ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، މިއަހަރުގެ ސްކޫލް ކުދިންގެ ނެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

ސޯޝަލް ސެންޓަރގައި ކުރިއަށް ދިޔަ މިމެޗް ނިމުމުން، އެކި އުމުރުފުރާތަކުގެ ޗެމްޕިޔަން ޓީމްތަކަށް ތަށްޓާއި މެޑެލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.