ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިހާރު ކުވޭތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރ ޝައިޚް ޞަބާޙް އަލްޚާލިދު އަލް ޙަމަދު އައްޞަބާހާއި، އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ނައިފް އަލް ހަޖްރަފާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ވަކިވަކިން ބޭއްވެވި މިދެބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ކުވޭތާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާ ބެހޭގޮތުންނާއި، ޚާއްޞަކޮށް، ޚާރިޖީ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއިން މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.