ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• މި މަޝްރޫޢު ފެށުމުގެ ގޮތުން ހއ ބާރަށް އަދި ފ ދަރަނބޫދޫގައި ސޯލާ ބޭނުންކޮށްގެން ދެ މިސްކިތް އޭސީ ކުރެވިފައި.
• މި މަޝްރޫޢުގެ ފުރަތަމަ ފޭސްގެ ދަށުން 25 މިސްކިތެއްގައި ސޯލާ ބޭނުންކޮށްގެން އޭސީ ހަރުކުރުމަށް ހަމަޖެހިފައި. |
ފެންނާނެ ބަދަލު |
• ރާއްޖޭގައި ހިންގޭ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ޤުދުރަތީ ވަޞީލަތްތައް ބޭނުންކުރުން.
• މިސްކިތްތައް ޒަމާނީ ފެންވަރަކަށް ބަދަލުވެގެން ދިޔުން. • ކަރަންޓަށް ކުރާ ހޭދަ ކުޑަވުން. |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• ޤުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމް 70 މިސްކިތެއްގައި ފެށިފައި.
• މި ޕްރޮގްރާމް އިތުރަށް ކުރިއަށް ގެންދާނެ މިސްކިތްތައް ކަނޑައަޅައި، ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން އެކުލަވާލެވިފައި. |
ފެންނާނެ ބަދަލު |
• ދީނީ އެއްބައިވަންތަކަމާއި ދީނީ ކަންކަމަށް އޮތް ލޯބި އިތުރުވުން.
• ފަސޭހަކަމާއެކު އިތުރު ޚަރަދަކާނުލާ ކުދިންނަށް ޤުރުއާން އުނގެނުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ލިބުން. • ދީނީ ކަންކަމަށް ލޯބިކުރާ ހެޔޮލަފާ ޖީލެއް ބިނާވުން. |
ސްޓޭޓަސް | ހިނގަމުންދަނީ |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• އިސްލާމީ މަރުކަޒު ގައި އަންހެނުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައި.
• އަންހެނުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ މިސްކިތްތަކެއް ކަނޑައެޅިފައި. |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް ފިނޭންސް |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• ޕެންޝަން ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖު އަދާކުރެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނު އިސްލާޙުކުރެވިފައި.
• މި ބަދަލާއެކު، ހައްޖަށް ދާން ދައްކަން ޖެހޭ ރަސްމީ އަގުގެ 50 ޕަސަންޓް އެ ފަރާތެއްގެ ޕެންޝަން ފައިސާއިން ބޭނުންކުރެވޭނެ. • ފަރުޟް ޙައްޖުވުމަށް ޕެންޝަން ފައިސާ ދޫކުރުމާބެހޭ ގަވާއިދު ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރެވުމުން. |
ފެންނާނެ ބަދަލު | • ފުދުންތެރިކަން ނެތުމުގެ ސަބަބުން ފަރްޟު ހައްޖަށް ނުދެވި ތިބި މީހުންނަށް ހައްޖަށް ދިއުމުގެ ފުރުޞަތު ފަހިވުން. |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• ތަރިކަ އާއި ބެހޭ ޤާނޫނު އެޓަރނީ ޖެނެރަލްގެ އޮފީހުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ރަށު ކައުންސިލްތަކުގެ ލަފާގެ މަތިން ޑްރާފްޓްކޮށް ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކައިގެ ބިލު މަޖިލީހަށް ހުށަހެޅިފައި.
• ރަށު ކައުންސިލްތަކާއި، ތާރީޙު ދިރާސާކުރައްވާ ބޭފުޅުންގެ ފޮތްތަކުން ލިބިފައިވާ މައުލޫމާތު ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ވަގުތީ ލިސްޓެއް 27 މާރިޗު 2019 ގައި ގެޒެޓް ކުރެވިފައި. |
ފެންނާނެ ބަދަލު |
• ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ރައްކާތެރިކަން ލިބި، އަންނަން އޮތް ޖީލުތަކާ ހަމައަށް ދެމެހެއްޓުމަށް މަގުފަހިވުން.
• ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް، ޤާނޫނީ ބާރުލިބިގެން އާސާރުތައް ބެލެހެއްޓެން ފެށުން. • ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަނާއި ތަރިކައިގެ ގޮތުގައި ކަނޑައަޅާފައިވާ ތަކެތީގެ މަޢޫލޫމާތު އާންމުންނަށް ލިބުން. |
ވެބްސައިޓް | mach.gov.mv/category/tharikalist |
ސްޓޭޓަސް | ހިނގަމުންދަނީ |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• ވެރިކަމުގެ ފުރަތަމަ ދުވަހު ކަޅުވަކަރު މިސްކިތް ހުރިތަން ހޯދިފައި.
• ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައަޅައި ޗާންދަނީ މަގާ މެދުޒިޔާރަތް މަގު ގުޅޭ ކަންމަތި، (ކުރިން ދިރާގު ހުރި ތަނުގައި) ބެހެއްޓުމަށް 31 ޑިސެންބަރު 2018 ގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފައި. • ކަޅުވަކަރު މިސްކިތް ރާވައި ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދަނީ. |