މިނިވަން 50 ބައިބަލާ މުބާރާތުގެ ފައިނަލް މެޗް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބައްލަވާލައްވައިފިއެވެ. މިރޭ ކާނިވާ ސަރަހައްދުގައި އޮތް މިމެޗްގައި ކުޑަހެންވޭރާއި ބީޖީ ބައްދަލުކޮށް މުބާރާތުގެ ޗެމްޕިޔަންކަން ހޯދި ކްލަބް ބީޖީއަށް، ބައިބަލާ އެސޯސިއޭޝަނުން ދެއްވާ މިލްކުވާ ތަށްޓާއި، އެ އެސޯސިއޭޝަނުން ދެއްވާ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބެވެ.