100 ދުވަހުގެ ވަޢުދުތައް - ހެޔޮ ވެރިކަންޖުމްލަ 4 ދާއިރާއިން 11 ވަޢުދު


ނިމުނު ވަޢުދުގެ ޢަދަދު 7
ނިމުނު އިންސައްތަ 64%
20
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ދިވެހިރާއްޖެއިން އަލުން އަނބުރާ 'ކޮމަންވެލް އޮފް ނޭޝަންސް' ގައި ބައިވެރިވުމަށް ކެބިނެޓުން ނިންމަވައި، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު، އެ ޖަމިއްޔާގައި ބައިވެރިވުމަށް 6 ޑިސެންބަރު 2018 ގައި ހުށަހަޅާފައި.
• 'ކޮމަންވެލް އޮފް ނޭޝަންސް' ގައި އަލުން ބައިވެރިވުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރިއަށްދަނީ.
ފެންނާނެ ބަދަލު • ރާއްޖެ އެކަހެރިވެފައި އޮތް އޮތުން ބަދަލުކޮށް، އެކި ގައުމުތަކާއެކު ދިވެހިރާއްޖޭގެ ގުޅުން ބަދަހިވެގެން ދިއުމަށް ފުރުޞަތު ތަނަވަސް ވެގެން ދިއުން.
• ކޮމަންވެލްތުގެ މެންބަރު ގައުމުތަކަށް ލިބޭ ހުރިހާ އިނާޔަތްތަކެއް އަލުން އަނބުރާ ދިވެހި ރައްޔިތުނަށް ލިބިގެން ދިއުން.
21
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • މި ކޮންފަރެންސް ޖޫން 2019 ގައި ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްކުރެވެމުންދަނީ.
22
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ އެޓަރނީ ޖެނެރަލްގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ދަރަނިވެރިވެ، ޤައުމުގެ ސިޔާދަތަށް ގެއްލުންވާނެ އުޞޫލުން ނެގިފައިވާ ލޯނުތަކާއި، ކޮންޓްރެކްޓްތައް އަލުން ރީނެގޯޝިއޭޓް ކުރަން ފެށުމަށް މުރާޖަޢާ ޓީމެއް އެކުލަވާލެވިފައި.
• މިނިސްޓްރީ އޮފް ފިނޭންސްއާ މަޝްވަރާކޮށް، ލޯނު އެއްބަސްވުންތަކާއި ސޮވްރިންގ ގެރެންޓީގެ ތެރެއިން ރާއްޖޭން ބޭރުގެ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް ފާހަގަކޮށް މުރާޖަޢާކުރަން ފެށިފައި.
• މިހާތަނަށް 11 އެއްބަސްވުމެއް މުރާޖަޢާކޮށް ނިންމައި، 20 އެއްބަސްވުމެއްގެ އިނީޝަލް ރިވިއު ނިންމައި، ބޭރުގެ ފަރާތްތަކާއެކު އެކިއެކި މަޝްރޫޢުތަކާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން، ކަމާބެހޭ މިނިސްޓްރީތަކުގެ އެދުމުގެ މަތިން މިހާތަނަށް 6 އެއްބަސްވުމެއް މުރާޖަޢާކޮށް ނިމިފައި ކަމާބެހޭ ވުޒާރާތަކަށް ލަފާ އަރުވާފައި.
ފެންނާނެ ބަދަލު • ޤައުމުގެ ސިޔާދަތަށް ގެއްލުންވާނެ އުޞޫލުން ނެގިފައިވާ ލޯނުތަކާއި ހެދިފައިވާ އެއްބަސްވުންތައް ދެނެގަނެވުން.
• ޤައުމަށް އެންމެ ފައިދާހުރި ގޮތަކަށް މިފަދަ ލޯންތަކާއި އެއްބަސްވުންތައް ރީނެގޯޝިއޭޓްކޮށް ދައުލަތުގެ ދަރަނި ހަމަމަގަށް އެޅިގެން ދިއުން.
23
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • 2015، 2016 އަދި 2018 ގައި ކުރީގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ސިޓީ ކައުންސިލުތަކުން އުނިކުރައްވާފައިވާ 18 ޚިދުމަތެއް އަދި 4 ބާރެއް މި ސަރުކާރުން ސިޓީ ކައުންސިލްތަކަށް އަނބުރާ ދެއްވާފައި.
• ސީޓީތަކާއި ރަށްރަށުގައި ހިންގަމުން އަންނަ މަގު ހަދާ ޔުނިޓްތަކުގެ މަސައްކަތްތައް ސިޓީ ކައުންސިލްތަކާއި އަތޮޅުކައުންސިލްތަކަށް ބަދަލުކޮށްފައި.
• ރަށްރަށުގެ މިސްކިތްތައް ބެލެހެއްޓުމާއި، މިސްކިތްތައް ބެލެއްހެޓުމަށް ބޭނުންވާ މުވައްޒަފުންނާއި ބަޖެޓު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ރަށު ކައުންސިލްތަކާއި ހަވާލުކުރުމުގެ މަސައްކަތް ވަނީ ފަށާފައި.
ފެންނާނެ ބަދަލު • ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ހަލުއިމިނުގައި ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ ފުރިހަމަ ބާރު ކައުންސިލްތަކަށް ލިބިގެންދިއުން.
• ހަމަހަމަކަމާއެކު ޚިދުމަތް ފޯރުވައިދީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ހަރަކާތްތެރި ފުދުންތެރި ކައުންސިލްތަކެއް އުފެދިގެންދިއުން.
• ލާމަރުކަޒީ ނިޒާމަކުން ރައްޔިތުންނަށް ލިބެންޖެހޭ ހެޔޮ ނަތީޖާ ލިބި ރައްޔިތުން ބަލައިގަންނަ ފަދަ ނިޒާމަކަށް ބަދަލުވެގެންދިއުން.
24
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ އެޓަރނީ ޖެނެރަލްގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ލާމަރުކަޒީ ނިޒާމް ތަޢާރަފްވުމަށްފަހު އެ ނިޒާމް ފުރިހަމަ ގޮތުގައި ހިންގުމަށް މިހާތަނަށް ދިމާވެފައިވާ ދަތިތައް ބަލައި ދިރާސާކޮށް، އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަށް ހޯދިފައި.
• ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެނައުމަށްޓަކައި، ފުޅާދާއިރާއެއްގައި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށް، އާންމުންގެ ޚިޔާލާ މަޝްވަރާ ހޯދިފައި.
• މަޝްވަރާތަކާއި ލިބިފައިވާ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް ލާމަރުކަޒީ ޤާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނެސް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް ވަނީ ފޮނުވިފައި.
ފެންނާނެ ބަދަލު • ކައުންސިލްތައް މާލީ ގޮތުން ބާރުވެރިވެ ރައްޔިތުން ބޭނުންވާ ޚިދުމަތްތަކާ ތަރައްޤީގެ ކަންކަން އަވަސްމިނުގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދިއުން.
• ކައުންސިލްގައި އަންހެނުންނަށް ގޮނޑީގެ ވަކި އިންސައްތައެއް ޚާއްސަކުރެވި، ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ދައުރު ފުޅާވުން.
• ލާމަރުކަޒީ ނިޒާމް ހަރުދަނާވެގެންދިއުމުން މާލެއަށް ތޮއްޖެހުން ކުޑަވެ، ރަށުގައި ހިތްފަސޭހަ ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދިއުން.
25
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ
ކުރެވުނު މައިގަނޑު މަސައްކަތްތައް • ކަނޑައެޅޭ ރަށްތަކަށް ދަތުރުކޮށް، ވެބްސައިޓަށް ބޭނުންވާ މަޢުލޫމާތު އެއްކުރެވިފައި.
• މި ވެބްސައިޓްގައި ރަށަށް ދެވޭނެގޮތާއި، ރަށުން ލިބެން ހުންނަ ޚިދުމަތްތަކާއި، ރަށުގައި ހުރި ޚާއްސަ ބިނާތަކާއި، ފަތުރުވެރިންނަށް ޚާއްސަ ކަންކަމުގެ މަޢުލޫމާތާއި ފޮޓޯ ހިމެނޭނެ.
• 25 މަރިޗު 2019 މި ވެބްސައިޓް ވަނީ ލޯންޗް ކުރެވިފައި.
ފެންނާނެ ބަދަލު • ރާއްޖޭގެ ލޯކަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި އެކި ތީމްތަކުގެ ދަށުން ރަށް ޕްރޮމޯޓްކުރުމަށް ފަސޭހަވެގެން ދިއުން.
• ރަށު ފެންވަރުގައި ފަތުރުވެރިންނަށް އެކި ކަހަލަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި އުފެދި، ކުރިއެރުމަށް ފުރުޞަތު ލިބިގެންދިއުން.
• ރަށުގައި ފޮޓޯގްރަފީ، ވީޑިއޮގްރަފީ، އަދި ޕްރޮމޯޝަނަލް މިފަދަ އެހެނިހެން ކޮންޓެންޓް ތައްޔާރުކުރުމުގެ ހުނަރު އާލާކޮށް އެފަދަ މަސައްކަތުން އާމްދަނީ ހޯދުމަށް ހިތްވަރުދިނުން.
ވެބްސައިޓް www.islands.mv
26
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • މުޅި ސަރުކާރު އޮފީސްތަކާއި ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަނަށް ހުޅުވިފައިހުރި ދޮރުތައް ދެނެގަތުމަށްޓަކައި، މިހާތަނަށް އެތަންތަނާ ގުޅޭގޮތުން ހެދިފައިވާ އޮޑިޓް ރިޕޯޓްތައް ރިވިއުކުރެވިފައި.
• ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރެވި އަދި ޢަމަލީގޮތުން މި މަސައްކަތް ކުރިއަށް ގެންދާނެގޮތް ދިރާސާކުރަމުންދަނީ.
27
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ޖަލު އޮޑިޓްކުރާ ކޮމިޓީއެއް އެކުލަވާލައި، ޖަލުތައް އަދި މީހުން ބަންދުކޮށްފައި ތިބޭ ތަންތަން އިންސްޕެކްޓްކޮށްފައި.
• ޖަލު އޮޑިޓްކުރާ ކޮމިޓީއިން ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ހޯދައި، ދިވެހިރާއްޖޭގެ ޖަލުތަކާ ގުޅުންހުރި ރިޕޯޓްތަކުގެ ތެރެއިން މިނިވަން މުއައްސަސާތަކާއި، އ.ދ ގެ ޓްރީޓީ ބޮޑީ ތަކަށް ހުށަހަޅާފައިވާ ރިޕޯޓްތައް ދިރާސާކޮށްފައި.
• ރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓު އެކުލަވާލާ ނިމިފައި.
ފެންނާނެ ބަދަލު • ދިވެހި ރާއްޖޭގެ ޖަލުތަކަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި އެއްގޮތަށް، ޤައިދީންގެ އިންސާނީ ޙައްޤުތަކަށާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނޭހެން ފަރުމާކުރެވިފައިވާ އަދި އެފަދައިން ބެލެހެއްޓޭ ޖަލުތަކެއްކަމުގައި ހެދިގެން ދިޔުން.
• ސިޔާސީ ކަންކަމުގައި ޤައިދީންގެ ނާޖާއިޒު ފައިދާ ބޭނުންކުރުން ހުއްޓިގެން ދިޔުން.
• ކޮންމެ ޤައިދީއެއްގެވެސް އަސާސީ ޙައްޤުތައް ކަށަވަރުވެގެންދިއުން.
28
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • އެހެން ޤައުމުތަކުގައި މި ފަދަ އިދާރާތައް އުފައްދައި މަސައްކަތްކުރަމުންދާ ގޮތް ދިރާސާކޮށްފައި.
• ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައި ތިންކް ޓޭންކުގެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ.
29
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • [ޒުވާނުންގެ ޤައުމީ މަޖިލިސް] އެކުލަވައިލުމުގެ އުޞޫލު ގެޒެޓުކުރުމުގެ މަސައްކަތް ކުރިއަށްދަނީ.
• މި އުޞޫލުގެ ދަށުން ތަފާތުއެކި ދާއިރާތަކާއި ސަރުކާރުގެ އެކި މުއައްސަސާތައް ހިމެނޭގޮތަށް 15 މެމްބަރުންގެ މަޖިލީހެއް އެކުލަވާލެވޭނެ.
• މި މަޖިލީހުގެ މައިގަނޑު ދައުރަކީ ޒުވާނުންނާ ގުޅޭކަންކަމުގައި ޒުވާނުންގެ ވަޒީރަށް ލަފަޔާއި އިރުޝާދު ދީ އަދި ޒުވާނުންގެ އެކި ދާއިރާތަކުން ހުންނަ ކަންބޮޑުވުންތައް ތާވަލުކޮށް މަޝްވަރާކޮށް އެކަންކަމަށް ހައްލު ހޯދޭނެގޮތްތަކެއް ވަޒީރަށް ހުށަހެޅުން.
ފެންނާނެ ބަދަލު • މުޖުތަމަޢުގެ ކަންކަން ރާވައި ނިންމުމުގައި ޒުވާނުންގެ އަމަލީ ބައިވެރިވުން އިތުރުވުން.
• އުފެއްދުންތެރި އައު ޚިޔާލުތަކަށް ފުރުޞަތު ހުޅުވިގެން ދިޔުން.
30
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • އައި.ޑީ ކާޑުގެ މުއްދަތު ހަމަވެފައި އޮތް ނަމަވެސް އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހިފައި.
ފެންނާނެ ބަދަލު • ރައްޔިތުންނަށް ފަސޭހަކަމާއެކު އާސަންދައިން ޚިދުމަތް ލިބުން
• ކުއްލި ހާލަތުތަކުގައި ވެސް ރައްޔިތުންނަށް އާސަންދައިން ޚިދުމަތް ލިބުން
ވެބްސައިޓް aasandha.mv/dv/media/33