‏ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުގައި ގަސްއިންދުމުގެ ‏‏ޕްރޮގްރާމް ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ‏‏މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ. ‏

‏މިކަމަށްޓަކައި މިއަދު ހަވީރު ހުޅުމާލޭގައި އޮތް މި ރަސްމިއްޔާތުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ގިނަ ‏‏ވަޒީރުން ގަސް އިންދެވިއެވެ. މީގެއިތުރަށް، ސްކޫލްކުދިންނާއި، ގިނަ އަދަދެއްގެ އާންމު ‏‏ރައްޔިތުންވެސް ވަނީ މިއަދުގެ ޕްރޮގްރާމުގައި ބައިވެރިވެ ގަސްއިންދާފައެވެ.‏