100 ދުވަހުގެ ވަޢުދުތައް - ދީނާއި ޘަޤާފަތް







ޖުމްލަ 2 ދާއިރާއިން 6 ވަޢުދު


ނިމުނު ވަޢުދުގެ ޢަދަދު 4
ނިމުނު އިންސައްތަ 67%
31
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ކުރެވުނު މައިގަނޑު މަސައްކަތްތައް • މި މަޝްރޫޢު ފެށުމުގެ ގޮތުން ހއ ބާރަށް އަދި ފ ދަރަނބޫދޫގައި ސޯލާ ބޭނުންކޮށްގެން ދެ މިސްކިތް އޭސީ ކުރެވިފައި.
• މި މަޝްރޫޢުގެ ފުރަތަމަ ފޭސްގެ ދަށުން 25 މިސްކިތެއްގައި ސޯލާ ބޭނުންކޮށްގެން އޭސީ ހަރުކުރުމަށް ހަމަޖެހިފައި.
ފެންނާނެ ބަދަލު • ރާއްޖޭގައި ހިންގޭ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ޤުދުރަތީ ވަޞީލަތްތައް ބޭނުންކުރުން.
• މިސްކިތްތައް ޒަމާނީ ފެންވަރަކަށް ބަދަލުވެގެން ދިޔުން.
• ކަރަންޓަށް ކުރާ ހޭދަ ކުޑަވުން.
32
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ޤުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމް 70 މިސްކިތެއްގައި ފެށިފައި.
• މި ޕްރޮގްރާމް އިތުރަށް ކުރިއަށް ގެންދާނެ މިސްކިތްތައް ކަނޑައަޅައި، ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން އެކުލަވާލެވިފައި.
ފެންނާނެ ބަދަލު • ދީނީ އެއްބައިވަންތަކަމާއި ދީނީ ކަންކަމަށް އޮތް ލޯބި އިތުރުވުން.
• ފަސޭހަކަމާއެކު އިތުރު ޚަރަދަކާނުލާ ކުދިންނަށް ޤުރުއާން އުނގެނުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ލިބުން.
• ދީނީ ކަންކަމަށް ލޯބިކުރާ ހެޔޮލަފާ ޖީލެއް ބިނާވުން.
33
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ކުރެވުނު މައިގަނޑު މަސައްކަތްތައް • އިސްލާމީ މަރުކަޒު ގައި އަންހެނުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައި.
• އަންހެނުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ މިސްކިތްތަކެއް ކަނޑައެޅިފައި.
34
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ފިނޭންސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ޕެންޝަން ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖު އަދާކުރެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނު އިސްލާޙުކުރެވިފައި.
• މި ބަދަލާއެކު، ހައްޖަށް ދާން ދައްކަން ޖެހޭ ރަސްމީ އަގުގެ 50 ޕަސަންޓް އެ ފަރާތެއްގެ ޕެންޝަން ފައިސާއިން ބޭނުންކުރެވޭނެ.
• ފަރުޟް ޙައްޖުވުމަށް ޕެންޝަން ފައިސާ ދޫކުރުމާބެހޭ ގަވާއިދު ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރެވުމުން.
ފެންނާނެ ބަދަލު • ފުދުންތެރިކަން ނެތުމުގެ ސަބަބުން ފަރްޟު ހައްޖަށް ނުދެވި ތިބި މީހުންނަށް ހައްޖަށް ދިއުމުގެ ފުރުޞަތު ފަހިވުން.
35
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ތަރިކަ އާއި ބެހޭ ޤާނޫނު އެޓަރނީ ޖެނެރަލްގެ އޮފީހުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ރަށު ކައުންސިލްތަކުގެ ލަފާގެ މަތިން ޑްރާފްޓްކޮށް ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކައިގެ ބިލު މަޖިލީހަށް ހުށަހެޅިފައި.
• ރަށު ކައުންސިލްތަކާއި، ތާރީޙު ދިރާސާކުރައްވާ ބޭފުޅުންގެ ފޮތްތަކުން ލިބިފައިވާ މައުލޫމާތު ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ވަގުތީ ލިސްޓެއް 27 މާރިޗު 2019 ގައި ގެޒެޓް ކުރެވިފައި.
ފެންނާނެ ބަދަލު • ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ރައްކާތެރިކަން ލިބި، އަންނަން އޮތް ޖީލުތަކާ ހަމައަށް ދެމެހެއްޓުމަށް މަގުފަހިވުން.
• ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް، ޤާނޫނީ ބާރުލިބިގެން އާސާރުތައް ބެލެހެއްޓެން ފެށުން.
• ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަނާއި ތަރިކައިގެ ގޮތުގައި ކަނޑައަޅާފައިވާ ތަކެތީގެ މަޢޫލޫމާތު އާންމުންނަށް ލިބުން.
ވެބްސައިޓް mach.gov.mv/category/tharikalist
36
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ވެރިކަމުގެ ފުރަތަމަ ދުވަހު ކަޅުވަކަރު މިސްކިތް ހުރިތަން ހޯދިފައި.
• ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައަޅައި ޗާންދަނީ މަގާ މެދުޒިޔާރަތް މަގު ގުޅޭ ކަންމަތި، (ކުރިން ދިރާގު ހުރި ތަނުގައި) ބެހެއްޓުމަށް 31 ޑިސެންބަރު 2018 ގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފައި.
• ކަޅުވަކަރު މިސްކިތް ރާވައި ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދަނީ.