އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަޤާމަށް ހައްދުންމަތީ މާވަށު މާޒީ އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ، އިންފޮމޭޝަން ކޮޝިނަރާ ބައްދަލުކުރައްވައި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުންގެ ކަންތައްތަކާއި، އިދާރީ އޮނިގަނޑާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ 43 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ވަނީ 13 ޖުލައި 2014 ވަނަ ދުވަހު "އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް" އުފައްދަވާފައެވެ.