މި ސަރުކާރުގެ އިޤްތިޞާދީ ތަޞައްވުރުގައިވާ ފަދައިން ދިވެހިރާއްޖެއަކީ ފުދުންތެރި ވިޔަފާރިއަށް ފަހި މާޙައުލެއް އޮތް ޤައުމަކަށް ހެއްދެވުމަށް ކުރައްވަމުންދާ މަސައްކަތްތައް ޤައުމީ ފެންވަރެއްގައި ފާހަގަކުރެއްވުމުގެ ގޮތުން، އަންނަ ފެބުރުވަރީ މަހުގެ 15 ވާ ބުދަދުވަހުން ފެށިގެން ސަރުކާރުގެ ރަސްމީ ސިޓީތަކާއި، އެކިއެކި ލިޔުންތަކުގައި ތިރީގައި މިވާ ޝިޢާރު ބޭނުންކުރައްވާގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

[އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން]

ވީމާ، ސަރުކާރުގެ ރަސްމީ ސިޓީތަކާއި އެކިއެކި ލިޔުންތަކުގައި މި ޝިޢާރު ބޭނުންކުރެއްވުމަށްޓަކައި، މި ޝިޢާރުގެ ތައްގަނޑެއް ހެއްދެވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ސަރުކާރުގެ އޮފީސްތަކަށް މަޢުލޫމާތު ދެއްވާނެ ކަމަށާއި، އެ މަޢުލޫމާތު ލިބިވަޑައިގަތުމުން، އެ ޝިޢާރުގެ ތައްގަނޑު ހައްދަވައި، މި އަހަރުގެ ތެރޭގައި ރަސްމީ ލިޔުންތަކުގައި އެ ތައްގަނޑު ޖައްސަވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިނގިރޭސިބަހުން މި ޝިޢާރު ބޭނުންކުރައްވާނީ ތިރީގައި މިވާގޮތަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

[Economic Prosperity – Social Harmony]