މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތުގައި، މިއަދު ހަވީރު މާލޭގެ މަގުތަކުގައި ބޭއްވި ޕެރޭޑާއި ރޫޓްމާޗް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައްލަވާލައްވައިފިއެވެ. ޕެރޭޑާއި ރޫޓްމާޗް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުކުމެވަޑައިގަތީ މުލިއާގޭ ކުރިމައްޗަށެވެ. މިއަދުގެ ޕެރޭޑާއި ރޫޓްމާޗް ފެށިފައިވަނީ ހަވީރު 16:15 ގައި ސިފައިންގެ ބަނޑޭރިކޮށިންނެވެ. މި ޕެރޭޑާއި ރޫޓްމާޗްގައި އެމްއެންޑީއެފްގެ ބޭންޑާއި ސިފައިންގެ ލަޝްކަރީންގެ އިތުރުން މާލޭގެ ބައެއް ސްކޫލްތަކުންވެސް ބައިވެރިވިއެވެ.