ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޒިޔާރަތްކުރައްވާ ރަށްރަށުގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ. މިގޮތުން އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނީ މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދުއަށެވެ.