އަލްމަރްޙޫމް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި، މިއަދުގެ ޢަޞްރު ނަމާދަށްފަހު ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ. ކަށުނަމާދުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެން ދެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެކެވެ.

ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވީ، ކިޑްނީގެ އާލާސްކަންފުޅަކަށާއި، ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާދެވެމުން ދަނިކޮށް، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި، ރާއްޖޭ ގަޑިން ރޭ މެންދަމު 1.05 ގައެވެ.