100 ދުވަހުގެ ވަޢުދުތައް - ޞިއްޙަތު







ޖުމްލަ 1 ދާއިރާއިން 15 ވަޢުދު


ނިމުނު ވަޢުދުގެ ޢަދަދު 14
ނިމުނު އިންސައްތަ 93%
101
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހެލްތް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ދުންފަތުގެ ބާވަތްތަކުގައި ގްރެފިކް ވޯނިންގ ޖަހާ ގޮތަށް އަދި ވަކިވަކިން ސިނގިރޭޓް ވިއްކުން މަނާކުރާ ގޮތަށް "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ޤަވާޢިދު" ގެޒެޓްކުރުން (ގަވާއިދަށް ޢަމަލުކުރާނީ 31 މެއި 2019 އިން ފެށިގެން).
• ޞިއްޙަތަށް ރަނގަޅުނޫން ބާވާތްތަކާއި ދުރުވުމަށް އާންމުން ހޭލުންތެރިކުރުވުމަށް ޕީ.އެސް.އެމް އާއި ގުޅިގެން ސިއްޙީ މަޢުލޫމާތުދޭ ޓީ.ވީ ޕްރޮގްރާމްތަކެއް ތައްޔާރުކުރެވިފައި.
• ހއ އަތޮޅުގެ 6 ރަށެއްގައި އެން.ސީ.ޑީ ކްލްނިކް ޤަވައިދުން ހިންގުމަށް ފަށާފައި.
ފެންނާނެ ބަދަލު • ޞިއްޙަތަށް ރަނގަޅުނޫން ބާވަތްތަކާއި ބެހޭ ގޮތުން އާއްމު ހޭލުންތެރިކަން އިތުރުވެ އެފަދަ ބާވަތްތައް ބޭނުންކުރުން މަދުވުން.
• ވަކިވަކި ސިނގިރޭޓު ގަންނަން ނުލިބުމާއި ގްރެފިކް ވޯނިންގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަދުވުން.
• ގައިންގަޔަށް ނާރާ ބަލިތަކަށް ޚާއްސަ ކްލިނިކްގެ ޚިދުމަތް ރަށްރަށުން ލިބުން.
102
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހެލްތް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ތެލަސީމިއާ ކުދިން ދިރިއުޅޭ ރަށްރަށުގެ މަޢުލޫމާތު އެއްކުރެވި، ބޭސް ލިބުން މެދުކެނޑިފައިވާ ރަށްތައް ފާހަގަކުރުމަށްފަހު އެސްޓީއޯ ފާމަސީތައް މެދުވެރިކޮށް އެރަށްރަށުން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސިފައި.
• ރާއްޖޭގެ ހުރިހާ ރަށަކުން އެސްޓީއޯ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެގޮތް ހަމަޖެއްސުން.
• ސިރަމް ފެރިޓިން މެޝިން ނެތް އަތޮޅު ހޮސްޕިޓަލަކަށް ސިރަމް ފެރިޓިންގ މެޝިން މިހާރު ވާނީ ހަމަކޮށްދީފައި. މީގެއިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ލިބޭނެ ނިޒާމެއް ހަމަޖެއްސުމަށް ސިއްހީ ހިދުމަތް ދޭ ތަންތަނުން ކޮންމެ މަހަކު ތަފްސީލީ ރިޕޯޓެއް މިނިސްޓްރީ އަށް ފޮނުވަން ވަނީ ކަނޑައަޅާފައި.
ފެންނާނެ ބަދަލު • ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި އެހެނިހެން ފަރުވާ އެކުއްޖަކު ދިރިއުޅޭ ސަރަހައްދަކުން ފަސޭހައިން ލިބުން.
• ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކުން ފަރުވާ ހޯދުމުގައި އުފުލަންޖެހޭ ތަކުލީފު ކުޑަވުން.
103
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހެލްތް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަން އެއް ވިއުގައަކުން ގުޅާލުމުގެ ގޮތުން ވީޕީއެން މެދުވެރިކޮށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ގުޅާލެވި، ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާސަންދައިގެ 'ވިނަވި' ޕޯޓަލް ބޭނުންކުރަން ފަށާފައި.
• އާސަންދަ މެދުވެރިކޮށް ޚިދުމަތްދެވޭ ކޮންމެ ތަނަކުން، ބަލި މީހާގެ ބަލީގެ ތަފްސީލާއި، ތަޙުލީލް ރިޕޯޓަކާއި އެކްސްރޭ ފަދަ މައުލޫމާތު އާސަންދަ ޕޯޓަލްއަށް އަޕްލޯޑު ކުރެވޭނެ ގޮތް ހެދިފައި.
• އާސަންދަ ޕޯޓަލްގެ ތެރެއިން ބަލީމީހާގެ މެޑިކަލް ހިސްޓްރީއަށް ޑޮކްޓަރަށް އެކްސެސްވެވޭނެ ގޮތް ހެދިފައި.
ފެންނާނެ ބަދަލު • އާސަންދަ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކުން ޑޮކްޓަރަށް ދެއްކި ނަމަވެސް އެމީހެއްގެ މެޑިކަލް ރިކޯޑުތައް އެއް ސިސްޓަމަކުން ލިބެންހުރުން.
• ބަލިމީހާގެ މެޑިކަލް ރެކޯޑު ސިސްޓަމެޓިކްކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާޢިމްކުރެވި ބަލިމީހާއަށް ދޭންވާ ފަރުވާ ދެނެގަތުމަށް ފަސޭހަވެ، އެންމެ އެކަށީގެންވާ ފަރުވާ ދިނުމަށް މަގުފަހިވުން.
• ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ އެއްތަނުން އަނެއްތަނަށް އަވަސްމިނުގައި މަޢުލޫމާތު ބަދަލުކުރެވި ޚިދުމަތްދިނުމުގައި ފަސޭހަވުން.
104
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހެލްތް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ރާއްޖޭގައި މަދިރި، މީދާ އަދި ވާ މަދުކުރުމުގެ ޕްރޮގްރާމް ގަވައިދުން ހިންގުމަށް ކުރަންޖެހޭ ކަންތައްތަކުގެ ޕްރޮގްރާމް އެކުލަވާލާފައި (މިޕްރޮގްރާމް ހިންގާނީ އެޗް.ޕީ.އޭއާއި ކައުންސިލްތަކާ ގުޅިގެން).
• މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ބޭނުންވާ ޓީމްތައް އެކުލަވާލާފައި.
• އެޗް.ޕީ.އޭއިން ލަފަޔާއި އިރުޝާދު ދިނުމަށާއި އެހެނިހެން މައުލޫމާތު ދިނުމަށް ކަނޑައެޅޭ ވަކި މުއްދަތެއްގައި ކައުންސިލްތަކާއެކު ޓެލެކޮންފަރެންސެއް ބޭއްވުމުގެ އިންތިޒާމް ހަމަޖެހިފައި.
ފެންނާނެ ބަދަލު • މަދިރި އުފެދޭ ތަންތަން މަދުވުމާއި މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުވުން.
• މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ސަލާމަތްވުމަށް އާންމުން ހޭލުންތެރިވުން.
• ވަލާއި މީދަލުން ގަސްތަކަށް ލިބޭ ގެއްލުމުން ސަލާމަތްވާނެ ގޮތާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުވުން.
105
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހެލްތް
ކުރެވުނު މައިގަނޑު މަސައްކަތްތައް • މެޑިކަލް ޑޮކްޓަރުންނާއި އޯލްޓަރނޭޓިވް މެޑިސިންއާއި ދިވެހި ބޭސްވެރިކަން ކުރާ 60 ފަރާތްތަކާއެކު 30 ޑިސެމްބަރު 2018 ގައި މަހާސިންތާ ވަނީ ބާއްވާފައި.
• މި މަހާސިންތާގައި ދިވެހި ބޭސްވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރެވިދާނެ ކަންކަން ހިމެނޭގޮތަށް އެކްޝަން ޕްލޭންއެއް ވަނީ އެކުލަވާލެވިފައި.
ފެންނާނެ ބަދަލު • ދިވެހި ބޭސްވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރެވި، ދިވެހި ބޭސްވެރިކަން ކުރާ ފަރާތްތަކުގެ މަސައްކަތްތައް ކުރިއެރުވުމަށް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އިތުރު އެހީތެރިކަން ލިބުން.
106
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހެލްތް
ކުރެވުނު މައިގަނޑު މަސައްކަތްތައް • 25 މާރިޗު 2019 ގައި ސެންޓަރ ފޮރ މެންޓަލް ހެލްތް އައި.ޖީ.އެމް.އެޗް ގައި ޤާއިމްކުރެވިފައި.
• ނަފްސާނީ ބަލިމީހުންނަށް ކުރިން ނުލިބޭ އިތުރު ޚިދުމަތްތައް މިސެންޓަރުން ލިބޭނެ އިންތިޒާމް ހަމަޖެހިފައި.
• މިސެންޓަރުން ކުޑަކުދިންނާއި، ފުރާވަރުގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ޚިދުމަތްތަކެއް ދޭންފެށިފައި.
ފެންނާނެ ބަދަލު • ޞިއްޙީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް އިތުރު ޚިދުމަތްތަކާއެކު ފަރުވާދިނުން.
• އާސަންދައިގެ ދަށުން ފަސޭހަކަމާއެކު މިކަމަށް ފަރުވާހޯދުމުގެ މަގުފަހި ވެގެން ދިއުން.
• އިތުބާރުކުރެވޭ، ފަހި މާހައުލެއްގައި ކުޑަކުދިންނާއި، ފުރާވަރުގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ޚިދުމަތްތަކެއް ލިބުން.
107
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހެލްތް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ރާއްޖެއަށް އެތެރެކުރާ ބޭހުގެ ފެންވަރު މޮނިޓަރކުރުމަށް ސިންގަޕޯރގެ ކުންފުންޏަކާއެކު ފަހުމްނާމާއެއްގައި ވަނީ ސޮއިކޮށްފައި.
• ބޭހުގެ ފެންވަރު ބެލުމަށް ސާމްޕަލް ނަގަންވަނީ ފަށާފައި.
ފެންނާނެ ބަދަލު • ރާއްޖޭން ލިބެނު ހުންނަ ބޭހުގެ ފެންވަރު ކަށަވަރުވުން.
• ފެންވަރު ދަށް ބޭސް ބޭނުންކުރުމުގެ ފުރުސަތު ކުޑަވުން.
• ރާއްޖެއިން ލިބެން ހުންނަ ބޭހަކީ އިތުބާރު ލިބިފައިވާ ފެންވަރު ރަނގަޅު ބޭސްކަން ރައްޔިތުންނަށް ކަށަވަރުވުން.
108
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހެލްތް
ކުރެވުނު މައިގަނޑު މަސައްކަތްތައް • މެންޓަލް ހެލްތު ކުރިއެރުވުމަށް އާންމުކޮށް މުޖުތަމަޢުގައި މަސައްކަތްކުރާ ގްރޫޕްތަކުގެ ނެޓްވޯކެއްވަނީ ޤާއިމުކޮށްފައި.
• މި ސްޓެޓީޖިކް ޕްލޭންގެ ދަށުން މިހާރުވަނީ މެންޓަލް ހެލްތް ބިލެއް އެކުލަވާލެވިފައި.
• މީގެ އިތުރުން، ނަފްސާނީ ބަލި މީހުންނަށް ކޮންމެހެން ބޭނުންވާ ބޭސް ލިބުމަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމުގޮތުން އެސް.ޓީ.އޯ މެދުވެރިކޮށް މެދުނުކެނޑި ބޭސްލިބޭނެކަން ކަށަވަރު ކުރުމަށްދަނީ މަސައްކަތް ކުރެވެމުން.
ފެންނާނެ ބަދަލު • ނަފްސާނީ ބަލިތަކަށް އެކަށީގެންވާ ފަރުވާ ސިއްހީ ނިޒާމުގެ ތެރެއިން އިތުބާރު ހިފޭ ގޮތަކަށް ރަނގަޅު ފެންވަރުގައި ދެވޭނެ އިންތިޒާމް ހަމަޖެހުން.
• ނަފްސާނީ ބަލީގެ ފަރުވާ ހަރުދަނާގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވުމާއެކު ނަފްސާނީ ދުޅަހެޔޮކަމަށް އާންމުން ހޭލުންތެރިވެގެންދާނެ.
109
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހެލްތް
ކުރެވުނު މައިގަނޑު މަސައްކަތްތައް • އެޕޮއިންމަންޓް ބޭނުންނުވާ ޕޭޝަންޓުން މެސެޖްމެދުވެރިކޮށް ފާހަގަކޮށް، ވެއިޓްލިސްޓް އިން އުނިކޮށް އަލުން ލިސްޓް ތަރުތީބު ކުރުން ޤަވާއިދުން ކުރިއަށް ގެންދިއުމުގެ ނިޒާމް މިހާރު ވަނީ ޤާއިމްކުރެވިފައި.
• އެޕޮއިންޓްމަންޓް ސިސްޓަމް ރިވިއުކޮށް ކޮންމެ 3 މަހަކުން އެއްފަހަރު އަލުން ލިސްޓް ތަރުތީބު ކުރެވެމުންދާނެ.
ފެންނާނެ ބަދަލު • އައި.ޖީ.އެމް.އެޗްގެ ކޮންމެ ޑިޕާޓްމަންޓަކުންވެސް 1 ހަފްތާ ތެރޭގައި ޑޮކްޓަރަކަށް ދެއްކޭނެ އިންތިޒާމް ހަމަޖެހުން.
• އައި.ޖީ.އެމް.އެޗްގެ ސްޕެޝަލިސްޓުންނަށް ދެއްކުމަށް މަޑުކުރަންޖެހޭ މުއްދަތު ކުޑަވެ، އަވަސް ފަރުވާ ހޯދުމަށް އެފުލަންޖެހޭ ޚަރަދާއި ތަކުލީފު ކުޑަވުން.
110
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހެލްތް
ކުރެވުނު މައިގަނޑު މަސައްކަތްތައް • މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހަކުރު ބަލީގެ މީހުންނަށް ހިންގާ ޤައުމީ ޕްރޮގްރާމު އެކުލަވާލާފައި.
• މިޕްރޮގްރާމްގެ ދަށުން ކ.ތުލުސްދޫގައި ހަކުރުބަލީގެ ޚާއްސަ ކޭމްޕެއް 22 އިން 23 މާރިޗު 2019 އަށް ހިންގާފައި.
• ދަރުމަވަންދަ ހޮސްޕިޓަލުގައި 'ވަން-ސްޓޮޕް ޑަޔަބެޓިކް ސެންޓަރ' ޤާއިމްކުރުމުގެ މަސައްކަތްތައް ކުރިޔަށްދަނީ.
ފެންނާނެ ބަދަލު • ރައްޔިތުންނާ ގާތުން ހަކުރު ބަލީގެ މީހުންނަށް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެހުން.
• އެކަށީގެންވާ ތަމްރީންތައް ލިބިފައިވާ ޑޮކްޓަރުންގެ ފަރާތުން ފަރުވާ ކުރެވޭނެ އިންތިޒާމެއް އެކުލެވިގެންދިޔުން.
• ހަކުރުބަލީގެ ފަރުވާ ހޯދުމަށް ކުރަންޖެހޭ ޚަރަދު ކުޑަވުމާއި އުފުލަންޖެހޭ ތަކުލީފު ކުޑަވުން.
• ހަކުރު ބައްޔާ ގުޅޭ ހުރިހާ ފަރުވާއެއް އެއްތަނަކުން ލިބިގެންދިޔުން
111
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހެލްތް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ހދ. ކުޅުދުއްފުށީގައި އަދި ގދ. ތިނަދޫގައި ޓީބީ ޑައިގްނޯސް ކުރުމަށް ޖީންއެކްސްޕާރޓް ސާރވިސް ތައާރަފް ކޮށް އެކި ފޭސްތަކަށް ބަހާލައިގެން ސްކްރީންކުރުމަށް ފަށާފައި.
• ފުރަތަމަ ފޭސްގައި ސްކްރީންކޮށްފައިވަނީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ 211 ފަރާތެއް.
ފެންނާނެ ބަދަލު • ޓީބީ ޖެހިފައިވާ ފަރާތްތައް އަވަހަށް ދެނެގަނެ ބައްޔަށް ޞިއްޙީ ފަރުވާ ފެށިގެންދިއުން.
• ޖީން އެކްސްޕާޓް މެޝިންގެ ސަބަބުން ބޭހަށް ނުގުޑާ ޓީބީ ހުރިތޯ ބެލުމަށް ފަސޭހަވުން.
• ފަރުވާ ހޯދުމަށް މާލެ އައުމުގެ ބަދަލުގައި، ރާއްޖޭގެ 2 ސަރަހައްދަކުން ފަރުވާ ލިބޭނެގޮތް މަގުފަހިވުން.
112
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހެލްތް
ކުރެވުނު މައިގަނޑު މަސައްކަތްތައް • މާލޭގެ 2 ސްކޫލެއްގެ 10 އަހަރާއި 14 އަހަރުގެ އުމުރުފުރާގެ 385 އަންހެން ދަރިވަރުންނަށް (ބެލެނިވެރިންގެ ހުއްދަ ލިބިފައިވާ) މިވެކްސިން ދީފައި. މާލޭގެ ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނަށް 4 އޭޕްރިލް 2019 ގައި ވެކްސިން ދީ ނިމޭނެ.
• އަތޮޅުތެރޭގައި މިއުމުރުފުރާގެ އަންހެން ދަރިވަރުންނަށް (ބެލެނިވެރިންގެ ހުއްދަ ލިބިފައިވާ) އޭޕްރިލް މަހުގެ ފުރަތަމަ ހަފްތާތެރޭގައި ވެކްސިން ދީ ނިމޭނެ.
ފެންނާނެ ބަދަލު • ސަރވިކަލް ކެންސަރ ޖެހުމުގެ ފުރުސަތު ކުޑަވެ ސަރވިކަލް ކެންސަރއިން ދުރުވުމަށް މަގުފަހިވެގެންދިއުން.
• އެޗް.ޕީ.ވީ ގެ ސަބަބުން ޖެހޭ އެހެނިހެން ބަލިތަކުން ދުރުހެލިކޮށްދީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިވުން.
113
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހެލްތް
ކުރެވުނު މައިގަނޑު މަސައްކަތްތައް • މާލޭގައި ޖުމްލަ 67 ޓެކްސީ ޑްރައިވަރުންނަށް ފަރސްޓް ރެސްޕޮންޑަރ ޓްރެއިނިންގ ޕްރޮގްރާމް ވަނީ ހިންގާފައި.
• ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިޔުލަންސް ހަމަކުރުމުގެ ގޮތުން، އިތުރު އެމްބިޔުލަންސް ގަތުމަށް 3 ފަހަރެއްގެ މަތިން އިއުލާންކޮށްފައި.
• ސެންޓްރަލައިޒްޑް އެމްބިއުލޭޓަރީ ސަރވިސް ކޯލް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން.
ފެންނާނެ ބަދަލު • އެމަރޖަންސީ ހާލަތްތަކުގައި ރައްޔިތުންނަށް އަވަސްފަރުވާ ލިބޭނެގޮތް މަގުފަހިވުން.
• އެމެޖަންސީ ހާލަތެއް ދިމާވެގެން އެކި ފަރާތްތަކަށް ގުޅުމުގެ ބަދަލުގައި އެއް ނަންބަރަކުން ބޭނުންވާ ޚިދުމަތް ލިބުން.
114
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އެޑިއުކޭޝަން
ކުރެވުނު މައިގަނޑު މަސައްކަތްތައް • މިހާރު އެޑިޔުކޭޝަން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ސްކްރީނިން ޕްރޮގްރާމް އަލުން ރިވިއުކުރެވިފައި.
• އަތޮޅުތެރޭގައި މިޚިދުމަތް ހޮސްޕިޓަލްތަކުގައި އަދި ހެލްތް ސެންޓްރުތަކުގައި ދެވޭނެ ނިޒާމެއް ޤާއިމްކޮށްފައި.
• އެލް.ކޭ.ޖީ، ގްރޭޑް 7،4،1 ގައި ހެލްތް ސްކްރީނިންގ ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި. ނަމަވެސް އެއްވެސް ސިއްހީ މައްސަލައެއް ހުރިކަމަށް ފާހަގަ ވެފައިވާނަމަ ކޮންމެ ގްރޭޑެއްގައިވެސް ޕްރޮގްރެސް ބަލައި، ފޮލޯއަޕް ހެދުމަށް ހަމަޖެހިފައި.
ފެންނާނެ ބަދަލު • ޅައުމުރުގައި ދިމާވާ ސިއްހީ މައްސަލަތައް ދެނެގަނެ އެ ކަމަށް ފަރުވާލިބުން.
• ސިއްޙަތަބެހޭ ގޮތުން ހޭލުންތެރިކަން އިތުރުވެ، ހަށިއެޔޮ، ދުޅަހެޔޮ ޖީލެއް ބިނާވުން.
115
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • މާލޭގައި ކަސްރަތުކުރާނެ 5 ސަރަހައްދެއް ވަނީ ކަނޑައެޅިފައި.
• އަމީނީ ސަންދަރެސް ނަމުގައި ގިނަ އިކުއިޕްމަންޓްތަކަކާއެކު އައުޓްޑޯރ ޖިމްއެއް 25 މަރޗް 2019ގައި ހުޅުވާފައި.
• ބާކީ 4 ސަރަހައްދެއްގައި އައުޓްޑޯރ ޖިމް ކުރިއަށްއޮތް މަސްދުވަހުގެ ތެރޭގައި ހުޅުވުމުގެ މަސައްކަތް ކުރިޔަށްދަނީ.
ފެންނާނެ ބަދަލު • ދުޅަހެޔޮ މުޖުތަމަޢެއް ބިނާވުމަށް މަގުފަހިވުން.
• މާލޭގެ ކޮންމެ ސަރަހައްދެއްގައިވެސް ދިރިއުޅޭ ރައްޔިތުންނަށް ކައިރި ހިސާބަކުން ކަސްރަތުކުރަން ދާނެ ޕާކެއް ނުވަތަ އައުޓް ޑޯ ޖިމް އެއް ހުރުން.