ޤާނޫނު ނަންބަރު 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނު)ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، 2015 ޖުލައި 9 ވަނަ ދުވަހު "ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ"ގެ ނަމުގައި ދިވެހި ދައުލަތުގެ ޔުނިވަރސިޓީއެއް ޤާއިމު ކުރައްވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، ޔުނިވަރސިޓީ ޤާއިމުވުމާ ހަމައަށް ކުއްލިޔަތުއްދިރާސާތިލް އިސްލާމިއްޔާއަށް ހަމަޖައްސަވާފައިވާ ނަންބަރު 170 ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.