މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދު، ރަސްމީ ދަތުރުފުޅުތަކެއްގަޔާއި އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވަންދެން އެމިނިސްޓްރީ ވަގުތީގޮތުން ހިންގެވުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް އަޙްމަދު މުޙަންމަދާ ރައީސުލްޖުމްހޫރިއްޔާ މިއަދު ޙަވާލުކުރައްވައިފިއެވެ.