ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ހަނިމާދޫ ހައުސިންގ ޔުނިޓްތައް ހަވާލުކުރެއްވުމާއި، ވައިކަރަދޫ ބަނދަރު ހެދުމުގެ މަސައްކަތް ފަށްޓަވައިދެއްވާނެއެވެ. އަދި ނޮޅިވަރަންފަރުގެ ހައުސިންގ ޔުނިޓްތަކުގެ ބިންގާ އަޅުއްވައިދެއްވުމަށްވެސް މިދަތުރުފުޅުގައި ހަމަޖެހިފައިވެއެވެ.