ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ ފަސްދާނުލައިފިއެވެ. ފަސްދާނުލީ މިއަދު މެންދުރު ނަމާދަށްފަހު، ރާއްޖޭގެ ގަޑިން މިއަދު 11 ޖެހިއިރު، ސިންގަޕޫރު ގަޑިން މެންދުރުފަހު 2 ޖެހިއިރު ސިންގަޕޫރުގެ ޗޮއާ ޗޫ ކަންގް ޤަބުރުސްތާނުގައެވެ. ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲގެ ޖަނާޒާގައި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲގެ އަނބިކަނބަލުން އަލްފާޟިލާ އަމީނާ ޢަލީއާއި، ބޭފުޅުންނާއި، ޢާއިލާގެ ބައެއް މެންބަރުންނާއި، ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު އަލްފާޟިލް މުޙަންމަދު ޚަލީލު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސިންގަޕޫރުގައި މިވަގުތު ތިއްބެވި ގިނަ ޢަދަދެއްގެ ދިވެހިންވެސް ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވިއެވެ.