ޤައުމީ ފެންވަރުގައި ބާއްވާ ޤުރްއާން މުބާރާތްތަކުން މަތީ ވަނަތައް ހޯދާ ފަރާތްތަކަށް، އެކި ރަސްމިއްޔާތުތަކުގަޔާއި، ޖަލްސާތަކުގަޔާއި، ބައްދަލުވުންތަކުގައި ޤުރްއާން ކިޔެވުމުގެ ފުރްޞަތު ދެއްވަން އެދިވަޑައިގަންނަވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވީމާ، މީގެފަހުން ސަރުކާރުގެ އެކި އިދާރާތަކުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިންތިޒާމް ކުރައްވާ ރަސްމިއްޔާތުތަކުގަޔާއި، ޖަލްސާތަކުގަޔާއި އަދި ބައްދަލުވުންތަކުގައި، ކީރިތި ޤުރްއާން ކިޔެވުމަށް ކުދިންނާއި މީހުން ހަމަޖައްސަވާއިރު، މިދެންނެވި ފަދަ މަތީ ވަނަތައް ހޯދާ ކުދިންނަށާއި މީހުންނަށް އިސްކަން ދެއްވައިގެން، އެފަދަ ފުރްޞަތުތައް ދެއްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދެންނެވި ކުދިންނާއި މީހުންނާބެހޭ މަޢުލޫމާތު، ކީރިތި ޤުރްއާނާބެހޭ މަރްކަޒާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.