މިއަހަރުގެ މިނިވަންދުވަހުގެ ޙަރަކާތްތަކުގައި ވަރަށް ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުންނާއި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާތީއާއި، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ޙަރަކާތްތައް ނިމެނީ ޖުލައިމަހުގެ 30 ވަނަ ދުވަހުގެ ރޭ ކަމަށްވާތީ، ޖުލައިމަހުގެ 31 ވާ އާދީއްތަދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.  

 

މިގޮތަށް ހަމަޖެއްސެވުމުން، މިނިވަންދުވަހާއި މިނިވަންދުވަހުގެ މުނާސަބަތުގައި ބަންދުކުރައްވާ ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ،އަންނަ އޮގަސްޓުމަހުގެ 1 ވާ ހޯމަދުވަހު ކަމަށް ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.