1. ރައްޔިތުންނަށް ސަލާމަތް ޞިއްޙަތެއް ލިބިދިނުމަށް ބޭނުންވާ ސިޔާސަތު ކަނޑައަޅައި، އެ ކަމާ ބެހޭ އެންމެހައި ކަންތައްތައް ރާވައި، ކުރިއަރުވައި، ޑޮކްޓަރީ ބޭސްފަރުވާއާއި ދިވެހިބޭސްވެރިކަމާއި އޯލްޓަނޭޓިވް މެޑިސިންގެ ބޭސްފަރުވާގެ ކަންތައްތަކާއި، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ކަންތައްތަކާއި، ނަފްސާނީ ޞިއްޙަތުގެ ދާއިރާގެ ކަންތައްތައް ރާއްޖޭގައި ހިނގާނުހިނގާ ގޮތް ބެލެހެއްޓުން.
2. އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުތައް ކަނޑައެޅުން.
3. ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު)ގެ ދަށުން، ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ ތަންތަން ރަޖިސްޓަރީކުރުމާއި، ޞިއްޙީ ޚިދުމަތް ދިނުމުގެ ލައިސަންސް ދިނުން.
4. ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު)ގެ ދަށުން، ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި، ރާއްޖޭގައި ޞިއްޙީ ޚިދުމަތްދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ޞިއްޙީ ޚިދުމަތްތަކުގެ އަގުތަކުގެ މިންގަނޑުތައް ކަނޑައެޅުން.
5. ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު)ގެ ދަށުން ހަދާ ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތަކުގެ ދަށުން، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި އެ ތަންތަނުގެ ޚިދުމަތްތައް ރެގިއުލޭޓުކުރުން.
6. ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު)ގެ ދަށުން، ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ ލޭ ހޯދުމާއި، ލޭ ރައްކާކުރުމާއި، ލެއާ ގުޅުންހުރި އެކިއެކި ތަޙުލީލުތަކާއި ދިރާސާތައް ކުރުމާއި ބަލިމީހުންނަށް ލޭ އެޅުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.
7. ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގައި ބޭސް ވިއްކޭނެ އެންމެ މަތީ އަގުތައް ކަނޑައެޅުމާއި، ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމަށް ބޭނުންވާ އަސާސީ ބޭސް ހޯދުމުގެ ކަންކަން އިންތިޒާމުކުރުން.
8. ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމަށް ބޭނުންވާ އަސާސީ ބޭހުގެ އިތުރުން، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ އެންމެހައި ބޭސް ހޯދުމުގެ ކަންކަން އިންތިޒާމުކުރުމާއި، އެ ބޭސްތައް ލިބެން ހުންނަކަން ކަށަވަރުކުރުން.
9. ކާބޯތަކެތީގެ ފެންވަރާއި ރައްކާތެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ޤާނޫނު ނަންބަރު 2024/6 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު) ތަންފީޒުކުރާކަން ކަށަވަރުކުރުން.
10. ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރިކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގެ ހަދަންޖެހޭ ގަވާއިދުތައް ހަދައި، އެ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުން.
11. އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ޤާނޫނު ނަންބަރު 2012/7 (އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ތަންފީޒުކުރާކަން ކަށަވަރުކުރުން.
12. ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކާ ބެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި، އެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ޚިދުމަތްދޭކަން ކަށަވަރުކުރުން.
13. ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ހާލަތަށް އެންމެ އެކަށީގެންވާ ސައެންސާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ފަރުވާދެވޭނެ ތަންތަނާއި، ބަލިތައް ތަޙުލީލުކުރުމަށް ބޭނުންވާ މެޑިކަލް ލެބޯޓަރީގެ ޚިދުމަތާއި މި ނޫން ވެސް މި ފަދަ ޞިއްޙީ ޚިދުމަތްތައް ދޭނެ ތަންތަން ގާއިމުކޮށް، ހިންގައި ބެލެހެއްޓުން.
14. އިމަރޖެންސީ ޞިއްޙީ ފަރުވާދިނުމުގެ ޤައުމީ ނިޒާމު ގާއިމުކޮށް ހިންގައި ބެލެހެއްޓުމާއި، ކުއްލި ނުރައްކާތަކާއި ކާރިސާތަކަށް ތައްޔާރުވެ ތިބުމާއި، އެ ފަދަ ހާލަތްތަކުގައި ޞިއްޙީ ޚިދުމަތްތައް ފޯރުވައިދޭނެ ގޮތްތައް ރޭވުން.
15. ރާއްޖޭގައި ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރަމުންދާ ގޮތް މޮނިޓަރކުރުން.
16. ރާއްޖޭގައި ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ރައްކާތެރި ލޭ ފޯރުކޮށްދިނުމާގުޅޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، މި ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކަށް ޢަމަލުކުރަމުންދާ ގޮތް ބެލުން.
17. ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނު)ގެ ދަށުން، ތެލެސީމިއާއާއި އެހެނިހެން ހީމޮގްލޮބިނޯޕަތީސް ބަލި މީހުންނަށް ދޭންޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުމާއި، އެ ފަދަ ބަލި މީހުންނަށް ބޭނުންވާ ލޭ ރައްކާތެރިކަމާއެކު ލިބޭނެ ނިޒާމެއް ގާއިމުކުރުން.
18. ޕްރައިމަރީ ހެލްތު ކެއަރއާއި ޞިއްޙީ ރައްކާތެރިކަމާގުޅޭ އަސާސީ ޚިދުމަތްތައް ދިނުން.
19. ޕްރައިމަރީ ހެލްތު ކެއަރގެ އުސޫލުން އާންމު ޞިއްޙަތާގުޅޭ ޕުރޮގުރާމުތައް ރާވައި، މުޖުތަމަޢާއި
މި މަސައްކަތްތަކާއި ގުޅުން ހުރި އެހެނިހެން ދާއިރާތަކާ ގުޅިގެން ކޮމިއުނިޓީ އައުޓްރީޗް ޚިދުމަތްތައް ރާއްޖޭގައި ހިންގުން.
20. ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް ސަޕްލައިތަކާއި، މެޑިކަލް ކޮންސިއުމަބަލްސްއާއި، އެސެންޝިއަލް މެޑިސިން ފޯރުކޮށްދީ، އެ ތަކެތި އެ ތަންތަނަށް މެދުކެނޑުމެއްނެތި ލިބޭކަން ކަށަވަރުކުރުން.
21. ލާމަރުކަޒީ އުސޫލުން ޞިއްޙީ ޚިދުމަތްފޯރުކޮށްދިނުމަށް ބޭނުންވާ ޤާބިލުކަން ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި އުފައްދައި، އެ ކަމަށް ބޭނުންވާ އެހީތެރިކަންދިނުން.
22. ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އަދި އެ ފަރާތަށް ޖަވާބުދާރީވާ، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާ ގުޅިފައިވާ ގަވަރނިންގ ބޯޑުތަކެއްގެ ދަށުން ހިނގަމުންދާ ތަންތަނުގެ ގޮތުގައި ބައްޓަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
23. ޤާނޫނު ނަންބަރު 2015/13 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު)ގެ ދަށުން ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ މީހުން ރަޖިސްޓަރީކުރުމާއި، އެ މީހުންނަށް މަސައްކަތްކުރުމުގެ ހުއްދަ ދިނުމާއި، މި ފަދަ މީހުންގެ ފެންވަރު ބެލުމާއި، ފެންވަރު ހިފެހެއްޓުމާއި، މަސައްކަތުގައި ގެންގުޅެންޖެހޭ ފަންނީ މިންގަނޑުތައް ކަނޑައަޅައި ބެލެހެއްޓުމާއި، މަސައްކަތުގެ އަޚުލާޤީ މިންގަނޑު ހިފެހެއްޓުމާ އަދި މި ކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.
24. ޞިއްޙީ ޚިދުމަތްތައް ދިނުމުގައި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި، އެ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެ ފަރާތްތަކާއެކު މަސައްކަތް ކުރުން.
25. ރާއްޖޭގެ ރަސްމީ އިދާރާގެ ހައިސިއްޔަތުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއާއި ރާއްޖޭގެ ރެޑް ކްރެސެންޓް ސޮސައިޓީއާއެކު މުވާސަލާތު ކުރުން.
26. އުފަންވުމާގުޅޭ މައުލޫމާތު ރެކޯޑުކުރުމާއި މަރު ސާބިތުކުރުމާގުޅޭ ކަންކަމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމާއި، ޤާނޫނު ނަންބަރު 2022/23 (އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން.
27. ޞިއްޙީ ދާއިރާއިން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޞިއްޙަތާއި ބަލިބައްޔާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން.
28. އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައި، މި ކަންކަން ވިލަރެސްކުރުން.
29. ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ ސިޔާސަތުގެ ދަށުން ހުރިހައި ދާއިރާތަކެއްގައި ޢަމަލުކުރުމަށް ކަނޑައަޅާ ސިޔާސަތުތަކާއި ގަވާއިދުތަކާއި މަޝްރޫޢުތަކުގައި ޖެންޑަރގެ ނަޒަރަކުން ބެލިފައިވާ މިންވަރު މޮނިޓަރކޮށް، ހުރިހައި ދާއިރާތަކަކުން މި ސިޔާސަތު ދެމެހެއްޓުމަށް ބާރުއެޅުން.
30. ސަރުކާރު ހިންގުމުގެ އެންމެހައި ޕްލޭންތައް ވިލަރެސްކުރުމުގައި ޖެންޑަރ މެއިންސްޓްރީމްކޮށް އަންހެނުންނާއި، ފިރިހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންގެ ހާލަތު ދެނެގަނެ ސިޔާސަތުތައް ބައްޓަންކުރުން.
31. ސިޔާސީ، އިގުތިސާދީ، އިޖުތިމާއީ އަދި ސަގާފީ ގޮތުން އަންހެނުން ކުރިއެރުވުމަށް ޓަކައި ހުރިހާ ރޮނގަކުން އެ މީހުންނަށް ބައިވެރިވެ، ނަތީޖާ ހާސިލުކުރެވޭނެ ގޮތަކަށް ދައުލަތުގެ ނިޒާމު ހަރުދަނާކޮށް ބައްޓަންކުރުމަށް ބާރުއެޅުން.
32. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމާޢަތްތަކާއި ޖަމުޢިއްޔާތަކުގެ ދައުރު ހަރުދަނާކުރުމަށް ޓަކައި ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އިކުއަލިޓީގެ ޤާނޫނު)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
33. އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނާއި ޢާއިލާތަކާއި، އާންމުކޮށް ހުރިހާ ރައްޔިތުންނަށް ދޭންޖެހޭ އިޖުތިމާއީ ރައްކާތެރިކަން ލިބޭކަން ކަށަވަރުކުރުން.
34. އަޅައިލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށާއި، އެހީތެރިކަން ބޭނުންވާ ކުދިންނަށާއި، އެ ކުދިންގެ މައިންބަފައިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުންދިނުމަށް ޓަކައި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤައުމީ ނިޒާމު ގާއިމުކޮށް، އެ ނިޒާމުގެ ތެރެއިން މިނިސްޓްރީން ކުރުމަށް ކަނޑައަޅާ ކަންކަން ވިލަރެސްކުރުން.
35. އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންގެ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމުގެ ޤައުމީ ނިޒާމުގެ ތެރެއިން މިނިސްޓްރީން ކުރުމަށް ކަނޑައަޅާ ކަންކަން ވިލަރެސްކުރުން.
36. އެކި ބާވަތުގެ ހާނިއްކައާއި އަނިޔާ (ޖިންސީ، ޖިސްމާނީ، ނަފްސާނީ އަދި އިހުމާލު) ލިބިފައިވާ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
37. އެކިބާވަތުގެ ހާނިއްކައާއި އަނިޔާ (ޖިންސީ، ޖިސްމާނީ، ނަފްސާނީ އަދި އިހުމާލު) ލިބިފައިވާ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ޢަމަލުކުރާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، މި އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ވިލަރެސްކުރުން.
38. އަނިޔާގެ ޝިކާރައަކަށްވެގެން ދައުލަތުގެ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ސައިކޯސޯޝަލް ސަޕޯޓް ދިނުމާއި، އެ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އަސާސީ ކަންތައްތައް ފޯރުކޮށްދިނުން.
39. ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ރައްކާތެރިކަން ފޯރުކޮށްދީ ބަލަހައްޓަންޖެހޭ މީހުންނާއި ކުދިން ބެލެހެއްޓުމަށް ބޭނުންވާ މަރުކަޒުތައް ގާއިމުކުރުމާއި، އެ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާއި،
އެ މަރުކަޒުތަކުން ޚިދުމަތްފޯރުކޮށްދިނުމުގެ މިންގަނޑުތައް ކަނޑައެޅުން.
40. ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ރައްކާތެރިކަން ފޯރުކޮށްދީ ބަލަހައްޓަންޖެހޭ މީހުންނާއި ކުދިން ބެލެހެއްޓުމަށް ގާއިމުކުރާ މަރުކަޒުތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
41. ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ރައްކާތެރިކަން ފޯރުކޮށްދީ ބަލަހައްޓަންޖެހޭ މީހުންނާއި ކުދިންނަށް އަމިއްލަ ޖަމުޢިއްޔާތައް މެދުވެރިކޮށް ޚިދުމަތްފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސައި،
މި ކަންކަން ވިލަރެސްކުރުން.
42. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންދަން އެދޭ ފަރާތްތަކުގެ އިޖުތިމާއީ އަދި ޞިއްޙީ ހާލަތު ވަޒަންކުރުމަށް ހަދަންޖެހޭ އެސެސްމަންޓްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ހެދުމާއި، މަރުކަޒު ކުރެވިގެން ފަރުވާ ދޭންޖެހޭކަމަށް ކަނޑައެޅޭ ފަރާތްތައް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ބެލުމުގެ ދަށަށް ގެންދިޔުމާ ހަމައަށް އެ ފަރާތްތަކަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުން.
43. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓަންޖެހޭ މީހުން ބެލެހެއްޓުމާއި، އެ މީހުންގެ ހާލަތު މޮނިޓަރކުރުން.
44. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވައިލައި، އަދާހަމަކޮށް ބަލަހައްޓަމުން ގެންދިޔުން.
45. ކުއްލި ނުރައްކާތަކާއި ކާރިސާތަކާ ގުޅިގެން ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން. މި ޚިދުމަތް ދިނުމުގައި، އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިސްކަންދެވޭނެ ގޮތަކަށް ޚިދުމަތްފޯރުކޮށްދިނުން.
46. ވަކި ޖިންސެއްގެ މީހަކަށްވީތީ އެ މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިގެން ނުވަތަ އަނިޔާއެއް ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި، އެ ޙައްޤަކަށް އުނިކަން ލިބުނު ފަރާތަކަށް އިޖުތިމާއީ އަދި ޤާނޫނީ ޚިދުމަތް އަދި ހިމާޔަތް ލިބޭނެމަގު ފަހިކޮށްދިނުން.
47. އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނާއި، އެ ފަރާތްތަކުގެ ޢާއިލާތަކުގެ ޙައްޤުތަކާއި،
އެ ޙައްޤުތައް ރައްކާތެރިކުރުމަށް ހުރަސްއެޅޭ އާ މައްސަލަތައް (އިމަރޖިން އިޝޫތައް) ދެނެގަނެ
އެ މައްސަލަތައް ހައްލުކުރުމަށް، ކަމާ ބެހޭ ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުން.
48. ޢާއިލީ ގުޅުންތައް ހަރުދަނާކޮށް ބަދަހި ޢާއިލާތަކެއް ބިނާކުރުމަށް ޤައުމީ ފެންވަރުގައި ކުރަން ކަނޑައަޅާ މަސައްކަތްތަކުގެ ސިޔާސަތުތައް އެކުލަވައިލައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ ސިޔާސަތުތައް ތަންފީޒުކުރުން.
49. ޢާއިލީ ގުޅުންތައް ހަރުދަނާކޮށް ބަދަހި ޢާއިލާތަކެއް ބިނާކުރުމަށް ތަފާތު ޕުރޮގުރާމުތައް ރާވާއި، ކަމާ ބެހޭ ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން އެ ފަދަ ޕުރޮގުރާމުތައް ތަންފީޒުކުރުން.
50. ޢާއިލާތަކުގެ ހާލަތު ރަނގަޅުކުރުމަށް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ހުރި ފުރުޞަތުތަކަށް އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން މަސައްކަތްކުރުން.
51. ޢާއިލީ މައްސަލަތަކާއި އިޖުތިމާއީ މައްސަލަތައް ކުރިމަތިވާ ފަރާތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށް، ފެމިލީ ސަޕޯޓް ހޮޓްލައިނެއް ގާއިމުކުރުން.
52. ޢާއިލީ މައްސަލަތަކާއި އިޖުތިމާއީ މައްސަލަތައް ކުރިމަތިވާ ފަރާތްތަކަށް ކައުންސެލިންގެ ޚިދުމަތްފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
53. ޢާއިލީ މައްސަލަތަކާއި އެހެނިހެން އިޖުތިމާއީ މައްސަލަތަކުގައި އަނިޔާ (ޖިންސީ، ޖިސްމާނީ، ނަފްސާނީ އަދި އިހުމާލު) ލިބޭ ފަރާތްތަކަށް، ޤާނޫނުތަކުން ލިބިދޭ ރައްކާތެރިކަމާއި ޙައްޤުތަކުގެ މައުލޫމާތު އެ ފަރާތްތަކަށް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުން.
54. ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތަކުގެ މައުލޫމާތާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ލިބެންހުރި ތަފާތު އެހީއާއި ފުރުޞަތުތަކުގެ މައުލޫމާތު ޢާއިލާތަކަށް ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރުން.
55. މުޖުތަމަޢަށް އަންނަ ބަދަލުތަކާ ގުޅިގެން ޢާއިލީ ދިރިއުޅުމާއި ޢާއިލީ ގުޅުންތަކަށް އަންނަ ބަދަލުތައް ދެނެގަނެ، ޢާއިލީ ގުޅުންތައް ހަރުދަނާކުރުމަށް ކުރެވެންހުރި ކަންކަން ދިރާސާކުރުން.
56. މިނިސްޓްރީގެ ދާއިރާއިން އިޖުތިމާއީ ޚިދުމަތްދޭ ތަންތަނަށް ހުއްދަދިނުމާއި، ހުއްދަ ބާޠިލުކުރުމާއި، މި ފަދަ ޚިދުމަތްތަކާއި، ޚިދުމަތްދޭ ތަންތަނާއި، އެ ތަންތަނުން ދޭ ޚިދުމަތްތަކުގެ ފެންވަރާއި، ޚިދުމަތްދޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، މި ޚިދުމަތްތަކުގެ އަގުތައް އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓުން.
57. އަތޮޅު ފެންވަރުގައާއި ރަށު ފެންވަރުގައި ގާއިމުކޮށްފައިވާ ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމުޢިއްޔާތަކާ ގުޅިގެން އިޖުތިމާއީ ރައްކާތެރިކަމުގެ ޕުރޮގުރާމުތައް ރާވައި ހިންގުން.
58. އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށާއި، ޢާއިލީ ގުޅުން ބަދަހިކުރުމަށާއި، ހެޔޮގޮތުގައި ކުދިން ތަރުބިއްޔަތުކުރުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން އުފައްދައި، މި ކަންކަމަށް މުޖުތަމަޢު ހޭލުންތެރިކުރުވުން.
59. ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގައިވާ ގޮތުގެ މަތިން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލްގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުން.
60. ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު)ގައިވާ ގޮތުގެ މަތިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލްގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުން.
61. މިނިސްޓްރީގެ ދާއިރާގެ މަސައްކަތްތައް ހަރުދަނާކޮށް ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީކުރުމަށް، އެކި ޤައުމުތަކާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި އެހީދޭ ފަރާތްތަކާއި، ޤައުމީ ފެންވަރުގެ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާ ގުޅުން ބަދަހިކޮށް، އެ ފަރާތްތަކުގެ ލަފައާއި އެހީ ހޯދުން.
62. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުން ހުރި، ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުޢާހަދާތަކާއި، އެއްބަސްވުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އެ ފަދަ މުޢާހަދާތައް ތަންފީޒު ކުރަމުންދާގޮތާ ބެހޭ ގޮތުން ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުމާއި، އެ ރިޕޯޓްތައް އެކުލަވައިލުމުގެ މަރުޙަލާގައި އިޞްލާޙުކުރަންޖެހޭކަމަށް ފާހަގަކުރެވޭ ކަންކަން ކަމާ ބެހޭ ދާއިރާތަކުގެ ސަމާލުކަމަށް ގެނައުން.
63. މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި އެކިއެކި ދިރާސާތައް ކުރުމާއި، އެ ފަދަ ދިރާސާތައް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި، ދިރާސާތަކުގެ ފެންވަރާއި، އެތިކްސް ހިފެހެއްޓުމާއި، މި ދާއިރާގައި ދިރާސާކުރުމުގެ މާޙައުލެއް ކުރިއަރުވައި ދިރުވުން.
64. މިނިސްޓްރީގެ މަސައްކަތު ދާއިރާއާގުޅޭ ތަފާސްހިސާބު އެއްކުރުމުގެ މިންގަނޑުތައް ކަނޑައަޅައި، މިނިސްޓްރީގެ މަސައްކަތު ދާއިރާއާގުޅޭ ތަފާސްހިސާބު އެއްކޮށް، ބަލަހައްޓައި، އެނަލައިޒްކޮށް، މައުލޫމާތު ހާމަކުރުން.
65. ހުރިހާ ދާއިރާއަކުން ތަފާސްހިސާބު އެއްކުރުމުގައި އުމުރާއި ޖެންޑަރ ޑިސްއެގްރިގޭޓަޑް އަދި، އެ ނޫން ވެސް ޑިސްއެގްރިގޭޓަޑް ޑޭޓާ ނެގުމަށް ބާރުއެޅުން.
66. މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އިދާރީ މިންގަނޑުތައް ކަނޑައަޅައި، މަސައްކަތުގެ ފެންވަރު ހިފަހައްޓައި، އެ ތަންތަނުގެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބަލައި، ވިލަރެސްކޮށް، އެ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގައި އިދާރީ ގޮތުންނާއި ފަންނީ ގޮތުން ދޭންޖެހޭ އެހީތެރިކަންދިނުން.
67. ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު)ގެ ދަށުން އެކުލަވައިލަންޖެހޭ ޞިއްޙީ ދާއިރާގެ ދުރު ރާސްތާގެ މާސްޓަރ ޕްލޭން ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވައިލުމާއި، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.
68. މިނިސްޓްރީގެ މަސައްކަތާ ގުޅުންހުރި ދާއިރާތަކުގެ ތެރެއިން ފަންނީ މީހުން ބޭނުންވާ ދާއިރާތައް ކަނޑައަޅައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މީހުން ބިނާކުރުމަށް މަސައްކަތްކުރުން.
69. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
ތިރީގައި މިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ދަށުންނެވެ.
(ހ) މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
(ށ) ހެލްތު ޕްރޮޓެކްޝަން އެޖެންސީ
(ނ) ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް
(ރ) ދަމަނަވެށި
(ބ) މޯލްޑިވިއަން ބްލަޑް ސަރވިސަސް
(ބ.1) ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ
(ޅ) ޓަރޝަރީ ހޮސްޕިޓަލްތައް
(ކ) ހޮސްޕިޓަލްތައް
(އ) ޞިއްޙީ މަރުކަޒުތައް
(ވ) ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު
(މ) ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ
(ފ) ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރތައް
(ދ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް
(ދ.1) ފިޔަވަތި
(ދ.2) އަމާންވެށިތައް
(ތ) އަމާންހިޔާތައް
(ލ) ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒު
(ގ) އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް
(ހ) މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 2024/6 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު)ގެ 9ވަނަ މާއްދާގައި، އެ ޤާނޫނުގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން ތިރީގައި މިވަނީއެވެ.
1. ދިވެހިރާއްޖޭގައި ލިބެން ހުންނަ ކާބޯތަކެއްޗަކީ ރައްކާތެރި އަދި ޢާންމު ޞިއްޙަތަށް ގެއްލުންނުވާ ފަދަ ތަކެތިކަން ކަށަވަރުކުރުން.
2. ކާބޯތަކެތީގެ ފެންވަރު ހިފަހައްޓައި، ޞިއްޙީ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުންނާއި އެ ތަކެއްޗަކީ ޞިއްޙީ ގޮތުން އެކަށީގެންވާ ތަކެތި ކަމުގައި ކަށަވަރުކުރުމުގެ ގޮތުން އަންނަނިވި ކަންކަން ކުރުން.
(ހ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ، ނުވަތަ ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ، ނުވަތަ ދިވެހިރާއްޖޭގައި އުފައްދާ، ނުވަތަ ތައްޔާރުކުރާ، ނުވަތަ ރައްކާކުރާ، ނުވަތަ ބަންދުކުރާ، ނުވަތަ ގުދަންކުރާ، ނުވަތަ ގަނެ ވިއްކާ، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލާ، ނުވަތަ ފޯރުކޮށްދޭ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށާއި އެ ތަކެއްޗަކީ ޞިއްޙަތަށް ފައިދާހުރި އަދި ޢާންމު ޞިއްޙަތަށް ގެއްލުންނުވާ ފަދަ ތަކެތިކަން ކަށަވަރުކުރުމަށް ބޭނުންވާ ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް އެކުލަވައިލައި، އެ ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ތަންފީޒުކުރުން.
(ށ) ކާބޯތަކެތީގެ ފެންވަރާއި ރައްކާތެރިކަމާގުޅޭ ކަންކަމުގައި ސަރުކާރަށާއި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް ލަފަޔާއި އިރުޝާދާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
(ނ) ކާބޯތަކެތިން ލިބޭ ފައިދާއާއި، ކާބޯތަކެތީގެ ފެންވަރާއި ރައްކާތެރިކަމާމެދު، ކާބޯތަކެތީގެ މަސައްކަތްކުރާ ފަރާތްތަކާއި އާންމުން ހޭލުންތެރިކުރުވުން.
3. ކާބޯތަކެތި އުފެއްދުމަށް، ނުވަތަ ތައްޔާރުކުރުމަށް، ނުވަތަ ބަންދުކުރުމަށް، ނުވަތަ ލޭބަލްކުރުމަށް، ނުވަތަ ރައްކާކުރުމަށް، ނުވަތަ ގުދަންކުރުމަށް، ނުވަތަ ގަނެ ވިއްކުމަށް، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމަށް، ނުވަތަ ފޯރުކޮށްދިނުމަށް، ނުވަތަ އިމްޕޯޓުކުރުމަށް، ނުވަތަ އެކްސްޕޯޓުކުރުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުމާއި، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ކާބޯތަކެތީގެ ބާވަތްތައް ކަނޑައެޅުމާއި، ހުއްދަ ހޯދައިގެން މެނުވީ ދިވެހިރާއްޖެއަށް އިމްޕޯޓުނުކުރެވޭނެ ކާބޯތަކެތީގެ ބާވަތްތައް ކަނޑައެޅުމާއި، ކަމާގުޅޭ ހުއްދަތައް ދޫކުރުމުގެ ޝަރުތުތައް ކަނޑައެޅުމާއި، އެ ހުއްދަތައް ދޫކުރުން.
4. ކާބޯތަކެތި އުފައްދާ މީހުންނާއި، ތައްޔާރުކުރާ މީހުންނާއި، ބަންދުކުރާ މީހުންނާއި، އެއްތަނުން އަނެއްތަނަށް އުފުލާ މީހުންނާއި، އެ ނޫން ވެސް ކާބޯތަކެތި ވިއްކުމުގައާއި ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި އެ ކާބޯތަކެތި ގެންގުޅޭ ފަރާތްތަކުން ދަމަހައްޓަންޖެހޭ ޢާންމު ސާފުތާހިރުކަމުގެ މިންގަނޑުތައް ކަނޑައެޅުން.
5. ދިވެހިރާއްޖޭގައި ގާއިމުކުރެވޭ ލެބޯޓަރީތަކުގައި ކާބޯތަކެތި ތަޙުލީލުކުރުމުގެ ޚިދުމަތްދިނުމަށް ޓަކައި ފުރިހަމަވާންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، އެ ލެބޯޓަރީތަކުގައި ކާބޯތަކެތި ތަޙުލީލުކުރުމުގެ ޚިދުމަތް ދިނުމަށް ހުއްދަދިނުމުގެ ޝަރުތުތައް ކަނޑައެޅުމާއި، އެ ހުއްދަ ދިނުން.
6. ކާބޯތަކެތީގެ ރައްކާތެރިކަމާގުޅޭ ގޮތުން ސަރުކާރުގެ އިދާރާތަކާއި ކަމާ ބެހޭ ބައިނަލްއަގުވާމީ އެޖެންސީތަކާއެކު ގުޅުން ބަދަހިކޮށް ދެމެހެއްޓުމާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުޢާހަދާތަކަށް ޢަމަލުކުރުމުގެ ގޮތުން ދައުލަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުން.
7. މި ޤާނޫނު ތަންފީޒުކުރެވޭ މިންވަރު ބަލައި މޮނިޓަރކުރެވޭނެ ނިޒާމެއް އެކަށައަޅައި ހިންގުން.
8. ކާބޯތަކެތި އުފައްދާ ތަންތަނާއި، ތައްޔާރުކުރާ ތަންތަނާއި، ބަންދުކުރާ ތަންތަނާއި، ރައްކާކުރާ ތަންތަނާއި، ގުދަންކުރާ ތަންތަނާއި، ގަނެ ވިއްކާ ތަންތަނާއި، އެއްތަނުން އަނެއްތަނަށް އުފުލާ ނުވަތަ ފޯރުކޮށްދޭ ތަންތަން ބަލައި ފާސްކުރުމާއި، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.
ޤާނޫނު ނަންބަރު 2024/6 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު)ގެ 9ވަނަ މާއްދާގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަމުގެ އިތުރުން، އެ ޤާނޫނުގެ 8ވަނަ މާއްދާގެ (ނ)ގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަދާކުރަން ކަނޑައެޅޭ މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.
9. ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމުގައި ބޭނުންކުރުމަށް ރާއްޖެއަށް އެތެރެކުރެވޭ އަދި ރާއްޖޭގައި ބޭނުންކުރެވޭ ބޭސް ރެގިއުލޭޓްކުރުމަށް ޓަކައި ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް އެކުލަވައިލައި އާންމުކުރުން.
10. ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު)ގެ ދަށުން، ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމުގައި ބޭނުންކުރެވޭ ބޭހާއި، ބޭހުގެ ބާވަތްތަކާއި، ބޭހުގެ ގޮތުގައި ބޭނުންކުރާ ތަކެތި ރެގިއުލޭޓްކުރުން.
11. ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މި ނޫން ވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތަކުގެ މިންގަނޑުތައް ކަނޑައަޅައި، މި ތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ފެންވަރު ހިފެހެއްޓުމާއި، މި ކަންކަމާ ބެހޭ މައުލޫމާތު ބެލެހެއްޓުމާ ބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
12. ރާއްޖެއަށް އެތެރެކުރާ ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މި ނޫން ވެސް ބައޮލޮޖިކަލް ތަކެއްޗާއި، ޑައިގްނޯސްޓިކް ޑިވައިސްތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް އެ ތަކެތި ހުރިތޯ ބަލައި، ޗެކްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
13. ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މި ނޫން ވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތަކުގެ ތެރެއިން ރަޖިސްޓަރީކުރަންޖެހޭ ބާވަތްތައް ކަނޑައެޅުމާއި، ރަޖިސްޓަރީކުރުން.
14. ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މި ނޫން ވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޯސްޓިކް ޑިވައިސްތައް އުފެއްދުމަށާއި، އިމްޕޯޓްކުރުމަށާއި، އެކްސްޕޯޓްކުރުމަށާއި، ވިޔަފާރިކުރުމަށް ޓަކައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެ ތަކެތީގެ ވިޔަފާރިކުރުމަށް ދޫކުރަންޖެހޭ ހުއްދަ ދޫކުރުމާއި، އެ ހުއްދަ ބާޠިލުކުރުމާއި، އެ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުއެޅުން.
15. ރާއްޖެއަށް އެތެރެކުރާ ބޭހާއި، ރާއްޖޭގައި އުފައްދާ ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މި ނޫން ވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޯސްޓިކް ޑިވައިސްތަކަށް ދޫކުރަންޖެހޭ ހުއްދަ ދޫކުރުމާއި، ހުއްދަ ބާޠިލްކުރުމާއި، ރައްކާތެރިކަމާއި ފެންވަރު ހިފެހެއްޓުމަށް (ކޮލިޓީ އެޝުއަރެންސް) ކުރަންޖެހޭ ކަންތައްތައް ކުރުން.
16. ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މި ނޫން ވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޯސްޓިކް ޑިވައިސްތަކާ ބެހޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުން.
17. ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މި ނޫން ވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތައް ތަޙުލީލުކުރުމުގެ ޚިދުމަތްދިނުން.
18. ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި މި ނޫން ވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތައް އުފައްދާ ތަންތަނާއި، ތަޙުލީލުކުރާ ތަންތަނާއި، ގުދަންކުރާ ތަންތަނާއި، ވިއްކާ ތަންތަން ޗެކުކުރުމާއި، ސަރޓިފައިކުރުން.
19. ބޭސް އިމްޕޯރޓްކުރާ އަދި އެކްސްޕޯޓްކުރާ ފަރާތްތަކުން ބޭނުންވާ ލައިސަންސް ދޫކުރުމާއި، ބޭސް ބަލައި ފާސްކުރާ ފަރާތްތައް (އިންސްޕެކްޓަރުން) ތަމްރީނުކުރުމާއި، އެ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި
އެ ފަދަ ފަރާތްތަކުގެ ފެންވަރު ބެލުމަށް ކުރަންޖެހޭ ކަންކަން ކުރުން.
20. އޮތޯރިޓީގެ މަސައްކަތްތަކާ ގުޅުންހުރި، ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތްތައް ކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުމަށް އުފައްދައިފައިވާ "ކޯޑެކްސް އެލިމެންޓޭރިއަސް ކޮމިޝަން" ގެ ކޯޑެކްސް ކޮންޓެކްޓް ޕޮއިންޓެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
21. ބޭހުގެ ރައްކާތެރިކަމާގުޅޭ ގޮތުން ހަދަންޖެހޭ ރިސްކް އެސެސްމަންޓްތައް ހެދުމާއި، ބޭހުގެ ރައްކާތެރިކަމާގުޅޭ ގޮތުން ނެރެންޖެހޭ އެލަރޓްތައް އާންމުކުރުމާއި، އެ އެލަރޓްތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.
22. ބޭހުގެ ރައްކާތެރިކަމާ ބެހޭ ގޮތުން އާންމު ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުންތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
23. އެންޓިމައިކްރޯބިއަލް ރެސިސްޓަންޓް (އޭ.އެމް.އާރު.) ކޮންޓްރޯލްކުރުމުގެ އެންމެހައި މަސައްކަތްތައް ކޯޑިނޭޓްކޮށް ހިންގުން.
24. ރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ ތެރެއިން އިންސާނުންގެ ޞިއްޙަތަށް ނުރައްކާތެރިވާ ކެމިކަލްތަކަށް ހެލްތު ކްލިއަރެންސް ދިނުން.
(ށ) ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތައް
ތިރީގައިމިވަނީ ޤާނޫނު ނަންބަރު 2012/7 (އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 7ވަނަ މާއްދާއިން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިޚްތިޞާޞްގެ ދާއިރާގެ ތެރޭގައި ހިމެނިގެންވާ، އަދި އެ ކަންކަން ކުރުމުގެ ޒިންމާ އެ އެޖެންސީން އުފުލަންޖެހޭ ކަންކަމެވެ.
1. އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 10ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ މަގާމުތަކާއި އެ މާއްދާގެ ދަށުން އުފައްދާ އިތުރު މަގާމުތަކުގެ މަސްއޫލިއްޔަތުތަކާއި ޝަރުޠުތަކާއި، އެ މަގާމުތަކުގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވާނެ ހުނަރުތަކާއި، އެ މަގާމުތަކުގެ ވާޖިބުތައް އަދާކުރާނެ ހަމަތައް ސިވިލް ސަރވިސް ކޮމިޝަނުގެ މަޝްވަރާގެ މަތިން އެކުލަވައިލުން.
2. އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި ހިންގަންޖެހޭ ޕުރޮގުރާމުތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕުރޮގުރާމުތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައެޅުމާއި، އެ ޕުރޮގުރާމުތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޕުރޮގުރާމުތައް ހިންގާނެ ގޮތުގެ ހަމަތައް ކަނޑައެޅުން.
3. ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގައި ހިމެނޭ ސަރަހައްދުތަކުގައި ހުރި ޞިއްޙީ ޚިދުމަތް ދޭ މުއައްސަސާތަކުން ނުވަތަ މަރުކަޒުތަކުން، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 7ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ އަމާޒުތަކަށާއި، ހަމަތަކަށާއި، އުސޫލުތަކަށް ތަބާވުން ލާޒިމުކުރުން.
4. ޞިއްޙީ ނުރައްކާތަކާއި ގައިންގަޔަށް އަރާ ބަލިތަކާއި ނުރައްކާތެރި ބަލިތަކާއި ރިޕޯޓުކުރަންޖެހޭ ބަލިތައް ދެނެގަތުމަށާއި، އެ ބަލިތައް ފެތުރޭ ނިސްބަތް ބެލުމުގެ މަސައްކަތާއި، އެއިން ބައްޔެއް ފެތުރުމުން އެ ބަލިތަކަށް ދެވޭނެ އިޖާބައަކީ ކޮބައިތޯ ބެލުމުގެ މަސައްކަތްތައް ކުރުން.
5. ޞިއްޙީ ނުރައްކާތަކާއި ގައިންގަޔަށް އަރާ ބަލިތައް ބޭރުގެ ޤައުމުތަކުން ރާއްޖެއަށް ތަޢާރުފުވުން ކޮންޓްރޯލްކުރުމަށާއި، ރާއްޖޭގައި އެ ފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ކޮންޓްރޯލްކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
6. ގައިންގަޔަށް އަރާ ބައްޔަކާގުޅޭ ގޮތުން، ނުވަތަ ނުރައްކާތެރި ބައްޔަކާގުޅޭ ގޮތުން، ނުވަތަ ޞިއްޙީ ނުރައްކަލަކާގުޅޭ ގޮތުން އުފެދިދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ޓަކައި، ނުވަތަ އެ ފަދަ ނުރައްކަލެއް ކޮންޓްރޯލް ކުރުމަށް ޓަކައި، ނުވަތަ އެ ފަދަ ނުރައްކަލެއްގެ މިންވަރު ކުޑަކުރުމަށް ޓަކައި، ނުވަތަ އެ ފަދަ ނުރައްކަލަކުން ސަލާމަތްވުމަށް ޓަކައި އަޅަންޖެހޭނެ ފިޔަވަޅުތައް ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގައިވާ އާންމު ޞިއްޙަތުގެ މުއައްސަސާތަކަށާއި މަރުކަޒުތަކަށް އެންގުމާއި، ކަމާގުޅޭ އިރުޝާދުތައް އެ ތަންތަނަށް ދިނުން.
7. އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ހިންގުމަށް ޓަކައި އަދި، އާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި، ބޭރުގެ ޖަމާޢަތްތަކާއި ޤައުމުތަކާއެކު އެއްބަސްވުންތައް ގާއިމުކުރުމާއި، އެ ފަދަ ޖަމާޢަތްތަކާއި ޤައުމުތަކާ ގުޅިގެން ޕުރޮގުރާމުތައް ރާވައި ހިންގުން.
8. އެކަށީގެންވާ މުވައްޒަފުންނާއި އެކަށީގެންވާ ވަސީލަތްތައް ހުރެގެން، އާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި ބޭނުންވާ މިންވަރަށް ޕަބްލިކް ހެލްތު ލެބޯޓަރީތައް އުފައްދައި، އެ ތަނުން ދޭނެ ޚިދުމަތްތައް ކަނޑައަޅައި، އެ ޚިދުމަތްތައް އެ ތަންތަނުން ދެމެހެއްޓެނިވި ގޮތެއްގައި ދެމުންދިޔުން.
9. ގައިންގަޔަށް އަރާ ބައްޔާއި ނުރައްކާތެރި ބަލި ރާއްޖެއަށް ފެތުރެމުންދާ ނިސްބަތް ނުވަތަ ފެތުރުމުގެ ފުރުޞަތު އޮތް ނިސްބަތް ބެލުމަށް ޓަކައި ހިންގަންޖެހޭ މަޝްރޫޢުތަކާއި ޕުރޮގުރާމުތައް ހިންގައި، ރާއްޖެއަށް އެ ފަދަ ބައްޔެއް ތަޢާރުފުވެއްޖެ ނަމަ، އެ ކަމަށް އިޖާބަދިނުމުގެ ކަންކަން ރާއްޖޭގައި ހިންގަންޖެހޭނެ ގޮތުގެ އުސޫލުތައް ރާވައި، މަޝްރޫޢުތައް އެކުލަވައިލައި، ޢަމަލީ މަސައްކަތުގެ ތާވަލުތައް ތައްޔާރުކުރުން.
10. ޞިއްޙީ ނުރައްކަލެއް ދިމާވެއްޖެ ނަމަ، ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރިއްޖެ ނަމަ، ނުވަތަ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކަށް ރާއްޖެ ހިނގައްޖެ ނަމަ، ނުވަތަ ނުރައްކާތެރި ބައްޔެއް ފެތުރިއްޖެ ނަމަ، އަންގަންޖެހޭ އެންގުންތައް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މައިގަނޑު އުސޫލުތައް ދުރާލާ ތައްޔާރުކުރުން.
11. އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ޓަކައި، މީހުންނަށް ދޭންޖެހޭ އާންމު ޞިއްޙަތުގެ ޚިދުމަތްތައް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި އެ ކަމާގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
12. އެއްވެސް ބައްޔެއް ފެތުރުމުގެ ވަސީލަތަކަށް ވެދާނެ އެއްޗެއް، މީހުން ދިރިއުޅޭ ތަނެއްގައި ހުރެއްޖެކަމަށްވާ ނަމަ، އެ ތަނެއްގެ ވެރިފަރާތަށް އެ ކަން ކޮންޓްރޯލް ކުރުމަށާއި އެކަމެއް ނައްތާލުމަށް ޓަކައި، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން، އަންގަންޖެހޭ އެންގުންތައް އެންގުމާއި، އެ މީހަކު އެ އެންގުމާ އެއްގޮތަށް ޢަމަލުކުރަން ލާޒިމުކުރުން.
13. އާންމު ޞިއްޙަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ އާންމު ސާފުތާހިރުކަމުގެ މިންގަނޑުތައް އެކުލަވައިލައި، އެ މިންގަނޑުތައް ތަންފީޒުކުރަމުން ދިޔުން.
14. ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތައް ކޮންޓްރޯލްކުރުމަށާއި، މުޖުތަމަޢުގެ އާންމު ދުޅަހެޔޮކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
15. އާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ހިނދެއްގައި، އެ ކަން ދިމާވި ގޮތާއި، އެކަމުގައި ޢަމަލުކުރި ގޮތާއި، ޢަމަލުކުރެވުނު ގޮތުގެ ސަބަބުން ގެނެވުނު ބަދަލާއި، އެ ކަން ހުއްޓުވުމަށް ދިމާވި ގޮންޖެހުންތަކާއި، ދެން އެ ފަދަކަމެއް ދިމާވެއްޖެކަމަށްވާ ނަމަ ރަނގަޅުކުރަންޖެހޭނެ ކަންތައްތަކަކީ ކޮބައިކަން ބަލައި މުރާޖާކުރުމަށްފަހު، ރިޕޯޓެއް އެކުލަވައިލައި ވަޒީރަށް ހުށަހެޅުން.
16. ނުރައްކާތެރި ބަލިތަކާއި ގައިންގަޔަށް އަރާ ބަލިތަކާއި ރިޕޯޓުކުރަންޖެހޭ ބަލިތަކާގުޅޭ ގޮތުން ކަންކުރަމުން ގެންދާ ގޮތުގެ މައްޗަށް ރިޕޯޓެއް އެކުލަވައިލައި، ކޮންމެ އަހަރެއްގެ ވެސް ޖަނަވަރީ މަސް ހުސްވުމުގެ ކުރިން ވަޒީރަށް ރިޕޯޓެއް ހުށަހެޅުން.
ޤާނޫނު ނަންބަރު 2012/7 (އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 7ވަނަ މާއްދާގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިޚްތިޞާޞްގެ ދާއިރާގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ޓަކައި ތިރީގައި މިވާ މަސައްކަތްތައްތައް ހިންގައި ބެލެހެއްޓުން.
17. ރާއްޖޭގެ ނާޒުކު ހާލަތުގައިވާ އާބާދީގެ ގިންތިތަކުގެ ޞިއްޙަތު ރައްކާތެރިކުރުމަށް ބޭނުންވާ ޚިދުމަތްތައް ރާވައި ހިންގައި، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގައި ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.
18. ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގެ ދަށުން ދުންފަތުގެ އިސްތިޢުމާލުކުރުމުން މުޖުތަމަޢު ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
19. ވެކްސިންދީގެން ރައްކާތެރިކުރެވޭ ބަލިތަކުން ރައްކާތެރިކުރުމަށް އިމިއުނައިޒޭޝަން ޕުރޮގުރާމު ރާވައި ހިންގުމާއި، އެ ފަދަ ބައްޔެއް އުޅޭ ނަމަ އެ ކަން ބަލައި ތަޙުލީލުކޮށް، ބަލި ކޮންޓްރޯލުކުރުމާގުޅޭ ގޮތުން އާންމު ޞިއްޙަތާއި ބައިނަލްއަގުވާމީ ގޮތުން ބޭނުންވާ ވެކްސިނޭޝަންގެ ކަންތައް ހިންގައި ބެލެހެއްޓުން.
20. އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުތަކަށް ސެޓްފިކެޓް ދޫކުރުމާއި، ރާއްޖޭގެ ބައިނަލްއަގުވާމީ އެއްގަމާއި ވައިގެ ބަނދަރުތަކުގައި އެ ރެގިއުލޭޝަނާ އެއްގޮތަށް ހުންނަންޖެހޭ ކަންކަން ކަނޑައަޅައި، އެ ބަނދަރުތަކުގައި ޞިއްޙީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބަލައި، ކަރަންޓީނާ ބެހޭ އެންމެހައި ކަންތައްތައް ރާވައި ބެލެހެއްޓުން.
21. ރާއްޖޭގެ ބައިނަލްއަގުވާމީ ބަނދަރުތަކަށް އަންނަ އުޅަނދުތަކާއި މީހުންނާއި، ފުރާ އުޅަނދުތަކާއި މީހުންނާ މެދު ޞިއްޙީ ގޮތުން ބަލަންޖެހޭ ކަންކަމާއި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުން.
22. ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި، ހިންގައި، މޮނިޓަރކުރުން.
23. ރާއްޖޭގެ ނިއުޓްރިޝަންގެ ހާލަތު ރަނގަޅުކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކުޑަކުދިންގެ ހެދިބޮޑުވުން މޮނިޓަރކުރުމާއި، މި ކަންކަމަށް މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުން.
24. ދަރިމައިވުމުގެ ޞިއްޙަތާއި، ކުޑަކުދިންގެ ޞިއްޙަތާ ބެހޭގޮތުން ދޭންޖެހޭ ޚިދުމަތްތައް ދެވޭނެ ގޮތްތައް ފަހިކޮށްދީ، އެ ކަންކަން ހިނގަމުންދާ ގޮތް ބަލައި، ރައްޔިތުން ހޭލުންތެރިކުރުވުން.
25. މަދިރިއާއި ބަލި ފަތުރާ އެހެނިހެން ސޫފާސޫފި އުފެދުމާއި ގިނަވިޔަނުދީ ހިފެހެއްޓުމަށް ބޭނުންވާ ފަންނީ ލަފާދީ މިންގަނޑުތައް ކަނޑައަޅައި، މި ކަންކަން ހިނގާނުހިނގާ ގޮތް ބެލުން.
26. މީހުން ދިރިއުޅޭ ތަންތަނާއި، ދިރިނޫޅޭ ތަންތަނާއި، އާންމު ތަންތަނާއި، މަސައްކަތުގެ މާޙައުލަކީ ޞިއްޙީ ގޮތުން ރައްކާތެރި އަދި ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކޮށްދޭ މާޙައުލުތަކަށް ހެދުމަށް ޓަކައި ކަމާ ބެހޭ ދާއިރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން. އަދި، މި ކަންކުރުމަށް ބޭނުންވާ އުސޫލުތަކާއި މިންގަނޑުތަކާއި ގަވާއިދުތައް ހެދުމަށް އެޑްވޮކޭޓް ކުރުމާއި، އެ ކަންކަމާ ބެހޭ ގޮތުން ހޭލުންތެރިކުރުވުން.
27. އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި، އެ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެ ފަރާތްތަކާއެކު މަސައްކަތް ކުރުން.
28. ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ ޞިއްޙަތު ކުރިއެރުވުމަށާއި، އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް ޢާއިލާ ހޭލުންތެރިކުރުވުމާއި، އެ ފަދަ މީހުންނަށް އެހީތެރިވާ މުޖުތަމަޢެއް އުފެއްދުމަށް މަސައްކަތް ކުރުން.
(ނ) ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ މަސައްކަތްތައް
1. ނަފްސާނީ ޞިއްޙަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުކުރުމުގެ ކަންކަން ވިލަރެސްކުރުން.
2. ނަފްސާނީ ޞިއްޙަތުގެ ދާއިރާއިން ހިންގާ ޕުރޮގުރާމުތައް އެކުލަވައިލައި، އެ ޕުރޮގުރާމުތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައަޅައި، ޕުރޮގުރާމުތައް ތަންފީޒުކުރުމުގެ ކަންކަން ވިލަރެސްކުރުމާއި،
އެ ޕުރޮގުރާމުތައް ހިންގުމުގެ މިންގަނޑުތައް ކަނޑައަޅައި، އެ ޕުރޮގުރާމުތައް ހިންގާނެ ގޮތުގެ ހަމަތައް ކަނޑައަޅައި، އެ ޕުރޮގުރާމުތައް ހިނގާނުހިނގާ ގޮތް ބަލައި މޮނީޓަރކުރުމާއި، އެ ޕުރޮގުރާމުތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ގެނައުން.
3. ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ނަފްސާނީ ޞިއްޙީ ޚިދުމަތްތަކާ ބެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގައާއި އެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ޚިދުމަތްދޭކަން ކަށަވަރުކުރުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
4. ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްއިން ކަނޑައަޅާ ޕްލޭންތަކާ އެއްގޮތަށް، ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުން ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ފޯރުކޮށްދޭކަން ކަށަވަރުކުރުން.
5. ނަފްސާނީ ކަންކަމާމެދު މަޝްވަރާ ކުރެވޭނެ އަދި ނަފްސާނީ ކަންކަމާ ގުޅިގެން އެހީ ހޯދޭނެ ޚާއްޞަ ހެލްޕްލައިނެއްގެ ޚިދުމަތްފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން.
6. ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި،
އެ މަސައްކަތްތަކުގައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ އެއްބާރުލުން ހޯދުން.
7. ނަފްސާނީ ޞިއްޙަތާ ގުޅުންހުރި މަސައްކަތްތައް ކުރާ އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި ގުޅުން ބަދަހިކޮށް، އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭނެ މާޙައުލެއް ގާއިމުކުރުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޕުރޮގުރާމުތައް ހިންގުމުގައި އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އެ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާދިނުން.
8. ދިވެހިރާއްޖެއަށް ކުރިމަތިވާ ކުއްލި ނުރައްކާތަކާއި ކާރިސާތަކުގައި، ނަފްސާނީ ޞިއްޙަތުގެ ދާއިރާއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައި އެ ކަންކަން ވިލަރެސްކުރުމާއި، ކުއްލި ނުރައްކާތަކާއި ކާރިސާތަކުގެ ހާލަތްތަކުގައި ނަފްސާނީ ޞިއްޙީ ޚިދުމަތްތައް ފޯރުވައިދޭނެ ގޮތްތައް ކަނޑައެޅުން.
9. ނަފްސާނީ ޞިއްޙަތުގެ ދާއިރާއިން ރާއްޖެއަށް ފަންނީ ހުނަރުވެރިން ބޭނުންވާ ދާއިރާތައް ދެނެގަނެ، ޤާބިލު މީހުން ބިނާކުރުމަށް ޓަކައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.
10. ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތަކުން ނަފްސާނީ ޞިއްޙަތުގެ ދާއިރާގެ ކޯސްތައް އެކުލަވައިލައި ހިންގުމުގައި އެ މަރުކަޒުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
11. ނަފްސާނީ ޞިއްޙަތުގެ ދާއިރާގެ ޚިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ޚިދުމަތްދޭ އިދާރާތަކާއެކު މަޝްވަރާކުރުމާއި، އެ ގޮންޖެހުންތަކުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.
12. ނަފްސާނީ ޞިއްޙަތުގެ ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައި ކަމާ ބެހޭ އިދާރާތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ އެ މަސައްކަތްތައް ވިލަރެސްކުރުމާއި، މި ފަދަ ބައިނަލްއަގުވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގެ ގޮތުން އިޞްލާޙުކޮށް ބަދަލުގެންނަންޖެހޭ ކަންކަމަށް ބަދަލުގެނައުމަށް ބާރުއަޅައި،
މި ކަންތައްތައް ކަމާ ގުޅުންހުރި ދާއިރާތަކުގެ ސަމާލުކަމަށް ގެނައުން.
13. ނަފްސާނީ ޞިއްޙަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ލަފައާއި އެހީ ހޯދުމާއި، އެ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުން.
14. ނަފްސާނީ ޞިއްޙަތުގެ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރުމާއި، އެ ދިރާސާތަކުން ހޯދޭ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
15. ނަފްސާނީ ޞިއްޙަތުގެ ދާއިރާއާގުޅޭ ތަފާސްހިސާބު އެއްކޮށް، އަދާހަމަކޮށް ބަލަހައްޓައި، އެނަލައިޒްކޮށް، ތަފާސްހިސާބު އާންމުކުރުން.
(ރ) ދަމަނަވެށީގެ މަސައްކަތްތައް
1. މައިންނާއި ޅަދަރިންގެ ޞިއްޙަތު ރައްކާތެރިކުރުމަށާއި، އާންމު ޞިއްޙަތަށް ނުރައްކާވާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް ދޭންޖެހޭ ބޭސްފަރުވާ (ވެކްސިން ދިނުމާއި ޚާއްޞަ ބަލިބައްޔަށް ފަރުވާދިނުމަށް ކްލިނިކްތައް ހިންގުން ފަދަ ޕުރޮގުރާމުތައް) ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން ފޯރުވައިދިނުން.
2. މާބަނޑު މީހުންނަށް ބޭނުންވާ އެންޓިނޭޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި ގަވާއިދުން އެންޓިނޭޓަލް ކްލިނިކް ހިންގުމާއި މާބަނޑު މީހުންނަށާއި އެ ފަރާތްތަކުގެ ޢާއިލާއަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް މައުލޫމާތު ސެޝަންތައް ހިންގުން.
3. ވިހެއުމަށްފަހު މައިމީހާއާއި ދަރިފުޅަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޕޯސްޓްނޭޓަލް ކްލިނިކް ހިންގުމާއި ދަރިމައިވުމާއި ޢާއިލާ ރޭވުމާ ބެހޭ މައުލޫމާތާއި ޢާއިލާ ރޭވުމުގެ ވަސީލަތްތައް ފޯރުކޮށްދިނުން.
4. 5 އަހަރުން ދަށުގެ ކުދިން ހެދިބޮޑުވާ މިންވަރު ބެލުމަށް ގްރޯތް މޮނިޓަރިންގ ޕުރޮގުރާމު ހިންގުން.
5. އާންމު ޞިއްޙަތު ކުރިއެރުވުމަށް އާންމުން ހޭލުންތެރި ކުރުވުމުގެ ޕުރޮގުރާމުތައް ހިންގުމާއި ކައުންސެލިންގގެ ޚިދުމަތް ދޭންޖެހޭ ފަރާތްތަކަށް އެ ފަދަ ޚިދުމަތް ދިނުން.
6. ކެންސަރ ސްކްރީނިންގ ފަދަ ގައިންގަޔަށް ނާރާ ބަލިތަކާ ބެހޭ ޕުރޮގުރާމު ހިންގުމާއި، ޖިންސީ ގުޅުމުން އަރާ ބަލިތަކަށް ސްކްރީން ކުރުމާއި، މި ފަދަ ބަލިތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުން.
7. ލޭ މައްޗަށް ދާ މީހުންނާއި ހަކުރުބަލީގެ މީހުންނަށް އަދި ގައިންގަޔަށް ނާރާ އެހެނިހެން ބަލިތަކުގެ މީހުންނަށް އަމާޒުކޮށްގެން ސްކްރީނިންގ ޕުރޮގުރާމުތައް ހިންގުމާއި، ޚާއްޞަ ކްލިނިކްތައް ހިންގުން.
8. ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތަކަށް ކައުންސެލިންގ ދިނުމާއި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސެސޭޝަން ކްލިނިކްގެ ޚިދުމަތް ދިނުން.
9. ޖެނަރަލް ޕްރެކްޓިޝަނަރ ސަރވިސް އާއި އާންމު ބަލިތަކަށް އޯ.ޕީ.ޑީ. ގެ ޚިދުމަތްފޯރުކޮށްދިނުމާއި، ބައެއް ބާވަތުގެ ބަލިތަކަށް އަމާޒުކޮށްގެން ޚާއްޞަ ކްލިނިކްތައް ހިންގުން.
10. ދަމަނަވެށްޓަށް ޒިޔާރަތްކުރާ ބަލިމީހުންގެ ތެރެއިން ލެބޯޓަރީ ޓެސްޓް ހަދަންޖެހޭ ފަރާތްތަކުގެ ޓެސްޓުތައް ހެދުމުގެ އިންތިޒާމު ހަމަޖެއްސުން.
11. ގޭގެއަށް ޒިޔާރަތްކޮށް ދާނުގައި ތިބޭ ބަލިމީހުންނަށް ފަރުވާދިނުމާއި، އެހެނިހެން ބަލިބަލީގެ މީހުންނަށް ޞިއްޙީ ލަފަޔާއި އިރުޝާދު ދިނުން.
12. މިނިސްޓްރީއަށް ބޭނުންވާ ޕަބްލިކް ހެލްތު ސަރވޭލަންސްގެ މައުލޫމާތާއި، އަދި އެހެނިހެން މައުލޫމާތު އެއްކޮށް، ބަލަހައްޓައި ރިޕޯޓުކުރުން.
(ބ) މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތައް
މޯލްޑިވިއަން ބްލަޑް ސަރވިސަސްއަކީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާ ގުޅިފައިވާ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިންގ ބޯޑުން ބަލަހައްޓަމުންދާ އިދާރާއެކެވެ. އެ އިދާރާގެ މަސައްކަތްތައް ތިރީގައި މި ވަނީއެވެ.
1. ސެންޓްރަލް ބްލަޑް ބޭންކާއި ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގައި ބަޔާންކުރާ ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ ހިންގައި ބެލެހެއްޓުމާއި، އެ ތަންތަނުގެ އިދާރީ، ޓެކްނިކަލް އަދި ކްލިނިކަލް ކަންތައްތައް ރާވައި ހިންގުން.
2. ރާއްޖޭގައި ލޭ ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ލޭ ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކޮށް، މި ނިޒާމުގެ ދަށުން ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
3. ރާއްޖޭގައި ލޭ ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ލޭ ފޯރުކޮށްދިނުމަށް ޓަކައި ކުރަންޖެހޭ ތަޙުލީލުތައް ކުރުން.
4. ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމަށް ޓަކައި ހިންގަންޖެހޭ މަޝްރޫޢުތަކާއި ޕުރޮގުރާމުތައް ހިންގުން.
5. ލޭ އެޅުމުގައި ދިމާވެދާނެ ނުރައްކާތައް ހޯދައި، އެ ކަންކަން ހައްލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
6. ރާއްޖޭގައި ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާގުޅޭ ތަފާސްހިސާބު ބެލެހެއްޓުމާއި،
އެ ކަންކަމާގުޅޭ ދިރާސާ ރިޕޯޓްތައް އެކުލަވައިލައި އާންމުކުރުން.
7. ރާއްޖޭގައި ގާއިމުކޮށްފައިވާ ޔުނިވަރސިޓީތަކާއި، ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތަކާގުޅޭ ދިރާސާތައް ކުރުމާއި، އެ ދިރާސާތަކުގެ ނަތީޖާތައް އާންމުކުރުން.
8. ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގެ 16ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ ތެލަސީމިއާ ފަންޑު ހިންގައި ބެލެހެއްޓުން.
9. ލޭ ހަދިޔާކުރުމާ ބެހޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމާއި، އަލަށް ލޭ ހަދިޔާކުރުމަށް އެދޭ ފަރާތްތައް އިތުރުކޮށް، ދާއިމީ ގޮތެއްގައި ލޭ ހަދިޔާކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގަންޖެހޭ ޕުރޮގުރާމުތައް ރާވައި ހިންގުން.
10. ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާގުޅޭ ގޮތުންނާއި، ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސްއާގުޅޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
11. ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ ތެލަސީމިއާ ޕޭޝަންޓުންގެ އެންމެހައި ކަންތައްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އިންތިޒާމުކޮށް ބެލެހެއްޓުން.
(ބ.1) ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރގެ މަސައްކަތްތައް
ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރއަކީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާއި މޯލްޑިވިއަން ބްލަޑް ސަރވިސަސްއާ ގުޅިފައިވާ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިންގ ބޯޑުން ބަލަހައްޓަމުންދާ އިދާރާއެކެވެ.
ތިރީގައި މިވަނީ ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގެ 7ވަނަ މާއްދާއިން ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރގެ އިޚްތިޞާޞްގެ ދާއިރާގެ ތެރޭގައި ހިމެނިގެންވާ، އަދި އެ ކަންކަން ކުރުމުގެ ޒިންމާ ސެންޓަރުން އުފުލަންޖެހޭ ކަންކަމެވެ.
1. ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނުގެ ދަށުން ތެލަސީމިއާ ކޮންޓްރޯލްކުރުމަށް ޓަކައި ހިންގަންޖެހޭ ޕުރޮގުރާމުތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕުރޮގުރާމުތަކުން ޙާޞިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައެޅުމާއި، އެ ޕުރޮގުރާމުތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޕުރޮގުރާމުތައް ހިންގާނެ ގޮތުގެ ހަމަތައް ކަނޑައެޅުން.
2. ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގައި ހިމެނޭ ސަރަހައްދުތަކުގައި ހުރި ޞިއްޙީ ޚިދުމަތްދޭ މުއައްސަސާތަކުން ނުވަތަ މަރުކަޒުތަކުން، ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނުގެ 7ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ އަމާޒުތަކަށާއި ހަމަތަކަށާއި އުސޫލުތަކަށް ތަބާވުން ލާޒިމުކުރުން.
3. ތެލަސީމިއާ ކޮންޓްރޯލްކުރުމާގުޅޭ ގޮތުން ޤައުމީ ފެންވަރުގައި ހިންގަންޖެހޭ މަޝްރޫޢުތައް ހިންގުން.
4. ތެލަސީމިއާއަށް ފަރުވާދިނުމަށް ޓަކައި ހިންގަންޖެހޭ މަޝްރޫޢުތަކާއި، ޕުރޮގުރާމުތައް ހިންގުން.
5. ތެލަސީމިއާ ހުއްޓުވުމަށް ޓަކައި އާބާދީގެ އެކި ގިންތިތަކުގެ މީހުންނަށް އަމާޒުކޮށްގެން ހިންގަންޖެހޭ ތަޢުލީމާއި ތަމްރީނާއި ހޭލުންތެރިކަމުގެ ޕުރޮގުރާމުތައް ހިންގުން.
6. ތެލަސީމިއާ ދިވެހިރާއްޖޭގައި އިތުރުވަމުންދާ ނިސްބަތާގުޅޭ މައުލޫމާތުތައް އެއްކުރުމާއި، އެ ބަލި އިތުރުވަމުންދާ ގޮތް ބަލަމުން ގެންދިއުން.
7. ތެލަސީމިއާއާގުޅޭ ގޮތުން ޞިއްޙީ މަސައްކަތްތެރިންނަށާއި، ތެލަސީމިއާ ކުދިންނަށާއި، އެ ކުދިންގެ ބެލެނިވެރިންނަށާއި، އާންމުކޮށް މުޅި މުޖުތަމަޢަށް އަމާޒުކޮށްގެން ހިންގަންޖެހޭ ޕުރޮގުރާމުތައް ހިންގުން.
8. ތެލަސީމިއާ ކުދިންނަށް، ތެލަސީމިއާގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާދެވޭނެ ނިޒާމެއް ގާއިމުކުރުން.
9. ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު) ހިންގުމުގެ ގޮތުންނާއި، ތެލަސީމިއާ ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުމުގެ ގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމާޢަތްތަކާއި ބޭރުގެ ޤައުމުތަކާއެކު އެއްބަސްވުންތައް އެއްބަސްވުމާއި، އެ ފަދަ ޖަމާޢަތްތަކާއި ޤައުމުތަކާއި ގުޅިގެން ޕުރޮގުރާމުތައް ރާވައި ހިންގުން.
10. އެކަށީގެންވާ މުވައްޒަފުންނާއި އެކަށީގެންވާ ވަސީލަތްތައް ހުރެގެން، ތެލަސީމިއާއަށް ޓެސްޓުކުރުމަށް ޓަކައި ބޭނުންވާ މިންވަރަށް ލެބޯޓަރީތައް އުފައްދައި، އެ ތަންތަނުން ދޭނެ ޚިދުމަތްތައް ކަނޑައަޅައި، އެ ޚިދުމަތްތައް، އެ ތަންތަނުން ދެމެހެއްޓެނިވި ގޮތެއްގައި ދެމުންދިއުން.
11. ތެލަސީމިއާ ކޮންޓްރޯލްކުރުމަށް ކުރެވެމުންދާ ކަންކަމާއި ފަރުވާދިނުމުގެ ނިޒާމު ހިންގަމުންގެންދާ ގޮތުގެ މައްޗަށް ރިޕޯޓެއް އެކުލަވައިލައި، ކޮންމެ އަހަރެއްގެ ވެސް ޖަނަވަރީ މަސް ހުސްވުމުގެ ކުރިން ވަޒީރަށް ރިޕޯޓު ހުށަހެޅުން.
12. މީހާއަށް ވާރުތަވާ ހާލަތެއްގެ ސަބަބުން ނުވަތަ މީހާގެ ގައިގައި އުފެދޭ ހާލަތެއްގެ ސަބަބުން އޭނާގެ ލޭގައި ހިމެނެންޖެހޭ މާއްދާތަކެއް އުނިވެގެން، ނުވަތަ އޭނާގެ ލޭގައި ހުންނަންވީ މާއްދާތަކެއް ހުންނަންވީ ނިސްބަތަށްވުރެ އިތުރުވެގެން، ނުވަތަ އޭނާގެ ލޭގައި ހިމެނެންޖެހޭ މާއްދާތަކެއް ހިމެނެންޖެހޭ ތަރުތީބަށް އައިސްފައިވާ ބަދަލަކުން، އޭނާއަށް ދިމާވާ ޞިއްޙީ ހާލަތްތަކާގުޅޭ ގޮތުން ހިންގަންޖެހޭ މަޝްރޫޢުތައް ހިންގައި، ފަރުވާގެ ނިޒާމުތައް ހަމަޖެއްސުން.
(ޅ) ޓަރޝަރީ ހޮސްޕިޓަލްތަކުގެ މަސައްކަތްތައް
1. ރައްޔިތުންނަށް ބޭނުންވާ ޑޮކްޓަރީ ބޭސްފަރުވާ ދިނުމުގެ ކަންތައް ޓަރޝަރީ ފެންވަރުގައި ފޯރުވައިދީ،
އެ ކަމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައި، ޚިދުމަތް ތަރައްޤީކުރުން.
2. ބަލިތައް ދެނެގަތުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި، ލެބޯޓަރީގެ ޚިދުމަތްތަކާއި، ރިހެބިލިޓޭޝަންގެ ޚިދުމަތް ތަރައްޤީކޮށް ޚިދުމަތްފޯރުވައިދިނުން.
3. މައިންނާއި ޅަދަރިންގެ ޞިއްޙަތު ރައްކާތެރިކުރުމަށާއި، އާންމު ޞިއްޙަތަށް ނުރައްކާވާ ފަދަ ބަލިތައް ކޮންޓްރޯލްކުރުމަށް ދޭންޖެހޭ ބޭސްފަރުވާގެ ކަންތައް (ވެކްސިން ދިނުމާއި، ޚާއްޞަ ބަލިބައްޔަށް ފަރުވާދޭ ކްލިނިކްތައް ހިންގުން ފަދަ ޕުރޮގުރާމުތައް) ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން ފޯރުވައިދީ، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ސަރުކާރުން ހިންގާ ޕުރޮގުރާމުތަކަށް އެހީތެރިވެދިނުން.
4. ސަރަހައްދީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި ހިންގާ ހޮސްޕިޓަލްތަކުގައި، މޯބައިލް ފޯނުގެ ޒަރީއާއިންނާއި އިންފޮރމޭޝަން ޓެކްނޯލޮޖީގެ ޒަރީއާއިން، ޚާއްޞަ ބަލިތަކަށް ފަރުވާދޭ ސްޕެޝަލިސްޓުންގެ ޚިދުމަތްފޯރުވައިދިނުން.
5. ޤުދުރަތީ ގޮތުން ނުވަތަ އެހެން ގޮތަކުން ވެސް ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ރާވައި، ޞިއްޙީ ޚިދުމަތްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، އެ ފަދަ ހާދިސާތަކުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާ ގިއުގަނޑުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ކުރުން.
6. ސަރުކާރުގެ އެހީގެ ދަށުން ބޭސްފަރުވާ ކޮށްދިނުމަށް އެދޭ މީހުންނާ ބެހޭ ކަންތައްތަކުގައާއި ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ބަލިމީހުންނާ ބެހޭ ގޮތުން، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވާ ލަފަޔާއި އެހީ ފޯރުވައިދިނުން.
7. ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށާއި، ޞިއްޙީ ޚިދުމަތުގައި ހަރަކާތްތެރިވާ މީހުންނަށް ޢަމަލީ ތަމްރީނާއި ތަޖުރިބާ ލިބިދިނުމުގެ މަގުފަހިކޮށްދީ، ސަރުކާރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
8. ހޮސްޕިޓަލުން ޚިދުމަތްފޯރުވައިދެވޭ މީހުންގެ ރެކޯޑްތަކާއި، ސަރވޭލަންސަށް ބޭނުންވާ މައުލޫމާތުތައް ބަލަހައްޓައި، ރިޕޯޓްކުރުން.
9. މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ޞިއްޙީ ޚިދުމަތްފޯރުކޮށްދިނުމާގުޅޭ އެންމެހައި މަސައްކަތްތައް ތަންފީޒުކުރުމަށް ޓާރޝަރީ ފެންވަރުގައި ހަރަކާތްތެރިވުން.
(ކ) ހޮސްޕިޓަލްތަކުގެ މަސައްކަތްތައް
1. އެ ހޮސްޕިޓަލެއް ގިންތިކުރެވިފައިވާ ފެންވަރުގައި ބަލިމީހުންނަށް ފަރުވާދިނުމާއި، ބަލިތައް ތަޙުލީލުކުރުމުގެ ޚިދުމަތްތައް ދިނުން.
2. ހޮސްޕިޓަލުން ފަރުވާ ދެވެން ނެތް ހާލަތްތަކުގައި ޑޮކްޓަރު ކަނޑައަޅާ ގޮތެއްގެ މަތިން އެ ޚިދުމަތްތައް ލިބެންހުންނަ ޞިއްޙީ ފަރުވާދޭ ތަނަކަށް ރައްކާތެރިކަމާއެކު ބަލިމީހުން ފޮނުވުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
3. ހޮސްޕިޓަލް ނިސްބަތްވާ ސަރަހައްދުގެ އާބާދީގެ ދުޅަހެޔޮކަމަށް މުހިއްމުވާ ކަންތައްތައް ހޮސްޕިޓަލުން ދެނެގަތުމާއި، ސަރަހައްދުގައި ދެވޭ ޚިދުމަތްތައް މޮނިޓަރކުރުމާއި އެ ކަންކަމަށް ރިއާޔަތްކޮށް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތްތައްކުރުން.
4. އައުޓްރީޗް ޕުރޮގުރާމުތައް ރާވައި ހިންގުމާއި، ޚާއްޞަ ބަލިތަކަށް ފަރުވާދޭނެ ޑޮކްޓަރުންގެ ޚިދުމަތް، ސަރަހައްދުގެ ރަށްތަކަށް ފޯރުކޮށްދިނުން.
5. ގޭގެއަށް ޒިޔާރަތްކޮށް ދާނުގައި ތިބޭ ބަލިމީހުންނަށް ފަރުވާދިނުމާއި، އެހެނިހެން ބަލިބަލީގެ މީހުންނަށް ޞިއްޙީ ލަފަޔާއި އިރުޝާދު ދިނުމާއި، ރޯގާ ފަދަ ބަލިމަޑުކަން ފެތުރުނަނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
6. އާންމު ޞިއްޙަތު ކުރިއެރުވުމަށާއި، ވެށި ސާފުކޮށް ބޭއްވުމަށް އިޖުތިމާއީ ހޭލުންތެރިކަން އިތުރުކޮށް
އެ ކަމަށް އަހުލުވެރިކުރުވުން.
7. ކަމާ ބެހޭ ފަރާތްތަކުގެ ލަފައާއި މަޝްވަރާގެ މަތިން އާންމު ޞިއްޙަތު ކުރިއަރުވައި، ގައިންގަޔަށް އަރާ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތައް ފެތުރުނަނުދިނުމަށް ދުރާލާ ފިޔަވަޅުތައް އެޅުމާއި، ބަލިމަޑުކަމެއް ފެތުރޭ ހާލަތެއް ދިމާވެއްޖެ ނަމަ، ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
8. އުފަންވެނި ޞިއްޙަތާއި، މައިންނާއި، ޅަދަރިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އަދި ޚާއްޞަ އަޅައިލުން ބޭނުންވާ (ވަލްނަރަބަލް) ފަރާތްތަކުގެ ޞިއްޙަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން.
9. ޚާއްޞަ ބަލިތަކަށް ފަރުވާދޭ ކްލިނިކްތައް ހިންގުމާއި، ވިއްސުމާއި، ވެކްސިނޭޝަން ޕުރޮގުރާމު ހިންގުން.
10. ޤުދުރަތީ ކާރިސާތަކާއި ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށާއި ޞިއްޙަތު ރައްކާތެރިކުރުމަށް އަވަސްފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ހާލަތާގުޅޭ ޞިއްޙީ އެހެނިހެން ޚިދުމަތްތައް ދިނުން.
11. ޤުދުރަތީ ކާރިސާތަކާއި ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ޞިއްޙީ ޚިދުމަތްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، އެ ފަދަ ހާދިސާތަކުގައި ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ޞިއްޙީ ޚިދުމަތްފޯރުކޮށްދިނުން.
12. ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަލައި ފާސްކޮށް، ކަމާ ބެހޭ ފަރާތްތަކުގެ ލަފާގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
13. ވިޔަފާރިކުރާ ތަންތަނާއި، ވިއްކުމަށް ކާބޯތަކެތި އުފައްދާ ތަންތަނާއި އެ ތަންތަނުން ވިއްކާ ކާބޯތަކެއްޗާއި، ވިޔަފާރިކުރާ ތަންތަނުން ވިއްކާ ބޯފެނުގެ ރައްކާތެރިކަން ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
14. ބޭސްފިހާރަތައް އިންސްޕެކްޓްކޮށް ކަމާ ބެހޭ ފަރާތްތަކުގެ ލަފާގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
15. މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ "ސާފުތާހިރުކަމުގެ ސެޓްފިކެޓް" އަށް އެދޭ ފަރާތްތަކުގެ އުޅަނދުފަހަރު ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯ ބަލައި، އެ އުޅަނދުފަހަރަށް ސެޓްފިކެޓް ދޫކުރުން.
16. އެކިއެކި ބަލިތަކާއި އެ ނޫން ޞިއްޙީ ހާލަތްތައް ތަޙައްމަލުކުރަމުންދާ މީހުންނާއި، ހޮސްޕިޓަލުން ޚިދުމަތް ލިބިގަންނަ މީހުންގެ ރެކޯޑުތައް ބެލެހެއްޓުން.
17. މިނިސްޓްރީއަށް ބޭނުންވާ ޕަބްލިކް ހެލްތު ސަރވޭލަންސްގެ މައުލޫމާތާއި، އެހެނިހެން މައުލޫމާތު އެ ހޮސްޕިޓަލް ނިސްބަތްވާ އަތޮޅުގެ ރަށްރަށުން އެއްކޮށް، ބަލަހައްޓައި ރިޕޯޓުކުރުން.
18. އެ ސަރަހައްދުގެ ޞިއްޙީ މަރުކަޒުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
(އ) ޞިއްޙީ މަރުކަޒުތަކުގެ މަސައްކަތްތައް
1. އެ މަރުކަޒެއް ގިންތިކުރެވިފައިވާ ފެންވަރުގައި ބަލިމީހުންނަށް ފަރުވާދިނުމާއި، ބަލިތައް ތަޙުލީލުކުރުމުގެ އަސާސީ ޚިދުމަތްތައް ދިނުން.
2. ޞިއްޙީ މަރުކަޒުން ފަރުވާ ދެވެން ނެތް ހާލަތްތަކުގައި ޑޮކްޓަރު ކަނޑައަޅާ ގޮތެއްގެ މަތިން އެ ޚިދުމަތްތައް ލިބެންހުންނަ ޞިއްޙީ ފަރުވާދޭ ތަނަކަށް ރައްކާތެރިކަމާއެކު ބަލިމީހުން ފޮނުވުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
3. އެ ރަށެއްގެ އާބާދީގެ ދުޅަހެޔޮކަމަށް މުހިންމުވާ ކަންތައްތައް ޞިއްޙީ މަރުކަޒުން ދެނެގަނެ، އެ ކަންކަމަށް ރިއާޔަތްކޮށް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތްކުރުން.
4. އެކިއެކި ބަލިތަކާއި އެ ނޫން ޞިއްޙީ ހާލަތްތައް ތަޙައްމަލުކުރަމުންދާ މީހުންނާއި، ޞިއްޙީ މަރުކަޒުން ޚިދުމަތް ލިބިގަންނަ މީހުންގެ ރެކޯޑުތައް ބެލެހެއްޓުން.
5. އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތް ރަށު ފެންވަރުގައި ކުރިއަށްގެންދިއުމަށް ގޭގެއަށް ޒިޔާރަތްކުރުމާއި ދާނުގައި ތިބޭ ބަލިމީހުންނަށް ފަރުވާދިނުމާއި، އެހެނިހެން ބަލިބަލީގެ މީހުންނަށް ޞިއްޙީ ލަފަޔާއި އިރުޝާދު ދިނުމާއި، ރޯގާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް މައުލޫމާތު ފޯރުކޮށްދީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
6. އާންމު ޞިއްޙަތު ކުރިއެރުވުމަށާއި، ވެށި ސާފުކޮށް ބޭއްވުމަށް އިޖުތިމާއީ ހޭލުންތެރިކަން އިތުރުކޮށް
އެ ކަމަށް އަހުލުވެރިކުރުވުން.
7. ކަމާ ބެހޭ ފަރާތްތަކުގެ ލަފައާއި މަޝްވަރާގެ މަތިން އާންމު ޞިއްޙަތު ކުރިއަރުވައި، ގައިންގަޔަށް އަރާ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތައް ފެތުރުނަނުދިނުމަށް ދުރާލާ ފިޔަވަޅުތައް އެޅުމާއި، ބަލިމަޑުކަމެއް ފެތުރޭ ހާލަތެއް ދިމާވެއްޖެ ނަމަ، ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
8. އުފަންވެނި ޞިއްޙަތާއި، މައިންނާއި، ޅަދަރިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އަދި ޚާއްޞަ އަޅައިލުން ބޭނުންވާ (ވަލްނަރަބަލް) ފަރާތްތަކުގެ ޞިއްޙަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން.
9. ޚާއްޞަ ބަލިތަކަށް ފަރުވާދޭ ކްލިނިކްތަކާއި ޤައުމީ ފެންވަރުގައި ހިންގާ އާންމު ޞިއްޙަތުގެ ޕުރޮގުރާމުތައް ރަށު ފެންވަރުގައި ހިންގުން.
10. ޤުދުރަތީ ކާރިސާތަކާއި، ކުއްލިއަކަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކަށް ތައްޔާރުވުމާއި، މި ފަދަ ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި ޞިއްޙީ ގޮތުން ދޭންޖެހޭ އެންމެހައި ޚިދުމަތްތައް، މިނިސްޓްރީއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާ ގިއުގަނޑުގެ ތެރެއިން، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި ފޯރުކޮށްދިނުން.
11. ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަލައި ފާސްކޮށް، މިނިސްޓްރީގެ ލަފާގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
12. ވިޔަފާރިކުރާ ތަންތަނާއި، ވިއްކުމަށް ކާބޯތަކެތި އުފައްދާ ތަންތަނާއި އެ ތަންތަނުން ވިއްކާ ކާބޯތަކެއްޗާއި، ވިޔަފާރިކުރާ ފަރާތްތަކުން ވިއްކާ ބޯފެނުގެ ރައްކާތެރިކަން ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
13. ބޭސްފިހާރަތައް އިންސްޕެކްޓްކޮށް، ކަމާ ބެހޭ ފަރާތްތަކުގެ ލަފާގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
14. މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ "ސާފުތާހިރުކަމުގެ ސެޓްފިކެޓް" އަށް އެދޭ ފަރާތްތަކުގެ އުޅަނދުފަހަރު ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯ ބަލައި، އެ އުޅަނދުފަހަރަށް ސެޓްފިކެޓް ދޫކުރުން.
15. އެކިއެކި ބަލިތަކާއި އެ ނޫން ޞިއްޙީ ހާލަތްތައް ތަޙައްމަލުކުރަމުންދާ މީހުންނާއި، ޞިއްޙީ މަރުކަޒުން ޚިދުމަތް ލިބިގަންނަ މީހުންގެ ރެކޯޑުތައް ބެލެހެއްޓުން.
16. މިނިސްޓްރީއަށް ބޭނުންވާ ޕަބްލިކް ހެލްތު ސަރވޭލަންސްގެ މައުލޫމާތާއި، އެހެނިހެން މައުލޫމާތު އެ ޞިއްޙީ މަރުކަޒެއް ނިސްބަތްވާ ރަށްރަށުން އެއްކޮށް، ބަލަހައްޓައި ރިޕޯޓުކުރުން.
17. މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ޞިއްޙީ ޚިދުމަތްފޯރުކޮށްދިނުމާގުޅޭ އެންމެހައި މަސައްކަތްތައް ތަންފީޒުކުރުމަށް ރަށު ފެންވަރުގައި ހަރަކާތްތެރިވުން.
(ވ) ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މަސައްކަތްތައް
1. ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންނާއި، އުމުރުން ދުވަސްވެގެން ނުވަތަ ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް ނޫޅެވޭވަރުގެ މީހުންގެ ތެރެއިން، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ފަރާތްތައް މަރުކަޒުގައި ބައިތިއްބައިގެން ބެލެހެއްޓުން.
2. މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓާ މީހުންނަށް ބޭނުންވާ ފަރުވާދިނުމާއި، އެ މީހުން ރިހެބިލިޓޭޓްކުރުން.
3. މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓާ މީހުންނަށް ތަމްރީނުދީގެންނާއި، މަސައްކަތްކުރެވޭނެ ގޮތް ރާވައި ތަނަވަސްކޮށްދީގެން، މުޖުތަމަޢަށް ފައިދާހުރި ބައެއްގެ ގޮތުގައި އެ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
(މ) ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 2011/15 (އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު)ގެ 21ވަނަ މާއްދާގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ކުރުމަށް ކަނޑައަޅައިފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
1. އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމް ހިންގައި ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ހުރިހާ ދާއިރާއެއްގައި އެ ސްކީމްގެ ޚިދުމަތްތައް ފޯރުކޮށްދޭކަން ޔަގީންކުރުން.
2. އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމްތައް ހިންގުމާގުޅޭ ގޮތުން، މިނިސްޓަރުގެ ޒިންމާތައް ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމާގުޅޭ ގޮތުން ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުން.
3. އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމާގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުން.
4. މި ނޫން ވެސް، އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގެ ދަށުން އެޖެންސީގެ ޒިންމާތައް ކަމަށް ކަނޑައެޅިފައިވާ ކަންކަން ކުރުން.
5. މަތީގައި ބަޔާންކުރެވިފައިވާ ކަންކަމުގެ އިތުރުން ވެސް، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކާއި ޕުރޮގުރާމުތަކާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ކަންކަން ކުރުން.
ޤާނޫނު ނަންބަރު 2011/15 (އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު)ގެ 21ވަނަ މާއްދާގެ (ބ)ގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
6. ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު (ސޯޝަލް ސެކިއުރިޓީ ސިސްޓަމް) ރާވައި ހިންގުން.
7. ޞިއްޙީ ޚިދުމަތުގެ ޚަރަދު ހަމަޖައްސައިދޭ ޤައުމީ ނިޒާމެއް (ހެލްތްކެއަރ ފައިނޭންސިންގ ސްކީމް) ގާއިމުކޮށް، ކޮންމެ ރައްޔިތަކަށް ވެސް ބައިވެރިވެވޭނެ ފުރުޞަތު ހޯދައިދިނުން.
8. ޒަރޫރީ ބޭނުންތައް ފުއްދައިގަނެވޭ ފަދަ ތަނަވަސްކަން ނެތް، އަޅައިލާނެ މީހަކުނެތް މީހުންނާއި، ދައުލަތުގެ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީލިބިދޭނެ ނިޒާމުތައް ރާވައި ހިންގުން.
9. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ސަރުކާރުން ދޭން ކަނޑައަޅާ މާލީ ޢިނާޔަތްތައް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
10. ޤާނޫނު ނަންބަރު 2014/2 (އިޖުތިމާއީ ރައްކާތެރިކަމުގެ ޤާނޫނު)ގެ ދަށުން ދޭންޖެހޭ އެހީތައް، އެ އެހީތައް ޙައްޤުވާ ފަރާތްތަކަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
11. އިޖުތިމާއީ ރައްކާތެރިކަމުގެ ޤާނޫނުގެ 14ވަނަ މާއްދާގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން.
(ފ) ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރތަކުގެ މަސައްކަތްތައް
1. އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަތޮޅު ފެންވަރުގައި ގާއިމުކުރާ ނިޒާމުގެ ދަށުން ރަށު ފެންވަރުގައި ދެވޭ ޚިދުމަތްތައް ބަލައި، މޮނިޓަރކުރުމާއި، އެ ފަދަ ތަންތަން ހިންގަން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިނގާތޯ ބެލުން.
2. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާގުޅޭ ގޮތުން ކުރެވޭ ކަންތައްތަކުގެ ތަފާސްހިސާބުގެ ޑޭޓާބޭސްއެއް އަތޮޅު ފެންވަރުގައި ގާއިމުކޮށް ބަލަހައްޓައި، އެ ކަން ހިނގާ ނުހިނގާ ގޮތް މިނިސްޓްރީއަށް ގަވާއިދުން ރިޕޯޓްކުރުން.
3. އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް އުނިކަން ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި ނަފްސާނީ އަދި އިޖުތިމާއީ ޚިދުމަތް ލިބޭނެ ގޮތް މަގުފަހިކޮށްދިނުން.
4. އެކިބާވަތުގެ ހާނިއްކަ (ޖިންސީ، ޖިސްމާނީ، ނަފްސާނީ އަދި އިހުމާލު) ލިބިފައިވާ އަންހެނުންނަށާއި، ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްދިނުމަށް ޓަކައި މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމާގުޅޭ ދާއިރާތަކުން މަސައްކަތްކުރާ މިންވަރު އަތޮޅު ފެންވަރުގައި ބަލައި ވިލަރެސްކުރުމާއި، އެ މަސައްކަތުގެ ރިޕޯޓް ގަވާއިދުން މިނިސްޓްރީ އަށް ހުށަހެޅުން.
5. އަންހެނުންނަށް އިހާނެތިކޮށް ހިތުމާއި އަނިޔާވެރިވުން ފަދަ ނޭދެވޭ ޢަމަލުތައް ނައްތައިލުމަށް އެކަށައެޅޭ ޝަރުޢީ އަދި ޤާނޫނީ އޮނިގަނޑު އަތޮޅު ފެންވަރުގައި ހިންގުމަށް އެހީތެރިވުން.
6. ޢާއިލީ ގުޅުމަށް ނޭދެވޭ އަސަރުތައް ކުރާނެ ފަދަ ކަންކަން ނައްތައިލުމަށް ހެދިފައިވާ އުސޫލުތަކާއި ޤާނޫނުތައް އަތޮޅު ފެންވަރުގައި ތަންފީޒުކުރުމަށް ލަފާދީ ކަމާ ބެހޭ ދާއިރާތަކުގެ ސަމާލުކަމަށް މި ކަންކަން ގެނައުމަށް މަސައްކަތްކުރުން.
7. މިނިސްޓްރީން ލާމަރުކަޒީ އުސޫލުން ދޭން ކަނޑައަޅާ ޚިދުމަތްތައް އަތޮޅުތަކުގެ ރައްޔިތުންނަށް ފޯރުކޮށްދިނުން.
(ދ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މަސައްކަތްތައް
ތިރީގައި މިވަނީ ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 61ވަނަ މާއްދާގެ (ހ)އިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކުރުމަށް އެ ޤާނޫނުގައި ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުތަކެވެ.
1. އެހީތެރިކަމަށް ބޭނުންވެފައިވާ ކުޑަކުދިންނަށާއި އެ ކުދިންގެ ޢާއިލާތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން.
2. އެހީތެރިކަން ބޭނުންވެފައިވާ ކުޑަކުދިންގެ މަޞްލަޙަތު ހިމާޔަތްކޮށް، ކުރިއެރުވުން.
3. ކުޑަކުދިންގެ ޙައްޤުތަކާގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި، ކަމާ ބެހޭ އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުން.
4. ކުޑަކުދިންނަށް އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި މަދުވެގެން އަންނަނިވި ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުން:
I. ފެމިލީ ކޮންފަރެންސިންގގެ ޚިދުމަތް.
II. ކައުންސެލިންގ އަދި ސަޕޯޓް ސަރވިސްގެ ޚިދުމަތް.
III. ޤާނޫނީ އެހީތެރިކަން.
IV. ރީހެބިލިޓޭޝަންގެ ޚިދުމަތް.
5. މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް ފަރުވާ ދިނުމާގުޅޭ ކަންކަން، ނޭޝަނަލް ޑްރަގް އެޖެންސީއާ ގުޅިގެން ވިލަރެސްކުރުން.
6. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިންނާގުޅޭ ގޮތުން މިނިސްޓަރު ކުރަންޖެހޭ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ޢަމަލީ ގޮތުން ކުރުން.
7. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ފޮސްޓަރ ކުރުމާގުޅޭ އެންމެހައި ކަންކަން ކުރުން.
8. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނާއި ފޮސްޓަރކުރެވޭ ކުދިންނާގުޅޭ ގޮތުން އެކި ދާއިރާތަކުގެ މެދުގައި އެއްބާރުލުން ގާއިމުކުރުމާއި، އެ އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.
9. ކުޑަކުދިންގެ ތެރެއިން އެހީތެރިކަން ބޭނުންވެފައިވާ ކުދިންގެ ބޭނުންތަކަށް އަމާޒުކޮށްގެން އެ ކުދިންނަށް ބޭނުންވާ އެހީ ނުވަތަ ޚިދުމަތްތައް ފޯރުކޮށްދިނުން.
10. އަންނަނިވި ކަންކަމާގުޅޭ މައުލޫމާތު ދަފުތަރުކޮށް ބެލެހެއްޓުން:
I. ޚާއްޞަ ރައްކާތެރިކަމަށް ބޭނުންވާ ކުދިންގެ މައުލޫމާތު.
II. ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ މައުލޫމާތު.
III. ފޮސްޓަރކުރުމަށް ކަނޑައެޅޭ ކުދިންނާއި ފޮސްޓަރކެއަރގައި ތިބޭ ކުދިންގެ މައުލޫމާތު.
IV. ކުޑަކުދިން ބެލެހެއްޓުމަށް ކަނޑައެޅިފައިވާ މަރުކަޒުތަކުގެ މައުލޫމާތު.
V. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތަކުގެ މައުލޫމާތު.
VI. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާގުޅޭ އެ ނޫން ވެސް މައުލޫމާތު.
11. ކުޑަކުދިންގެ ޙައްޤުތަކާގުޅޭ ގޮތުން ދިރާސާތައް ކުރުން.
12. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޓަކައި ކުރެވޭ މަސައްކަތްތައް ރާވައި ހިންގުމަށާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުމަށް ޓަކައި ބޭނުންވާ ތަފާސްހިސާބު އެއްކުރުމާއި އާންމުކުރުން. މި ގޮތުން ކުދިންގެ އުމުރާއި، ޖިންސާއި، ނުކުޅެދުންތެރިކަމުގެ ބާވަތްތަކަށާއި، ކުދިން ދިރިއުޅެމުންދާ ނުވަތަ ނިސްބަތްވާ ޖިއޯގްރަފިކް ސަރަހައްދުތަކާއި، އިޖުތިމާއީ އަދި އިގުތިސާދީ ހާލަތްތަކަށް ބަލައި، ޑިސްއެގްރިގޭޓަޑް ޑޭޓާ ނުވަތަ ތަފުސީލީ ތަފާސްހިސާބު އެއްކޮށް، އާންމުކުރުން.
(ދ.1) ފިޔަވަތީގެ މަސައްކަތްތައް
1. ކުޑަކުދިންގެ ތެރެއިން ތިރީގައި މިވާ ހާލަތްތައް ދިމާވެފައިވާ ކުދިން މަރުކަޒުގައި ބައިތިއްބައިގެން ބެލެހެއްޓުން.
(ހ) މައިންބަފައިން، ބެލެނިވެރިން ނުވަތަ ޝަރުޢީ ބަލަދުވެރިން ދުނިޔޭގައި ތިބެ، ރައްކާތެރި މާޙައުލެއް ފޯރުކޮށްނުދެވޭ ހާލަތްތައް މެދުވެރިވެފައިވާ ކުޑަކުދިންނާއި، މައިންބަފައިންނާއި، ބެލެނިވެރިން އިހުމާލުވެގެން ނުވަތަ އަނިޔާއެއް ކޮށްގެން، ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުޑަކުދިން.
(ށ) ޤާނޫނީ ކުށެއްގެ ސަބަބުން ހުކުން ތަންފީޒުކުރުމަށް ޓަކައި މައިންބަފައިން ނުވަތަ ބަލަދުވެރިޔާ ޖަލުގައި ހުކުން ތަންފީޒުކުރަން ދާންޖެހުމާ ގުޅިގެން، އެ ފަދަ މީހުންގެ ކުދިން.
(ނ) ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން، އެކުއްޖާގެ ބަލީގެ ސަބަބުން ޢާއިލާގެ ތެރޭގައި އަދި މުޖުތަމަޢުގެ ތެރޭގައި ނުގެންގުޅެވޭ ވަރަށް ބަލި ހާލަތު ގޯސްވެ އެކުއްޖާގެ ފަރާތުން ބަޔަކަށް ނުރައްކާވެދާނެ ފަދަ ޢަމަލުތައް ނުވަތަ އަމިއްލަ ނަފްސަށް ނުރައްކާވެދާނެ ޢަމަލުތައް ކުރާ ކުއްޖެއް.
(ރ) ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން އެ ކުދިންގެ މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ނުބަލާ ދޫކޮށްލާ ކުދިން.
(ބ) ގެވެށި އަނިޔާގެ މައްސަލަތަކުގައި ވަގުތީ ރައްކާތެރިކަން ބޭނުންވާ ކުދިން.
(ޅ) އެހެން ފަރާތެއް ބެލެހެއްޓުމުގެ ޒިންމާ އުފުލުމަށް އުޒުރުވެރިވާ ނުވަތަ ނުކުޅެދިފައިވާ ޝަރުޢީ ބަލަދުވެރިއެއްގެ ބެލުމުގެ ދަށުގައިވާ ކުދިން.
(ކ) ޔަތީމު ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ޝަރުޢީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތި އަޅައިލާނެ މީހަކު ނެތް ކުދިން.
(އ) އެހެން ޤާނޫނެއްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ކަމަށް ކަނޑައަޅައިފައިވާ ކުދިން.
2. މަރުކަޒުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިޔަތުކޮށް، އެ ކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ޙައްޤުތައް، މަރުކަޒުގެ ގަވާއިދުތަކާ އެއްގޮތަށް ލިބިދިނުން.
3. މަރުކަޒުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު، ދިވެހިރާއްޖޭގައި ކުޑަކުދިން ގެންގުޅޭ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން.
(ދ.2) އަމާންވެށިތަކުގެ މަސައްކަތްތައް
1. ކުޑަކުދިންގެ ތެރެއިން ތިރީގައި މިވާ ހާލަތްތައް ދިމާވެފައިވާ ކުދިން މަރުކަޒުގައި ބައިތިއްބައިގެން ބެލެހެއްޓުން.
(ހ) މައިންބަފައިން، ބެލެނިވެރިން ނުވަތަ ޝަރުޢީ ބަލަދުވެރިން ދުނިޔޭގައި ތިބެ، ރައްކާތެރި މާޙައުލެއް ފޯރުކޮށްނުދެވޭ ހާލަތްތައް މެދުވެރިވެފައިވާ ކުޑަކުދިންނާއި، މައިންބަފައިންނާއި، ބެލެނިވެރިން އިހުމާލުވެގެން ނުވަތަ އަނިޔާއެއް ކޮށްގެން، ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުޑަކުދިން.
(ށ) ޤާނޫނީ ކުށެއްގެ ސަބަބުން ހުކުން ތަންފީޒުކުރުމަށް ޓަކައި މައިންބަފައިން ނުވަތަ ބަލަދުވެރިޔާ ޖަލުގައި ހުކުން ތަންފީޒުކުރަން ދާންޖެހުމާ ގުޅިގެން، އެ ފަދަ މީހުންގެ ކުދިން.
(ނ) ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން، އެކުއްޖާގެ ބަލީގެ ސަބަބުން ޢާއިލާގެ ތެރޭގައި އަދި މުޖުތަމަޢުގެ ތެރޭގައި ނުގެންގުޅެވޭ ވަރަށް ބަލި ހާލަތު ގޯސްވެ އެކުއްޖާގެ ފަރާތުން ބަޔަކަށް ނުރައްކާވެދާނެ ފަދަ ޢަމަލުތައް ނުވަތަ އަމިއްލަ ނަފްސަށް ނުރައްކާވެދާނެ ޢަމަލުތައް ކުރާ ކުއްޖެއް.
(ރ) ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން އެ ކުދިންގެ މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ނުބަލާ ދޫކޮށްލާ ކުދިން.
(ބ) ގެވެށި އަނިޔާގެ މައްސަލަތަކުގައި ވަގުތީ ރައްކާތެރިކަން ބޭނުންވާ ކުދިން.
(ޅ) އެހެން ފަރާތެއް ބެލެހެއްޓުމުގެ ޒިންމާ އުފުލުމަށް އުޒުރުވެރިވާ ނުވަތަ ނުކުޅެދިފައިވާ ޝަރުޢީ ބަލަދުވެރިއެއްގެ ބެލުމުގެ ދަށުގައިވާ ކުދިން.
(ކ) ޔަތީމު ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ޝަރުޢީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތި އަޅައިލާނެ މީހަކު ނެތް ކުދިން.
(އ) އެހެން ޤާނޫނެއްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ކަމަށް ކަނޑައަޅައިފައިވާ ކުދިން.
2. މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިޔަތުކޮށް، އެ ކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ޙައްޤުތައް، މަރުކަޒުގެ ގަވާއިދުތަކާ އެއްގޮތަށް ލިބިދިނުން.
3. މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު، ދިވެހިރާއްޖޭގައި ކުޑަކުދިން ގެންގުޅޭ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން.
(ތ) އަމާންހިޔާތަކުގެ މަސައްކަތްތައް
1. ގެވެށިއަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުން.
2. ގެވެށިއަނިޔާގެ ޝިކާރައަކަށްވެގެން އަމާންހިޔާތަކަށް ގެނެވޭ ފަރާތްތަކަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ، އިންސާނީ އެއްވެސް ޙައްޤަކަށް އުނިކަމެއް ނާންނާނޭ ފަދައިން ރައްކާތެރިކަން ފޯރުކޮށްދީ އާންމު ހާލަތައް ރުޖޫޢަވުމަށް ޓަކައި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަގުފަހި ކޮށްދިނުން.
3. ގެވެށިއަނިޔާގެ ޝިކާރައަކަށްވެގެން އަމާންހިޔާތަކަށް ގެނެވޭ ފަރާތްތަކުގެ ތެރެއިން ސައިކޯ ސޯޝަލް ސަޕޯޓް ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތްފޯރުކޮށްދިނުން.
(ލ) ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒުގެ މަސައްކަތްތައް
1. ވިލިނގިލީގައި ދިރިއުޅޭ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
2. މުޖުތަމަޢާއި ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކޮމިއުނިޓީ އައުޓްރީޗް ޚިދުމަތްތައް ދިނުމާއި، އާންމުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ހިންގުމާއި އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުން.
3. މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވޭދަނައިގެ އެންމެހައި މަސައްކަތްތައް މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ފޯރުކޮށްދިނުން.
4. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ފުރިހަމަ ކުރުމަށްފަހު މުޖުތަމަޢަށް އަނބުރާ ރުޖޫޢަކުރުމަށް ގެނެވޭ ފަރާތްތަކަށް ކޮމިއުނިޓީ ރީހެބިލިޓޭޝަން ޕްރޮގުރާމު ހިންގުން.
5. މާލޭ (ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭ ގޮތުން)ގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް، ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އެ ފަރާތްތައް މުޖުތަމަޢަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ ވޭދަނައިގެ މަސައްކަތް ކުރުން.
6. ދައުލަތުން ބަލަހައްޓާ ފަރާތްތަކުގެ ތެރެއިން މާލޭ (ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭ ގޮތުން)ގައި ބައިތިއްބައިގެން ޚިދުމަތް ދޭންޖެހޭ ފަރާތްތައް ވަގުތީ ގޮތުން ބެލެހެއްޓުން.
7. މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ރައްކާތެރިކަމާގުޅޭ ގޮތުން ގޮތެއް ނިމެންދެން އެ ފަރާތްތައް ވަގުތީ ގޮތުން ބެލެހެއްޓުން.
8. އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ އަމާންވެށިތަކާއި އަމާންހިޔާތަކުގައި ބަލަހައްޓާ ކުދިންގެ ތެރެއިން އެކި ބޭނުންތަކަށް މާލެ ގެންނަ ކުދިން ވަގުތީ ގޮތުން ބެލެހެއްޓުން.
(ގ) އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތަކުގެ މަސައްކަތްތައް
1. މުޖުތަމަޢުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކުރުމަށް މަގުފަހިކޮށްދިނުމާއި، އެ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އިންތިޒާމުތައް ހަމަޖައްސައިދިނުން.
2. އިސްރަށްވެހިންނަށް ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ޕުރޮގުރާމުތައް ރާވައި ހިންގުން.
3. އިސްރަށްވެހިން ރަނގަޅު ޞިއްޙަތެއްގައި ދެމިތިބުމަށާއި ދުޅަހެޔޮ ދޮށީ އުމުރަކަށް ތައްޔާރުވުމަށް ހޭލުންތެރިކުރުމަށާއި، ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮކަން އިތުރުކުރުމަށް ޕުރޮގުރާމުތައް ރާވައި ހިންގުން.
4. އިސްރަށްވެހިންނަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ފޯރުކޮށްދޭ އާންމު ޚިދުމަތްތައް ހޯދުމުގައި ބޭނުންވާ އެހީތެރިކަން އިސްރަށްވެހިންނަށް ފޯރުކޮށްދިނުން.