ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް ކަމުގެ މަޤާމަށް، އެޓަރނީ ޖެނެރަލް ކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ކަމުގެ މަޤާމަށް ހެންވޭރު ހާލި އަލްފާޟިލް އަމީން އިބްރާހީމް އަދި އެޓަރނީ ޖެނެރަލް ކަމުގެ މަޤާމަށް ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛާ ޢާއިޝަތު ބިސާމް ޢައްޔަން ކުރައްވައި، މި ތިން ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ.

މި ތިން ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، މި ތިން ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި މިބޭފުޅުން ސޮއިކުރެއްވިއެވެ.