‏ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލެއްވި މަތީ ތަޢުލީމާބެހޭ މަޖިލީހުގެ ފުރަތަމަ ‏‏ޖަލްސާ މިއަދު ބާއްވަވައިފިއެވެ. މި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ، މަތީ ތަޢުލީމާބެހޭ މަޖިލީހުގެ ‏‏ރައީސް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދެވެ. ރައީސުލްޖުމްހޫރިއްޔާގެ ‏‏އޮފީހުގައި މިއަދު ބޭއްވެވި މި ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވީ، މަޖިލީހުގެ މައިގަނޑު ‏‏މަސައްކަތްތަކާ ގުޅޭގޮތުންނެވެ. ‏

މިގޮތުން، މަތީ ތަޢުލީމާބެހޭ ސިޔާސަތުތަކާއި އުޞޫލުތައް ކަނޑައެޅުމާ ‏‏ގުޅޭގޮތުންނާއި، މަތީ ތަޢުލީމުދޭ މަރްކަޒެއް ޤާއިމްކުރުމާއި، ރާއްޖޭގައި ޔުނިވަރސިޓީތައް ޤާއިމްކޮށް ‏‏ހިންގުމާބެހޭ އުޞޫލުތައް ކަނޑައަޅައި، ލަފާދިނުމާ ގުޅޭގޮތުންނާއި، މަތީ ތަޢުލީމުގެ ފުރްޞަތުތައް، ‏‏ދިވެހި ދަރިވަރުންނަށް ފުޅާކުރުމާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވިއެވެ. ‏