އެކި ދާއިރާތަކުން ޚާއްޞަވެފައިވާ "ސުޕަރ ސްޕެޝަލިސްޓް" ޑޮކްޓަރުންގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ އިފްތިތާޙުކޮށް ދެއްވައިފިއެވެ. މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ، މިކަމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިޔާތުގައި، ރާއްޖެއިން ބޭރުން މި ޕްރޮގްރާމްގައި ބައިވެރިވާ ހޮސްޕިޓަލްތަކަށް، ޕްރޮގްރާމްގެ އެއްބަސްވުމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.