މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މިރޭ ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، މިނިވަންދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

މިއަހަރު ޚާއްޞަ އިނާމު ލިބިވަޑައިގަތީ 24 ބޭފުޅަކަށާއި 3 ފަރާތަކަށެވެ. އެ ބޭފުޅުންގެ ތެރޭގައި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅުންނާއި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ޙާޞިލު ކުރެއްވި 4 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދެވި 15 ބޭފުޅުންނަކީ:
ބެޗްލަރސް ޑިގްރީ:

1. އަލްއުސްތާޛު ޢަބްދުﷲ ސިޔާޒް ޅ. ނައިފަރު ނަސީމާ މަންޒިލް
2. އަލްފާޟިލް ފަތުޙުﷲ އަޙްމަދު ހއ. އިހަވަންދޫ މޫރިތިގެ
3. އަލްފާޟިލް މުޙައްމަދު މަތީން ށ. ފޯކައިދޫ ޕެޓޫނިޔާ
4. އަލްފާޟިލާ އާމިނަތު ސަވްސަން އަޙްމަދު މއ. ނީލުގެ
5. އަލްފާޟިލާ އާމިނަތު ޝަރުމާ ހުޅުމާލެ މުރަކަ – 7
6. އަލްފާޟިލާ ޝިފާ ތައުފީޤު ގދ. ރަތަފަންދޫ އޯކިޑްމާގެ
7. އަލްފާޟިލް އަންވަރު އިބްރާހީމް ބ. ތުޅާދޫ މަންޒިލް
8. އަލްއުސްތާޛު ސުޢޫދު މުޙައްމަދުފުޅު ހ. މާވަރުހުރާ
9. އަލްފާޟިލާ ފަރީދާ މުޙައްމަދު ދ. ކުޑަހުވަދޫ ފްލޯރާ

ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް:

1. އަލްފާޟިލާ ވަދޫދާ އަޙްމަދު ހދ. ކުޅުދުއްފުށީ ރަންނާޅި
2. އަލްފާޟިލާ ޝަކީލާ ޙާމިދު ހއ. ކެލާ ބިޖިލީގެ
3. އަލްފާޟިލް އަޙްމަދު ރަޝީދު ށ. ފޯކައިދޫ ބަގީޗާގެ
4. އަލްފާޟިލް އަޙްމަދު ޢާސިމް ހ. މަލާގާ

މާސްޓަރޒް ޑިގްރީ:

1. އަލްފާޟިލް އިރުފާން އަޙްމަދު ހ. ފެންނާގެ
2. އަލްފާޟިލް އިދުރީސް އިސްމާޢީލް މ. ދިއްގަރު އަނީސާ މަންޒިލް

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލު ކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލު ހާސިލު ކުރެއްވީ 4 ބޭފުޅުންނެވެ. އެބޭފުޅުންނަކީ:

1. ޑޮކްޓަރ ޢަބްދުﷲ ފިރާޤު ހއ. ތަކަންދޫ ފިޔާތޮށިގެ
2. ޑޮކްޓަރ މުޙައްމަދު މުޢިއްޒު މ. ދިމްޔާތު
3. ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ މއ. މާވެޔޮގެ
4. ޑޮކްޓަރ މިޒްނާ މުޙައްމަދު މ. ހާފުސްވިލާ

ބައިނަލްއަޤްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ 4 ބޭފުޅެކެވެ. އެބޭފުޅުންނަކީ:

1. އަލްފާޟިލް މުޙައްމަދު އަސީލް ޙަސަން މ. އަރީކާ
2. އަލްފާޟިލް އިބްރާހީމް ފަޟީލް މ. ކާވިޔާ
3. އަލްފާޟިލް ޢަލީ އަޝްފާޤު މއ. ދުނބުގެ
4. އަލްފާޟިލް އަޙްމަދު ޠާރިޤު އދ. މަހިބަދޫ ކަންމަތީގެ

މީގެއިތުރުން، 2008 ވަނަ އަހަރު ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް މެޑެލާއި، ކުޅުންތެރިންނަށް ހަނދާނީ ލިޔުން ދެއްވިއެވެ.

މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ހާސިލުކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، މާފަންނު ހުރެންދޫ އަލްފާޟިލާ ފާޠިމަތު ޖީހާން ސަލީމެވެ. އަދި ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްވެސް މި އިނާމު ހާސިލު ކުރިއެވެ.

ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ރޮނގުން މިއަހަރު ހުޅުވާލާފައިވާ، ކާބަން ނިއުޓްރަލް ކުރުމުގެ ގޮތުން ތެޔޮ އަންދަންޖެހޭ މިންވަރު މަދުކުރުމަށް މަސައްކަތްކުރާ ރިޒޯޓަކަށް ދެއްވާ މެޑެލް ހާސިލުކުރީ ފިހާޅޮހި އައިލެންޑް ރިޒޯޓެވެ.

މީގެ އިތުރުން، ސައުތުކޮރެއާގެ ސޯލްގައި މިދިޔަ އަހަރު ބޭއްވުނު ގްލޯބަލް އައި.ޓީ ޗެލެންޖް ފޮރ ޔޫތު ވިތު ޑިސްއެބިލިޓީސްގެ އީ-ސްޕޯޓްސް އިންޓެލެކްޗުއަލް ޑިސްއެބިލިޓީސް ސެކްޓަރުން ބެސްޓް ޗެލެންޖަރގެ މަގާމު ހާސިލުކުރި ޢިމާދުއްދީން ސްކޫލުގެ ދަރިވަރު ނަޒީހް ޔަޢުޤޫބު ޙުސައިނަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިނާމެއް ދެއްވިއެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވިއެވެ.