ޤާނޫނު ނަންބަރު 2006/2 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެމަތިން، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ ހައިސިއްޔަތުން، މަރްޔަމް ވިސާމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވައިފިއެވެ.