ރައީސުލްޖުމްހޫރިއްޔާ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިރެކްޓަރުންގެ ބޯޑު މިއަދު އެކުލަވާލައްވައިފިއެވެ. ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، މާފަންނު ރުއްކަރަ އަލްފާޟިލް މުޙަންމަދު ޢުމަރު މަނިކެވެ. މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، މައްޗަންގޮޅި ކުއާތްރޯ އަލްފާޟިލް ބަންދު އިބްރާހީމް ސަލީމެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ގަހާ އަލްފާޟިލް އަޙްމަދު މުނައްވަރާއި، ގަލޮޅު ނޫމަރާހިޔާ އަލްފާޟިލް ޠާރިޤް އިބްރާހީމާއި، ދަފްތަރު ނަންބަރު 6704 އަލްފާޟިލް ޢަބްދުﷲ ޔަޒީދާއި، ދަފްތަރު ނަންބަރު 8309 އަލްފާޟިލް އިބްރާހީމް އިޔާސެވެ.