ތެރޭގައި، ބައެއް މީހުންނަކީ ދޮންމީހުން. އަނެއްބައި މީހުންނަކީ ބީރުމީހުން. އަނެއްބައި މީހުންނަކީ ވާހަކަ ނުދެއްކޭ މީހުން. އެކަމަކު އެމީހުންގެ ޓެލެންޓްތަކުގައި، އެމީހުންނަކީ އެ ފަންނުގައި ދެވަނައެއް ނެތްފަދަ މަޝްހޫރުކަން ހޯދާފައި ތިބި މީހުން. ﷲގެ ރަޙްމަތް ތަނަވަސްކަން އިތުރު. އެހެންވީމާ، މި ޓެލެންޓް ހޯދަން މަސައްކަތް ކުރަންވާނެ. ބަޓް ސަރޓްންލީ ދި އޯލްޓަރނެޓިވް އިޒް ނޮޓް ޗީޓިންގ. ޗީޓިންގއަށް ގޮސްފި ކަމަށްވަންޏާ، އެ ކުއްޖާގެ މަދަރުސާގެ ހަޔާތް ނިންމާލާފައި، އެކުއްޖާގެ މަސައްކަތުގެ މައިދާނަށް ނުކުންނާނެ. ޗީޓްކޮށްފިއްޔަކާއެއް އެކުއްޖާއަކަށް ރިވޯޑެއް ނޯންނާނެ. ހަމައެގޮތަށް، ހިއުމެނިޓީއާ ބެހޭގޮތުން.

Humanity dies in the hands of a religious scholar who passed his exams through cheating.


ވަރަށް ރެލެވެންޓް ވަރަށް ޕަރޓިނަންޓް. އަޅުގަނޑުމެންގެ މިއަދުގެ ހާލަތާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭ ކަންކަން. އިންޞާފު ޤާއިމުކުރުމާ ދޭތެރޭގައި ބުނަނީ ކީކޭތޯ؟

Justice is lost in the hands of a judge who has passed his exams through cheating.


މަދަރުސާ ކުދިންގެ ފަރާތުން މަޖީދިއްޔާ އެދޭނީ މިކަހަލަ ކަންކަން އެވޮއިޑް ކުރަން. މަޖީދިއްޔާ އެދޭނީ ކޮލިޓީ އެޑިޔުކޭޝަން ހޯދަން. ލީޑިންގ ބައި އެގްޒާމްޕްލް. ލީޑަރ އިން ދިސް އިންޑަސްޓްރީ. މަޖީދިއްޔާގެ ދެވަނައެއް އޮވެގެނެއް ނުވާނެ. މަޖީދިއްޔާގެ ފަޚްރުވެރި ޝަރަފުވެރި ނަން އެއީ، އަބަދުވެސް ދިވެހި ދީބަށް އެއަށްވުރެ އިތުރު ސަބަބެއް ގެނެސްދޭނެ އެހެން ނަމެއް އައިސްގެނެއް ނުވާނެ. އެއީ މަޖީދިއްޔާގެ މޮޓޯއަކަށްވާންޖެހޭނީ. އެއީ މަޖީދިއްޔާގެ ހިތްވަރަށްވާންޖެހޭނީ. އެއީ މަޖީދިއްޔާ ކުދިންގެ ޢަޒުމަކަށްވާންޖެހޭނީ. މިއީ މަޖީދިއްޔާގެ ދަންމަރު. މަޖީދިއްޔާގެ ނިދާ. މަޖީދިއްޔާގެ ފަޚްރުވެރި ނަން ކުރިއަށް ގެންދަން ތިބި ކުދިންގެ ފަރާތުން އަޅުގަނޑުމެން އެދޭ ކަންކަން.


ދިވެހި ތަޢުލީމަށް މިއަދު ދެވޭ ސަމާލުކަމާއެކީ ދިވެހިރާއްޖޭގެ ތަޢުލީމު އެކި ދާއިރާތަކުން ކުރިއަށް އަރައިގެންމިދާ މިންވަރަށް ބަލާއިރު، މަޖީދިއްޔާގެ ނިޗް، މަޖީދިއްޔާ އެބަ ކަނޑައަޅަންޖެހޭ. ކަޓް، ޝޭޕް ޔުއަރ ނިޗް. މަޖީދިއްޔާ ހޭޒް ޓު ބީ ދަ ލީޑިންގ ސްކޫލް. އެއީ މަޖީދިއްޔާގެ މޮޓޯ. އަބަދުވެސް މަޖީދިއްޔާ އަމާޒު މި ހިފަނީ މަޖީދިއްޔާއަކީ ތަޢުލީމީ ދާއިރާގައި އެންމެ ފުންނާބު އުސް، އާދެ، ކުރިބޯށި ކަމުގައިވާން. ކަމެއް ހާސިލުކުރުމަކީ، ދެންމެ ޕްރިންސިޕަލްގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް ފަސޭހަކަމެއް. ގަދައަޅައި މަސައްކަތް ކޮށްގެން ފަސޭހަކަމެއް. އެކަމަކު އެކަމެއްގައި ދެމިހުރުމަކީ، ނޫނީވިއްޔާ އެ ލިބޭ ޝަރަފާއި، އެ ލިބޭ މަތިވެރި މަޤާމު ދެމެހެއްޓުން އެތައް އަހަރަކަށް، ކޮންޒެކެޓިވްލީ ޖެހިޖެހިގެން އެތައް އަހަރަކަށް ދެމެހެއްޓުމަކީ މީގެ ޗެލެންޖް. އެކަމެއް ނުކުރެވޭނެ، އެގްޒާމް ހަދާއިރު ޗީޓްކޮށްގެންނެއް. ޗީޓްކޮށްފި ކަމަށްވަންޏާ، ރިއަލް ލައިފްގައި ރިއަލް ލައިފްގައި، ލައިފް ވިލް ޗީޓް ޔޫ. މިއީ މި މިސާލުތަކުން މިބުނާ ވާހަކައަކީ.


މިއަދުގެ ހާލަތު. މަޖީދިއްޔާ ދަރިން މި އުފައްދަނީ ކީއްކުރަންހެއްޔޭ؟ މަޖީދިއްޔާ، ދަރިން މި އުފައްދަނީ ޑޮކްޓަރުން، އާކިޓެކްޓުން، ސްޓްރަކްޗަރަލް އިންޖިނިއަރުން، ޕައިލެޓުން، މަޖީދިއްޔާގެ ނޫނީ ސްކޫލްތަކުގެ އެޑްމިނިސްޓްރޭޓަރުން، ހެޑްމާސްޓަރުން، ޕްރިންސިޕަލުން، މިނޫން ހުރިހާ ސްކިލް، އަދި މީގެއިތުރަށް ހުރި ހުރިހާ ސްކިލްތަކާއި އަދި ދައުލަތުގެ ކަންކަމާ މިއަދު ހަވާލުވާނެ ކުދިން، މާދަމާ ހަވާލުވާނެ ކުދިންތަކެއް އުފައްދަން. މިއަދު ދައުލަތުގެ ކަންކަން އެބަ ހިންގޭ، މަޖީދިއްޔާ އުފައްދާފައި ތިބި ދަރިންނަށް. އެހެންވީމާ، މަޖީދިއްޔާ ދެންވެސް އުފައްދާ ދަރިންވާންވާނީ، އަންނަން އޮތް ޖީލުގައި، މިހާރު ތިބި ބަޔަކު އެކުދިންނާ ހަވާލުކުރާ ދަންމަރު ހިފައިގެން، ބެޓަން ހިފައިގެން ދުވެވޭވަރުގެ ބަޔަކަށް.


މިހާރު ރާއްޖޭގައި މި ހިނގަނީ ކޮން ކަންތައްތަކެއްތޯ؟ ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކެއް މި ހިންގަނީ. އެއްގޮތަކަށްވެސް ތިޔަބޭފުޅުން ފޫހިކޮށްލާކަށް، މީގެ ތަފްޞީލުތަކަކަށް ދާކަށްނެތިން. އެކަމަކު ބައެއް މިސާލު ދަންނަވަން ބޭނުންވަނީ. މި ދެންނެވި ކަހަލަ ބޮޑެތި މަޝްރޫޢުތައް، އެ މަޝްރޫޢުތައް ރާއްޖެއަށް އައުމަށްފަހު، އެ ފެށުނީ އަދި މަސައްކަތް. އެއް ބިލިއަނަށްވުރެ ގިނަ އަދަދުގެ ޑޮލަރުގެ ބޮޑުސިންގާ އެއަރޕޯޓެއް ހަދާ ނިމުނީމަ، އަދި މިހާރު އަންނަ ފަސިންޖަރުންގެ އަދަދުގެ ހަގުނަ، ހަތްގުނަ ރާއްޖެއަށް އިތުރުވެގެން ދިޔައިމަ، މި އެއަރޕޯޓް މެނޭޖްކުރަން ބޭރުގެ ފަރާތްތަކުން އަލިފުން ޔާއަށް، މުޅިން އެތަނުގައި ބޭރުގެ ފަރާތްތަކުން އުޅޭކަމަށްވަންޏާ، ޕަރޕަސް ޑިފީޓެޑް. އެތަނުގައި ތިބެންވާނީ ދިވެހި ދަރިން. މަޖީދިއްޔާއިންނާއި އަދި މިކަހަލަ އެހެން ސްކޫލްތަކުން އުފައްދާ ދިވެހި ދަރިން ތިބެންވާނީ. ކޮންމެ ފަންނެއްގައި، ކިތަންމެ ކިތަންމެ ޑިމާންޑިންގ ސްކިލްއެއް ކަމުގައިވިނަމަވެސް، އޭގައި ތިބެންވާނީ ދިވެހި ދަރިން.


އެހެންވީމާ، ސަރުކާރުން މިހާރު މިކުރާ މަސައްކަތަކީ، މިދެންނެވި ކަހަލަ އެމްބިޝަސް މަސައްކަތްތަކެއް. އިކޮނޮމިކް ޓްރާންސްފޮމޭޝަންގެ ނަމުގައި، ނޫނީ މުޅި އިޤްތިޞާދީ ދާއިރާއަށް އިންޤިލާބީ ބަދަލެއް މި ގެންނަންޖެހެނީ، ދިވެހިންނަކީ ފުދުންތެރި އަދި ދިވެހިންނަކީ އަބުރުވެރިކަމާއި ޝަރަފުވެރިކަމާއެކީ، ދިވެހިރާއްޖޭގެ ނަން، ދިވެހި ދިދަ، އެ ފަރިވެ ފޮޅޭގޮތަށް، އެ މިނިވަންކަމާއެކީ ފޮޅޭވަރުގެ ދައުލަތަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތް މިއީ. އެކަން ކުރުމަށް އަޅުގަނޑުމެން މި ދެންނެވި ކަހަލަ ބަދަލުތަކެއް އެބަ ގެންނަންޖެހޭ.


ޞިއްޙީ ދާއިރާއަށް މި އަންނަ ބަދަލުތަކަކީ، ކިރިޔާ ކަމެއްވާއިރަށް، ރާއްޖެއިން ބޭރަށް އަޅުގަނޑުމެން ދަތުރުކުރަންޖެހޭ ދިޔުން ހުއްޓާލުން. މި ސަރަޙައްދުގައި ދެވޭ އެންމެ މަތިވެރި ޞިއްޙީ ޚިދުމަތް، ކީއްވެގެންތޯ ރާއްޖޭގައި ނުދެވެންވީ؟ އަމާޒެއް އޮވެއްޖިއްޔާ، ޢަޒުމެއް އޮވެއްޖިއްޔާ، މަސައްކަތް ކޮށްފި ކަމަށްވަންޏާ، އެކަން ކުރެވޭނެ. މަޖީދިއްޔާގެ މޮޓޯ ބައްލަވާ! [ގަދައަޅައި މަސައްކަތް ކޮށްފި ކަމަށްވަންޏާ، ހާސިލުނުވާ އެއްވެސް ކަމެއް ނޯންނާނެ. އުނދަގޫ ކަމެއް ނޯންނާނެ.] އެހެންވީމާ، މި ހިތްވަރުން އަޅުގަނޑުމެން ހިތްވަރު ހޯދަން މިޖެހެނީ.


މިދެންނެވި ގޮތަށް ބްރިޖެއް މި އެޅެނީ. މިއީ މީގެކުރިން އަޅުގަނޑުމެންގެ ޚިޔާލަށް އަންނަ ކަންކަމެއް ނޫން. މިއީ ދިވެހިންގެ ދިރިއުޅުން ތަނަވަސްކުރަން، ހަމަޖެހުން ގެނެސްދިނުމަށް ކުރެވޭ މަސައްކަތް. ދިވެހިރާއްޖެއަކީ ޒުވާން އާބާދީއެއް އޮތް ތަނެއް. ދިވެހިރާއްޖޭގައި މިހާރު އެންމެ ބޮޑަށް ބޭނުންވަނީ، މި ޒުވާން އާބާދީ ހަމަޖެހުމާއެކީ ކުރިއަށްދާން ވަޒީފާތަކެއް ލިބޭނެ ގޮތްތަކެއް. އަދި އެ ޒުވާން އާބާދީ، ހަޔާތުގެ ބައިވެރިންނާއެކީ ދިރިއުޅުން އުޖާލާ ކުރުމަށް ކުރާ މަސައްކަތުގައި ގެދޮރުވެރިކަން ބޭނުންވަނީ. މިކަހަލަ މަޝްރޫޢުތަކެއް ސަރުކާރުން މި ހިންގަނީ. މިކަންކަން ދޫކޮށްލަނީ މެނޭޖްކުރަން ކޮންބަޔަކަށްތޯ؟ ހަމަ މިދެންނެވި ޝަރަފުވެރި ދަރިންތަކެއް މަޖީދިއްޔާގެ އަސާސްގެ މަތީގައި، ތަޢުލީމުގެ އަސާސްގެ މަތީގައި، އެ ޢުލޫމުގެ ހިޔާވަހިކަމުން ނުކުންނަ، އެ އަސާސްގެ މަތީގައި ބޭރުން ތަޢުލީމު ހާސިލުކޮށްގެން އަޅުގަނޑުމެންގެ ކަންތައް އަޅުގަނޑުމެން އަމިއްލައަށް މެނޭޖްކުރެވޭ ކެޕޭސިޓީ އަޅުގަނޑުމެން ބިލްޑްކުރަން ކުރާ މަސައްކަތް. މިއީ، މަޖީދިއްޔާގެ ދަރިންގެ ފަރާތުން އަޅުގަނޑު އެދޭ ކަމަކީ.


އަޅުގަނޑު ފަޚްރުވެރިވަން މަޖީދިއްޔާގެ ދަރިޔަކަށްވާތީ އަދި މަޖީދިއްޔާގެ ދަރިވަރަކަށްވީތީ. އެއީ އަޅުގަނޑަށް ލިބުނު ވަރަށް މަތިވެރި، ވަރަށް ވަރުގަދަ ޝަރަފެއް. މި ޝަރަފުގެ މަތީގައި އަޅުގަނޑުމެން ތިބުމަކީ، އަޅުގަނޑުމެން ކޮންމެ ކުއްޖަކަށް ލިބޭނެ އެންމެ މަތިވެރި އުފާ. އެހެންވީމާ، މަޖީދިއްޔާއިން މި ނުކުތް ދަރިވަރުން ގޮތަށް، ދެން މަޖީދިއްޔާގެ ޢުލޫމުގެ ދަންމަރު ހިފަން މިތިބަ ޒުވާން ކުދިންވެސް މިކަހަލަ ވަރުގަދަ ޢަޒުމްތަކެއް، ތިޔަކުދިންގެ ހުންނަން އެބަޖެހޭ. 90 އަހަރު މިވީ. އަޅުގަނޑު ހަމަ ދާދި ދެންމެއަކު މިބުނީ، މަޖީދިއްޔާގެ 50 އަހަރު، ގޯލްޑަން ޖުބްލީގައި އަޅުގަނޑު އުޅުނީމޭ މަޖީދިއްޔާގެ ދަރިވަރަކަށް. ޓައިމް ޕާސަސް. ޓައިމް ފްލައިސް ކްއިކްލީ. އެހެން ނޫންތޯ؟ ވަގުތު ހޭދަވާލެއް، ނޫނީވިއްޔާ އަހަރަކަށްފަހު އަހަރެއް އިސާހިތަކު ހިނގައިދާނެ. 10 އަހަރު އަޅުގަނޑުމެންނާ ބައްދަލުކުރާނީ ދާދި އަވަހަށް. މަޖީދިއްޔާ ދޮށިވެ، 100 އަހަރު ފުރިގެންދަނީ. މިއަދު 15 އަހަރު، 14 އަހަރުގައި ތިބި ކުދިންނަކީ ޒުވާން ކުދިންނަށް ވެގެންދާނެ. 24 އަހަރު، 25 އަހަރުގެ ކުދިންނަށް ވަނީ. މިއަދު މިދެކެވޭ، މިތާ މިދެކެވޭ ވާހަކަ، ތިޔަ ކުދިންނަކީ ރަނގަޅު ތަޢުލީމެއް ހާސިލުކޮށްގެން ތިބި ކުދިން ކަމަށްވަންޏާ، ތިޔަ ކުދިންގެ ޚިޔާލަށް އަންނާނީ، ތިމަންނައަކީ ކޮމްޕިޓަންޓް، ތިމަންނައަކީ މިކަން ކުރެވޭވަރުގެ ޤާބިލުކަން ހުރި އަދި އެ ކޮންފިޑެންސް ހުރި ދަރިއެކޭ. މަޖީދިއްޔާއިން އުފައްދާނީ، ކަންކަމާ ކުރިމަތިލާވަރުގެ ކެޕޭސިޓީ ހުރި، އަދި އެ ކޮންފިޑެންސް ހުރި ކުދިންތަކެއް.


ކޮންމެ ސްކޫލަކުންވެސް އުފައްދަންވާނެ. އެއީ ކީއްކުރަންތޯ؟ އެކުދިން ނުކުންނަނީ ޤައުމިއްޔަތެއް ދަމަހައްޓަން. ޤައުމަށް ބޭނުންވާ ކަންކަން މި ސްކިލްސްއާއެކީ ޤައުމު ތަރައްޤީކުރަން. ކުޑަކުޑަ މަސައްކަތެއްގެ ވާހަކައެއް ނޫން މި ދެއްކެނީ. އެހެންވީމާ، މިއީ ތަޢުލީމީ ނިޒާމެއްގެ ތެރެއިން ބޭނުންވާ ކަންކަން. މަޖީދިއްޔާއިން ތިޔަކުދިންނަށް ކޮށްދިން ކަންތައްތަކުގެ މުޤާބިލުގައި، ތިޔަ ކުދިންނަށް ކޮށްދެވޭނީ ކޮންކަމެއްހޭ، އަހައިފި ކަމަށްވަންޏާ، މި އަންނަނީ ހަމަ ތަޢުލީމީ ނިޒާމާ ގުޅުންހުރި ވާހަކަތަކެއް. އޭގެ ޖަވާބު މި އަންނަނީ ތަޢުލީމީ ނިޒާމު ފުރިހަމަކޮށް، އަދި އެ ޝަރަފު، އެ އުފާ މަޖީދިއްޔާގެ ނަމަށް ތިޔަކުދިން ހަދިޔާކުރާ ވާހަކަ މި ދައްކަނީ. އެކަން ކުރެވޭނީ ގަދައަޅައި މަސައްކަތް ކޮށްގެން. އެއީ، ތިޔަކުދިންގެ ފަރާތުން މަޖީދިއްޔާ އެދޭނެ ކަމަކީ. އެއީ، ތިޔަކުދިންގެ ފަރާތުން މަޖީދިއްޔާގެ އިހުގެ ދަރިވަރުން، ކުރީގެ ދަރިވަރުން، މުސްކުޅި ދަރިވަރުން، އަހަރުމެން ތިޔަކުދިންގެ ފަރާތުން އެދެނީ އެކަން. އެހެންވީމާ، މިކަން ކޮށްދިނުމަކީ ތިޔަކުދިންގެ ކޮނޑުގައި އެޅިފައި އޮތް މަސްއޫލިއްޔަތެއް. މިއީ، ތިޔަކުދިންގެ އުފަލެއް ކަމުގައި ތިޔަކުދިން ބަލައިގަނޭ.


ހަމައެޔާއެކީ އަޅުގަނޑުގެ ވާހަކަ ކުރުކޮށްލަން މަސައްކަތް ކުރާއިރު، އަދިވެސް އަޅުގަނޑު ބައެއް ވާހަކަ ހަމަ ދަންނަވާލާނަން. އަޅުގަނޑުމެންގެ ދިވެހިންގެ، ހަމަގައިމުވެސް އަޅުގަނޑު ދިވެއްސަކަށްވީތީ އަޅުގަނޑުގެ ހުވަފެނެއް އެބައޮތް. މިހާރު ރާއްޖެއަށް މި އަންނަ ތަރައްޤީއަކީ، ނޭނގުމުގެ ތެރެއިން އަންނަ ތަރައްޤީއެއް ނޫން. މިއީ އަޅުގަނޑާއި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ކެބިނެޓް ކޮލީގުން، ކެބިނެޓް ޓީމުގެ، އަޅުގަނޑުމެންގެ މޯލްޑިވިއަން ޑްރީމް. އަޅުގަނޑުމެން ދެކެން ބޭނުންވާ ދިވެހި ހުވަފެން. އަޅުގަނޑުމެން ދިވެހިރާއްޖޭގެ ރައްޔިތުން ގެންނަން ބޭނުންވާ ކުރިއެރުން މިއީ. އަޅުގަނޑުމެން ކަޑައްތު ކުރަން ބޭނުންވާ ދިގު ރާސްތާ. އެހެންނަމަވެސް، މި ދިގު ރާސްތާއަކީ އަޅުގަނޑުމެންނަށް އުފާވެރިކަމާއި، އަދި އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްކުރުމާއި، އަޅުގަނޑުމެންގެ ހަމަޖެހުން ކަށަވަރުކޮށްދޭނެ ރާސްތާއެއް. މީގެ ނަތީޖާއަކަށްވާނީ، އަޅުގަނޑުމެންނަކީ ހަމަޖެހޭ އަދި އަޅުގަނޑުމެންނަކީ އުންމީދުން ފުރިގެންވާ އަދި އަޅުގަނޑުމެންނަކީ މި ސަރަޙައްދުގައި ދެވަނައެއް ނެތްފަދަ ޤައުމަކަށް ދިވެހި ޤައުމު ވެގެންދިޔުން.


މިއާއެކީ އަންނަނީ މީހާގެ ރޫޙާނީބައި ވަރުގަދަކުރުން. އާދެ، އެކުއްޖާގެ ކެޕޭސިޓީ ވަރުގަދަވާއިރު، ހަމައެކަނި އެކުއްޖާއަށް ލިބޭ މާކެޓަބްލް ސްކިލްއެއް ނޫން އިތުރުވެގެންދަނީ. ހޯލްސަމް ކުއްޖެއް ބޮޑުކުރުން. ތަފްޞީލަކަށް އަޅުގަނޑު ނުދާނަން. އެހެންނަމަވެސް، އަޅުގަނޑުމެންގެ މި ޑްރީމް ހާސިލުކުރަން މިކުރާ މަސައްކަތަކީ، ޑިމާންޑިންގ، ވަރަށްގިނަ މަސައްކަތްތަކެއް، ކޮންމެ ކުއްޖެއްގެ ފަރާތުން، ކޮންމެ މީހެއްގެ ފަރާތުން އަޅުގަނޑުމެން ބޭނުންވާ ކަންކަން. މިކަންކަން ގުޅިފައި މިއޮތީ ދިވެހިރާއްޖޭގެ ތަޢުލީމުގެ ނިޒާމާ. ތަޢުލީމުގެ ކޮލިޓީ މައްޗަށް ޖެއްސުމަށް. މިހުރިހާ ކަމެއް އައިސް މި ގުޅިގެން މިދަނީ ތަޢުލީމާ. އަޅުގަނޑުމެން ދެންމެ ދެއްކިކަހަލަ މިސާލުގެ ބަސްތަކެއް ދޮގެއްތޯ، އަޅުގަނޑުމެންގެ ޝާޢިރުންވެސް ތަޢުލީމާ ބެހޭގޮތުން ވިދާޅުވެފައި މި ހުންނަނީ.


[ތަޢުލީމު ނެތަމަ ތާކު ޒަމާނާ އެކުވެގެން
    ތަންދާނެޔެ ބުއްދީގެ މަގުން އެއްކިބާވެގެން]

ޓޯޓަލް ކެއޯސްގެ ވާހަކަ މި ދައްކަނީ. ތަނެއްގައި ތަޢުލީމު ނެތިއްޖިއްޔާ، ނޫނީ ތަންދޮރު ދަންނަ ޢިލްމުވެރި ބަޔަކު ނެތިއްޖެ ކަމަށްވަންޏާ، އެތަނަށް ކެއޮޓިކް ސިޓޫއޭޝަނެއް، ނޫނީ އެތަނުގައި ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމުގެ ޑެސްޕަރޭޝަން، ޑެސްޕެއަރގެ ވާހަކަ، މާޔޫސްކަމުގެ ވާހަކަ މި ދެއްކެނީ.

އަޅުގަނޑު މި ވާހަކަކޮޅު ނިންމާލާނީ، މަޖީދިއްޔާއަށް ހުރިހާ ކުރިއެރުމެއް އެދެމުން. މަޖީދިއްޔާއަކީ އަޅުގަނޑުމެން އަބަދުވެސް މި އުންމީދުކުރާ، އަޅުގަނޑުމެން އަބަދުވެސް މި އެދޭ، އަޅުގަނޑުމެންގެ މި ދީބުލްމަޙަލްގެ ޝަރަފުގެ ގޮތުގައި ދަމަހައްޓަވައިދެއްވުމަށް މަޖީދިއްޔާގެ ހުރިހާ ކުދިންނާއި، މަޖީދިއްޔާގެ މުދައްރިސުންނާއި، އަދި މަޖީދިއްޔާ ކުދިންގެ ބެލެނިވެރިންގެ އަރިހުން އެދެމުން، ފަހު ވާހަކައެއް ގޮތަށް އަނެއްކާވެސް ހަމަ ތަޢުލީމުގެ ވާހަކަ ދަންނަވާއިރު އަޅުގަނޑު ދަންނަވާލާނަން.

މަޖީދިއްޔާއަށް ތަޢުލީމު މުހިންމުވާ ފަހު ވާހަކަ ހަމަ މި ދަންނަވާލަނީ. އަނެއްކާވެސް ހަމަ އެއްކަލަ ލެކްޗަރަރ، އޭނަގެ ކުދިންނަށް ޑިޕާޓްކުރި މެސެޖެއް ނިންމާލަމުން.

Ignorance is rampart in the minds of children who are under the care of a teacher who passed his exams through cheating.

މިއީ އަލްޓިމޭޓަމް. ކުރީގައި ދެއްކީ އެހެން ހުރިހާ ފަންނުތަކުގެ ވާހަކަ. މިހާރު މި ދައްކަނީ ޓީޗަރުންގެ ވާހަކަ. ކޮލިޓީ އެޑިޔުކޭޝަންގެ ވާހަކަ. ތަންދޮރުނުދަތުން އާންމުވެގެންދާ ވާހަކަ މި އަންނަނީ. އެއްވެސް ކަމެއް ނޭނގޭ ވާހަކަ މިދަނީ. މީޑިއޯކަރ ޓީޗަރުން ތިބެއްޖެ ކަމަށްވަންޏާ. އެހެންވީމާ، ޓީޗިންގ ޕްރޮފެޝަންގައި މީޑިއޯކްރިޓީއަކަށް ޖާގައެއް ނެތް. އެހެންވެގެން އަޅުގަނޑުމެން ތިންހާސް ޓީޗަރުން ޑިގްރީ ފެންވަރަށް ގެނެވޭތޯ މި މަސައްކަތް ކުރަނީ. އެއީ ދިވެހިރާއްޖޭގައި ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި. ކުދިންގެ ފެންވަރު މަތިކުރުމަށްޓަކައި.

Ignorance is rampart in the minds of children who are under the care of a teacher who passed his exams through cheating.

އެކަމަކު މިއީ ހިޒް އެގްޒާމް. ނޮޓް ހަރ އެގްޒާމް. އެހެންވީމާ، މި ރައްދުވަނީ ފިރިހެނުންނަށްކަންނޭނގެ، ފައިނަލީ

Collapse of education is the collapse of a state.

އެހެންވީމާ، ﷲ މިދުވަސް އަޅުގަނޑުމެންގެ ދައުލަތަށް ނުދައްކަވާށި!

އަޅުގަނޑު އެދެނީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ތައުފީޤާއި ބަރަކާތް މިންވަރު ކުރެއްވުން.
وما توفيقى إلاّباللَّـه، عليه توكّلت، وإليه أنيب.
والسّلام عليــكم ورحـمــة اللّـه وبـركاتـه.