بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޖައިކާގެ ރެޕްރެޒެންޓެޓިވް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ދައުލަތުގެ އެންމެހާ ޢިއްޒަތްތެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ސަބަބަކީ ދިވެހިރާއްޖޭގައި ހިނގަމުންދާ އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި މިއަދު ނިމިގެން އިފްތިތާޙު ކުރެވޭތީ. ދެންމެ ތިޔަބޭފުޅުންނަށް ތިޔަ އިވިވަޑައިގެންނެވި ފަދައިނ، މި މަޝްރޫޢު ނިމުމާއެކީގައި މާލޭގައި 675 ކިލޯވޮޓްގެ ކަރަންޓު، ސޯލަރ އެނަރޖީ ބޭނުންކޮށްގެން އުފެއްދޭނެ. އަދި މި މަޝްރޫޢު މުޅިން ނިމޭއިރުގައި 770 ކިލޯވޮޓްގެ ކަރަންޓު އުފެއްދިގެންދާނެ. ދެންމެ އަޅުގަނޑުމެންނަށް އިވުނު ގޮތުގައި މިއީ، ގާތްގަނޑަކަށް މާލޭގެ 250ހަކަށް 300 ގޭގޭގެ ކަރަންޓުގެ ޚަރަދު މި ސަލާމަތް ކުރެވެނީ. އެހެންވީމާ، މިއީ ވަރަށް ބޮޑު މަޝްރޫޢެއް. އަދި މީގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ފިލާވަޅުތަކެއް ދަސްވެގެންދާނެ މަޝްރޫޢެއް.

މިނިސްޓަރ ވިދާޅުވިފަދައިން، ދިވެހިރާއްޖޭގައި ޑީސެލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަކީ އެއީކީ، ދެމިހުންނަނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން. ރާއްޖޭގެ ތަރައްޤީއަށްޓަކައި ޑީސަލް ބޭނުންކޮށްގެން އަޅުގަނޑުމެންނަކަށް ކުރިއަށް ދެވޭކަށްނެތް. އެހެންވީމާ، އެބަޖެހޭ ތަފާތު ހަކަތަ ބޭނުންކުރެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދަން. ރާއްޖެއަކީ އަބަދުވެސް އަވީގެ ނަސީބު ލިބިފައިވާ، އަވީގެ ހަކަތައިގެ ނަސީބު ލިބިފައިވާ ޤައުމަކަށްވާތީ، އެ ނިޢުމަތް އަޅުގަނޑުމެން އެބަޖެހޭ ޤަބޫލުކޮށް، އެ ބޭނުންކުރެވޭނެ ގޮތްތައް ހޯދަން. އެހެންވީމާ، އެގޮތުން މާލޭގައި މިހާރު މި ހިނގާ މަޝްރޫޢު، އާދެ، މިދިޔަ އަހަރުގެ ކުރީކޮޅު އަޅުގަނޑު ހަނދާންވަނީ ފެބްރުއަރީ ފަހުކޮޅުގައިހެން އަޅުގަނޑުމެން މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އިފްތިތާޙުކުރީ. އޭގެ އަހަރެއްހާ ދުވަސް ފަހުން މީގެ ދެވަނަ ފިޔަވަހި މިހާރު މި ނިމުނީ. އިރާދަކުރެއްވިއްޔާ މާ ލަހެއްނުވެ ތިންވަނަ ފިޔަވަހިވެސް ނިމޭނެ.

ދެން މިކަންކަން ވެގެން މިދަނީ ރާއްޖޭގެ ސަރުކާރުގެ ފަރާތުން ހަކަތައާ ބެހޭގޮތުން ގެންގުޅޭ ސިޔާސަތެއްގެ މުހިންމުކަމުން. އެސިޔާސަތަކީ އެއީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅުގަނޑުމެން މި ޑީސަލާއި އަދި އެހެންވެސް ތެލުގެ ބާވަތްތަކުން މި އުފައްދާ ވިހަ ގޭސްތައް މަދުކުރުމާއި، އަދި ރާއްޖޭގެ ކަރަންޓުގެ ޚަރަދު ކުޑަކުރުން އެންމެ މުހިންމު ކަމަކީ. އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު ދިވެހިރާއްޖެއަކީ، ކަރަންޓުގެ ޚަރަދު އެންމެ ބޮޑު އެއްޤައުމު. އަޅުގަނޑަކަށް ހިއެއް ނުވޭ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ދިވެހިރާއްޖެއަކަށްވުރެ ޚަރަދު ބޮޑުކޮށް ކަރަންޓު އުފައްދައިގެން ކަރަންޓު ބޭނުންކުރާ ޤައުމެއް އޮތްހެނެއް. އެހެންވީމާ، މިފަދަ މަޝްރޫޢުތައް އަޅުގަނޑުމެންނަށް އެކުލަވާލެވި ހިންގުމުން ކަރަންޓުގެ ޚަރަދު ކުޑަކުރުން މިއީ ވަރަށް މުހިންމު މަޤްޞަދެއް.

އަޅުގަނޑު އުންމީދުކުރަން އަދި މިބާވަތުގެ ޕްރޮޖެކްޓްތައް މާލޭގައި ގިނަވެ، މާލޭގެ ކަރަންޓުގެ ޚަރަދުވެސް ކައިރި މުސްތަޤްބަލެއްގައި އަޅުގަނޑުމެންނަށް ކުޑަ ކުރެވިގެންދާނެކަމަށް. އަދި މާލެއަށްވުރެ ބޮޑަށް ކަރަންޓުގެ ޚަރަދު ބޮޑު އެހެން ރަށްރަށް ރާއްޖޭގައި އެބަހުރި. ޚާއްޞަކޮށް އެންމެ އެހީތެރިކަމަށް ބޭނުންވާ، އެންމެ ނިކަމެތި ދިމަދިމައިގައި ކަރަންޓު އުފެއްދެނީ މިއަށްވުރެ މާ ޚަރަދު ބޮޑުކޮށް. ސަބަބަކީ، މިހާރު އަޅުގަނޑުމެން މި ބޭނުންކުރާ އިންޖީނުތަކާއި، އިންޖީނު ދުވަސްވެފައި ހުރުމާއި، މިހެން ގޮސް މިހެން ހުރި ތަފާތު މައްސަލަތަކަކާ ހެދި އަޅުގަނޑުމެންނަށް ކަރަންޓުގެ ޚަރަދު ވަރަށް ބޮޑުކޮށް މިއޮތީ.

ވީމާ، މުސްތަޤްބަލުގައި އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ރާއްޖޭގެ، ޚާއްޞަކޮށް ކުދި ރަށްރަށުގައި ތަފާތު ހަކަތަ އެއްކޮށްގެން ކަރަންޓު ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދަން. އެގޮތުން ހައިބްރިޑް އެކިއެކި ސިސްޓަމްތައް އަޅުގަނޑުމެން އެބަޖެހޭ ތަޢާރަފްކުރަން. މި ހައިބްރިޑް ސިސްޓަމް ތަޢާރުފު ކުރުމަށްޓަކައި މިހާރު އުފެދިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢު. ދެންމެ އެވިދާޅުވިހެން "ސްކޭލިންގ އަޕް އޮފް ރިނިޔުވަބަލް އެނަރޖީ ޕްރޮޖެކްޓް" "އެސްރެޕް" ޕްރޮޖެކްޓަކީ މިއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓަށް އަޅުގަނޑުމެންނަށް އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ ވިއްސަކަށް މިލިއަން، ތިރީހަކަށް މިލިއަން ޑޮލަރުގެ އިތުރުން، ވަރަށް ބޮޑު އިންވެސްޓްމަންޓެއް އަމިއްލަ ފަރާތްތަކުންވެސް ކުރާނެ ކަމުގެ އުންމީދު އަޅުގަނޑުމެން މިހާރު ކުރަމުން މި ގެންދަނީ. މިމަސައްކަތް ގެންދެވޭލެއް ރަނގަޅުކަމުން އަޅުގަނޑުމެންނަށް މި އެހީތައް މިހާރު ލިބެމުން މިދަނީ. އަޅުގަނޑަށް ޔަޤީން، ޖަޕާން ސަރުކާރުން މި ދެއްވާ ހިލޭ އެހީގެ ސަބަބުން މިހާރު މި އުފެދުނު މަޝްރޫޢު ކާމިޔާބާ އެކީގައި ކުރިއަށްދާތީ އަޅުގަނޑު އުންމީދުކުރަން އަދި ޖަޕާން ސަރުކާރުން އަދި އިތުރު އެހީ މިކަމުގައި މުސްތަޤްބަލުގައިވެސް ލިބިގެންދާނެ ކަމަށް.

އާދެ! މި ހަކަތައަށް މިހާރު އަޅުގަނޑުމެންދޭ އަހަންމިއްޔަތެއްގެ ބޮޑުކަމުން މި ސަރުކާރުގެ ފަރާތުން މިކަމާބެހޭ ވަކި ވުޒާރާއެއް މިހާރު މިވަނީ ކަނޑައެޅިފައި. އަދި އެ ވުޒާރާ ކަނޑައެޅިފަހުން އެ ވުޒާރާގެ ހީވާގި މުވައްޒަފުންނާއި އިސްވެރިން، ޚާއްޞަކޮށް ވަޒީރު މިކުރައްވާ މަސައްކަތުގެ ސަބަބުން ވަރަށް ބޮޑު، ވަރަށް މުހިންމު ކަންތައްތަކެއް އެބަ ހަމަޖެހިގެންދޭ. އޭގެތެރެއިން އެއް ކަމަކަށް އަޅުގަނޑު ފާހަގަކުރަން، މިހާރު ދުނިޔޭގެ ފެންވަރުގައި އުފެދިފައިވާ ރިނިޔުވަބަލް އެނަރޖީ އޭޖެންސީއެއް މިހާރު އެބަހުރި މެދުއިރުމަތީގައި އުފައްދާފައި. މި އޭޖެންސީގެ ނައިބު ރައީސްކަން މިއަދުވަނީ ދިވެހިރާއްޖެއަށް ލިބިފައި. އަދި ހަމަ ދެންމެ ތިޔަ އިވިވަޑައިގަތީ ޖީ.އެފް. "ގްލޯބަލް އެނަރޖީ ފަންޑް" މީގެވެސް މި ސަރަޙައްދުގެ އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ މަންދޫބަކަށް މިހާރު މި ކަނޑައެޅުނީ ދިވެހިރާއްޖެ. އަދި މީގެއިތުރުންވެސް، އަޅުގަނޑަށް އާދެ އެވިދާޅުވިފަދައިން "އެސްރެޕް" ދުނިޔޭގެ މި ބޮޑު މަޝްރޫޢު ހައެއްކަ ޤައުމުގައި ހިންގާ ވަރަށް ބޮޑު މަޝްރޫޢެއް. މި މަޝްރޫޢުގެ ސަބްކޮމިޓީގައިވެސް ދިވެހިރާއްޖެ މެންބަރަކަށްވެއްޖެ. އެހެންވީމާ، މިއިން ދޭހަވަނީ ދިވެހިރާއްޖޭގެ އެންވަޔަރަންމަންޓާއި އެނަރޖީއާ ބެހޭ މިނިސްޓްރީގެ ފަރާތުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ދުނިޔެ ޤަބޫލުކުރާ، ދުނިޔޭގެ މީހުން އެކަމަށްޓަކައި ތަރުޙީބުދޭ މަސައްކަތެއްކަން. އޭގެ ސަބަބުން އަޅުގަނޑު ހަމަގައިމުވެސް ވަރަށް ބޮޑަށް ފަޚުރުވެރިވޭ. އަދި އަޅުގަނޑުމެންގެ ވުޒާރާގެ އެކިއެކި ބޭފުޅުންނަށް އަޅުގަނޑު ނިހާޔަތަށް މިކަމަށް ޝުކުރު ދަންނަވަން.

I wanted to first of all thank the government of Japan for this generous contribution to the Maldives. The conditions are a little bit different from last year. When we inaugurated the first phase it was a little noisy. I’m sorry you missed it. But I think there are some of us who remember how it was.

But I think it’s good that within a year again, we have completed the second phase, and we are hoping for a third, and maybe possibly follow-up phases as well. I can assure you that your projects in Maldives will be successful and you can be quite proud of what is going on here.

I was just saying that our energy policy has meant that the world has accepted our efforts. And now today, although we are a small country and we have small projects, we are globally recognized .Therefore the UN Renewable Energy Agency that is located in the United Arab Emirates, you are aware of it, Maldives has been now appointed as Vice President. And I’m also told that the Scaling up of Renewable Energy Programme has a subcommittee of which Maldives is a member.

In addition to that we are also now representing the Asia pacific region in the Global Energy Fund. So what this means is that the world community is accepting the progress that is being made in the Maldives. And I think your contribution has a share in it.

Therefore I would like to thank the government of Japan once again, particularly JICA for the continuous generous assistance that you have been providing to the Maldives. Please convey our best regards to His Excellency the Ambassador and also your staff for this support.

Once again thank you and congratulations to all who have participated in this project.

Thank you.