އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބެރޮނަސް ތެޗަރގެ ޖަނާޒާގައި، ދިވެހި ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ހަމަޖައްސަވައިފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ، މިއަދު ހެނދުނުއެވެ.

ބެރޮނަސް ތެޗަރގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.