ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން |
ކުރެވުނު މައިގަނޑު މަސައްކަތްތައް | • މަތީސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާބެހޭ އުސޫލު' މުރާޖަޢާކޮށް، ޖީސީއީ އޭލެވަލް އިން އެއް ވަނަ ހޯދާ ދަރިވަރުން އިހުތިޔާރު ކުރާ ކޮންމެ ޔުނިވާސިޓިއަކުން ދަރިވަރުން ބޭނުންވާ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ސްކޮލަރޝިޕް ދޭން ފަށާފައި. |
ފެންނާނެ ބަދަލު |
• ދަރިވަރުންގެ ކުރިއެރުމަށް އެދަރިވަރަކު ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބުން.
• ދުނިޔޭގެ އެންމެ މަތީފަންތީގެ ޔުނިވަރސިޓީތަކުން ކިޔެވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ދަރިވަރުންނަށް ލިބުން. |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• ފުރަތަމަ ޑިގްރީއަށް ކިޔެވުން ހިލޭ ކުރުމުގެ އުސޫލު 14 ފެބުރުވަރީ 2019 ގައި އާންމުކޮށްފައި.
• މި އުސޫލުގެ ދަށުން ސަރުކާރުގެ ހުރިހާ ޔުނިވަރސިޓީއަކުން ފުރަތަމަ ޑިގްރީއަށް މުޅިން ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދީފައި. މި ސިޔާސަތުގެ ސަބަބުން ގާތްގަނޑަކަށް 10،000 ކުދިން ފުރަތަމަ ޑިގްރީއަށް ރާއްޖޭގައި މިއަހަރު ކިޔަވާނެކަމަށް ލަފާކުރެވޭ. • ޕްރައިވެޓް ކޮލެޖްތަކުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންގެ ކޯސް ފީގެ ބޮޑު އިންސައްތައެއް ސަރުކާރުން ދަރިވަރުންނަށް ދައްކައިދިނުމަށް ހަމަޖެހިފައި. |
ފެންނާނެ ބަދަލު |
• 50 އަހަރުން ދަށުގެ ކޮންމެ މީހަކަށް ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދިއުން.
• މަތީތަޢުލީމު ހޯދަން ބޭނުންވާ ކޮންމެ މީހަކަށްވެސް ހަމަހަމަކަމާއެކު އެ ފުރުޞަތު ލިބި މަތީތަޢުލީމު ހޯދަން ބޭނުންވާ ދަރިވަރުންނަށް ލުއިފަސޭހަ ގޮތަކަށް އެކަން ކުރެވޭނެ މަގު ފަހިވުން. • މަތީ ތަޢުލީމު ހޯދާ ޒުވާނުން އިތުރުވެ ތަޢުލީމީ ޤާބިލް މުޖުތަމަޢެއް ބިނާކުރުމަށް މަގު ފަހިވެ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވުމަށް މަގުފަހިވުން. |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• މަތީ ތަޢުލީމާއި ތަމްރީން ހޯދަން ލޯނު ދިނުމުގެ އުސޫލު 2019' އެކުލަވާލައި އާންމުކޮށްފައި. މި އުޞޫލްގެ ދަށުން ތަޢާރަފް ކުރެވޭ ލޯން ސްކީމްގައި އިންޓަރެސްޓް 3% އަށް ދަށްކޮށް ލޯން ދެއްކުން ތަކްލީފަކަށް ނުހެދުމަށް، ލޯން އަނބުރާ ދައްކަންޖެހޭ މުއްދަތު 25% އަށް އިތުރު ކުރެވިފައި.
• މި ލޯން ސްކީމްގެ ދަށުން ސާރކް ގައުމުތަކުގެ އިތުރުން މެލޭޝިއާ، ތައިލެންޑް، ފިލިޕީންސް އަދި ޗައިނާއަށް ކިޔަވަން ދެވޭގޮތަށް ހަމަޖެހިފައި. • 2018 ވަނަ އަހަރު، ކުރީގެ ލޯން ސްކީމްގެ ދަށުން އިޢުލާންކުރެވުނު ފުރުޞަތުގައި ހޮވުނު 318 ފަރާތަކަށް އައު ސްކީމްގެ ދަށުން ލޯން ދިނުމަށް ހަމަޖެހިފައި. އަދި 21 މާރޗް 2019 ގައި އިތުރު 242 ފުރުޞަތަކަށް ވަނީ ހުޅުވާލައިފައި. މީގެ ކުރިން ހުޅުވާލި ސްކީމްތަކާ ހިލާފަށް، ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު މި ސްކީމުން ލިބިގެންދާނެ. |
ފެންނާނެ ބަދަލު |
• މި ސްކީމްގެ ދަށުން އެންމެ މަތިން ލޯން ނަގާ ފަރާތްތަކުން މަހަކު ދައްކަންޖެހޭ އަދަދުން ގާތްގަނޑަކަށް 4000 ރުފިޔާ އުނިވެ އަދި ލޯން އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުވުމާއެކު ދަރިވަރުން ލޯނު ދައްކަންޖެހޭ ތަކްލީފް ކުޑަވެގެންދިއުން.
• މަތީ ތަޢުލީމް ޙާސިލްކުރުމަށް ގިނަ ފަރާތްތަކަކަށް ފުރުޞަތުލިބި، މަތީތަޢުލީމާއި ތަމްރީނު ލިބިފައިވާ ގިނަ ޒުވާނުންތަކެއް އުފެދިގެން ދިއުން. • މަތީ ތަޢުލީމު ހޯދާ ޒުވާނުން އިތުރުވެ ތަޢުލީމީ ޤާބިލް މުޖުތަމަޢެއް ބިނާކުރުމަށް މަގު ފަހިވެ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވުމަށް މަގުފަހިވުން. |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• ހައިއެޗީވަރސް ސްކޮލަރޝިޕް ސްކީމު މުރާޖަޢާކޮށް، އެސްކީމަކީ އޯ.އީ.ސީ.ޑީ ގައުމުތައް ހިމެނޭގޮތަށް ކަނޑައެޅޭ ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމު /ޔުނިވަރސިޓީތަކުން ކިޔެވޭ ސްކީމަކަށް ބަދަލުކުރެވިފައި.
• ފަސް މާއްދާއިން އޭ ފާސް ހޯދާ ދަރިވަރުންނަށް ސްކިލްސް ޝޯޓޭޖް ލިސްޓްގައި ހިމެނޭ ދާއިރާތަކުން އޯ.އީ.ސީ.ޑީގެ ޤައުމުތަކުގައި ކިޔެވުމަށް ސްކޮލަރޝިޕް ދޭގޮތަށް ހަމަޖެހިފައި. މިސްކޮލަޝިޕުގައި މީގެ ކުރިން ކިޔެވެނީ ސާކް ގައުމުތަކުގެ އިތުރުން މެލޭޝިޔާ އާއި ތައިލެންޑާއި ޕިލިޕީންސް އަދި ޗައިނާ އިން. |
ފެންނާނެ ބަދަލު |
• ދިވެހި ދަރިވަރުން ބޭނުންވާ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން ކިޔެވުމުގެ ފުރުސަތު ލިބުން.
• މަތީ ތަޢުލީމު އުނގެނުމާއި މަތީ ފާސް ހޯދުމަށް ދަރިވަރުންނަށް އިތުރު ބާރެއް ލިބި ޢިލްމީ ރަނގަޅު ޖީލެއް ބިނާވުން. |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ތައުލީމާ ބެހޭ ބިލް ކޮމިޓީ މަރުހަލާގައި މަޝްވަރާކުރުމަށް ފޮނުވިފައިވާއިރު، މި ބިލްގައި އެމް.ކިއު.އޭ ބާރުވެރިކުރުވުމުގެ މާއްދާތަކެއް ހިމެނިފައި.
• މިގޮތަށް މިފަދަ މާއްދާތަކެއް ތައުލީމާ ބެހޭ ބިލްގައި ހިމެނިފައިވާތީ، 100 ދުވަހުގެ ވައުދުގައިވާގޮތަށް އެމް.ކިއު.އޭއަށް ޤާނޫނީ ބާރުދޭގޮތަށް އިތުރު ބިލެއް މަޖިލީހަށް ހުށަހެޅުމަށް ހުރަސްތަކެއް ކުރިމަތިވެފައި. • ވައުދުގައިވާގޮތަށް އެމް.ކިއު.އޭ ގެ ހިންގުން ހަރުދަނާކޮށް މަތީ ތަޢުލީމުގެ ފެންވަރު މަތިކޮށް، ދެމެހެއްޓުމަށް ބޭނުންވާ ޤާނޫނީ ބާރު އެމް.ކިއު.އޭއަށް ދޭގޮތަށް އެމް.ކިއު.އޭއަށް ޤާނޫނީ ހައިސިއްޔަތު ދޭ ޤާނޫނެއް މި ސަރުކާރުންވަނީ ޑްރާފްޓްކޮށް ނިންމާފައި. |
ފެންނާނެ ބަދަލު |
• މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ޤާނޫނީ ބާރު ލިބި، މިހާރަށްވުރެބޮޑަށް ރައްޔިތުންނާއި ބައިނަލްއަޤްވާމީ މުޖުތަމަޢު ބަލައިގަންނަ ތަނަކަށް ބަދަލުވުން.
• މަތީތަޢުލީމުގެ ފެންވަރު ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވުން. |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• ފ.މަގޫދޫގައި ޤާއިމްކޮށްފައިވާ ބިކޯކާ ޔުނިވަރސިޓީގެ އައުޓްޕޯސްޓާ ގުޅޭ އެއްބަސްވުމުގެ މުއްދަތު 31 ޑިސެންބަރު 2030 އާ ހަމައަށް އިތުރުކޮށްފައި.
• ދިވެހި ސަރުކާރާ ބިކޯކާ ޔުނިވާރސިޓީއާ ދެމެދު 19 ޑިސެންބަރު 2018 ގައި އައު އެގްރީމެންޓްގައި ސޮއިކޮށްފައި. |
ފެންނާނެ ބަދަލު |
• ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ރިސަރޗް ސެންޓަރެއް ޤާއިމްކުރެވި، ދިވެހިންނަށް މި ރިސަރޗް ސެންޓަރުގައި ފެންވަރު ރަނގަޅު ރިސަރޗްކުރުމުގެ ފުރުޞަތު ތަނަވަސްވެގެން ދިއުން.
• މެރިން ރިސާރޗްގެ ދާއިރާއިން ސައިންޓިފިކް އަދި އެކެޑަމިކް ރިސާރޗް ކުރުމަށް ދިވެހި ދަރިވަރުންނަށް ފުރުޞަތު ލިބުން. |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް އެޑިއުކޭޝަން |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• ސްކޫލްތައް އެއް ދަންފަޅިޔަށް ބަދަލުކުރުމުގެ ޕްލޭނެއް އެކުލަވާލެވިފައި.
• ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ބަޖެޓް އެސްޓިމޭޓްކޮށް، ވަސީލަތްތައް ކަނޑައަޅާފައި. |
ފެންނާނެ ބަދަލު |
• ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުމުގެ ތެރެއިން ދަރިވަރުންގެ ޢިލްމީ ޤާބިލްކަން އިތުރުވުން.
• ކުދިން ސްކޫލަށް ގެންދިއުމާއި ގެއަށް ގެނައުމަށް ބެލެނިވެރިން ކުރަންޖެހޭ ދަތުރުތައް މަދުވެ، އާއިލާ އެއްކޮށް ގިނަ ވަގުތު ހޭދަކުރެވުން. • ސްކޫލުތަކުގެ ހިންގުން ފަސޭހަވެ، މުދައްރިސުންނާއި ސްކޫލްގެ އިދާރީ މުވައްޒަފުންނަށް ލުއިފަސޭހަތައް ލިބުން. |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް އެޑިއުކޭޝަން |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާކޮށް "ތައުލީމީ ނިޒާމުގައި ހަނގާކުރުން ހުއްޓުވުމުގެ އުޞޫލު " އާންމުކޮށްފައި.
• ބުލީކުރުމާ ގުޅޭ މޮނިޓަރިންގ ފްރޭމްވޯކް އެކުލަވާލެވިފައި. |
ފެންނާނެ ބަދަލު |
• ހަނގާކުރުމުން ކުރާއަސަރުތަކަށް އަހުލުވެރިވެ، ކުދިން ހަނގާގެ ޝިކާރައަކަށް ވުމުގެ ކުރިން އަޅާނޭ ފިޔަވަޅުތައް ދަރިވަރުންނަށް އެނގުމާއި މި ކަމުން ސަލާމަތްވުމަށް އެހީތެރިވެދިނުން.
• ދަރިވަރުންގެ މެދުގައި ހަނގާ ކުރުމުގެ ބިރުވެރިކަން ކުޑަވެ، އަމާން މާހައުލެއް ޤާއިމުވުން. • ހަނގާކުރުމާ ގުޅިގެން ދަރިވަރުންނަށް ކުރާ ނޭދެވޭ އަސަރުތައް މަދުވެ، ކުދިންގެ ކިޔެވުމުގެ ފެންވަރު ރަނގަޅުވުން. |
ޕޮލިސީ ޑޮކިއުމަންޓް ލިންކް | www.moe.gov.mv/assets/upload/Anti_bullying_policy1.pdf |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް އެޑިއުކޭޝަން |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• އިތުރުއެހީގެ ނިޒާމު ވަރުގަދަކޮށް ހަރުދަނާކުރާނެ ގޮތްތައް ދެނެގަތުމަށްޓަކައި ހުރިހާ ސްކޫލްތަކަކުން މަޢުލޫމާތު އެއްކޮށްފައި.
• އެއްކުރެވުނު މައުލޫމާތަށް ބަލައި، ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރަން ކުރަންޖެހޭ ކަންތައްތައް ދެނެގަތުން. |
ފެންނާނެ ބަދަލު |
• ހާއްސަ އެހީތެރިކަމެއް ބޭނުންވާ ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުވުން.
• ޓިއުޝަން ދިނުމަށް ބެލެނިވެރިން ކުރާ ހޭދަ ކުޑަވުން. • ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު އެއް މިންގަޑަކަށް ގެނައުން. |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް އެޑިއުކޭޝަން |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• ޔުނިސްފްގެ އެހީތެރިކަމާއެކީ ނާސްތާގެ މެނޫ ކަނޑައެޅުން.
• 2019 ވަނަ އަހަރުގެ ކިޔެވުން ފެށުމާއެކު 25 ސްކޫލެއްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ސްކޫލްގައި ނާސްތާ ދޭން ފެށިފައި. • ދެވަނަ ޓަރމްގައި ހުރިހާ ސްކޫލެއްގައި ނާސްތާ ދެވޭނެ އިންތިޒާމް ހަމަޖެހިފައި. |
ފެންނާނެ ބަދަލު |
• ރަނގަޅު ނާސްތާއެއް ލިބުމުން ފިލާވަޅަށް ދެވޭ ސަމާލުކަން އިތުރުވެ، ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ރަނގަޅުވުން.
• މިންހެޔޮ ކާނާ ބޭނުންކުރުމަށް ދަރިވަރުން އަހުލުވެރިވުން. • ދުޅަހެޔޮ ދަރިވަރުންތަކެއް ސްކޫލް ނިޒާމުގެ ތެރެއިން ބިނާވުން. |
ޕޮލިސީ ޑޮކިއުމަންޓް ލިންކް | www.moe.gov.mv/assets/upload/Food_Guide_2019.pdf |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް އެޑިއުކޭޝަން |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• ބެލެނިވެރިން، ޓީޗަރުން އަދި ދަރިވަރުން ބައިވެރިވެގެން އައްޑޫ ސިޓީ، މާލެ، ކުޅުދުއްފުށީގައި ރީޖަނަލް ފޯރަމެއް ބޭއްވިފައި.
• 2 ދުވަހަށް ބަހާލައިގެން ސިންޕޯސިއަމެއް ބޭއްވިފައި. • ކަރިކިއުލަމް ތަންފީޒުކުރުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން ސިންޕޯސިއަމްގައި މަޝްވަރާކުރެވިފައި. |
ފެންނާނެ ބަދަލު |
• ކަރިކިޔުލަމް ރަނގަޅަށް ތަންފީޒުވެ ކަރިކިޔުލަމްގެ މަޤްޞަދުތައް ޙާޞިލްވެގެން ދިއުން.
• ވަށާޖެހޭ ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދެވުން. • އަޚްލާގީ ގޮތުން ރަނގަޅު، ޢިލްމީ، ގާބިލް އަދި ހުނަރުވެރި ދަރިވަރުންތަކެއް ބިނާވުން. |