‏ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު)ގެ 22‏‎ ‎‏ވަނަ މާއްދާގެ (ރ) ގައިވާ ‏‏ގޮތުގެ މަތިން، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރު ކަމަށް ޢައްޔަނު ކުރެއްވުމަށް ‏‏ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ މިދަންނަވާ 3 ބޭފުޅުން، އެ ކޮމިޝަނުގެ މެންބަރުކަމަށް ‏‏ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ‏

‏1.‏ ‏އަލްއުސްތާޛް ޢަލީ ނަދީމު‏ ‏ ހ. ގްލޯރިއޯސާ‏
‏2.‏ ‏ފާޠިމަތު ސަރީރާ ޢަލީ ޝަރީފު ދަފްތަރު. ނަންބަރު ދރ. 1320‏
‏3.‏ ‏މުޙައްމަދު ފަރުހާދު‏ ‏ ހަސަންކާރިގެ / ސ.މީދޫ‏

‏މިތިން ބޭފުޅުންގެ ތެރެއިން ކޮމިޝަނުގެ ރައީސާގެ ގޮތުގައި ‏‏ފާޠިމަތު ސަރީރާ ޢަލީ ‏‏ޝަރީފު، އަދި ނައިބު ރައީސްކަމަށް ‏މުޙައްމަދު ފަރުހާދު ރައީސުލްޖުމްހޫރިއްޔާ ވަނީ ޢައްޔަން ‏‏ކުރައްވާފައެވެ. ‏
‏ ރަސްމިއްޔާތަށްފަހު، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙްމަދު މި 3 ބޭފުޅުންނާ ‏‏ބައްދަކޮށްލެއްވިއެވެ. އަދި، ވަކި ފަރާތަކަށް ނުޖެހި، މިނިވަންކަމާއި، ނަޒާހަތްތެރިކަމާއެކު ‏‏އެބޭފުޅުންގެ ވަޒީފާގެ މަސްޢޫލިއްޔަތުތައް އަދާކުރެއްވުމަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ. ‏

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ‏‏މުޙައްމަދު މުޖުތާޒު ބައިވެރިވެވަޑައިގެންނެވިއެވެ.‏